އަމީތާއި އޭނާގެ ބޭބެ އަމީން ކާފައާ އެކު.
02 ޖޫން 2018 - 19:32
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ކާފަގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ލަންކާ އަށް ވަޑައިގަތުމުގެ ހުއްދަ ކްރިމިނަލް ކޯޓާއި ފުލުހުންގެ ފަރާތުން ނުދިން ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
އަމީތުގެ ކާފަ، އަލީ މަނިކު 85، ރޭ 11:45 ގައި މަރުވީ ކޮލޮމްބޯ ސެންޓްރަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ. ޖަނާޒާ އޮތީ މިރޭ އިޝާ ނަމާދަށް ފަހު ލަންކާގަ އެވެ.
އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރައްވާ، ޕީޕީއެމްގެ ކުރީގެ މެމްބަރު އަމީތު ވިދާޅުވީ ކާފަގެ ޖަނާޒާ އަށް ވަޑައިނުގެންނެވުނީ އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމުން ކަމަށެވެ.
For no valid reason, @PoliceMV & the CC refused to release my Passport today, preventing me from attending my grand-father's funeral.
— Mohamed Ameeth (@MohamedAmeeth) June 2, 2018
I wish I'm there to say my last goodbye & pay my last respect to him ☹.
May Allah forgive his sin & grant him jannah. امین pic.twitter.com/udJVYiu12E
އަމީތުގެ ޓުވީޓް
ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި ރަށްރަށުން މާލެ އަށް މީހުން އައިސް އިހްތިޖާޖު ކުރުމަށް ގޮވާލި މައްސަލާގައި ކްރިމިނަލް ކޯޓުން ވަނީ މި މަހުގެ 21 ގެ ނިޔަލަށް އަމީތުގެ ޕާސްޕޯޓް ހިފަހައްޓައިފަ އެވެ.
ކާފަގެ ހާލު ދަށްވަމުން ދާތީ، މިދިޔަ މަހުގެ 24 ވަނަ ދުވަހު އަމީތު ވަނީ ލަންކާ އަށް ވަޑައިގަތުމުގެ ހުއްދަ އަށް އެދި ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުއްވަފައި އެވެ.
އަމީތު މިއަދު ވިދާޅުވީ ކާފަގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ލަންކާ އަށް ފުރާވަޑައިގަތުމުގެ ހުއްދަ ދިނުމަށް އެދި ކްރިމިނަލް ކޯޓާއި ފުލުހުންގެ ކިބައިގައި އެދުމުން ވެސް އެ ހުއްދަ ނުދިން ކަމަށެވެ.
އަމީތު ވިދާޅުވި ގޮތުގައި އޭނާ އށް ތުހުމަތު ކުރާ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ވަނީ ފޮނުވައިފަ އެވެ. އަދި، މި ހާލަތުގައި ޕާސްޕޯޓް ހިފަހައްޓަން ޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލް ނުކުރައްވާ ކަމަށް އަމީތު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަދީބު
03 June 2018
ނުލަފާކަމުގެ ހައްދެއްނެތް
ސަބްނަމް
03 June 2018
މިލިޔުމުގެ ފުތަތަމަ ޖުމްލައިގައިވާ "ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ " ކޮބާ އިންތިހާބް ވޭއްވުން. އިލެކްސަން، އިލެކްސަން. އިލެކްސަން
ދޮންތުއްތު
03 June 2018
ނުފޮނުވޭނެ. ފޮނުވައިފިއްޔާ ފިލާނެ. ފިލި ބާގައާ ގުޅިފަ ތިހިރީ މިހާރު.
