މާލޭގައި ތައްޔާރުކުރި އެމްޑީޕީގެ އައްޑޫ ކެމްޕޭން ޖަގަހަ ހުޅުއްވައި ދެއްވުމަށް ފަހު ސުއޫދު މިރޭ ވާހަކަ ދައްކަވަނީ. ފޮޓޯ: އެމްޑީޕީ
18 ޖޫން 2018 - 23:13
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ކޮންމެހެން ވެސް ބަދަލު ކުރަން ޖެހޭނެ ކަމަށާއި އެ ފުރުސަތުގެ ބޭނުން ނުހިފައިފި ނަމަ، ދެން ދުވަހަކު ވެސް ރާއްޖެ އަތުނުޖެހޭ ހިސާބަކަށް ހިނގައިދާނެ ކަމަށް ކުރީގެ އެޓާނީ ޖެނެރަލް ހުސްނުއް ސުއޫދު މިރޭ ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިޚާބަށް އެމްޑީޕީން ފަށާފައިވާ "ޖަޒީރާ ރާއްޖެ" ކެމްޕޭނަށް މާލޭގައި ތައްޔާރުކުރި އައްޑޫ ޖަހަގަ ހުޅުވުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނެއްގެ ހައިސިއްޔަތުން ވާހަކަ ދައްކަވަމުން ގާނޫނީ ވަކީލް ސުއޫދު ވިދާޅުވީ، އެމްޑީޕީން މި ފަށައިގަންނަނީ ވަރަށް ވެސް ބޮޑު މަސައްކަތެއް ކަމަށެވެ. އޭގެ ބޭނުމަކީ އޭނާ ވިދާޅުވި ގޮތުގައި، ރައީސް ޔާމީންގެ ސަރުކާރު ބަދަލު ކުރުމެވެ.
ތިން އަހަރުގެ މުއްދަތަށް ވެރިކަން ކުރި އެމްޑީޕީގެ ސަރުކާރުގެ ފުރަތަމަ ބަންޑާރަ ނައިބު އަދި އެ ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ހިތްހަމަޖެހިވަޑައިނުގެން ވަކި ހިސާބަކުން އެ މަގާމުން އިސްތިއުފާ ދެއްވި ސުއޫދު ވިދާޅުވި ގޮތުގައި، ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރަން ޖެހޭ ސަބަބުތައް ވަރަށް ގިނަ އެވެ.
"އޭގެ ތެރެއިން އަޅުގަނޑު ފާހަގަކޮށްލާނެ އެންމެ ބޮޑު ކަމަކީ ހަމަހަމަ ކަމެއް ނެތުމާއި އަދުލު އިންސާފު ނެތުން. އެތައް ބަޔަކަށް އަނިޔާ ލިބިގެންދާ ދިއުން. ރާއްޖެ ފޭރިގަންނަމުން ދިއުން. ކޮރަޕްޝަންގެ ވަބާ ނައްތައި ނުލެވުން. އަދި ކޮރަޕްޝަން އިތުރު ކުރުމަށް ނުވަތަ ކޮރަޕްޝަންގެ އަމަލުތައް ހިންގުމުގައި ދުވަހެއް ދުވަހަކަށް މި ސަރުކާރު ކުރިއަށްދާ ދިއުން ހުއްޓުވަން އެބަޖެހޭ." އައްޑޫ މީދު އަށް އުފަން ސުއޫދު ވިދާޅުވި އެވެ.
Uz @hsuood ge vaahakafulhu dhekkevun #JazeeraRaajje Campaign Addu City Male’ Jagaha hulhuvun pic.twitter.com/XCqG4JQa5g
— MDP Secretariat (@MDPSecretariat) June 18, 2018
މާލޭގައި އައްޑޫ ކެމްޕޭން ޖަގަހަ ހުޅުވުމުގެ ތެރެއިން.
އޭނާ ވިދާޅުވީ، ތަރައްގީގެ ނަމުގައި ރައީސް ޔާމީންގެ ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅަކީ ކޮރަޕްޝަން އޭގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށާއި އޭގެ ނާޖާއިޒު ފައިދާ ވެސް ބަޔަކު ނަގަމުންދާ ކަމަށެވެ.
