ރިސޯޓުތަކަށް ދޭ ބޭންކިން ހިދުމަތްތަކާ ބެހޭ ގޮތުން ބީއެމްއެލް އިން މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހަފުލާގައި ރިސޯޓުތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ބީއެމްއެލް
28 ޖޫން 2018 - 23:45
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އޮންލައިންކޮށް، ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތް އަންނަ ހަފުތާގައި ތައާރަފު ކުރަން ނިންމައިފި އެވެ.
ރިސޯޓު ތަކަށް ލިބެން ހުރި ބޭންކިން ޚިދުމަތްތަކާ ބެހޭ މައުލޫމާތު ދިނުމަށް ކުރުނބާ މޯލްޑިވްސްގައި މިއަދު ބޭއްވި ޚާއްސަ ހަފުލާ އަށް ފަހު ނެރުނު ނޫސްބަޔާނެއްގައި ބީއެމްއެލް އިން ބުނީ، އެ ބޭންކުގެ ބްރާންޗު ތަކުގެ ޚިދުމަތްތަކާއި ކޭޝް ކާޑު އަދި އޮންލައިން ބޭންކިންގެ ޚިދުމަތްތައް ހިމެނިގެން، ރިސޯޓްތަކަށް ފޯރުކޮށް ދެމުންދާ ބޭންކިން ޚިދުމަތްތަކާ ބެހޭ މައުލޫމާތު އެ ހަފުލާގައި ދީފައިވާ ކަމަށެވެ. އޭގެ އިތުރުން، އަލަށް ތައާރަފު ކުރާ އޮންލައިން އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ޚިދުމަތް ވެސް ދައްކައި ދީފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލް އިން ބުނިގޮތުގައި، ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ތައާރަފު ކުރުމުން، ރިސޯޓުތަކުގެ މުވައްޒަފުންނަށާއި އަތޮޅުތެރޭގައި މަސައްކަތް ކުރާ މީހުންނަށް މިހާރު ދިމާވާ ދަތިތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ އެވެ. މޮބައިލް ފޯން މެދުވެރިކޮށް ދޭ އެ ޚިދުމަތް އަންނަ ހަފުތާގައި ރަސްމީކޮށް ތައާރަފު ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
ރިސޯޓުތަކަށް ދޭ ބޭންކިން ހިދުމަތްތަކާ ބެހޭ ގޮތުން ބީއެމްއެލް އިން މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހަފުލާގައި ރިސޯޓުތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ބީއެމްއެލް
ބީއެމްއެލް އިން ބުނީ ރިސޯޓު ތަކަށް ލިބެން ހުރި ބޭންކިންގެ ޚިދުމަތްތައް ދައްކުވައި ދިނުމަށް ބޭއްވި ހަފުލާގައި، ރާއްޖޭގެ އެކި ރިސޯޓުތަކުގެ މެނޭޖްމަންޓްގެ އިސް ބޭފުޅުން ބައިވެރިވަޑައިގެންނެވި ކަމަށެވެ.
