ފުލުހުންތަކެއް: ކުރީގެ ރައީސް ނަޝީދާއި ޖޭޕީގެ ލީޑަރުގެ ޒާތީ މައުލޫމާތު އާއްމުކޮށް ފުލުހުން ޓްވީޓް ކޮށްފައިވާތީ ފާޑުކިޔުންތައް ވަނީ އަމާޒުވެފައި
19 ޖޫން 2018 - 20:31
އިދިކޮޅު ދެ ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް، ފުލުސް އޮފީހަށް ހާޒިރުވާން އަންގައި ފުލުހުން މިއަދު ކުރި ޓްވީޓުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ކޮށްފައިވާ ޖަލު ހުކުމަށް ފިއްލަވައިގެން އުޅުއްވާތީ، އެ ދެ ބޭފުޅުން ފުލުސް އޮފީހަށް ހާޒިރުވާން ފުލުހުން މިއަދު ޗިޓު ފޮނުވީ ޓްވިޓާ މެދުވެރިކޮށެވެ. ފުލުހުން ވަނީ ޓުވިޓާ މެދުވެރިކޮށް، ނަޝީދާއި ގާސިމްގެ ޗިޓު އެ ދެ ބޭފުޅުންނަށް ޓެގްކޮށްފަ އެވެ. އަދި އެއާއެކު އެ ޗިޓުގައި އެ ބޭފުޅުންގެ އައިޑީކާޑު ނަމްބަރާއި އެހެން ވަނަވަރުތައް ފުލުހުން ވަނީ އާއްމުކޮށްފަ އެވެ.
Fuluhun thahgeegu kuramundha massala akai gulhigen Fulus Office (Police Headquarters) ah @MohamedNasheed haaziru vumah chit rahdhukurameve. pic.twitter.com/Lr9rQgiZms
— Maldives Police (@PoliceMv) June 19, 2018
މިކަން ކުށްވެރިކޮށް، ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ އައިޑީ ކާޑު ނަމްބަރު ފަދަ މީހުންގެ ޒާތީ މައުލޫމާތު އާއްމުކުރުމަކީ ޓްވިޓާގެ ގަވައިދާ ހިލާފު ކަމެއް ކަމަށެވެ. އަދި މީހަކު އެކަން ރިޕޯޓު ކުރުމުގެ ކުރިން ފުލުހުން އެ ގަވައިދު އަވަހަށް ކިޔުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
ފުލުހުންގެ މި ޓްވީޓާ ގުޅިގެން ބައެއް މީހުން އަންނަނީ، ޓްވިޓާގެ ގަވައިދުތައް ފުލުހުންނަށް އެނގޭތޯ ސުވާލު ކުރަމުންނެވެ. އަދި އެ ގަވައިދު ބައެއް މީހުން ޓްވިޓާގައި ޕޯސްޓް ކުރަމުން އަންނައިރު، ފުލުހުންގެ ޓްވިޓާ އެކައުންޓް ބައެއް މީހުން ވަނީ ރިޕޯޓުކޮށްފަ އެވެ.
This violates twitter rules - disclosing a persons personal information such as identity number etc - read them before some one reports this tweet. https://t.co/WiL4Nmfasa
— Husnu Al Suood (@hsuood) June 19, 2018
ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ގޮތަށް އެ ގައުމުން ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ ނަޝީދު، ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށެވެ. ބޭސްފަރުވާ އަށް ސިންގަޕޫރަށް ވަޑައިގެން އަދި ފަހުން ޖަރުމަނަށް ވަޑައިގެން އެ ގައުމުން ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގައި ދިރިއުޅުއްވާ ގާސިމް ފުލުސް އޮފީހަށް ހާޒިރުވާން ޖެހެނީ ހޯމަ ދުވަހުގެ މެންދުރު 2:00 އަށެވެ.
