އިދިކޮޅު ޕާޓީތަކުގެ އިސް ބައެއް ބޭފުޅުން ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަަވަނީ: އިދިކޮޅު ކޯލިޝަނަށް އަދާލަތުން ހުށަހަޅާ ކަންތައްތައް ވަނީ އާއްމުކޮށްފައި-- ފޮޓޯ: ހުސެން ވަހީދު /މިހާރު
24 ޖުލައި 2018 - 18:12
ސެޕްޓެމްބަރު 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރުމަށް އެކުގައި މަސައްކަތް ކުރާ އިދިކޮޅު ކޯލިޝަނަށް، އަދާލަތު ޕާޓީން ހުށަހަޅާ ސިޔާސަތުތައް މިއަދު އާއްމުކޮށްފި އެވެ.
އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް ގައި ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ މުގައްރިރު އަލީ ނަޒީރު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަން އިދިކޮޅުން އެއް ކެންޑިޑޭޓަކާއި ރަނިންމޭޓެއް ކަނޑައަޅާފައިވާއިރު، މިހާރު އެންމެ އިސްކަމެއް ދެނީ، އިދިކޮޅު ކޯލިޝަންގެ ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ މެނިފެސްޓޯއެއް އެކުލަވައިލަން ކަމަށެވެ.
ނަޒީރު ވިދާޅުވި ގޮތުގައި އަދާލަތު ޕާޓީގެ ފަރާތުން، އިދިކޮޅު ކޯލިޝަނަށް ހުށަހެޅި ސިޔާސަތު މައިގަނޑު ގޮތެއްގައި ބިނާވެފައި ވާނީ ތިން ކަމެއްގެ މައްޗަށެވެ. އެއީ ދިވެހީންގެ ދީނާއި ހެޔޮވެރިކަމާއި ފުދުންތެރި ދިރިއުޅުމެކެވެ.
އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އަދި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީީ ކޯލިޝަން މެނިފެސްޓޯ އަށް ކަންތައްތަކެއް ހުށަހަޅާއިރު، އެ ޕާޓީން އެންމެ އިސްކަމެއް ދޭނީ އިސްލާމް ދީނާ ގުޅޭ ސިޔާސަތުތަކަށް ކަމަށެވެ. އެގޮތުން، އިސްލާމް ދީން ހިމާޔަތްކޮށް، ރައްކާތެރި ކުރަން މުހިއްމު މަސައްކަތްތަކެއް ކުރަން ހުށަހަޅާފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދާލަތު ޕާޓީން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި، އިސްލާމީ އުސޫލާ އެއްގޮތަށް ދައުލަތް ހިންގުމާއި މިސްކިތްތައް ހިންގުމުގެ ނިޒާމު ހަރުދަނާކުރުން ހިމެނެ އެވެ. އަދި ޒަކާތާއި ވަގުފު ފަންޑަކީ ގާނޫނެއްގެ ދަށުން އުފައްދާ އެއްޗަކަށް ހަދައި އެކަމުގެ މަންފާ އަދި ފައިދާ ރައްޔިތުންނަށް ކުރާނެ ގޮތް ހެދުމަކީ ވެސް، އަދާލަތުން ހުށަހަޅާ ކަމެކެވެ.
އޭގެ އިތުރުުން އިސްލާމިކް ރިސާޗް ސެންޓަރެއް ހަދައި ދީނާ ގުޅޭ މުހިއްމު މައުލޫމާތުތައް ހޯދައި ފަތުރަން އަދާލަތު ޕާޓީން ބޭނުންވެ އެވެ. އަދި މިނިވަން، މުސްތަގިއްލު ކަމާ އެކު ހިންގާނެ ފިގުހު އެކަޑެމީއެއް އުފެއްދުމަކީ ވެސް، އިދިކޮޅު ކޯލިޝަނަށް އަދާލަތު ޕާޓީން ހުށަހަޅާ ސިޔާސަތެކެވެ.
