އެމިރޭޓްސްގެ މަތިންދާބޯޓެއް އެއާޕޯޓަކަށް ޖައްސަނީ: 309 ޕެސެންޖަރުންނާއެކު ދުބާއީން މާލެ އައި އެމިރޭޓްސްގެ ބޯޓެއް ވަނީ ކުއްލި ހާލަތުގައި މުމްބާއީއަށް ޖައްސާފައި.
26 ޖުލައި 2016 - 20:17
ދުބާއީން ފުރަައިގެން މާލެއަށް 309 ޕެސެންޖަރުންނާއެކު ދަތުރުކުރި އީކޭ 652 ކުއްލި ހާލަތުގައި އިންޑިއާގެ މުމްބާއީއަށް ޖެއްސުނީ ނަސީބު ރަނގަޅުކަމުން ކަމަށާއި އެކަމާ ޕައިލެޓުންނަށް ޝުކުރު އަދާކުރަން ޖެހޭ ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފި އެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ އިންޑިއާ ޑޮޓްކޮމް އާއި އެހެން ބައެއް ނޫސްތަކުގައި ބުނެފައި ވަނީ އީކޭ 652 ގެ ފްލައިޓް މާލެއަށް ދަތުރުކުރަނިކޮށް މުމްބާއި ޗަތްރަޕަތީ ޝިވާޖީ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމަށް އެދުނީ ބޯޓުގެ ކޮކްޕިޓާއި ކެބިން އިން ދުން އަރާތީ ކަމަށާއި އެހާ ހާލަތުގައި އިންޑިއާ ކަނޑު ހުރަސްކުރުމަކީ ނުރައްކަލަށް ވެދާނެތީ އިންޑިއާގެ ކޯސްޓްގާޑު ވެސް ކުއްލި ހާލަތަށް އައި ކަމަށެވެ. އަދި ޕައިލެޓްގެ އެ މެސެޖް އެއާ ޓްރެފިކް ކޮންޓްރޯލަކުންނަށް ލިބުމާއެކު ކޯސްޓްގާޑު ވެސް ހަރަކާތްތެރިވާން ފެށި ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.
އިންޑިއާގެ އެ ނޫހުގައި ބުނެފައި ވަނީ ބޯޓު ލުއިކުރުމަށްފަހު އިންޑިއާ ކަނޑަށް ސޮފްޓް ލޭންޑިންއެއް ހަދަން ޖެހިއްޖެ ނަމަ ހަދަން ޕައިލެޓުންނާއި ކްރޫން ތިބީ ތައްޔާރުވެގެން ކަމަށާއި ނަމަވެސް އެފަދަ ހާލަތެއް މެދުވެރިނުވެ ބޯޓު އިންޑިއާ ގަޑިން 2:58 ގައި ޖެއްސި ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ބޯޓު ދުބާއީން ފުރާފައި ވަނީ އެތަނުގެ ގަޑިން ހެނދުނު 9:50ގަ އެވެ. އަދި މާލެ އައުމަށް ހަމަޖެހިފައި އޮތީ ހަވީރު 3:05ގަ އެވެ.
އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައި ވަނީ ބޯޓު މުމްބާއީއަށް ޖެއްސިއިރު އަލިފާން ނިވާ ލޮރީތަކާއި އެމްބިއުލާންސްތައް އޮތީ ތައްޔާރީ ހާލަތަށް ގެނެސްފައި ކަމަށެވެ. އަދި ބޯޓު ޖެއްސުމާއެކު ފަސިންޖަރުން ބޭލުމަށްފަހު ބޯޓު ޓޯކޮށްގެން ގެންގޮސް ހައި ލެވެލް އިންސްޕެކްޝަނެއް ހަދާފައިވާ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.
އެމިރޭޓްސްގެ އޮފިޝަލަކު ވިދާޅުވީ ދުބާއީން މާލެ އައި ފްލައިޓަށް ދިމާވީ ޓެކްނިކަލް މައްސަލައެއް ކަމަށާއި އޭގެ ތަފުސީލްތައް ފަހުން ހާމަކުރާނެ ކަމަށެވެ. އަދި ހުރިހާ ފަސިންޖަރުން ރައްކާތެރިކަމާއެކު ބޯޓުން ބާލައިގެން ގެންގޮސްފައިވާ ކަމަށް އެ އެއާލައިނުން ބުނެފައިވެ އެވެ.
ރާއްޖޭގައި ހުންނަ އެމިރޭޓްސްގެ އޮފީހުން ބުނީ އީކޭ 652 އިން މާލެއަށް ދަތުރުކުރި ފަސިންޖަރުން މިރޭ މާލެ ގެންނާނެ ކަމަށެވެ. ނަމަވެސް އެ މީހުން ގެންނަނީ މިރޭ 9:29ގައި ޖެއްސުމަށް ހަމަޖެހިފައިވާ ބޯޓުން ކަމަށް އެ އޮފީހުން ނުބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރިޔާލު
28 July 2016
ފެރީ ވާހަކަ ނުދައްކާ.... އެއްދުވަހު އައިސް ފިސްޔާ އަނެއް2 ދުވަހު ނާދެ.... ކީއްކުރާނ... އެމްޓީސީސީ އާއި ހަވާލުވި ފަހުން ވާން ފެށި ގިތެއް.... ވަރަށް އުނދަގޫ މިހާރު...
ބޭޝަރަމް
27 July 2016
މިލިޔުމުގައި އެންމެ ކިޔާހިތްވި ޕެރެގްރާޕް ހައްދުން ނެއްޓިފައި!!
Rifahath
27 July 2016
ﷲ akbar
ޒަންޖަބީލު
26 July 2016
ވައިގެ ދަތުރުފަތުރަކީ ދުނިޔޭގައި ކުރާ ދަތުރު ތަކުގެ ތެރެއިން ނިސްބަތުން އެންމެ ރައްކާތެރި މަގު.. އެކަމަކު މަދުމަދުން ނަމަވެސް އިންސިޑެންޓްތައް ހިނގާ.. ސަލާމަތުން ލޭންޑް ކުރެެވުނު ކަމަށްޓަކައި މާތްﷲ އަށް ހަމްދު ކުރަން..
ދެމާ
26 July 2016
ޕައިލެޓުންނަށް ބޮޑުމުސާރަހައްގުވާސަބަބަކީމިއީ!! 300ފުރާނަ އެސަލާމަތްކުރީ.
ކައްޕިއެއް
27 July 2016
އެހެންވީއިރު ފެރީ ދުއްވާ ކައްޕިންނަށްވެސް އެވަރު މުސާރައެއް ދޭންޖެހޭ
ޑާވަން
26 July 2016
ޢަލްޙަމްދުﷲ!