"އެހެންވީމާ އެއީ ކޮންމެހެން ހުއްޓުވަން ދިވެހިންނަށް ލާޒިމުވާ ކަމެއް. އަޅުގަނޑުމެންގެ ރާއްޖެ ކުރިއެރުމުގައި އެކަމުގެ [ކޮރަޕްޝަނުގެ] ސަބަބުން ހުރަސްތަކެއް އެބައެޅޭ. އެހެންވީމާ އަދުލު އިންސާފު ގެއްލިފައި އޮތުމާއި އަނިޔާވެރިކަން އިތުރުމާއި ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން މި ސަރުކާރު ބަދަލު ކުރަން ޖެހޭ،" ހެންވޭރު ރޯޝަނީ މަގުގައި ހުންނަ ތަނޑިރަތްމާގޭގައި ހަދާފައިވާ އައްޑޫ ކެމްޕެއިން ޖަގަހަ ހުޅުއްވައި ދެއްވުމަށް ފަހު ސުއޫދު ވިދާޅުވި އެވެ. "މިވެރިކަން ދަމަހައްޓާ ކަމަށް ވެއްޖިއްޔާ އަނެއްކާ ވެސް [މިވެރިކަން] އިތުރު ފަސް އަހަރަށް ދެމިގެން ހިނގައްޖެ ނަމަ އަޅުގަނޑުމެންނަށް މި ރާއްޖެ ދުވަހަކު ވެސް ދެން އަތުޖެހިދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ."
އޭނާ ވިދާޅުވި ގޮތުގައި، މި ސަރުކާރުން ދިވެހިންގެ މުއްސަނދިކަން ފޭރި ގަނެ، ދިވެހިންގެ ބިންތައް ވެސް ބޭރު މީހުންނަށް ކޮރަޕްޝަނުގެ ތެރެއިން ވިއްކައި ވަނީ ނިންމައިފަ އެވެ.
Addu Meedhoo Dhaairaage MP @Roxeyna ge vaahakafulhu dhekkevun #JazeeraRaajje Campaign Addu City Male’ Jagaha hulhuvun pic.twitter.com/4hkVamkQhF
— MDP Secretariat (@MDPSecretariat) June 18, 2018
މާލޭގައި އައްޑޫ ކެމްޕޭން ޖަގަހަ ހުޅުވުމުގެ ތެރެއިން.
"އިގުތިސާދީ ވަސީލަތެއް އޮތް ކަމަށް ވަންޏާ ބޭރު މީހުންގެ އަތްމައްޗަށް އެ ދަނީ. އެހެންވީމާ މި ސަބަބުތަކަށްޓަކައި މިވެރިކަން ބަދަލު ކުރަން ޖެހޭކަން ގަބޫލު ކުރާ އެކަކީ އަޅުގަނޑަކީ،" ސުއޫދު ވިދާޅުވި އެވެ.
މިރޭގެ ރަސްމިއްްޔާތުގައި އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ މާލޭގައި އައްޑޫގެ ކެމްޕޭން ޖަގަހައެއް ހުޅުވި ކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި މީގެ ސަބަބުން އައްޑޫގެ ކެމްޕޭން އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.
ރޮޒައިނާ ވިދާޅުވި ގޮތުގައި އައްޑު އަކީ އެމްޑީޕީގެ ބޮޑު ކިއްލާއެކެވެ. އެގޮތުން، ކުރީގެ އިންތިޚާބުތަކުގައި ވެސް އެމްޑީޕީ އަށް ވޯޓް ދިން ގޮތަށް މި ފަހަރު ވެސް އައްޑޫން އެ ޕާޓީ އަށް ގިނަ އަދަދެއްގެ ވޯޓު ހޯދައިދީ، ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބަލިކުރާނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަސީ
20 June 2018
މަނިކުފާނު ކަސްތަޅު އެޅުވެން ރެޑީވޭ. ވެރިކަމާ ތޮޅޭ އެންމެނަށް އޮތީ އެއްހުކުމެއް، ޓެރަރިޒަމްގެ ދައުވާއާ ހުރަގޭގަ ބަންދުކުރުމާ.
ޚަލަ
19 June 2018
މި ވެރިކަން ބަދަލުކޮށްފައި ވެރިޔަކަށް ލާންވީ އިސްލާމް ދީނުގެ ޙުކުމްތައް ގަބޫލު ނުކުރާ މީހެއްތަ؟
ނަހަމަބުރު
19 June 2018
ﷲގެ އިރާދަ ފުޅާއެކު މިވެރިކަން ދާނީ ކުރިޔަށް މިވެރިކަން ބަދަލުކުރަން އުޅޭތާ ފަސްއަހަރު ވެއްޖެ ގައުމަށް ހަމަ އަދިވެސް އެންމެ ފައިދާ ބޮޑީ ޔާމީން ވެރިކަމުގައި ހުރުމުން
ފަސީ
20 June 2018
ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ. މިއަނިޔާވެރި ވެރިކަމުން އަޅަމެން ސަލާމަތްކޮށް މިނިވަންކޮށްދެއްވާށި. އާމީން
އުއްތަމަ ފަނޑިޔާރު
19 June 2018
ދެރަކަމަކީ އަބަދުވެސް ލިބެނީ ބޮޑު އިބިލީހާ ކުޑަ އިބިލީހާ ދޭތެރެއިން ޗޫޒް ކުރަން. ވޯޓް ލާދުވަހު ހިތަށްއަރާ އިންވިޒިބަލް ނަމައޭ.