އަދާލަތު ޕާޓީގެ ޚާރިޖީ ކޮމެޓީގެ ޗެއާމަން ޝިދާތާ ޝަރީފް ވިދާޅުވީ، ގުޅިފައިވާ އިދިކޮޅު ފަރާތްތަކުގެ ކޯލިޝަން ސަރުކާރެއްގައި އިންސާނީ ހައްގުތައް ހިމާޔަތް ކުރަން އިސްކަމެއް ދޭނެ ކަމަށެވެ. ސިޔާސީ ނުފޫޒުން އެއްކިބާ ވެފައިވާ ފަނޑިޔާރުގެ އެއް ހޯދައިދިނުމަށްޓަކައި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިފައިވާ ނިޒާމް ބަދަލުކުރުމާއި މިނިވަންކަމާ އެކު ނޫސްވެރިކަން ކުރެވޭނެ މާހައުލެއް ފަހިކޮށްދިނުމަކީ ވެސް އަދާލަތު ޕާޓީގެ ސިޔާސަތެކެވެ.
ޝިދާތާ ވިދާޅުވި ގޮތުގައި، ދުޅަހެޔޮ ދިރިއުޅުމެއް ހޯދައިދިނުމަށް، މައިމީހާ ބަނޑުބޮޑުވީއްސުރެ ތުއްތު އުމުރުން ދެ އަހަރު ވަންދެން ދައުލަތުން އިނާޔަތެއް ދޭން އަދާލަތުން ހުށަހަޅާނެ އެވެ. އެއީ، މާލީ ތަނަވަސްކަމެއް ނެތް އާއިލާތަކަށް ލިބޭނެ ލުޔެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
ޖަލުތަކުގައި ގައިދީންނަށް އިހުމާލުވުން ހުއްޓުވައި ޖަލުގެ ހާލަތު ރަނގަޅު ކުރާނެ ކަމަށް ވެސް ޝިދާތާ ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ ހިއުމަން ރައިޓްސް ކޮމެޓީގެ ޗެއާމަން އަހުމަދު ނުއުމާން ވިދާޅުވީ، ފުދުންތެރި ދިރިއުޅެއް ކަށަވަރުކޮށް ދިނުމަށް، ހުރިހާ އެންމެންނަށް ވެސް މުސާރަައިގެ ގޮތުގައި އެންމެ މަދުން ލިބޭނެ އަދަދެއް (މިނިމަމް ވޭޖް) ކަނޑައެޅުމަކީ ވެސް އަދާލަތު ޕާޓީގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އޭގެ އިތުރުން، ޓޫރިޒަމް ދާއިރާގައި ދިވެހިންނަށް އިސް މަގާމުތައް ފަހިކޮށްދިނުމާއި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރަން ޖަމިއްޔާތައް އުފައްދަން އަދާލަތުން ބޭނުންވެ އެވެ.
ނުއުމާން ވިދާޅުވީ އަދާލަތު ޕާޓީގެ ސިޔާސަތުގައި، ރާއްޖޭގެ އެކި ހިސާބުތަކުގައި ވަޒީފާގެ މަރުކަޒުތައް އަޅަން ހިމަނާފައި ވާނެ ކަމަށެވެ. އެކަމުގެ ސަބަބުން ވަޒީފާ ނުލިބިފައި ތިބި މީހުންނަށް، ކެރިއަ ގައިޑެންސް ފޯރުކޮށްދީ ރާއްޖޭގައި ހުރި ވަޒީފާތަކާ ބެހޭ މައުލޫމާތު ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ފުދުންތެރި ދިރިއުޅުމެއް ހޯދައިދިނުމުގެ ސިޔާސަތުގައި އެންމެ އިސްކަމެއް ދީފައިވަނީ ބޯހިޔާވަހިކަމަށެވެ. އެގޮތުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފްލެޓުތައް އަޅައި، އަމިއްލަ އަށް ގެދޮރު އަޅަން ބޭނުންވާ މީހުންނަށް އިސްލާމިކް ލޯން ދޫކުރުުން ހިމެނެ އެވެ.
