ސީރިއާގެ މިސައިލް ލޯންޗަރަކަށް އިޒްރޭލުން ވައިގެ ހަމަލާ ދެނީ. --ފޮޓޯ:އިޒްރޭލް ޑިފެންސް ފޯސް
11 މެއި 2018 - 20:29
ތެހެރާން (މެއި 11) - ސީރިއާގައި އީރާނުގެ އަމާޒުތަކަށް އިޒްރޭލުން ދޭ ހަމަލާތައް ތެހެރާނުން ކުށްވެރިކޮށްފި އެވެ.
އިޒްރޭލުން ދަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ސީރިއާގެ އެކި ހިސާބުތަކަށް ހަމަލާ ދެމުންނެވެ. ރައްދުގައި ސީރިއާ އިން ވެސް ވަނީ ގޯލާންގެ އުސް ބިންތަކުގައިވާ އިޒްރޭލުގެ ބައެއް ތަންތަނަށް ހަމަލާ ދީފަ އެވެ. އީރާނުގެ ޚާރިޖީ ވުޒާރާ އިން ބުނެފައި ވަނީ ސީރިއާ އަށް އިޒްރޭލުން ހަމަލާ ދިނުމަކީ އެ ގައުމުގެ މިނިވަން ކަމަށް އަރައިގަތުން ކަމަށެވެ.
އީރާނުގެ ގިނަ އަދަދެއްގެ ސިފައިން ސީރިއާ އަށް ވަނީ ފޮނުވައިފަ އެވެ. އޭގެ ތެރޭގައި ސީރިއާގެ އަސްކަރިއްޔާ އަށް ލަފާ ދޭން ފޮނުވާފައިވާ މުޝީރުން ވެސް ހިމެނެ އެވެ.
އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ބަހުރާމް ގާސިމީ ވިދާޅުވީ އިޒްރޭލުން ދޭ ހަމަލާތަކަށް ބައިނަލްއަގުވާމީ މުޖްތަމައު ހިމޭނުން ތިބުމަކީ އިޒްރޭލަށް ލިބޭ ހިތްވަރެއް ކަމަށެވެ.
އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ބުރާސްފަތި ދުވަހު ވިދާޅުވީ އީރާނުން ރަތް ރޮނގު ހުރަސްކޮށްފައިވާ ކަމަށާއި އިޒްރޭލުން ހަމަލާ ދެނީ އޭގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. ގޯލާން އަށް ޒިޔާރަތް ކުރުމަށް ފަހު އިޒްރޭލުގެ ދިފާއީ ވަޒީރު އަވިގްދޯ ލީބަމަން ވަނީ ސީރިއާގައި ތިބި އީރާން ސިފައިން ފޮނުވާލުމަށް ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަބްނަމް
12 May 2018
އެމެރިކާ އަށް އެންމެ ބޮމެއްވެސް އެއްލުމަކީ ވަރަށް އުފާކުރާނެކަމެއް.
އަޙްމަދް
11 May 2018
ޝީއީ ރާފިލީންނާއި ޔަހޫދީ ޒައިނިސްޓުންނަކީ މުސްލިމުންގެ މަޢްޗަށް ވާ އަދާވާތްތެރި ދެބައި މީހުނަނެވެ. އެހެނަސް ޔަހޫދީންނަށްވުރެވެސް ޝީޢީރާފިލީންގެ ހަސަދަވެރިކަމާއި ރުޅިވެރިކަން އިންތިހާއަށް ބޮޑެވެ.
ކިޔު5
12 May 2018
ތިޔައީ އެއުޅޭ ބިން ސަލްމާންގެ ފިތުނަ ތިޔަރީ. ޔަހޫދީންނަށް މަގުފަހިކުރުމަށް ގެންގުޅޭ ހަސަަދަވެރި ތިއަރީ.
ޓްރައިބަލިޒަމް
12 May 2018
ތިކަހަލަ ފިކުރާ އެންމެ ގަޔާވާނީ ނަތަންޔާހޫމެން ކަހަލަ މީހުން. އެމީހުން އެންމެ ބޭނުންވާގޮތް ތިއީ. މުސްލިމުން ބައިބައިވެ އެކަކު އަނެކަކާ ހަނގުރާމަކުރުން.