މިދިޔަ އަހަރު މާލޭގައި ބޭއްވި ހަބޭސް އީދު ޝޯގެ ތެރެއިން: މިފަހަރު ޝޯ އޮންނާނީ ހުޅުމާލޭގައި.
14 ޖޫން 2018 - 11:53
ފިތުރު އީދުގެ އުފާ ފާހަގަކުރަން، މަޝްހޫރު ބޮޑުބެރު ބޭންޑް ހަބޭސް އިން ހުޅުމާލޭގައި މާދަމާ ރޭ ބާއްވަން ނިންމި އީދު ޝޯ ހޮނިހިރު ދުވަހުގެ ރެއަށް ފަސްކޮށްފި އެވެ.
ހަބޭސް ބޮޑުބެރު ބޭންޑްގެ ވެރިޔާ އަލީ (ހަބޭސް އައްޔަ) ޝިފާއު މިއަދު ބުނީ ހޮނިހިރަށް ޝޯ ފަސްކޮށްލީ، އީދު ދުވަސް ހުކުރާ ދުވަހާ ދިމާވުމުން ކަމަށެވެ. އެކަމަކު ޝޯ ބާއްވާނީ ހަމަ ކުރިން ވެސް ޝޯ ބާއްވަން ނިންމި ހުޅުމާލޭ ސެންޓްރަލް ޕާކްގަ އެވެ.
މި ޝޯ ބާއްވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެހީތެރިކަމާ އެކު އޮފިޝަލް އިވެންޓްސްއާ ގުޅިގެންނެވެ.
ޝޯގައި ހަބޭސް ބޮޑުބެރުގެ ދަށުން ހިންގާ ހަބޭސް ފިއުޝަން، ލެވިޓޭޝަން ބާއި ހަބޭސްގެ އިތުރުން ރިއްޓެ، ޑީޖޭ އަލީ އަދި ރޮކް މެޓަލްގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވެފައިވާ ބޭންޑް ޓްރެފިކް ޖޭމްގެ އިތުރުން ދާދި ފަހުން ނިންމައިލި މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއް ކާމިޔާބު ކުރި އަންހެން ލަވަކިޔުންތެރިޔާ ލަވަކިޔުންތެރިޔާ އައިޝަތު އަޒަލް ވެސް ޕަފޯމް ކުރާނެ އެވެ.
ހަބޭސް އިން ބުނި ގޮތުގައި އަމާޒަކީ މިދިޔަ އަހަރު މާލޭގައި ބޭއްވި ހަބޭސް އީދު ޝޯ އަށް ވުރެ ފޯރި ގަދަ އަދި ކާމިޔާބު ޝޯއެއް މި ފަހަރު ހުޅުމާލޭގައި ބޭއްވުމެވެ.
އަދި މި ޝޯ އަށް މާލެ އާއި ހުޅުމާލޭގެ ހުރިހާ ރައްޔިތުންނަށް ހަބޭސް އިން ދައުވަތު ދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުދުރޭޑިއޯ
14 June 2018
މިޝޯ ބަލަންދާންޖެހެނީ އެމީހަކު ބޭނުން އިރަކުތަ؟
މަރީ
14 June 2018
ދާނަން ކޮންމެހެން ވެސް.