ޗުއްޓީގައި ދިވެހިން ރާއްޖެއިން ބޭރަށް ގޮސް ކުރާ ހޭދައާ ބެހޭ ސާވޭގައި މިދިޔަ ޑިސެމްބަރު މަހު އެމްއެމްއޭގެ އޮފިޝަލަކު ވެލާނާ އެއާޕޯޓުގައި ދަތުރުވެރިޔަކާ ސުވާލުކުރަނީ --ފޮޓޯ: އެމްއެމްއޭ
26 ޖުލައި 2018 - 14:16
އަހަރުގެ ބޮޑު ޗުއްޓީ ތެރޭގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ އަދަދު އަހަރުން އަހަރަށް ދަށްވެފައިވާ ކަމަށާއި އެކަމަކު އިންޑިއާއަށް ބޭސްފަރުވާއަށް ދާ މީހުންގެ އަދަދު މަދުނުވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހެދި ސާވޭއަކުން ދައްކައިފި އެވެ.
މަރުކަޒީ ބޭންކުން މިދިޔަ ޑިސެމްބަރު 22 ން 28 އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ހޯލުގައި ކުރިޔަށް ގެންދިޔަ ސާވޭގެ ނަތީޖާ އިއްޔެ އާންމުކުރި އިރު އެއިން ދައްކާ ގޮތުން، ބޭސްފަރުވާ ހޯދަން މިދިޔަ އަހަރު 1،889 މީހުން ބޭރަށް ދަތުރުކުރި އެވެ. މިއީ އެ ސާވޭގައި ބައިވެރިވި 4،220 މީހުންގެ ތެރެއިން 45 ޕަސެންޓެވެ.
އެކަމަކު 2016 ގައި ބޭސްފަރުވާއަށް 2،281 މީހުން ދަތުރުކޮށްފައިވެ އެވެ. އަދި 2015 ވަނަ އަހަރު 2،247 މީހުން ބޮޑު ޗުއްޓީގައި ބޭސްފަރުވާ ހޯދަން ދަތުރުކުރި ކަމަށް މަރުކަޒީ ބޭންކުގެ ސާވޭއިން ދައްކަ އެވެ.
އެމްއެމްއޭގެ ސާވޭ އިން ދައްކާ ގޮތުން ޗުއްޓީގައި ދިވެހިން އަދިވެސް އެންމެ ގިނައިން ބޭސްފަރުވާއަށް ދަނީ އިންޑިއާ އަށެވެ. އެގޮތުން މިދިއަ އަހަރު ދިޔަ 1،889 މީހުންގެ ތެރެއިން 65 ޕަސެންޓް މީހުން ދަތުރުކުރީ އިންޑިއާ އަށެވެ. އަދި 2016 ވަނަ އަހަރު ބޭހަށް ދިޔަ 2،281 މީހުންގެ ތެރެއިން 58 ޕަސެންޓް (1،312 މީހުން) އަދި 2015 ވަނަ އަހަރު ދަތުރުކުރި 2،247 މީހުންގެ ތެރެއިން 57 ޕަސެންޓް (1،281) މީހުންގެ މަންޒިލަކީ ވެސް އިންޑިއާ އަށެވެ.
އިންޑިއާ ފިޔަވައި ދިވެހިން ބޮޑު ޗުއްޓީގައި ބޭސްފަރުވާ ހޯދަން އެންމެ ގިނައިން ދެން ދަތުރުކުރަނީ ސްރީ ލަންކާ، ތައިލެންޑް، މެލޭޝިއާ އަދި ސިންގަޕޫރަށެވެ. ނަމަވެސް ސްރީ ލަންކާއަށް ބޭސްފަރުވާއަށް ދަތުރުކުރާ މީހުންގެ އަދަދު އަހަރުން އަހަރަށް ދަށްވަމުން ދާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ޗުއްޓީގައި ދިވެހިން ރާއްޖެއިން ބޭރަށް ގޮސްކުރާ ހޭދައާ ބެހޭ ސާވޭގައި މިދިޔަ ޑިސެމްބަރު މަހު އެމްއެމްއޭގެ އޮފިޝަލަކު ވެލާނާ އެއާޕޯޓުގައި ސުވާލުކުރަނީ. ފޮޓޯ: އެމްއެމްއޭ
މަރުކަޒީ ބޭންކުގެ ސާވޭ އިން ދައްކާ ގޮތުން އިންޑިއާއަށް ދަތުރުކުރާ ދިވެހިން ބޭސްފަރުވާއަށް ކުރާ ހޭދަ ދަނީ ބޮޑުވަމުންނެވެ. އެގޮތުން 2017 ގައި ބޮލަކަށް 687 ޑޮލަރު ހޭދަކުރިއިރު، 2016 ގައި އެ ނިސްބަތް އުޅުނީ ބޮލަކަށް 641 ޑޮލަރުގަ އެވެ. އަދި 2015 ގައި ބޭހަށް ހޭދަކުރި ވަރު ބޮލަކަށް 512 ޑޮލަރު ޖެހެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭމިތުރާ
26 July 2018
[[ކަމެއް ނުބުނާ ކަމަށްވިއްޔާ އެދަތުރެއް ނޭނގި ހިނގައިދާނެޔޭ! ކަމެއްޖެހިގެން އެދިޔަ އެގޮތެއް ބަލާބެލުމުން ނުފެނިދާނޭ!]]
ޙެހެހެ
26 July 2018
ކިހިނެއް ތި ހިސާބު ހޯދީ؟ މަވެސް ވަރަށް ގިނައިން ދަން ރާއްޖެއިން ބޭރަށް. އެކަމަކު މަބޭސް ފަރުވާއަށް ދާކަމެއް އާއިލާއަށް ނޫނީ ނޭގޭނެ.
ޅަވިޔަނިނއ
26 July 2018
އަތްމަތި ދަތިވީމަ ނުދެވިގެން އަޅުގަނޑުވެސް މިއުޅެނީ.
މަހާރަދުން
26 July 2018
އަތްމަތިދަތި ވަނީ
ވާލުސޮރު
26 July 2018
އާސަންދަ އެއްކޮށް ކަނޑާލައިފިއްޔާ އަދިވެސް ވަރަށް ބޮޑުތަން މަދުވާނެ. އެކަމަކު އޭގެ މާނައަކީ ރާއްޖޭގެ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުވެފަ އަގުހެޔޮވުމެއްނޫން.
kobaި
27 July 2018
ޢޭގެ މާނަ އަކީ ތިއެއްނޫން. ޢޭގެ މާނަ އަކީ ސިއްހީ ނިޒާމް އޮތީ ރާއްޖޭގަ މައުމޫން ދައުރައްވުރެ ގޯހެކޭ އެއްނު.
މަކަލޯ
26 July 2018
ބޭސްފަރުވާއަށް އިންޑިއާއަށް ލަންކާއަށް ދިއުން ރާއްޖެތެރޭ މީހުން ބޭސްފަރުވާއަށް މާލެ ދިއުމަށް ވުރެން ޚަރަދު ކުޑަ