ހިތަދޫ ބޮޑު: މިއަދު އެ ރަށުގައި ރުކަކުން ވެއްޓުނު މީހާ ވަނީ މަރުވެފައި.
21 މެއި 2018 - 17:14
އައްޑޫ ހިތަދޫގައި މިއަދު ރުކަކުން ވެއްޓި ހާލު ސީރިއަސް ވި މީހާ އަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށް މީގެ އިރުކޮޅެއް ކުރިން މަރުވެއްޖެ އެވެ.
މިއަދުގެ ހަވީރުގެ ވަގުތެއްގައި ރުކަކުން ވެއްޓި އަނިޔާވީ ހިތަދޫ ފަލާހް، ހާތިމް ފައުޒީ 31، އަށެވެ. އެނގިފައިވާ ގޮތުގައި އަވައްޓެރިއެއްގެ ގޭގެ ރުކަކަށް ކުރުނބާ އަޅަން އަރައިގެން އުޅެނިކޮށް އޭނާ ވެއްޓި ޖެހިފައި ވަނީ ރުކާ ދިމާލުގައި ހުރި ގާފުންޏެއްގެ މައްޗަށެވެ.
ހޮސްޕިޓަލްްގެ އޮފިޝަލަކު ވިދާޅުވީ ހާތިމް އެ ތަނަށް ގެންދިޔައިރު ވެސް ހާލު ސީރިއަސް ކަމަށެވެ.
"އޭނާގެ އަތާފައި ފައިގައި ވެސް ހުރި ފްރެކްޗާތަކެއް. އަދި ބޯފެޅި ސިކުނޑި އަށް ވެސް ލޭ އެޅިފައި ހުރި ކަމަށް ޑޮކްޓަރު ބުނެފައި ވަނީ،" އޮފިޝަލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަށިކެޔޮ
22 May 2018
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ މަރުހޫމް އަށް ސުވަރުގޭގެ ނިއުމަތް މިންވަރު ކުރައްވާ އާއިލާއަށް ކެއްތެރިކަން ދެއްވާށި އާމީން. ވަގުތު އައިސް ޖެހުމުން ލަހެއް ފަހެއް ވާކަށް ނޯންނާނެ
މުޙައްމަދު މުއުތަސިމް
22 May 2018
އިންނާ ލިއްލާހި ވަ އިންނާ އިލައިހި ރާޖިއޫން. މަރުޙޫމުގެ ފުރާނައަށް ހެޔޮރަޙުމަތް ލައްވާށި. ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން
ސަރިިިފު
21 May 2018
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ މައްޔިތާއަށްް ސުވަރުގޭގެ ދާއިމީ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާ އާއިލާއަށް ކެތްތެރިކަން ދެއްވާށި! އާމީން
ސަރިފް
21 May 2018
إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ
އައިންތު
21 May 2018
إنَّا لله وإنا إليه راجعون. މަރުޙޫމްގެ ފާފަ ފުއްސަވާ ސުވަރުގެ މިންވަރު ކުރައްވާށި. އާމީން
ހެޔޮ ދުެާ
21 May 2018
ސުވަރުގެ ގެ ނިއުމަތް މިންވަރު ކުރައްވާށޮ އެވެ.އާމީން
ދެރަވާ
21 May 2018
މާތްﷲ، ޚާތިމްގެ ފާފަ ފުއްސަވައި ފުރާނައަށް ރަޙުމަތް ލައްވަވައި ސުވަރުގޭގެ ނިޢުމަތް މިންވަރު ކުރައްވާށި! އާމީން