"ބީއެމްއެލް އިން ފަތުުރުވެރިކަމުގެ ދާއިރާ އާއި މި ވޭތުވެދިޔަ ދިގު މުއްދަތުގައި އޮތް ގާތް ގުޅުމާއި އަދި ރިސޯޓްތަކަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް މި ހަފްލާގައި އަލިއަޅުވައިލެވުނުވެ. މި ގޮތުން ރިސޯޓް ތަރައްގީ ކުރުމަށް އެންމެ ފުރަތަމަ ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށާއި ރިސޯޓްތަކުގެ އޮޕަރޭޝަންސްގައި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ލުއި ފަސޭހަކަން ލިބޭ ޚިދުމަތްތަކެއް ފޯރުކޮށް ދިނުމުގައި ވެސް ހާއްސަ ވެގެންދާ ބޭންކަކީ ބީއެމްއެލް،" އެ ބޭންކުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ބީއެމްއެލް އިން ބުނީ އެ ބޭންކުގެ މެނޭޖްމަންޓުން މުޅި ރާއްޖޭގައި ގާއިމް ކޮށްފައިވާ ބްރާންޗް ނެޓްވާކް، އެޖެންޓުން، އަދި އޭޓީއެމް މެދުވެރިކޮށް ދޭ އެހީތެރިކަން އެ ހަފުލާގައި ފާހަގަކުރި ކަމަށެވެ. އަދި އިންޓަނެޓް ބޭންކިން އާއި ކާޑާއި ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށްދޭ ޚިދުމަތްތަކާ އެކު ފުރިހަމަ ބޭންކިން ޚިދުމަތެއް ރިސޯޓްތަކަށް ދެމުންދާ ހަމައެކަނި ބޭންކަކީ ބީއެމްއެލް ކަމަށް އެ ބޭންކުން ނެރުނު ނޫސްބަޔާނުގައި ވެ އެވެ. އޭގެ އިތުރުން، ކޮންމެ ރިސޯޓެއްގެ ބޭންކިންގެ ޚިދުމަތްތަކާ ގުޅޭގޮތުން މުއާމަލާތް ކުރުމަށް ރިލޭޝަންޝިޕް މެނޭޖަރެއް ކަނޑައަޅާފައިވާ ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.
ރިސޯޓުތަކަށް ދޭ ބޭންކިން ހިދުމަތްތަކާ ބެހޭ ގޮތުން ބީއެމްއެލް އިން މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހަފުލާގައި ސީއީއޯ އެންޑްރޫ ވާހަކަދައްކަވަނީ. ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ރިސޯޓު ތަކަށް ހާއްސަ ކޮށްގެން ބޭއްވި ހަފްލާގައި ގިނަ ބޭފުޅުންނާ ބައްދަލުވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"ތި ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުން ވަނީ ބޭންކް އޮފް މޯލްޑިވްސްއާ އެކު ވަރަށް ދިގު މުއްދަތަކަށް މަސައްކަތް ކުރައްވާފައި. މި މުއްދަތުގައި ތިޔަ ބޭފުޅުންގެ ވިޔަފާރި އިތުރަށް ފުޅާ ކުރެއްވުމުގެ އިތުރުން ޖުމްލަކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް މިވަނީ ވަރަށް ބޮޑުކުރިއެރުންތަކެއް ހޯއްދަވައި ދެއްވާފައި. އަޅުގަނޑުމެންގެ އިންޓަނޭޝަނަލް އޮންލައިން މަނީ ޓްރާންސްގެ ޚިދުމަތާ ގުޅޭ މައުލޫމާތު ތިޔަ ބޭފުޅުންނާ ހިއްސާ ކުރެވޭ ކަމީ އަޅުގަނޑެމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އެ ހަފުލާގައި އެންޑްރޫ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
30 June 2018
ހިގަމުން މިދާ ސަރުކާރުގެ ދައުރުގައި ދައުލަތުގެ ތިޖޫރިތައް ކަޅާކޮށް ބޮޑެތި ވައްކަމުން ވައްކަންކޮށްފައިވަނިކޮށް، މިސަރުކާރުއޮފިޝަލުންނާއި ސަރުކާރަށްވާގިވެރިވާ ވިޔަފާރިވެރިން ދިވެހިދައުލަތުގެ ވަސީލަތްމެދުވެރިކޮށް މަނީލޮންޑްރިން އާއި ކަޅުފައިސާގެ މުއާމަލާތް ނިހާޔަތަށް ހިންގާފައިވާ ކަމަށް ސީބިތު ހިފޭ ހެއްކާއި އެކު ދުނިޔޭގެ މަޤުބޫނު ޓީވީ ޗެނަލް އަލްޖަޒީރާއިން ފެތުރި ހަބަރާއި ވިދިގެން މިސަރުކާރުން އެއްވެސް އެއްޗެއް ނުބުނެ އަދި މަރުކަޒީ ބޭންކުން އެކަން ނުކުރާ ކަމަށް އަދި އެއީ ކުރެވޭނެ ކަމެއްނޫންކަމަށް ބުނުމެއްނެތި “އަލް ޖަޒީރާގެ ސްޓީލިންގ ޕެރަޑައިސް ގައި ދައްކާފަދަ ހިޔާނާތުގެ ފަސާދައިގެ ދޮރެއް” ހުޅުވަން ފުރުސަތު ދީގެން ނުވާނެ. . . . . މިއީ މާލޭގައި ހިންގާ ރިއަލްސްޓޭޓް މަސައްކަތް ތަކާއި ކޮޅުނޭގޭގޮތަށް ފަތުރުވެރިކަމުގެ ދާއިރާގައި ކުރަމުންގެންދާ އިންވެސްޓަމަންޓްތަކާއި މިސަރުކާރުން ހިންގާ “ކުއްލި ޕްރޮޖެކްޓް” ތަކުގެ ނަފާ އޭގެ އަހުލުވެރިންނަށް އަދާކުރުމަށް ލިބޭނެ ރަނުގެ ފުރުސަތެއް.
