މި ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި މެމްބަރުން މަޝްވަރާ ކުރައްވަނީ.
31 މެއި 2018 - 23:52
އެމްޑީޕީގެ އާދަޔާ ޚިލާފު ކޮންގްރެސް ޖޫން 29، 30 ގައި ބާއްވަން ނިންމައި، ކޮންގްރެސްގެ ނޯޓިސް މި ރޭ އާންމު މެމްބަރުންނަށް ފޮނުވައިފި އެވެ.
އެމްޑީޕީން މިރޭ ނެރުނު ނޯޓިސްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، އެ ޕާޓީގެ އަސާސީ ގަވާއިދުގެ 24، 28 ވަނަ މާއްދާގައި ބުނާ ކޮންގްރެސް (އާދަޔާ ޚިލާފު)، ޖޫން 29، 30 ގައި ބާއްވަން ފާސްކުރީ، މިރޭ ބޭއްވި، އެ ޕާޓީގެ ގައުމީ މަޖިލީހުގެ 163 ވަނަ ބައްދަލުވުމުގަ އެވެ.
ކޮންގްރެސްގައި މައިގަނޑު ގޮތެއްގައި އޮންނާނީ، މެމްބަރުންގެ މެދުގައި މަޝްވަރާ ކޮށް، ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމެވެ. ނަމަވެސް އަންނަ މަހު ބާއްވާ އާދަޔާ ޚިލާފު ކޮންގްރެސްގެ އެޖެންޑާ އަދި ކަނޑައެއް ނާޅަ އެވެ. އަދި ކޮންގްރެސްގެ ބައްދަލުވުންތައް ބާއްވާނެ ތަނެއް ވެސް އަދި ހަމައެއް ނުޖައްސަ އެވެ.
އެމްޑީޕީން ބާއްވާ އާދަޔާ ޚިލާފު ކޮންގްރެސްގެ ނޯޓިސް
މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވީ، ގައުމީ މަޖިލީހުގެ 115 މެމްބަރުންގެ ތެރެއިން 32 މެމްބަރުންނެވެ. ގައުމީ މަޖިލީހުގެ ކޯރަމަކީ 29 މެމްބަރުންނެވެ.
އެހެންކަމުން، އެ ކޮންގްރެސްގައި ބައިވެރިވުން ހައްގުވާ އެންމެހައި މެމްބަރުންނަށް ކޮންގްރެސްގެ ނޯޓިސް އަންގާ ކަމަށް ނޯޓިސްގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެމްޑީޕީގެ އާދަޔާ ޚިލާފު ކޮންގްރެސް މަސްދުވަސް ފަހުން ބާއްވަން ނިންމި އިރު، އިއްޔެ ވަނީ އެ ޕާޓީގެ ރިއާސީ ޕްރައިމަރީ ބާއްވައި ރިއާސީ ކެންޑިޑޭޓް އިންތިހާބު ކޮށްފަ އެވެ. އެއްވެސް ވާދަވެރިކަމެއް ނެތި ޕްރައިމަރީ ކާމިޔާބު ކުރައްވައި ރިއާސީ ޓިކެޓް ހޯއްދެވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަރުކާނު
02 June 2018
ކޮންމެ ކަމެއްގައިވެސް ކަނދެއްކުމާ މަބޮޑޭ ވުން ނޫން ކަމެއް ތި އެމްޑީޕީން ނުކުރާނެ. މައުމޫންގެ 30 އަހަރުގަ ވޯޓްފޮށީގަ އަތްއަލާ 99% ހޯދިކަމަށް އިވެނީ ނަމަވެސް އެމްޑީޕީގެ ޤަވާއިދާ ޚިލާފް އިންތިޚާބްގައި ނަޝީދަށް ނޫން އެހެންމީހަކަށް ނަންވެސް ނުލެވޭގޮތަށް އަތް އަޅާފަ އޮތީ. ކަކަކަަކަ
