މުހައްމަދު ދީދީ (ވ) ޕީޕީއެމަށް ސޮއިކޮށް ރައީސް އަބްދުﷲ ޔާމީނަށް ފޯމް ހަވާލުކުރައްވަނީ. --ޓްވިޓާ ފޮޓޯ
12 ޖުލައި 2018 - 15:20
އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ޝައިހް މުހައްމަދު ދީދީ އަނެއްކާވެސް އައްޔަންކުރައްވަައިފި އެވެ.
މުހައްމަދު ދީދީ ކުރިން ވަނީ މި ސަރުކާރުގެ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވައިފަ އެވެ. ނަމަވެސް އޭނާ ނިސްބަތްވި އަދާލަތު ޕާޓީ ސަރުކާރު ކޯލިޝަނުން ވަކިވުމާ ގުޅިގެން އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ އެވެ.
އޭނާ އަލުން އެ މަގާމަށް އައްޔަންކުރެއްވިއިރު މިދިޔަ މެއި މަހު އޭނާ ވަނީ ވެރިކަން ކުުރާ ޕާޓީ، ޕީޕީއެމަށް ސޮއިކުރައްވައިފަ އެވެ.
ދީދީއާ އެކު އިސްލާމިކް މިނިސްޓްރީގައި ދެ ސްޓޭޓް މިނިސްޓަރުން ތިއްބަވާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަލް
13 July 2018
ދުނިޔެއަށްޓަކައި ދީންވިއްކުން އާންމުވެއްޖެ. މިއީ ހިތާމަވެރި މަންޒަރެއް.
އައިޖޭ
13 July 2018
މިއީ ނަފްސް ވިއްކުން ނޫން ކޮންކަމެއްބާ؟؟ އިއްޔގައި ޑރ ޝަހީމް އަށް ބައިއަތު ހިފާފަ ބެންޗަށް، އަދު މަގާމް އަށް... ދެން އަތްޖަހާ
ބާލައާދަނު
12 July 2018
އެމީހަކު އަރާނެ ކޭމެއް އެނގޭނީ އެމީހަކަށެވެ. މިފަހަރު އުސްތާޒަށް ތިޔަ ގާތްކުރެވުނީ ހުސްވެފައި އޮތް ކޭމެއްގެ ދޮށަށެވެ. އުސްތާޒަށް ކާމިޔާބަށް އެދެމެވެ. އެހެނަސް ތިޔަމަގުން އައިސް އެދިގެން ދެވޭނެ ވޯޓެއް އަޅުގަނޑު އަތަކު ނެތެވެ.
އަތްފުނާ
12 July 2018
މިހިރީ ށަހީމު އަށް ތާއިދު ކުރީމަ ލިބޭ ރަނގަޅު މަގާމު.މިހާރުވެސް އިސްލާމީ މަރުކަޒުގެ މިސްކިތުގައި ދެ އިމާމުންނަށް ހަމަ އެކަނި ބަންގި ގޮވާތިވެ ސްޓޭޓް މިނިސްޓަރުކަން ދީފައި އެބަތިބި
އަލީ!
12 July 2018
އިލްމު ވެރިން ކަމަށް ދައުވާ ކުރާ މީހުންހާލަތު މިއީ..!!
ސަމީރު
12 July 2018
އަލުގަނދު ވަރަށް އިޙްތިރާމުކުރިމީހެއް ނަމަވެސް މިވެރިކަން ނިމެން އެންމެ 4 މަސްދުވަހަށް ވިމަ ކީއްކުރަން ހޯދި ބޮޑު މަގާމެއްބާ ، ތިއެޅުނީ ސިޔާސިގޮތުން ބަލާއިރު ވަރަށް ބޮޑޫ ޅައެއްޗެއް، ތިއެރުނީ ފެތެމުންދާ އޮދިއަކަށް، ތިވީގޮތުން މިވެރިކަން ނިމުނީމަ 5އަހަރު ވަންދެން ދިގު ބުރޭކެއް ނަންގަވަންވެސް ޖެހިދާނެ، އެހެންވީމަ ދެންނެވޭނީ އަޚް ދީދީ އަކީ ސިޔާސީ ބެފުޅެއް ނޫނޭ، އަދި ދީނީ ނަޒަރަކުން ބެލިނަމަވެސް ތިއަކުރެއްވީ ވިޔާނުދާ އަމަލެއް،
ާނިއުމާ
12 July 2018
މިވެސް ވަރު ގަދަ ކަމެއް؟
ގަމާރު
12 July 2018
ތެދެއް؟ ބުރެޒިލް ކަޓައިފި؟
ނެޝަނަލިސްޓް
12 July 2018
މިއީ ހަމައެކަނި އިސްލާމް ދީނާއިގެން އުޅޭ ބައެއްކަމަށް ހަމަ ގަބޫލް ކުރަންވީތަ؟؟؟
އެމްވީ ވެންޑޭޓަރ
12 July 2018
ދެން ބުނޭ އިސްލާމް ދީނަކީ މިޔޭ! ޒުވާނުން ދީނާ ދުރުވަނީ ތިކަހަލަ ނަމޫނާ ދައްކާތީ.
ޝިޔާމް
12 July 2018
ބަޔަކު މީހުންކުރާކަމަކުން އަހަރެމެން ދީނާއި ދުރުވާކަށް ނުޖެހޭ. މެންދުރުގެ އިރުފަދައިން އެއޮތީ ސާފުސީދާ ތެދު މަގު ފެންނަން. ހޯދާ ބެލީމަ ފެންނޭނެ.