ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ސެކްރެޓްރީ ޖެނެރަލް އަބްދުﷲ ހަލީލް (ވ) ވާހަކަ ދައްކަވަނީ. ޕީޕީއެމުން ވަނީ އިލެކްޝަންސްގެ ނިންމުމަށް ތާއީދުކޮށްފައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
22 ޖުލައި 2018 - 11:32
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލާން ބޭނުންވާ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކަމުގައި އެހީތެރިވުމަށް އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ތިބޭ ގޮތަށް ނިންމާފައިވާ ނިންމުމަށް ވެރިކަން ހިންގާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ތާއީދު ކޮށްފި އެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ހަލީލު ވިދާޅުވީ އިލެކްޝަންސް އިން ނިންމާފައި ވަނީ "ވަރަށް ދިރާސާ ކުރުމަށް ފަހު" ކަމަށް އެ ޕާޓީ އަށް ގަބޫލު ކުރެވޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ ވަރަށް ދިރާސާ ކުރުމަށް ފަހު އިލެކްޝަންސް ކޮމިޝަނުން ނިންމާނީ ރަނގަޅަށް ކަމަށް،" ހަލީލް ވިދާޅުވި އެވެ.
މީގެ ކުރިން އޮންނަ ގޮތުން ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނީ އެ މީހަކު އަމިއްލަ އަށް ހަމަޖައްސާ މީހެކެވެ. ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވެފައި ވަނީ މި ގޮތަށް ހަމަޖައްސާފައި ވަނީ ބެސްޓް ޕްރެކްޓިސް އަށް ބަލާފައި ކަމަށެވެ.
"މިގޮތަށް އަޅުގަނޑުމެން މި ނިންމީ އެއްވެސް މީހެއްގެ ނުފޫޒެއް ނެތި، ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް ވޯޓު ލުމުގެ ފުރުސަތު ދޭން. މި ގޮތަށް ނިންމީ އެހެން ގައުމުތަކުގައި ކަންތައް ކުރާ ގޮތަށް ބަލާފައި ބެސްޓް ޕްރެކްޓިސްއަކީ މިއީ ކަމަށް ބަލައިގެން،" އަކްރަމް ކުރިން "މިހާރު" އަށް ވިދާޅުވެފައިވެ އެވެ.
އިލެކްޝަންސްގެ އޮފިޝަލުން އެހީތެރިވެދޭ ގޮތަށް ހަމަޖެއްސުމުން އެ ކޮމިޝަނަށް އިދިކޮޅުު އިއްތިހާދުން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ފާޑުކިޔުންތަކާއެކު ކޮމިޝަނުން މިހާރު ވަނީ ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް އެހީތެރިވެދިނުމަށް ކޮމިޝަނުގެ އޮފިޝަލުން ހަމަޖެއްސުމަށް ނިންމި ނިންމުމާމެދު އަލުން މަޝްވަރާ ކުރުމަށް ވަނީ ނިންމައިފަ އެވެ.
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ ދަފްތަރުގައި ގާތްގަނޑަކަށް 6،500 މީހުން ރަޖިސްޓްރީ ކޮށްފައިވެ އެވެ. ނަމަވެސް ދާއިރާގެ ތަޖުރިބާކާރުން ދެކޭ ގޮތުގައި އެ އަދަދު ގާތްގަނޑަކަށް 23،000 އަރާނެ އެވެ. އެއީ ކުޑަކުދިން ވެސް ހިމަނައިގެންނެވެ.
މީގެ އިތުރުން އަންނަ ސެޕްޓެމްބަރު، 23ގައި، ބާއްވާ ރިޔާސީ އިންތިހާބުގައި އެންމެ ހަތް ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ނިންމުމުން ވެސް އިލެކްޝަންސް އަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. ނަމަވެސް ފަހުން އެ ނިންމުން ބަދަލުކޮށް 35 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ކޮމިޝަނުން ވަނީ ފަހުން ނިންމައިފަ އެވެ. އެއީ 2013ގެ ރިޔާސީ އިންތިހާބަށް ވުރެ ހަތް ފޮށި މަދު އަދަދެކެވެ.
ރާއްޖޭގައި 120 އަށް ވުރެ ގިނަ ރިސޯޓު ހިންގާ އިރު 18،000 ވަރަކަށް ދިވެހިން މި ރަށްތަކުގައި މަސައްކަތް ކުރެ އެވެ. އެންމެ ހަތް ރިސޯޓުގައި ވޯޓު ފޮށި ބެހެއްޓި ނަމަ ގާތްގަނޑަކަށް 10،000 މީހުންނަށް ވޯޓުލުމުގެ ހައްގު ގެއްލިގެންދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުންޏެވެ.
ރިޔާސީ އިންތިހާބު ބާއްވަން ދެ މަސް އޮތް އިރު އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ އިދިކޮޅު ވޯޓުތައް މަދުކޮށް ވޯޓު އޮޅުވާލަން އުޅޭ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާބިޒާރު
22 July 2018
ޚަލީލް ބުނެފިއްޔާ އެކަމެއް ބަދަލުވާނެ އަނެއްކޮޅަށް. އަބްދުއްރަހީމު ބުނީމަ އޭނާ ބުނާގޮތަށްވާނީ. ޚަލީލުމެން ކިތައްމެ މަތީފާހެއް ނަގާގެން ތިއްބަސް ނުވިސްނޭ މިވަރުވާއިރުވެސް. ކޮންމެ ފަހަރަކު ޚަލީލު ބުނާ ބަސް އޮންނަނީ އަނެއްކޮޅަށް ޖެހިފަ.
