ޚަބަރު / މެމްބަރު ގާސިމް އިބްރާހިމް (މާމިގިލި)

ގާސިމްގެ އަނބިކަނބަލުން އައިޝާ ޖޭޕީގެ ކައުންސިލަށް ވާދަކުރައްވަނީ

ގާސިމްގެ ހަގު އަނބިިކަނބަލުން އައިޝާ ޖޭޕީގެ ކޮންގްރެސްގެ ނުރަސްމީ ބައްދަލުވުމެއްގައި.

ޕެރެޑައިސް އައިލެންޑް ރިސޯޓުން،  އަހުމަދު ސާއިލް އަލީ، މިހާރު

22 ޖޫން 2018 - 15:17

16 comments

ޖުމްހޫރީ ޕާޓީ (ޖޭޕީ) ން މިއަދު ފަށާ ކޮންގްރެސްގައި އިންތިޚާބުކުރާ އެ ޕާޓީގެ ކައުންސިލަށް، ލީޑަރު ގާސިމް އިބްރާހީމްގެ ހަގު އަނބިކަނބަލުން އާއިޝަތު ނަހުލާ (އައިޝާ) ކުރިމަތިލައްވައިފި އެވެ.

ގާސިމްގެ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބާއްވާ ޖޭޕީގެ ތިން ވަނަ ކޮންގްރެސްގައި އެ ޕާޓީގެ ކައުންސިލަށް 15 މެމްބަރުން އިންތިޚާބު ކުރުމަށް ވަނީ ނިންމައިފަ އެވެ. އެ މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެންމެ ބޮޑު ތަރުހީބެއް ލިބެމުން އަންނަނީ މީގެ ކުރިން ސިޔާސީ މަގާމެއް ފުރުއްވާފައި ނުވާ އައިޝާ އަށެވެ.

ގާސިމްގެ ތިން އަނބިކަނބަލަކު ތިއްބަވާއިރު، އައިޝާ ފިޔަވައި އެހެން ބޭކަނބަލަކު މިފަދަ ސިޔާސީ މަގާމަކަށް މިހާތަނަށް ކުރިމަތިލައްވައިފައެެއް ނުވެ އެވެ. އައިޝާ އެންމެ ފަހުން އާންމުންނަށް ފެނިފައި ވަނީ 2013 ގެ ރިޔާސީ އިންތިޚާބަށް ގާސިމް ކުރިމަތިލެއްވިއިރު، އޭނާގެ ކެމްޕެއިންގެ ތެރެއިންނެވެ. އޭރު، ގާސިމަށް ކެމްޕެއިން ކޮށްދެއްވުމަށް އައިޝާ ބައެއް ރަށްރަށަށް ވެސް ވަޑައިގަތެވެ.

މިހާރު ކުރިއަށް ގެންދާ ޖޭޕީގެ ކޮންގްރެސްގެ ތެރެއިން، އެ ޕާޓީގެ ލީޑަރު ގާސިމްގެ ހަގު އަނބިކަނބަލުން އައިޝާ (ވ) އަދި ޖޭޕީގެ ޔޫތު ލީގުގެ މިހާރުގެ ނައިބު ރައީސް ސުވެއިބާ އެކު ފޮޓޯއެއް ނަންގަވަނީ.

މިއަދު ހަވީރުން ފެށިގެން މިރޭގެ ފަތިހާ ހަމައަށް ކުރިއަށް ގެންދާ ޖޭޕީގެ ކޮންގްރެސްގައި 30 މަގާމަކަށް މީހުން އިންތިޚާބު ކުރާނެ އެވެ. ސިއްރު ވޯޓަކުން އިންތިޚާބު ކުރާ މުހިންމު މަގާމުތަކުގެ ތެރޭގައި ޕާޓީގެ ރައީސާއި ނައިބު ރައީސާއި ހަތަރު ނައިބު ލީޑަރުންގެ އިތުރުން ޒުވާނުންގެ ލީގާއި އަންހެނުންގެ ލީގުގެ ރައީސާއި ނައިބު ރައީސާއި ސެކްރެޓަރީ އާއި ދެ މެމްބަރުން ހިމެނެ އެވެ. އަދި ކޮންގްރެސްގެ ތެރެއިން 15 މީހަކު އިންތިޚާބު ކުރާނެ އެވެ.

