ބްރިޖްގެ ދެ ތަނބެއް ގުޅުވާލުމުގެ މަސައްކަތް މިއަދު ކުރިއަށް ދަނީ: ހުރިހާ ތަނބުތަކެއް އަންނަ މަހު ގުޅުވާލައި ނިމޭނެ --ފޮޓޯ/މިނިސްޓަރު މުއިއްޒު
22 ޖޫން 2018 - 17:03
ހުޅުލެ އާއި މާލެއާ ދެމެދު އަޅާ ބްރިޖްގެ ހުރިހާ ތަނބެއް އަންނަ މަހުގެ ނުވަ ވަނަ ދުވަހު ގުޅުވާލައި ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބްރިޖްގެ މައި ދެ ތަނބެއް ގުޅުވާލުމުގެ މަސައްކަތް މިއަދު ކުރިއަށް ދާ ކަމަށެވެ. ހުރިހާ ތަނބުތަކެއް ނިންމައި އަންނަ މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް މާލެ އާއި ހުޅެލެއާ ދެމެދު ގުޅާލެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޗައިނާ އިން ތައްޔާރު ކޮށްގެން ގެނައި ސްޓީލް ގާޑާ ބީމްސްތައް ބްރިޖްގެ މައި ތަނބުތަކާ ގުޅާލުމުގެ މަސައްކަތް ފެށީ މިދިޔަ މަހު އެވެ.
CMFB ge mai ithuru 2 thanbu gulhuvaalun miadhu kuriyah dhanee. Hurihaa thanbeh gulhuvaa Male aa Hulhule aa dhemedhu ekkoh gulhuvaa nimmun July 9 IA. pic.twitter.com/EcWNpOkawx
— Dr.Mohamed Muizzu (@MMuizzu) June 22, 2018
މިނިސްޓަރު މުއިއްޒުގެ ޓްވީޓް
ތަނބުތައް ގުޅުވާލައި ނިމުމާއެކު ބްރިޖުގެ އުނދަގޫ ހުރިހާ މަރުހަލާތަކެއް ފުރިހަމަވީ އެވެ. ދެން އޮންނާނީ ލޭން ހެދުން ފަދަ ފިނިޝިން މަސައްކަތްތަކެވެ.
ޗައިނާގެ ސީސީސީސީއާ އެކު އެއްބަސްވެފައިވާ ގޮތުން ބްރިޖުގެ މަސައްކަތް ނިންމަން ޖެހެނީ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. އެކަމަކު ޝެޑިއުލަށް ވުރެ ބާރަށް މަސައްކަތް ކުރިއަށްދާ ކަމަށާއި ޖުލައި 26 އަށް ބްރިޖު ހުޅުވޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާއިރު، އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާގެ ހިލޭ އެހީ އެވެ. ބާކީ 72 މިލިއަން ޑޮލަރު ލޯނު އެހީގެ ގޮތުގައި ޗައިނާއިން ދޭއިރު، ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ޚަރަދު ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުން
23 June 2018
ހެޔޮ ނުވާނެ ކޯޒްވޭ ކިޔާބަލަ. ނޫންނަމަ ބްރިޖް ހުންނަގޮތް ޔޫޓިއުބުން ބަލާބަލަ
އަޒާ
23 June 2018
ކަލޯ ތަންކޮޅެއް ހޭވެރިކަންވެ ބަލަ. ކަނޑު ހުރަސްކޮށް ކޯޒްވޭ އެއް ނޭޅޭނެ، އެޅޭނީ ބްރިޖް، ދެން ގޫގުލްކޮށްލާފަ ބަލާލަބަލަ ކޯޒްވޭ އާއި ބްރިޖާ ތަފާތަކީ ކޮބާތޯ...
ލަންކާ އިބްރަތް މެލޭ އިބްރަތް
23 June 2018
ވެރިކަމަކީ ބުރިޖުން ކުރެވޭ ކަމެއްތޯ ނޫންތޯ މިފަހަރު އެނގޭނެ.