ކޮލަމާ
22 July 2018
ދެން ކީއްވެ ބަދަލުކުރީ؟
ތުއްތުނާ
22 July 2018
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ހަލީލު ބޭނުން ވެގެން އުޅޭނަމަ އަމިއްލަ ވޯޓު ލުމުގައި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުންގެ އެހީތެރިކަން ހޯދާ.......... އަހަރުމެން ދާނީ އާއިލާގެ އެހީތެރިއަކު ގޮވައިގެން.........
އެދުރުބޭ
22 July 2018
ދިނުޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ޢަމަލުކުރާ ގޮތަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިޚްތިޔާރަށް ދޫކޮށްލުން ކާކުގެ ހާޒިރުގަތޯ ވޯޓް ލާނީ. އިލެކްޝަންގެ އޮފިޝަލެއްތޯ ނުވަތަ އާއިލާ މީހެއްތޯ ކައިރީގަ ހުރުމަށް އެދެނީ. ކޮންމެ ކަމެއް ހިތުހުރި ގޮތަކަށް ނިންމާފަ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއޭ ބުނުން އެއީ ކުރެވޭ މަލަމާތެއް. ރާއްޖެ ގިނަ މީހުނަށް އިނގިރޭސި ކިޔަން އިނގެ އިންޓަނެޓް ލިބޭ. https://www.electoralcommission.org.uk/__data/assets/pdf_file/0005/116906/Disabled-people-voting-rights-factsheet-GB.PDF
ރަދީފް
22 July 2018
ސާބަހޭ އެދުރުބޭ.
އަކޯ
22 July 2018
ތިގޮތައް އޮޅުވާލަން އުޅުނުހެން ގެއްލޭނީ އިތުބާރު ރައްޔަތުންނައް އިއްޒައްތެރި ނުކީޔާކަން ރަނގަޅު ނޫންނަމަ ތިގޮތައް މޮޔަގޮވިސް.
ވަހީދު
22 July 2018
އިލެކްޝަނުން ޕީޕީއެމުން އަންގާ އެމީހުނަށް މޮޅުގޮތް ހެދީމަ ޓީވީޔަށް އަރާ އިލެކްޝަނުންގެ ނިންމުމަށް ޕީޕީއެމުން ތާއީދު މިކުރަނީ ކީއްކުރަންތަ. ތިޑުރާމާ ނޭނގޭ މީހަކު އެބައުޅޭތަ؟؟؟
ހާޖަރާ
22 July 2018
ރަނގަޅެއްނޫން. ނުކުޅެދުންތެރިަކން ހުންނަ މީހުނަށް ވޯޓުލުމުގާ އެންމެ އައުލާކަން ބޮޑުވާނީ ނުކުޅެދުންތެރިކަން ހުންނަ މީހާ ގެންގުޅެ ބަލަހައްޓާ ފަރާތް. އެނޫންމީހަކު އެމީހަކަށް ވޯޓުލާނަމަ އެދެން ވަރަށް ބޭއިންސާފު.
ތުނިޔަ
22 July 2018
ތިދިރާސާ ކުރީ ޕީޕީއެމް އޮފީހުގަ! އެހެންވީމަ ނިންމުން ރަނގަޅުވާނެ، އަދި ތިނިންމުން އީސީން ބަދަލު ކުރުމަކީވެސް ނާދިރު ކަމެއް.
ހަމަހަމަ ކަމާއި އިންސާފު
22 July 2018
ޢަޅުގަނޑުމެން ހައިރާނެއް ނުވޭ ތިއިލެކުޟަން ކޮމިސަނުން ނިންމާ ކޮންމެ ނިންމުމަކައް ޕީޕީއެމުން ތާއީދު ކުރުމަކުން. ރައްޔިތުން ނަށް އިނގޭ ތިކޮމިށަނުގަ ތިރިން ފެށިގެން މައްޗައް ތިބީ ޔާމީނުގެ ޕަޕެޓުން ކަން.
ބަތަލާ
22 July 2018
ބެސްޓްޕްރެކްޓިސް ކުރެވޭނެ ތަނަކަށް ރާއްޖެ ނުވޭ. އެހެންގައުމުތަކުގެ އިލެކްޝަން ކޮމިޝަނަކީ ވަރަށް މުސްތަގިއްލު މިނިވަންތަންތަން. މި މިނިވަންކަން އަމަލާއިބަހުންވެސް ފެނޭ. އެހެންގައުމުތަކުގެ ސުޕުރީމް ކޯޓަކީ އަދި މާމިނިވަންތަންތަން. އެހެންނޫނަަސް މިރާއްޖޭގެ ބެސްޓްޕްރެކްޓިސްގައި ކުރެވޭނެ އެއްކަމެއްވެސް ނޯވޭ. އޭރެއްގެ ވެރިކަންކުރާ ބަޔަކު ހުރިހާ ކަމެއް ނިންމާނި. މިއި މިރާއްޖޭގެ ބެސްޓްޕްރެކްޓިސް.