ޖޭޕީގެ އާ އަސާސީ ގަވާއިދުގެ ދަށުން އެ ޕާޓީގެ ރައީސާއި ނައިބް ރައީސްގެ މަގާމަކީ އަލަށް އުފައްދާ ދެ މަގާމެވެ.

16 ކޮމެންޓް, 119 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 9%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލަބީބު

24 June 2018

މިހާރު މަޝްހޫރު ވެފަ ހުރިލެއް ކުޑަވީ ދޯ؟

The name is already taken The name is available. Register?

މަގޭ އައިސާ

24 June 2018

އައިޝާ ރައީސް ކަމަށް ކުރިމަތިލާ . އަހަރެން ވޯޓް އައިސާއަށް ... ޔަގީން

The name is already taken The name is available. Register?

ނަިސް

24 June 2018

ވަރަށް ނައިސް އައިސާ. ގާސިމް . ވެއްޖެނޫ ފެމެލީއަށް ވަގުތު ދޭން

The name is already taken The name is available. Register?

އައްޑޫ އަލީ

24 June 2018

ދެވަނަ ގްރޭސް މުގާބޭއަކަށް ނުވާނެ ކަމަށް އުއްމީދުކުރަން.

The name is already taken The name is available. Register?

ގޯލްޑް ޑިގާރސް

23 June 2018

ގޯލްޑް ޑިގާރސް

The name is already taken The name is available. Register?

ރީތި މޫސަ

23 June 2018

ޤާސިމް ސިޔާސީ މައިދާނަށްނުކުތީ މޮޔަކަމުން ވިޔަފާރިވެރިން ރައީސްކަމަށްއައުމަކީ ރަނގަޅުކަމެއްނޫން އެކަމުގެހެކި އެފެންނަނީ އެމެރިކާއިން ޓުރަންޕް އެޔޮށް އިނދަޖެހެނީ ވިޔަފާރިތަށް ބަނގުރޫޓުވަނީ ހަމައެހެން ޤާސިމަށް އެދަނީވަމުން ގާތުތިއެންމެންވެސް މަސައްކަތްކުރަނީ ފައިސާކޮޅެއް ލިބޭތޯ

The name is already taken The name is available. Register?

ސލވރ

24 June 2018

Trump ގެ ވިޔަފާރި ބަގުރޫޓު ވާކަމަށަ ތިބުނަނީ ކޮން ހެއްކެއްގެ މައްޗަށް ބިނާކޮށް ހެއްޔެވެ؟ އޭނާ ވެރިކަމަށް އައި ފަހުން އެމެރިކާގެ އިގްތިސާދީ ކުރިއެރުން ޖެހުނީ ކުރިޔަށް.

The name is already taken The name is available. Register?

ތުއްތޫ

22 June 2018

އަޅުގަނޑުމެންނާ ނުލައި އެއްވެސް ބަޔަކަށް ކާމިޔާބު ނުވާނެ

The name is already taken The name is available. Register?

‫12345

22 June 2018

‫ކީއްވެތަ ގާސިމްގެ އެހުރިހާ ދަރިން ތިބިއިރު އޭގެން ދަރިއަކު މިކަމާ ނޫޅެނީ! ނިކަން ބައްލަވާ މައުމޫނުގެ ހުރިހާ ކުދިން އެތިއްބެވީ ބާއްޕާފުޅުގެ ފަހަތުގައި. ގާސިމްގެ އާއިލާއިން ނުފެނޭ އެހިތްވަރެއް. ޕާޓިގެ މަގާމަކުންވެސް ނުފެނޭ.

The name is already taken The name is available. Register?