މުރަނު
23 June 2018
ފޮޓޯއިން ފެންނަ ސްޓީލު ބޮކުސުން ދަބަރުގެ އަސަރު އެބަފެނޭ
އެއީ
07 July 2018
ވެލްޑްކޮށްފަހުރިތަން އަހަންނަށް ފެންނަނީ.
ޖޯކީ
22 June 2018
ބުރިޖުގެ މާބޮޑު ޝައުގުވެރިކަމެއް މިވަގުތަކު ނެތެވެ. ދެއިރު ދެދަޅަޔަށް ބުރިޖުގެ ވާހަކަ ދެއްކުމުގެ ބޭނުމެއްނެތެވެ. ތި ބުރިޖުގެ ޑިޒައިން ކުރުމުގައި މަދުވަނީ ކޮންބައިތަކެއްތޯ ނިކަން ބައްލަވާށެވެ. ދުނިޔޭގެ އަޅަފައިވާ ތިފަދަ ބުރިޖު ތަކުގައި ހުންނަގޮތަށްތޯއޭ ތިބުރިޖުގެ ސަޕޯޓް ދެވިފައިހުރީ؟ ވީއިރު ތިބުރިޖުގެ އަގު ތިހާބޮޑުވެގެން އުޅެނީ ކީއްވެތޯވެސް އެހެން ބުރިޖުތަކުގެ އަގާއި އަޅާ ނިކަން ކިޔާލަ ވީނޫންތޯއެވެ. ޢަދި ދައުރު ނިމި އިރުއަރާއިރު ރިޔާސީ މެނިފެސްޓޯ ވީތަނެއްވެސް ނޭގޭނޫންތޯއެވެ؟
އަޒާ
23 June 2018
ޑުބާއީގައި މިހާރު އަޅާ ޝިންދަގާ ބްރިޖްގެ ދިގުމިނަކީ 300 މީޓަރު، މުޅި ޖުމުލަ 13 ކިލޯ މީޓަރުގެ މަގު، އެއީ ބިމުގައި ހަދާ މަގެއް، އަގަކީ 107 މިލިއަން ޑޮލަރު، ރާއްޖޭގައި އަޅަނީ 1.39 ކިލޯ މީޓަރުގެ ބްރިޖެއް، އަގަކީ 200 މިލިއަން ޑޮލަރު، ޑުބާއީގައި އަޅާ ބްރިޖަކީ ކޯރެއް ހުރަސްކޮށް އަޅާ ބްރިޖެއް... ވ ސަލާމް..
ނޭމާރ
22 June 2018
ކޮބާހޭ ދޭން ބުނި ފަޅުރަށް ރައްޔިތުންނަށް. ކޮބާޓޯ ރިސޯޓް ހިއްސާ ރިސޯޓް މުވައްޒަފުންނަށް! 5 އަހަރު ނިމެނީޔޭ. ހަރަދު ބޮޑުކަމުންތަ ހަމަ ނުފުއްދާ ތިޔަ އުޅެނީ؟
ސަރީފް
22 June 2018
މާ ރަގަޅުވާނެ ކެރަފާ ނަސީދުވި 5 ވައުދުގެ ވާހަކަ ދެއްކުން. ހުރިހާކަމެއް ދިޔައީ އިރާދަކުެއްވިއްޔާ ދިމާ އިދކޮޅަށް. ކަރަންޓް އަގުހެޔޮކުރުން ޑޮލަރުގެ އަގުމަށްޝަށް ނުދިއުން ސިވިލް ސާވަންޓުންގެ މުސާރަ ކުޑަނުކުރުން ދެންބުނި ކަންތައް އެހާބޮޑަކަށް ހަނދާނެއް ނެތް. ކަލޭމެން އަޅެފަހެ ލަދެއް ނުގަނޭތަ އަނގަހުޅުވަން
ފާތުމާ
24 June 2018
