ސައޫދީގައި ބަޔަކު ކަދުރު ވިއްކަނީ: އެ ގައުމުން ރާއްޖެ އަށް އިއްޔެ ވަނީ 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފައި.--- ފޮޓޯ: އޭއެފްޕީ
17 ޖުލައި 2018 - 11:15
ސައޫދީ އަރަބިއްޔާ އިން ރާއްޖެ އަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބެހުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން މިއަދު ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި ކޮންމެ ގޭބިސީއަކަށް ދޭނީ އެއް ޕެކެޓް ކަދުރެވެ. ގޭބިސީތަކަށް ކަދުރު ދޫކުރާނީ އެ ގެއެއްގެ ނުވަތަ ގޯއްޗެއްގެ ރަޖިސްޓްރީ ގެންދިއުމުންނެވެ. ކުއްޔަށް ހިފާފައިވާ ފްލެޓެއް ނުވަތަ އެޕާޓްމެންޓެއް ނަމަ ހުށަހަޅަން ޖެހެނީ ކުއްޔަށް ދީފައިވާ ކަމުގެ އެގްރީމެންޓްގެ އަސްލެވެ. އަދި ކަދުރު ބަލައިދާ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ވެސް ގެންދަން ޖެހެ އެވެ.
މާލެ އަދި ވިލިމާލޭގެ ގެތަކަށް ކަދުރު ބަހާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންނެވެ. ހުޅުމާލެ އަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ކަދުރު ބަހާ އިރު، ރަށްތަކަށް ކަދުރު ބަހާނީ އަތޮޅު ކައުންސިލް ނުވަތަ ރަށު ކައުންސިލް މެދުވެރިކޮށް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ކަދުރު ދޫކުރުން އޮންނާނީ ހުކުރު ނޫން ކޮންމެ ދުވަހެއްގައި ހެނދުނު 9:00 އިން އިރުއޮއްސި 6:00 އަށެވެ. އަދި ކަދުރު ބަހާނީ ލިބިފައިވާ ކަދުރު ހުސް ވަންދެން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުބާަދު
17 July 2018
ބޭނުމަކީ ވީހާވެސްގިނަބަޔަކު ކަދުރު ބަލާނުދިއުން، ގޭގެ އެންމެންގެ ރެގިސްޓްރީ، އެގްރިމެންޓްގެ އަސްލު، އައިޑީކާޑު . މިދަނީ މިލިއަން ރުފިޔާގެ ލޯނަކައް އެދެންތޯ؟.
ވާވާ
17 July 2018
އައިޑީކާޑު ގެންގޮސްގެން ކަދުުރު ޕަކެޓެއް ހޯދަން ޖެހޭ ފެންވަރަށް ވުރެ މަގޭގަދަރު މާބޮޑު، ރައްޔިތު މީހާގާތަށް ޚާދިމް މީހާ އައުން މާއައުލާކަން ބޮޑު ތިކަމުގާ
ޢަދުރޭ
17 July 2018
ކަލޭމެން ތިކާގެން ފަލަވެބަލަ. ތިހުރިހާކަމެއް ކުރުގެ ބަދަލުގަ ޖެހިގެން އިން ފިހާރައަށް ވަދެ 1 ކިލޯ ކަދުރު ގަތިއްޔާ މާ ބޮލައްފަސޭހަވާނެ.
ތުނބުޅިއަލީ
17 July 2018
ބަލައަނެއްކާރޯދަމަސް ލައިގަތީބާ. މިހާރަކު ސައުދީމީހުންދޭއެއްޗެއް ހިތަކާނުވޭ
ފުޓްލޫސް
17 July 2018
ކަންކަން ފަހައްޖެހުނުވަރު މިހިރީ. އަޅުގަނޑުމެން ކުޑައިރު ކަދުރު ބަހާނީ އަވަށު އޮފީހުން. އަވަށު އޮފީހުން ހަވާލުކުރާނީ ކޮށިތަކުގައި އަވަށުއޮފީހުން ކަންޑައަޅަފައި ހުންނަ ފަރާތަކަށް. އެގެއިން ކޮށިގެ އެހެން ގޭގެ އަށް ބަހާނީ. މިހެން ހެދީމައި އެނމެނަށވެސް ލިބޭ. ދެން ކަދުރު ޕެކެޓް އެއް ބަލާދާން އިސްލާމީ މަރުކަޒަށް.
ހަސަންމަނިކުފާނު
17 July 2018
ބަހަން ސަދަގާތު ފައުންޑޭސަނާއި ހަވާލު ކޮށްލެއްވީ މަ އެއްމެ ފަސޭފައިން ތިޔަކަން ހަމަ ޖެހޭނީ!
ސުކުރީ
17 July 2018
ބޮލަކައް ކިލޯ އެއް. ބާކީ އިންނަ ބައި ޓަނައް ހަދަނީ ކިހެނެއްރޯ އެވެ؟ ސަދަގާތު ފައުންޑޭޝަނައް؟
ގެލަރީ
17 July 2018
މާ ކަންތައްގަނޑު ބޮޑުނުކޮށް ތިޔަކަދުރުތައް ފިކަޕްތަކަކަށް އަރުވައިގެން ގޮސް ގޭގެއަށް ބަހާލަބަލަ! ރާއްޖެތެރެއަށްވެސް ކައުންސިލްތަކަށް ހަވާލްކޮއްފަ އެގޮތަށް ބަހާލަން އަންގަބަލަ! ތިޔަމިނިސްޓްރީގެ މުއައްޒަފުންނަށް އޮފީހުންބޭރަށް ނުނިކުމެވެންޏާ ބަޔަކަށް ފައިސާކޮޅެއް ދީގެންނަމަވެސް ރައިއްޔަތުންނަށް ތަންކޮޅެއް ފަސޭހަވާގޮތަކަށް ތިޔަކަހަލަ ކަންތައް ކުރަންދަސްކުރަންވެއްޖެ އެއްނޫންތަ؟ ކޮންމެކަމެއްގައިވެސް މިވެރިންކައިރިއަށް ރަޖިސްޓްރީ އާއި އައިޑީ އޭތިމީތި ހިފައިގެން ދާން މިޖައްސަނީ!
މަޖޫރީ
17 July 2018
ތިޔަ ކަދުރު އަމިއްލައަށް ކާލާ މިނިސްޓްރީގެ ސްޓާފުންނަށް ބަހައިގެން.
ހުތާ
17 July 2018
އެންމެ ކަދުރު ޕަކެއްޓެއް ހޯދުމުގެ ބޭނުމުގައި ތިޔަ ހުރިހާ ލިޔުންތަކެއް ހިފައިގެން ދާނެ ބަޔަކު ތިބެދާނެ ބާވައެވެ. ތިޔަފަދަ ކަންތައްތައް ކުރުވަންވާނީ ވޮލަންޓިއަރުން ބޭނުންކޮށްގެން ދޮރުން ދޮރަށް ހިނގައިގެންނެވެ.
ޔޯޔޯ
17 July 2018
މީގަ މަދީ އުފަން ދުވަހުގެ ސެޓިފިކެޓް އާ ގޯތީގެ ރެޖިސްޓްރީ އާ. އަސްލު ގުޅީ ފަޅުން ކަދުރު ބަހަންވީ. ކަދުރު ޕެކެޓެއް ބަލާ މި ޖެހެނީ ވިލިގިނލި އިން މާލެގޮސް އިސްލާމީ މަރުކަޒުގައި ކިޔު ޖެހި އަތުގަ ހުރި ހުރިހާ ލިޔުމެއް ގެ ކޮޕީ ދޭން.