ފަހަރި

22 June 2018

ގާސިމުގެ ދަރިންނަށް ވިސްނޭ ޕާޓީއާއިގެން އުޅުމަށްވުރެ ވިޔަފާރިޔާގެން އުޅުނިއްޔާ ގާސިމަށްވެސް އެކުދިންނަށްވެސް އަދި އެތައް ސަތޭކަ މުވައްޒިފުންނާއި އެމީހުންގެ އާއިލާތަކަށްވެސް ފައިދާ ބޮޑުވާނެކަން.

The name is already taken The name is available. Register?

ކޮސްވާހަކަ

22 June 2018

މައުމޫނުގެ ހުރިހާ ދަރިން މައުމޫނުގެ ފަހަތުގައި ތިބިތަނެއް ނުފެނޭ! އެކަކު އަދިވެސްހުރީ ސަރުކާރުގެ އިސް މަގާމެއްގައި.

The name is already taken The name is available. Register?

އާދަނު

23 June 2018

މައުމޫނުގެ ބައެއްކުދިންތިބީ ސައިޒު ގަ!!! ވަރަށް ވާހަކ!!!

The name is already taken The name is available. Register?

ރަށުމީހާ

23 June 2018

ކޮސްވާހަކަ ތިބުނީ ރަނގަޅައް ޣައްސާނު އެހުރީ ކޮންބޮޑުވަރިހަމައެއްގަތަ

The name is already taken The name is available. Register?

ޢަލީމް

23 June 2018

ވެރިކަމުގެ ތަޅާފޮޅުން ޣައްސާނާ ފާރިޝްގެ ދެމެދުނެތްނަމަ ޣައްސާން އެގޮތަށް ބައްޕަދޫކޮށްފަ ނުދާނެ.

The name is already taken The name is available. Register?

މެންގޯ

22 June 2018

ސާބަހޭ ޒުހުއްތަ!

The name is already taken The name is available. Register?

ޕްލީޒް

22 June 2018

ގާސިމްގެ އަނބިކަނބަލުން އައިޝާ ޖޭޕީގެ ކައުންސިލަށް ވާދަކުރައްވަނީ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ޒަކާތް ފެށެން ޖެހޭނީ ގޭތެރެއިންނޭ ސޯ ގާސިމްގެ ހަނގު އަނބިން ޖޭޕީގެ ކައުންސިލް ގައި ބައިވެރި ވުމަކީ އެއީ ހަމަ ރަނގަޅު ކަމެކޭ. މަމެން އުއްމީދު ކުރަމޭ ގާސިމްގެ ހުރިހާ ކުދިން ވެސް ބައްޕަގެ ދުނިޔޭގައި ޖޭޕީގެ ކައުންސިލުގެ މަގާމް ތައް އަދާ ކުރާނޭ ކަމަށް މިއަދު އަދި ގާސިމް އަށް ހުކުމެއް އައިސް ރާއްޖޭން ބޭރުގައި ހުރި ނަމަވެސް މަމެން ރާވާފައިވާ ޕޮލިޓިކަލް ގޭމް ކާމިޔާބު ވާއިރު ރާއްޖޭގައި އިދިކޮޅު ޕާރޓީ އަކަށް އޮންނާނީ ޖޭޕީ އެކަންނޭ އެމްޑީޕީ އޮންނާނީ އުވާލާފައޭ ކެނެރީގެ ނަޝީދު ނުފެންނާނެއޭ ރާއްޖޭގެ ސިޔާސީ މައިދާނުން އޭނާ ހުންނާނީ ލަންކާގައޭ ދެން އޭނާގެ އުމުރު ހުސްވަން ދެން ގާސިމްގެ މުޅި ފެމިލީގެ ބާރު ޖޭޕީ ތެރެއަށް ގަދަ ކުރަންވީ ޕްލީޒް ޑޯންޓް ގިވް އިޓް އަޕް ޕްލީޒް ޑޯން ލެޓް ސަމްބަޑީ އެލްސް ޓު ރިޕްލޭސް ޔޫ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454