ބުރިޖު ހުޅުވެން އުޅޭ ވާހަކަ ދެއިރު ދެދަޅައަށް ދައްކާށެވެ. ނޫސްވެރިންނާއި ކިޔަވާކުދިން ގެންގޮސްގެންވެސް ގުޅުވާ ކޮންމެ ފައްތަރެއް ދައްކާށެވެ. ހުޅުވަން ކުލަގަދަ ބޮޑު ހަފުލާއެއް ބާއްވާށެވެ. އޭގެ އަގު ޖީބަށް ކުޅަދާނައިއްޔާ އެފަސޭހަ ލިބިގަންނާނެއެވެ. އެކަމަކު ދަތުރުމަތީގައި އިންނަ އިރުވެސް ހަނދާންވަނީ އެއަރޕޯޓާއި ބްރިޖުގެ މަޝްރޫޢުގެ މުޅި އަގުގެ 2 ޕަސެންޓް ކަމިޝަނަށް ކުރިން އެއްއަތްކަމަށް ހަދައިގެން އުޅުނު މީހާއަށް ލިބޭކަމަށް އިވުނު ވާހަކައާއި، މާލޭ ފެރީޓާމިނަލް ކުރިމަތިން ފެންނަ ބޮޑު ޢިމާރާތުގެ މަސައްކަތް ހަވާލުކުރެވިގެން އުޅޭގޮތާއި މާދުރުން މާލޭގެ މަލަމަތިން ފެންނަ 25 ބުރީގެ ޢިމާރާތުގެ ބޮޑު އަގެވެ. ދެން ތީގެ ވާހަކަ އިޝްތިހާރު ކޮށްގެންވާންއޮތީ ކޮންމޮޅެއް ހެއްޔެވެ.
ތުނޑު ހަސަނު
22 June 2018
ބުރިޖު ހުޅުވެން އުޅޭ ވާހަކަ ދެއިރު ދެދަޅައަށް ދައްކާށެވެ. ނޫސްވެރިންނާއި ކިޔަވާކުދިން ގެންގޮސްގެންވެސް ގުޅުވާ ކޮންމެ ފައްތަރެއް ދައްކާށެވެ. ހުޅުވަން ކުލަގަދަ ބޮޑު ހަފުލާއެއް ބާއްވާށެވެ. އޭގެ އަގު ޖީބަށް ކުޅަދާނައިއްޔާ އެފަސޭހަ ލިބިގަންނާނެއެވެ. އެކަމަކު ދަތުރުމަތީގައި އިންނަ އިރުވެސް ހަނދާންވަނީ އެއަރޕޯޓާއި ބްރިޖުގެ މަޝްރޫޢުގެ މުޅި އަގުގެ 2 ޕަސެންޓް ކަމިޝަނަށް ކުރިން އެއްއަތްކަމަށް ހަދައިގެން އުޅުނު މީހާއަށް ލިބޭކަމަށް އިވުނު ވާހަކައާއި، މާލޭ ފެރީޓާމިނަލް ކުރިމަތިން ފެންނަ ބޮޑު ޢިމާރާތުގެ މަސައްކަތް ހަވާލުކުރެވިގެން އުޅޭގޮތާއި މާދުރުން މާލޭގެ މަލަމަތިން ފެންނަ 25 ބުރީގެ ޢިމާރާތުގެ ބޮޑު އަގެވެ. ދެން ތީގެ ވާހަކަ އިޝްތިހާރު ކޮށްގެންވާންއޮތީ ކޮންމޮޅެއް ހެއްޔެވެ.
ހަބީ
22 June 2018
އެކަމަކުވެސް ވޯޓެއް ނުދޭނަން ސަބަބަކީ ރިސޯޓު ހިއްސާ ދޭނަމޭ ބުނެ މީގެކުރިން މަގޭވޯޓު އަތުލާފަ ވައުދު ނުފުއްދާތީ
ާއަސްލަމް
22 June 2018
ނުޖެހެ ދޭކަށް.
ގގގގގ
22 June 2018
މާލޭ ބުރިޖު ނިމޭތީ މާލޭ ސަރުކާރު ވަރަށް ހެޕީވެއްޖެ! މާލޭ ސަރުކާޜު ހަނދާނެތް ނެތް ރާއްޖެތެރޭގައި ހޮސްޕިޓަލަށް ޑޮކްޓަރަށް ދާނެ ފެރީގަނޑެއްވެސް ގަވައިދުން ނޯންނަކަން.