ޕޮގުބާ
19 June 2018
ނުވާނެ ތިކަމެއް ހަނދާން ނަށްތާލާ
ނަޖްވާ
19 June 2018
މީނަވެސް މީ އޮޕޮޗުނިސްޓެއް! ހިހޫ ތަނުން ކައިގެން އުޅެން އުޅޭ މީހެއް މީ!
އުއްތަމަ ފަނޑިޔާރު
19 June 2018
ހިހޫ ތަނުން ކައިގެން ހުންނަންޏާ ސަރުކާރަށް ސަނާ ކިޔަން މިވަގުތު އުޅޭނީ... ކަނބުލޮމެން ޅައީ އަދި.
ހެހެ
19 June 2018
އެމްޑީޕީ މީހުންގެ ވެރިކަމުގައި ކޮރަޕްޝަން ނުހިންގިނަމަތާ އަލުން ވެރިކަން އެމްޑީޕީ މީހުންނަށް ދޭން ވޯޓްލެވޭނީ. މި ސަރުކާރުގެ އެންމެ ބޮޑު ކޮރަޕްޝަންގެ މައި ތަނބު ޖަލައްލީމަ އޭނަ ތިލަފަތުގެ ތިކޮޅަށް ލައިގެން، 30 އަހަރުގެ ކޮރަޕްޝަންވެސް ހިންގެވި ކަމަށް ކުރިން އެމްޑީޕީންކީ ބޭފުޅާވެސް ތިކޮޅަށް އަރުވައިގެން ތިޔަ އުޅެނީ. އެއްވަރުގެ ދެ ކޮރަޕްޓް މީހުންނާ އެއްބައިވެގެން އުޅޭ ބަޔަކު އަދި އަމިއްލަ ބާރު އޮތް ކުޑަ ދުވަސްކޮޅުވެސް ކޮރަޕްޝަން ހިންގި ބަޔަކު އަލުން ވެރިކަމަށް އަރައިފިނަމަ ދެންވެސް އިތުރަށް ކޮރަޕްޝަން ނުހިންގާނެ ކަމަށް އޮންލީ ރީނދޫ އަތްޖަހާ ކުދިން ގަބޫލުކުރާނީ.
ސަރީފު
19 June 2018
ގާނޫނު ދަންނަމީހެއްކަމަށް ވަކާލާތުކޮށް، އިންސާފާ ހަމަހަމަ ކަމުގެ ވާހަކަ ދުވާލު ދެއިރު ދެދަޅައަށް މީނަދައްކާއިރު، ފާޅުގަ ވަކި ކުލައެއް ނަގާގެން ލޭބަލްކުރެވިފައި ހުރި މީހަކަށްވާއިރު މީނަގެ ނިޔަތް އެއްގޮތަކަށްވެސް ސާފުނުވާނެކަން ކަށަވަރުވެއެވެ.
ޝަމީމާ
19 June 2018
ތިޔައީ އަހަރެމެންނަށް ތަޖުރިބާކުރެވިފައިވާ މީހެއް.. އެއީ ހިތްދަތި ދުވަސްތަކެއް.. ދެން ހެޔޮ
އަބްދުﷲ
19 June 2018
ވެރިކަން ބަދަލުކުރަންނުޖެހޭ ފަހަރެއް އައިއްސިތަ؟ ކޮންމެމީހަކު ވެރިކަމަށް އަޔަސް ބަދަލުކުރަން ހިފާނެ ބަޔަކު ނިކުންނާނެ.
ޔާގޫ
19 June 2018
ބަލަގަ ކަމެއް ވެގެންނެއްނުންތޯ ކޮންމެ ފަސް އަހަރަކުން ވޯޓު ނަގާގޮތައް ހަމައްޖައްސާފަ އޮންނަނީ.. އެހެން ނޫންނަމަ ހަމަ އުމުރުދުވަހު ވެރީކަން ކުރާގޮތައް ރަސްކަމެއް ނުން އޮންނާނީ..