ބޭފުޅާ
03 June 2018
ތުއްތުގެ އަމާ ނުވަތަ ބަފާ ވިއަސް ހަމަ ތިހެންތަ ބުނާނީ ކަލޯ؟ އިގޭތަ ތިމާގެ އަމިއްލަ ނަފްސަށް އެދޭގޮތް އެހެން މީހުންނަށް ނޭދޭހާ ހިދަކު ތިބާގެ އީމާންކަން ފުރިހަމަ ނުވާކަމަށް އޮންނަ ކަން އިގޭބާ؟
ފޭނު
03 June 2018
ޑްރްގްސްތައް ރަށްރަށުގެ ގޮޑުދޮށަށް ލައްގަނީ. އިންޓެލިޖެންސްއަކަށް ނޭގޭ. ސިޔާސީ މީހަކު ފޮޑިއެއް ޖެހިއަސް އިންޓެލިޖަންސަށް އިގޭ. ބޮޑު ރިޕޯޓެއް ލިޔާނެ. ކަޅު ފޮށި ފެންނާނެ. ސިޔާސީ މީހަކު ބަލިވެގެން ވެސް ރާއްޖެއިން ބޭރަކަށް ނުދެވޭ. ތިމާގެ މީހަކު ރާއްޖެއިން ބޭރުގަ ނިޔާވިއަސް މޫނު ދެކިލަން ވެސް ނުދެވޭ. މީބޮޑުވަރު.
ތެދުވިޔާ ތެދު
03 June 2018
ހަމަ އެކަނި ސިޔާސީ މީހުން ނަށް މުއްސަދިން ނަށް ހޭ ދެވެންޖެހެނީ 1200 އެއްހާ ގައިދީން ތިބިއިރު އެމީހުންގެ ހައްގުގަ އެއްޗެއް ނުބުނީ ޖީބައްލާނެ އެއްޗެއް ވާނެ މޮޅެއްނެތީމަތަ
ޙްމް
03 June 2018
ރުޅި ގަދަވެ ލޭކެކެނީ މިކަހަލަ އެއްވެސް ރަހުމެއް ނެތް އަމަލުތަށް ހިންގާތީ. ދައުރެއް ކީއްކުރަން ބޭނުމެއްނޫން އިތުރު އެންމެ ދުވަހެއްވެސް ދޭކަށް.
ސައިނީ
03 June 2018
ސިޔާސީ މީހުން އޯކޭވާނެ މިކަން އިގިގެން ވަންނަމަ އަދި މާސަޅިވީސް، ދެން އުފެދޭ ސިޔާސީ ޖީލްތައް އަދި މާސަޅިވާނެ
ދެަރަ
02 June 2018
ވަރަށް ދެރަވެއްޖެ.
ދޮންބެ
02 June 2018
އަމީތު ތިކަމާ ވަރައް ހިތާމަ ކޮއްފިން. ތިބޭފުޅާއަށް އިގޭ އޭސީސީ ލުތުފީ އެބުނާ ރައިސް އެއީކާކުކަން, އޭނެޔާއި ގުޅިގެން ކޮންކަހަލަ ގާނޫނުތަކަށްތޯ ތިބޭފުޅުން ބަދަލުގެނައީ. ދެންތިބި މެންބަރުންނަށްވެސް ވަރަށްސަލާމް. އެމީހަކާއި ޖެޖުނީމަ އިގޭނީ.
ނަން ނުޖަހާ ޣާޒީ
02 June 2018
ޒާލިމުން ކުރާ އަނިޔާ ބައްލަވަން މިރުސޯދުގައި ޙާލިގުލް ކަައުނައިނި ވާކަން ނުދަންނަނީ މީ އަޖައިބެކޭ.
ރުމޭ
02 June 2018
މާތްﷲގެ ޢަރުޝީގެ ހިޔާވަހިކަން ފިޔަވައި އެހެން ހިޔާވަހިކަމެއް ނުވާ ދުވަހު... މާތް ރަސްކަލާނގެ އަށް ކަލޭމެން ދޭނީ ކޮން ޖަވާބެއް؟ ރައީސް އޭ މެޑަމްއޭ މިނިސްޓަރޭ ކިޔައިގެން ފަރުޖެއްސޭނެބާ؟