މިދިޔަ އަަހަރުގެ ފިތުރު އީދުގައި މާލޭގައު ބޭއްވި ހަބޭސް އީދު ޝޯގެ ތެރެއިން.
06 ޖޫން 2018 - 22:03
މިދިޔަ އަހަރުގެ ފިތުރު އީދުގައި ފޯރިގަދަ ޝޯއެއް މާލޭގައި ދިން މަޝްހޫރު ބޮޑުބެރު ބޭންޑްގެ މި އަހަރުގެ "ހަބޭސް އީދު ޝޯ" ހުޅުމާލޭގައި ބާއްވަން ނިންމައިފި އެވެ.
ހަބޭސްގެ ވެރިޔާ އަލީ (ހަބޭސް އައްޔަ) ޝިފާއު ބުނީ މި ފަހަރު ޝޯ އޮންނާނީ ފިތުރު އީދު ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކްގައި ކަމަށެވެ. މި ޝޯ ބާއްވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެހީތެރިކަމާ އެކު އޮފިޝަލް އިވެންޓްސްއާ ގުޅިގެންނެވެ.
އައްޔަ ބުނި ގޮތުގައި މި ފަހަރުގެ ޝޯގައި ހަބޭސް ބޮޑުބެރުގެ ދަށުން ހިންގާ ހަބޭސް ފިއުޝަން، ލެވިޓޭޝަން ބާއި ހަބޭސްގެ އިތުރުން ރިއްޓެ، ޑީޖޭ އަލީ އަދި ރޮކް މެޓަލްގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވެފައިވާ ބޭންޑް ޓްރެފިކް ޖޭމް އިން ވެސް ފަފޯމް ކުރާނެ އެވެ.
އޭނާ ބުނީ މިދިޔަ އަހަރު މާލޭގައި ބޭއްވި އީދު ޝޯ އަށް ވުރަ ފުރިހަމަ އަދި ކާމިޔާބު ޝޯއަކަށް ހުޅުމާލޭގައި ބާއްވާ އީދު ޝޯ ހަދަން މަސައްކަތް ކުރާނެ ކަމަށެވެ.
އެ ފަހަރުގެ ޝޯގައި ވަނީ ހަބޭސް އިން އެއް ފަހަރާ ފަސް އަލްބަމް ވެސް ނެރެފަ އެވެ. އޭގެ ތެރޭގައި ހަބޭސްގެ ކުޑައިގެ ދަށުން ހިންގާ ބޭންޑްތަކުގެ ލީޑް އާޓިސްޓުންގެ ސޯލޯ އަލްބަމްތަކެއް ވެސް ހިމެނެ އެވެ.
މިދިޔަ އަހަރު ވެސް ރޯދައާ ދިމާކޮށް މަދަހަ ވީޑިއޯ އަލްބަމެއް ނެރުނު ހަބޭސް އިން މި އަހަރު ވެސް ވަނީ "މިސްކް" ނަމުގައި މަދަހަ އަލްބަމެއް ނެރެ، ހިލޭ ލިބޭނެ އިންތިޒާމު ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާްަްއަ ގައި ހޭސް ނޯ ނޭމް
08 June 2018
ސަޅި ވާނެ. އެންމެން އަންނާތި
ޚިރުގަަ
08 June 2018
ހަބޭސް ސާބަހޭ?
ހަސަންކޮ
08 June 2018
ސާބަހޭ ހަބޭސް. ރޫޅާ، އިރާ، ކުދިކުރާތި!!!
ހަމީދު
08 June 2018
ހަބޭސް ތީހަމަ އެއްވަނައިގެ ބައެއް. ހަބޭސް ވަރެއް ނެތް. ސާބަހޭ!!!
އުބޭ
08 June 2018
ފަލަ ފަލަ ގްރެވިޓީ .ހެހެހެހެހެހެ
ާަޝައްމު
08 June 2018
ހަބޭސް ގެ ނަމަށް އެކަނި ބަލާލުމުން ވެސް ހަބޭސް އަކީ ކިހާ ފެންވަރެއްގެ ބައެއްކަން އެނގިގެން ދާނެ. ހަބޭސް މިީބަޔަކީ. އަބަދުވެސް ތިގޮތުގަ ކުރިޔައްދޭ.
ދޮން ދޮން
08 June 2018
ހަބޭސް ހަމަ އަބަދުވެސް ހަބޭސް!! ލަވްޔޫ މިންޓޭ
އިއްބަޑޭ
08 June 2018
ސާބަހޭ ހަބޭސް. ތީމިގައުމުގަ ބަޔަކީ. އަބަދުވެސްކާމިޔާބަށް އެދެން.
ޢީދު
08 June 2018
ހަބޭސް ހަމަ މިފަހަރުވެސް އެހާ ހަބޭސް ކޮށްލާތި. ތީ ބަޔަކީ! ހަބޭސް ހަމަ އަބަދުވެސް ހަބޭސް!!
މަރީ
07 June 2018
ސާބަހޭ ހަބޭސް. ތީ ބަޔަކީ