ވަޓްޑޫޔޫ
01 June 2018
އެމްޑީޕީގެ އާދަޔާ ޚިލާފު ކޮންގްރެސް ޖޫން 29، 30 ގައި ބާއްވަން ނިންމި ނަމަވެސް އެ ތާރީޚް ގައި އެމްޑީޕީ އަށް ކޮންގްރެސް ބޭއްވިގެން ނުވާނެ ނުވެސް ބޭއްވޭނެއެވެ. ބާއްވާނަމަ އެމެން އެކަން އެކުރަނީ އެއީ އެމްޑީޕީގެ އަސާސީ ގަވާއިދާއި ޚިލާފަށެވެ. ހިންނަވަރު މީހެއް ކަމުގައިވާ ނިޔާޒު ހުށައެޅި ގަރާރުގައި ވަނީ އެމްޑީޕީގެ ކޮންގްރެސް އެއް ބާއްވަންއޭ އެކަމަކު ގައުމީ މަޖްލީހުން ޗެއަރ ޕާރސަން އަމިއްލަ އަށް އެއީ އާދަޔާއި ޚިލާފު ކޮންގްރެސް އެއް ކަމަށް ބުނެ އެގަރާރު އާދައާއި ޚިލާފު ކޮންގްރެސް އެއް ކަމަށް ބުނެ ބާއްވަން އެނިންމީ އެއީ އެމްޑީޕީގެ ޗެއަރޕާރސަން އަށް ކުރެވޭނެ ކަމެއް ނޫނެވެ. އެކަން އެގޮތަށް ކުރަން އިލެކްޝަންސް ކަމިޝަން އިން އެމްޑީޕީ އަށް ފުރުސަތު ދީގެން ނުވާނެއޭ އިލެކްޝަންސް ކަމިޝަން އޭ އެމްޑީޕީގެ ބެލެނިވެރި ފަރާތަކީ އެހެން ކަމަށްވާނަމަ ވަގުތު އޮތްވާ އެކަން އިލެކްޝަންސް ކަމިޝަން އިން އެމްޑީޕީގެ ސެކްރެޓޭރިއެޓް އަށް އަންގާ އެގަރާރު ޖެހޭނީ ބާތިލް ވާންއޭ. ހެއި ވަޓް ޑޫ ޔޫ މީން އޮން ދިސް އޯއް އޯއް...
ޚިލާފޭ
01 June 2018
ޢެމްޑީޕީގެ އާދަޔާއި ޚިލާފު ކޮންގްރެސް ބާއްވަނީ އެއީ އެމްޑީޕީގެ އަސާސީ ގަވާއިދާއި ޚިލާފަށެވެ. ޣައ7މީ މަޖްލީހަށް ހުށައެޅި ގަރާރުގައި ބުނަނީ ކޮންގްރެސް ބާއްވަން އެކަމަކު އެމްޑީޕީގެ ސެކްރެޓޭރިއެޓް އިން ނިންމީ އާދަޔާ ޚިލާފު ކޮނގްރެސް އެއް ބާއްވަން. ޢާދަޔާއި ޚިލާފު ކޮންގްރެސް އެއް ބާއްވަން އެމްޑިޕީގެ ސެކްރެޓޭރިއެޓް އަކަށް ނުނިންމޭނެއެވެ. އެއީ އަސާސީ ގަވާއިދާއި ޚިލާފު ކަމެކެވެ. ހުށައޅި ގަރާރުގައި ބުނަނީ ކޮންގެރެސް އެއް ބާއްވަން. ކޮންގްރެސް އެއް ބޭއްވޭނީ އަސާސީ ގަވާއިދު ބުނާ ގޮތުން 2 މަސް ދުވަސް ފަހުން. ޢިލެކްޝަންސް ކަމިޝަން އިން ޖެހޭނެ މިކަން ބަލަން. މިކަން ވެސް އެމެން މިކުރަނީ އަސާސީ ގަވާއިދާއި ޚިލާފަށް.
އަޖީތު
01 June 2018
މިއީ ޑިމޮކްރެޓިކް އުސޫލުން ހިިންގާ ގޮތަކީ. އަނެއްކޮޅުގައި ހަދާގޮތަކީ އަދުރޭ އާއި ނިހާނާ ތިބެފައި އާދެ އާދެ. އެއީ ރިޔާސީ ޓިކެޓު ދޭގޮތް. އާދެ އާދެ، އެވީ ޕާޓީގެ ލީޑަރަށް!