30 June 2018
މަނީ ޅޯންޑުރީއަށް ތި ހުޅުވާލަދިނީ ވަރަށް ބޮޑު ދޮރެއް...ދުވަސް ކޮޅަކުން ޕެނެމާ ޕޭޕަރު ދޭއް ނެރޭއިރު ...ހުރިހާ އަޑުގަދަ މެންބަރުން ތައް އޮރިޔާންވާނެ!!!
ރަދީފުބަދީއު
29 June 2018
ޕޭޕާލް މެދުވެރިކޮށް އެއްޗެއް ގަނެފިއްޔާ މި ޖެހެނީ ޑޮލަރު އެކައުންޓުން އޭގެ އަގު ދައްކަން، އެކަން ކުރަން ޑޮލަރު އެކައުންޓު ޕްރައިމަރީ އެކައުންޓަކަށް ހަދަން ޖެހޭ، ޕްރައިމަރީ އެކައުންޓާކަށް ޑޮލަރު އެކައުންޓު ހެދީމާ ވާގޮތަކީ ކޭސްކާޑުން ވިޔަފާރި ކުރީމާ މި ކަނޑާލަނީ އެއްކަލަ ޑޮލަރު އެކައުންޓުން. އެއަރބީއެންބީ ފަދަ ތަންތަނުން މިހާރުވެސް ފައިސާއެއް ނުލިބޭ ބީއެމްއެލް އެކައުންޓަށް (ލިބެން އުނދަގޫ) އެހެން ވިޔަސް އެހެން ބޭންކުތަކުން ވަރަށް ފަސޭހަ. މިއީ މީޑިއާ އާއި އާއްމުންނަށް ނޭންގޭ ބީއެމްއެލް ގެ ތަކުލީފުތައް
ބޯގޯސު
29 June 2018
ބޭނުމީ ބޭރުން އެތެރައް ވަންނާނެ ގޮތްތަށް. އަވަށްޓެރި ގައުމުތަށް މުއްސަނދިވަނީ އޮންލައިން ވިޔަފާރިތަކުންނާއި ވަޒީފާތަކުން. މިގައުމުގައި އަދިވެސް ފައިސާ ބޭރުކުރާނެ ގޮތްތަށް ނޭނގިގެން.
މަންސޫރު
29 June 2018
އޮންލައިންކޮށް ގޯނިގޯނީގައި ފޮނުވޭނެބާ. ރައްޓެއްސަކަށް އަހާލީ.