ދެ ބޭފުޅުން ވެސް ހާޒިރުކުރާ ސަބަބެއް ކަމަށް ޗިޓުގައި ބުނެފައި ވަނީ ރާއްޖެ އިން ބޭރަށް ބޭސްފަރުވާ އަށް ފޮނުވައި، އެކަމަށް ދިން މުއްދަތު ހަމަވުމުން، އެނބުރި ރާއްޖެ ވަޑައިނުގެން ހުކުމަށް ފިއްލަވައިގެން އުޅުއްވުން ކަމަށެވެ. އަދި، ނަޝީދާއި ގާސިމް ހާޒިރު ކުރަނީ އެ މައްސަލަ ތަހުގީގުކޮށް ބަޔާން ނެގުމަށް ކަމަށް ވެސް ޗިޓުގައި ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހިނޫރު
20 June 2018
ފުލުހުން މަސް މާރުކޭޓަށް މަސްކަނޑަން ދިއުން މާ ތާހިރު ވާނެ,.
މަހިނޫރު
20 June 2018
ފުލުހުން މަސް މާރުކޭޓަށް މަސްކަނޑަން ދިއުން މާ ތާހިރު ވާނެ,.
ްއަދުރޭ
20 June 2018
ފުލުހުން ކުރާ ކުއް ބަލާނެ ތަނެއް އޮވޭތަ..؟
ޕްރޮފެޝަނަލް
20 June 2018
މިހާރު ތިޔަ ފުލުސް އޮފީސް ހިންގަނީ ތަސައްރަފު ނުފުދޭ ކުޑަކުދީންތަކެއްތަ؟ ފުލުހުންގެ ތެރޭގައި އުޅޭ ސިޔާސީ އަޅުންގެ ސަބަބުން މުޅި ފުލުސް ފޯސް ބަދުނާމުވެފައިވަނީ. ވަކި މީހަކު ވެރިކަމުގެ ބަހައްޓަން ނުވަތަ ގެންނަން މަސައްކަތް ކުރުމަކީ ފުލުހުންގެ ޒިންމާއެއް ނޫން. ފުލުހުންގެ މައިގަނޑު ޒިންމާއަކީ ކޮބައިކަމާ މެދު ސުވާލު އުފެދޭ މިންވަރަށް ކަންކަން ބޮއްސުން ލައިގެން ގޮސްފި. މީޑިއާ އަށް އަރާ ޕްރޮޕެގަންޑާ ފަތުރާ ތަނަކަށް ޕޮލިސް ސަރވިސް ބަދަލުވާތަން ފެންނާތީ ހިތާމަކުރަން.
ސައިޚް
20 June 2018
ކަމެއް އޮންނަގޮތަށް ކުރުމަކީ އުނދަނގޫކަމެއްދޯ.؟
ދެރަކަލޯ
20 June 2018
މީ ޕޮލިސް ވަރަށް ގަޓް ހުންނާނެ
ޓޯކިޔޯ ސިޓީ.
20 June 2018
ޓުވިޓާރގެ އުސޫލުތަކާއި ހިލާފަށް ކުރާ ޓުވީޓު ތަކުގެ މައްސަލަ އަނެއްކާ ފުލުހުންނަށް ހުށައަޅާ.. ފުލުހުން ކުރާ ސައބަރ ކްރައިމް މައްސަލަތައް އިންޓަރ ޕޮލް އަށް ހުށައަޅައިގެން ބަލަން ފެނޭ.
ކުޑަހުވަދޫ
20 June 2018
ހޭބަލިވިޔަސް ދެންބޮޑުވަރު
ބޯ
20 June 2018
ޕޮލިހުން ނާއި ޝަރުއީ ދާއިރާ ބޯގަޅިވީމަ ގައުމުގެ ރައްކާތެރިކަމޭ ކިޔަނީ ކޯންޗަކަށް ތޯ އެބަ ބަލަން ޖެހޭ.
ލޯހުޅު
20 June 2018
ލޯ ހުޅުވައިގެން ބަލައިލަ ބަލަ، އެ މީހުން ކުނި ކުރަނީ ކޮން ބައެއްކަން.
ބައޯކަލޯ
20 June 2018
ތިފުލުހުންނަކީ ހަމަ ގަޅިބައެއް....މަގުމަތިން ދުއްވަފައިވާދިޔަ ނުކުޅެދޭ ކުއްޖަކަށް ތަންދޮރުނޭގޭ ވާހަކަދައްކާ ޤަވާއިދާޚިލާފަށޭ ކިޔައިގެން ކިރިޔާ އެކުއްޖާ ފުލުސް އޮފީހަށް ނުގެންދިޔައީ.....މަގުމަތިންމީހަކު ބުނީ އެއީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެކޭ.......