ނަޒީރު ވިދާޅުވި ގޮތުގައި އަދާލަތު ޕާޓީން ހުށަހެޅި މެނިފެސްޓޯގައި އިދިކޮޅު ފަރާތްތަކަށް އެއްބަސްނުވެވޭ ކަންތައްތަކެއް ވެސް އެބަހުއްޓެވެ. ނަމަވެސް، މަޝްވަރާ ކޮށްގެން ހުރިހާ ޕާޓީތަކުން ވެސް އެ ކަންކަމަށް ހައްލު ހޯދާނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެނިފެސްޓޯ
25 July 2018
ތިޔަ މެނިފެސްޓޯއަކު ނެތްދޯ މަސްުތުވާ ތަކެއްޗާއި ބަނގުރަލާއި އޫރުމަހުން ރާއްޖެ ސަލާމަތްކޮަށް، ރާއްޖެއާއި ރާއްޖޭގެ ޓޫރިސްޓު އިންޑަސްޓްރީ ތޯހިރު ތަނަކަށް ހަދާނެ ވާހަކައެއް. ޢިސްވެ ދެންނެވުނު ތަކެތީގެ ވިޔަފާރިކުރުމަކީވެސް މުސްލިމުންނަށް ހަރާމް ކުރައްވާފައިވާ ކަމެއް. ޢެހެންކަމަށްވާއިރު، ސަތޭކައިން ސަތޭކަ އިސްލާމް ޤައިމެއްގެ ނަމުގައި މިޤައުމު އޮވެ، މަސްތުވާ ތަކެއްޗާއި ބަނގުރަލާއި އޫރުމަސް މިޤައުމުގައި ބޭނުންކޮށް، އެތަކެތީގެ މުއާމަލާތު ކުރެވޭނެ މަގުފަހިވެފައި މި އިސްލާމް ފަސްގަނޑުގައި އޮތުމަކީ ޤަބޫލު ކުރެވޭނެ ކަމެއްނޫނުވެ.
ރިހާނު
25 July 2018
ކިހާ ބޮޑުވެގެންވާ އުނދަގުލެއްތޯ.... ބަލަ ކަލޭމެނައް ރަނގަޅަށް އެނގޭނެ އަދި އެނގެންޖެހޭނެ ދީނައް ބަޔަކު އުޅެނީ ވަކިބަޔަކު މިދުނިޔޭގައި ތިބޭތީ ނޫންކަން... އަހަންނަކީ ވަރައްތުއްތު އިރުވެސް ބައްޕައާއި އެކު މިސްކިތައް ގޮސް ބައްޕަގެ ރިތި އަޚުލާގީ ސިފަ ދަސްކޮށް ދީފައިވާ ކުއްޖަކީމެވެ. ނަމަވެސް ދިނޭ ކިޔައިގެން ޓީ ވީ ލައިވު ޕުރޮގުރާމުގައި ގިނައިން ދައްކަނީ ރޯބުހުތާނު އަމިއްލަ އެދުމުން ފުރިގެންވާ ވާހަކަތައް... އަޑުއިވެނި އެވަގުތަކު އެއޮންނަ ސަރުކާރަކަށް ވިހާވެސް ގިނަ ހުތުރުބަހުން އެއްޗެހިގޮވުން..
ދާއިދު
25 July 2018
މި ގައުމުގަ އެންމެ ބޮޑު މައްސަލައަކީ އަހްލާގީ މައްސަލަ. ވަޒީފާގެ މައްސަލައެއް ނެތް. އާބާދީ ދަނީ ދަށަށް.
އާދަމް ޝަރީފް
25 July 2018
އަދާލަތުގަ މެނިފެސްޓޯގަ ހުރި ގިނަކަންކަން އެމް.ޑީ.ޕީ ގެ މެނިފެސްޓޯގަ އެބަހުރި. އިބާރާތް ތަފާތީ. އިބާރާތްތަކާދޭތެރޭ މާބޮޑު މައްސަލައެއް އަދާލަތުން އޮންނާނެ ހެނެއް ހިޔެއް ނުވޭ. ރާއްޖެ އަކީ 100 % އިސްލާމް ގައުމެއް. މިގައުމުގެ ގާނޫނު އަސާސީގަ ލިޔެފަ އެބައޮތް ރާއްޖޭގައި އަމަލުކުރާނީ އިސްލާމީ ޝަޜިޢަތްކަމަށް . އެހެންވީމާ ކޮންމެ މެނިފެސްޓޯއެއްގަ އިސްލާމީ އުސޫލްތަކާ އެއްގޮތަށް ކަންކަން ކުރާވާހަކަ ލިޔަނީ ސިޔާސީ ބޭނުމަށް . އަދާލަތުންވެސް ލިޔެފައިވާ އިބާރާތަކީ ސިޔާސީގޮތުން ލިޔެފައިވާ އިބާރާތެއްކަމަށް ބެލެވެނީ، މުހިއްމުކަމެއް ނުހިމެނި އޮތްނަމަ އެކަމެއް ހިމެނުމަށް އެމް.ޑީ.ޕީ އިންވެސް ދެކޮޅު ނުހަދާނެ.