Abdul Latheef
29 June 2018
ތިޔަހާ ރަގަޅިއްޔާ އިންޓަރނޭޝަނަލް ޕޭޕާލް މެދުވެރިކޮށް ދިވެހިންނަށް ޕޭމެންޓް ނެގޭގޮތް ހަދާދީބަލަ. އޭރުން މިތާނގަ އޮންލައިންކޮށް ޚިދުމަތް ދޭ އެތައް ބައިވަރު މާރޗެންޓުން އުފެދިގެން ޚިދުމަތްތަކާ ތަކެތި ގައުމުންބޭރަށް ވިއްކައިގެން ހެސްކިޔާފަ ޑޮލަރު ލިބޭނެ. އޭރަށް ނުޖެހޭނެ ސަރުކާރުގެ ވަޒީފާ އަށް ބަރޯސާ ވެގެން ކުރާނެ ކަމެއްނެތިފަ ތިބޭކަށް. މިތަނުން މިހާރުވެސް ޕޭޕާލް ބޭނުންކޮށްގެން އެތައް ޑޮލަރެއް ބޭރުކުރޭ. އެކަން އެންމެ ރަގަޅަށް އެގޭނީވެސް ތިޔަ ބޭންކަށް. ވީމާ ދިވެހިންނަށް ޚިދުމަތާ ތަކެތި ޕޭޕާލް މެދުވެރިކޮށް ވިއްކާލެވޭގޮތް ހަދާނުދީ ތިޔަތިބެނީ ހަމަ ދިވެހިންނަށް ކުރިއެރުމެއްލިބިދާނެތީ އާ މިނޫންވެސް ގިނަ ސަބަބު ތަކާހެދި. އަދިވެސް ލިޔާނެ ބައިވަރު އެއްޗެހި އެބަހުރި،
ވާނު
29 June 2018
ޥާނުވާ އެނގިގެން ކޮމެންޓް ކޮށްބަލަ.. ތީކީ ބީއެމްއެލް އިން ކުރާ ކަމެއް ނޫން. ތީ އެމްއެމްއޭ އިން ކުރާ ކަމެއް. ރާއްޖެގެ ސެންޓްރަލް ބޭންކަކީ އެމްއެމްއޭ..
އަކޫ
29 June 2018
އެނގިގެން އުޅޭމީހާއަށް އިނގޭތަށް މިވަގުތު ބީއެމްއެލް އެކޭ އެމްއެމްއޭ އެކޭ ސުޕްރީމް ކޯޓެކޭ އެސްޓީއޯ އެކޭ ނެތް ތަފާތެއް. ހުސް ސަރުކާރުގެ ނުފޫޒާއި ބާރު ފުރިހަމަޔަށް ހިނގާ ތަންތަން.
Abdul Latheef
29 June 2018
މަށަކީ ޕޭޕާލް މާރޗެންޓް ސާރވިސް ލިބޭ ދިވެއްސެއް. ވަރަށް އެނގިގެން މި ކޮމެންޓް ކުރީ. މަރުކަޒީ ބޭންކާ ވާހަކަ ދައްކައިގެން އެކަން ދިވެހިންގެ ބޭންކަށް ކުރެވޭނެ، އެހެންވެ ބުނެލީ. އަހަރެން ޕޭޕާލް މާރޗެންޓް ސާރވިސް ހޯދީ ކިހިނެއްހޭ ދެން އަހާ. އެވާހަކަ ބުނެވޭކަށް ނެތް.
ގގހފހފ
24 October 2018
ދެންކީވެތޯ ލޯނެއް ލީމަ އެ ލޯނު ދޭން ގިނަދުވަސް ތަކެއް ނަގަނީ. ލޯނެއް ނަގަން އުޅޭތާ މިހާރު 5 މަސް އަދިވެވެސް ނުލިބޭ.
އަހުމަދު 89
29 June 2018
މި ޖޯކެއް ދެއްތޯ ؟؟؟ މި ގޮތުން ރިސޯޓް ތަރައްގީ ކުރުމަށް އެންމެ ފުރަތަމަ ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށާއި ރިސޯޓްތަކުގެ އޮޕަރޭޝަންސްގައި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ލުއި ފަސޭހަކަން ލިބޭ ޚިދުމަތްތަކެއް ފޯރުކޮށް ދިނުމުގައި ވެސް ހާއްސަ ވެގެންދާ ބޭންކަކީ ބީއެމްއެލް،"
ހަލީމް
29 June 2018
ދިވެހިންނަކަށް ކަމެއް ވާ ތަނެއް ނޫން މީ.
ސަމީ
29 June 2018
ޢެހެންތަ؟ އޭޓީއެމް އަކުން ދުވަހަކުވެސް ލާރިއެެއްވެސް ނުނަގަންދޯ ކަލެއެއް؟
ލާރިކާ
30 June 2018
އަހަންއަދި ނުދެކެން ކަލޭނޫނީ ހުސްއަތާ އުޅޭހިއްވާ މީހެއް