އެމްޓީސީސީގެ ފެރީއެއް ދަތުރުކުރަނީ. މިއަހަރުގެ މާޗްގެ ފަހުން ފެރީގެ ހިދުމަތުން ގެއްލުންވާ ކަމަށް އެ ކުންފުނިން ބުނި - ފޮޓޯ: އެމްޓީސީސީ
01 އޯގަސްޓް 2016 - 21:09
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބުނު ވަރުގެ ސާފު ފައިދާއެއް މިދިޔަ ކުއާޓާގައި ވެސް ލިބިއްޖެ އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިން ނެރުނު މި އަހަރުގެ ދެވަނަ ކުއާޓާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 29.2 މިލިއަން ރުފިޔާ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 29.8 މިލިއަން ރުފިޔާ އެވެ.
އެ ކުންފުނިން ބުނީ މި އަހަރުގެ ދެވަނަ ކުއާޓާގައި 293.5 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވާ ކަމަށެވެ. އަދި ޖުމްލަ ފައިދާގެ ގޮތުގައި މިދިޔަ ކުއާޓާގައި 76.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެމްޓީސީސީން ބުނީ ދެވަނަ ކުއާޓާގައި ހިންގުމުގެ ފައިދާގެ ގޮތުގައި 42.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
އެމްޓީސީސީ އިން ބުނީ ސާފު ފައިދާ ދަށްވެފައި ވަނީ ފެރީ ހިދުމަތަށް ސަރުކާރުން ދެމުން އައި ސަބްސިޑީ ހުއްޓާލުމާ ގުޅިގެން މިއަހަރުގެ މާޗް މަހުން ފެށިގެން އެ ހިދުމަތުން ގެއްލުން ވަމުން އަންނާތީ ކަމަށެވެ. އަދި މިދިޔަ ކުއާޓާގައި އެ ކުންފުނީގެ ހިންގުމުގެ ހަރަދު 26 ޕަސެންޓް އިތުރުވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ކުންފުނިން ބުނީ މި އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު ދެވަނަ ކުއާޓާގައި ކުންފުނީގެ މާލީ ހާލަތު ވަރުގަދަކަން އަންގައިދޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭނުމީ މިނިވަންކަން / އައްޑޫ ސިޓީ
01 August 2016
ލަފާ ކުރެވޭ ގޮތުން ތިޔަ ކުންފުނީގެ އޮޕަރޭޝަން ގައި 2000 ހަކަށް މުވައްޒިފުން މަސައްކަތް ކުރާ އިރު ހެޑް އޮފީހުގައި އެކަނިވެސް 250 ހަކަށް މުވައްޒިފުން މަސައްކަތް ކުރާން. . . އަދި ކުންފުނީގެ ގިނަ ވިޔަފާރި ހިންގަމުން ގެންދަނީ ދައުލަތުން ހަމަ އެކަނި ވިޔަފާރި ކުރުމުގެ ގޮތުން ފުރުސަތު ހުޅުވާލާފައި އޮތް މާލެ ސަރަހައްދުގައި. . އެހެން ނަމަވެސް ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ އެންމެ 29 މިލިޔަން ދިވެހި ރުފިޔާ. . . ސަބަބަކީ ކުންފުނިން ވިޔަފާރި އުސޫލަށް ވުރެ ''މާލޭ ރައްޔިތުންނަށް '' ލުއި ފަސޭހަ ކޮށް އަގުހެޔޮކޮށް ކަންކަން ކޮށްދިނުމަށް ކުރާ ހަރަދު އަދި އޭގެ ބަދަލުގައި ކުންފުންޏަށް އެއްޗެއް ނުލިބުން. . . އެއާއި ހިލާފަށް Maldivian އިން ''ރާއްޖޭގެ އަތޮޅު ތަކުގެ ދެވަނަ ދަރަޖައިގެ ރައްޔިތުން'' ނަށް ދަތުރު ފަތުރު ކޮށްދީގެން އަހަރަކަށް އެތައް ހާސް މިލިޔަން ރުފިޔާގެ ފައިދާ ހޯދަމުން ގެންދޭ. . . އަދި އިންޓަނޭޝަނަލް އޮޕަރޭޝަން ތަކަށް ވިސްނުން ނުބަހައްޓާ ''ޤައުމަށް ފައިސާ ފޮއްޗެއް ނުވެއްދުނު ކަމުގައި ވިޔަސް'' އަތޮޅު ތަކުގެ ރައްޔިތުން އަތުން ފައިސާ ހޯދައި ކޮންމެ އަހަރަކުން 90 މިލިޔަނެއްހާ ޑޮލަރު ހަރަދުކޮށް Airbus A320 ބޯޓެއް ގަންނަމުން އެބަދޭ. . . ތަފާތު ވިސްނާލާ. އަދި މާލެ ނޫން ރަށްރަށުގެ މީހުންނަކީ ''ދެވަނަ ދަރަޖައިގެ ރައްޔިތުން'' ކަމަށް ބުނާ ބުނުމަކީ ގޯސް ބުނުމެއް ނޫންކަން މި ހިސާބު ތަކަށް ވިސްނާލުމުން އިގެންޖެހޭނެ. / މިނިވަންކަން ، އައްޑޫ ސިޓީ
ބައްޑޫ ސިޓީ
02 August 2016
ކަލޭ ދެން ދާންވީނު އޮރެންޖު ކައިފައި މަގުމައްޗަށް ތޮށިއަޅަން. ތިމާ އުފައްދާ ކުނި އެހެން ބައެއްގެ ތެރެއަށް އަޅަންބުނެ ކޮމެންޓް ކުރާމީހުންގެ ޖާހިލިކަމާއެވެ.