ހަބޭސް
24 July 2018
ސާބަހޭ އަދާލަތު. މަ ތާއީދު
ރާއްްޖެ
24 July 2018
ތިޔަ މެނިފެސްޓޯއަށް އެމްޑީޕީން ޖަހާނީ ޖޯކް. ސުވާލަކީ ތީގަ އޮތް އެއްވެސް ކަމެއް ކުރަން އެމީހުންނަށް ޖެހޭނެތޯއޭ؟ ހަގީގަތުގައި އަދާލަތަކީ އިއްތިހާދަށް އަމިއްލައަށް ވަދެގެން އުޅޭބައެއް. އެމްޑީޕީ އިން އިމްރާން ދޫކޮއްފިއްޔާވެސް ނަސީބު. އިދިކޮޅު ސަރުކާރުގެ 1.5 އަހަރުތެރޭ ކުރާނެ ހަމައެކަނި ކަމަކީ އަންނި ދޫކޮއްފަ އިންތިހާބަކަށް އިއުލާނު ކުރުން.
ސޭކުސްތާން
24 July 2018
ލަނޑަޔާ ވާނީ ލަނޑަޔާއޭ ބުނާ ބަހުގެ ތެދު ކަމާއެ. އެމްޑީޕީގެ ވެރިކަމުގައި އިސްލާމްދީނާމެދު ކަމޭހިތި މިންވަރު ބުއްދި ސަލާމަތުން ހުރި ނަމަ ފެނުނީސް. އެފަދަ ބަހީލު ބަޔަކަށް ދެވަނަ ފަހަރަށް ވެރިކަން ހޯދައިދޭން އުޅުމަކީ ހައުދަހާވާ ނުބައި ދަށު ދަރަޖައިގެ އަމަލެކޭ.
ތަމަޅަ ކިރުލައްޕަ
24 July 2018
ބަލަގަ ތިޔަ އަދާލަތު ދިވެހި ރައްޔިތުން މިހާރު ބަލައެއް ނުގަނެޔޭ. ޕާޓީ އުފެއްދި މަގުސަދާ ޚިލާފުވީމަ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ޑރ. ޝަހީމްމެން ފަދަ ބޭފުޅުން އެތިއްބެވީ ފެޔަށް ޖެހިއޭ. އަނާރާ ޔަކާއި ނިޒާރެއް މީ ކޮންތާކުން ކޮންއިރަކު އައިސް ބޭނިގެން އުޅޭ ބައެއް.
ޔާގޫތު
24 July 2018
މެނުފެސްޓޯ ހެދިދާނެ ކިތަންމެ މޮޅަކަށްވެސް. އެމްޑީޕީގެ ވެރިކަމެއްގައި ތިޔަ މެނިފެސްޓޯއަށް ފައިން އަރާ ޗިސްޗިސް ކޮށްލާނެކަން މުޖައްރިބު
ޢާދަމް ޝަރީފް
24 July 2018
ޢަދާލަތު ޕާރޓީގެ މެނިފެސްޓޯ ރަގަޅު. ތި މެނިފެސްޓޯ އާއެކު ކޯލިޝަނާ ނުގުޅި ނުކުންނަންވީ. ކެޑިޑޭޓަކަށް އެންމެ ރަގަޅީ ޑރ.ޝަހީމް.
ތަކުރުފާނު.
24 July 2018
ޕީޕީއެމް މެނިފެސްޓޯގެ ކޮޕީ އެއް.