ނޯތު ކޮރެއާ އަކީ އަދިވެސް ބިރެއް ކަމަށް ޓްރަމްޕް ވިދާޅުވި. --ފޮޓޯ:ރޮއިޓާސް
23 ޖޫން 2018 - 14:53
ވޮޝިންޓަން (ޖޫން 23) - ނޯތު ކޮރެއާ އަކީ އަދިވެސް ބިރެއް ކަމަށް ވިދާޅުވެ އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެއް އަހަރަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދަމަހައްޓައިފި އެވެ.
ނޯތު ކޮރެއާއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް ދަމަހައްޓާފައި މި ވަނީ އެ ގައުމަކީ އެމެރިކާ އަށް މިހާރު ނިއުކްލިއާ ބިރެއް ނޫން ކަމަށް ޓްރަމްޕް ވިދާޅުވިތާ މާގިނަ ދުވަހެއް ނުވަނީހެވެ. އަދި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންއާ ބައްދަލު ކުރެއްވިތާ ދިހަ ވަރަކަށް ދުވަސް ފަހުންނެވެ.
ނޯތު ކޮރެއާއާ ދެކޮޅަށް އިއްޔެ ދެމެހެއްޓި ދަތި ކުރުމުގެ ފިޔަވަޅުތަކަކީ 2008 ވަނަ އަހަރު ރިޔާސީ ގަރާރަކުން އެ ގައުމާ ދެކޮޅަށް އެޅި ފިޔަވަޅުތަކެވެ.
ސިންގަޕޫރުގައި މި މަހު 12 ވަނަ ދުވަހު ކިމްއާ އެކު ބޭއްވި ސަމިޓަށް ފަހު ޓްރަމްޕް ވިދާޅުވެފައި ވަނީ އެމަނިކުފާން ވެރިކަމަށް ވަޑައިގެންނެވި ދުވަހަށް ވުރެ ނޯތު ކޮރެއާ ގުޅުން އެތައް ތަނެއް މިހާރު ބަދަހިވާނެ ކަމަށެވެ.
ދެ ގައުމުގެ ގުޅުން ރަނގަޅު ކުރުމުގެ ނިޝާނެއްގެ ގޮތުން އެމެރިކާ އިން މިހާރު ވަނީ ސައުތު ކޮރެއާއާ އެކު ބާއްވަން ރޭވި އަސްކަރީ ތަމްރީނުތައް ފަސްކޮށްފަ އެވެ. މިދިޔަ އަހަރުގެ ތަމްރީނުތަކުގައި ވަނީ އެމެރިކާގެ 7،500 ސިފައިންނާއި ސައުތު ކޮރެއާގެ 3،000 ސިފައިން ބައިވެރިވެފަ އެވެ.
ސައުތު ކޮރެއާގައި އެމެރިކާގެ 28،000 ސިފައިން ތިބެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން ބަބުރު ސޮރު
24 June 2018
އެމެރިކާ އަކީ ދެފުށް ދެގޮތް މުނާފިގެއް ވަޢޮދުވެފައި އެއަށް ޢަމަލުކުރާ ބައެއް އެމީހުން ބުނާ ބަހާއި ވާ އެއްބަސްވުން އެންމެ ވައްތަރީ ރާޅުގެ ފޮނު! ހީހީ ހަލާކު!!!!
ސަރުކާނު
23 June 2018
ޓްރަމްޕަކީ އަންނި ކަހަލަ ދެކޮޅުނުޖެހޭ ވާހަކަ ދައްކަ މީހެއް