ބަޖީތޫ
01 June 2018
ކޮންހާވާހަކަތަކެއް ދައްކާކަށް. ދެބައި ވެސް ހަމައެއް ކަމެއްކުރަނީ, ދެގޮތަކަށް. ކަލޭމެން ކަހަލަ ރޫޙާނީވެފަ ތިބޭބަޔަކަށް ނުވިސްނޭނެ.
ޝާއްނާ
01 June 2018
ތިޔަވާނީ ޖަޒީރާ ކޮންގްރެސްއަަކަށްތާ ،،، އަޅުގަނޑަށް ފެންނަނީ ކޮންގްރެސްވެސް ސްކައިޕްއާޢި އެހެނިހެން ޝޯޝަލްމީޑިޔާ ބޭނުންކޮއްގެން ލައިވް ކޮށް އެކިރައްރަށުގައި އެކިބައިބައި އެއްފަހަރާ ބާއްވަނެ ، އޭރުން މިއޮތް ހައިޓެކްޒަމާނުގައި ސަޅިކަމެށްކޮއްލެވުނު ކަމަށްވާނީ ، ޖަޒީރާގެ ރައްތަކުގައި އެރަށެއްގެ އެމްޑީޕީމީހުން ތިބޭނީ ،،،، ކަރުދާތަށް އޮންލައިކޮށް ލައިވްކޮށް ހުށައެޅޭނެ ،، އޭރުން ކޮންގްރެސްއަށް ދާ ޓްރާސްޕޯޓްކޮސްޓްއާއި އެހެނިހެން ޙަރަދުވެސް ކުޑަވެގެންދާނެ ، މިޙީޔާލް ޕާޓީއަށް ލިބޭނެކަމަށް އުއްމީދުކުރަން ، އަޅުގަނޑަކަށް ނެތް ޕާޓީގެ ބޭފުޅެއްކައިރީ މިވާހަކަ ދެންނެވޭކަށް ، އެއީ އަޅުގަނޑާ ވަރަށް ބީރައްޓެހި ބަޔަކަށްވާތީވެ ،
ޝޮކްތެރަޕީ
01 June 2018
މިމީހުންގެ ބޭނުމަކީ ވަށާޖެހޭތައުލީމު މިތަނަގެނަސް މިރާއްޖެ ސެކިއުލާ ޑިމޮކްރަސީ ގެނައުން.
އަބްދުއްލާ
01 June 2018
މި ދަނޑިވަޅުގާ އެމްޑީޕީ އުވާނުލައިފިނަމަ ވަރަށް ހިތި ނަތީޖާ އަކާ ކުރިމަތިލާން ޖެހިދާނެ .ވީމާ ޖޫންމަސް ގެ ތެރޭ އަވަހަށް އެމްޑީޕީ އުވާލާ
ޒަކީ
01 June 2018
ތިޔަވާނީ ޖަމަލް ފޮޑިއައް..ކޮންގުރެސް ބާއްވާފަ ކެނެރީގެ ނަޝީދު އައްދީ ޕާރޓީގެ ރައީސްކަން.. އޭރުން ކޮންގުރެސް ނިމުނީ..
ޝޮކްތެރަޕީ
01 June 2018
މީ މިރާއްޖެ ފަސާދަކުރާ ޕާޓީ.
ވަހީދު
31 May 2018
ގޯނިގޯންޏަށާ ކޮތަޅު ކޮތަޅަށާ ދޮންނަމެޝިނާ ވަޅު ވަޅަކީ ވޯޓް އަޅާ ފޮށިތަކެއްކަމުގައި ބަލާ އެގޮތަށް ވޯޓްލީ ދުނިޔޭގެ ކޮނަްގައުމެއްގައިތޯ؟ އަދި އެގޮތަށް ބާއްވާ އިންތިޚާބަކީ ޑިމޮކްރަސީތޯ. ދުނިޔޭގެ އެއްވެސް ބަޔަކު ތިޔަ ވޯޓްލުން ގަބޫލެއްނުކުރާނެ.