އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް (ވ) އާއި މެމްބަރު އަކްރަމް ނޫސްވެރިންނާ ވާހަކަދައްކަވަނީ: އިތުރު ރިސޯޓުތަކެއްގައި ވޯޓުފޮށި ބަހައްޓަން ވަނީ ނިންމާފައި
29 ޖުލައި 2018 - 09:24
ސެޕްޓެމްބަރު 23 ގައި އޮންނަ މި އަހަރުގެ ރިޔާސީ އިންތިޚާބު ގައި ވޯޓުލުމަށް، އިތުރު ދެ ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ. މިއާ އެކު ވޯޓު ފޮށި ބަހައްޓާ ރިސޯޓުތަކުގެ އަދަދު، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ވުރެ ވަނީ އިތުރުވެފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން މި ފަހަރު އެންމެ ފުރަތަމަ ނިންމީ ރިސޯޓުތަކުގައި ބަހައްޓާ ވޯޓު ފޮށި 87 ޕަސެންޓް މަދުކޮށް، އެންމެ ހަތް ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށެވެ. ނަމަވެސް، އެ ކޮމިޝަނަށް އަމާޒުވަމުން ދިޔަ ފާޑުކިޔުންތަކާ އެކު، އެ ނިންމުން ބާތިލްކޮށް، ވޯޓުލާން 100 މީހުން ރަޖިސްޓަރީ ކުރާ ކޮންމެ ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން ފަހުން ވަނީ ނިންމައިފަ އެވެ.
އޭގެ ފަހުން، އިތުރު 43 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާ ގޮތަށް ހަމަޖެއްސި އެވެ.
އެންމެ ފަހުން 2013 ގެ ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓާފައި ވަނީ 42 ރިސޯޓެއްގަ އެވެ.
އީސީން ރޭ އިއުލާން ކުރި ގޮތުން، އަލަށް ވޯޓު ފޮށި ބަހައްޓަން ނިންމީ ރ. ދިގަލީގައި ހިންގާ ދިގަލި މޯލްޑިވްސް އާއި މާލެ އަތޮޅު ހެލެގެލީގައި ހިންގާ އޮބްލޫ ބައި އެޓްމޮސްފިއާ އެޓް ހެލެނގެލި ރިސޯޓުގަ އެވެ.
އީސީން ބުނީ ރިސޯޓު ތަކުގައި 100 އަށް ވުރެ މަދު މީހުން ވޯޓުލާން ރަޖިސްޓަރީ ކޮށްފި ނަމަ ވޯޓު ފޮށި ނުބަހައްޓާނެ ކަމަށެވެ. އަދި، އެ ފޮއްޓަށް ވޯޓުލާން ރަޖިސްޓަރީ ކުރި މީހުންގެ ނަން ވެސް ބާތިލް ކުރާނެ ކަމަށެވެ. އޭރުން ވޯޓުލާން ޖެހޭނީ އެ މީހަކު ރަށްވެހިވެފައިވާ ރަށެއްގެ ފޮއްޓަށެވެ. އެކަމަކު އޭގެ ބަދަލުގައި، ކައިރި ފޮއްޓަކަށް ވޯޓުލުމަށް، ރީ-ރަޖިސްޓަރީ ކުރުމަށް އެ މީހުންނަށް ތިން ދުވަހުގެ ފުރުސަތެއް ދޭނެ ކަމަށް އީސީން ބުންޏެވެ
ވޯޓު ފޮށި ބަހައްޓާނެ ރިސޯޓުތައް ހޯދުމަށް އީސީން އިއުލާން ކުރުމުން މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް 28 ރިސޯޓަކުން ކުރިމަތިލި އެވެ. އަދި ފަހުން ވެސް ގިނަ ރިސޯޓުތަކަކުން އެދިފައިވާތީ އިއްޔެގެ ނިޔަލަށް އެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި 491 ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު ވޯޓުލުމުގެ ހައްގު 263،000 މީހުންނަށް ލިބެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލައްކަވާހަކަ
29 July 2018
ކީއްވެތަ ވެލާ ޕުރައިވެޓް އައިލެންޑުގަ ފޮއްޓެއް ނުބަހައްޓަނީ؟ ކޮންމެވެސް ކުއްޖަކު ެ ރިސޯޓުގެ މީހެއް ކައިރިން އަހާލަބަލަ. ގައިމުން އެއީ ކޮންމެ ދިވެއްސަކުވެސް މަސައްކަތް ކުރަން ދާހިތްވާ ރަށެއްވިއްޔަ. އެހާ ބޮޑު ސާވިސް ޗާޖެއް ދޭ ތަނެއްގަ ތިބޭ ކުދިންނަށް ރިސޯޓުގަ ތިބެ ވޯޓުލެވުމަކީ އުފާވާނެ ކަމެއް ކަމަށް ދެކެން
މަރޭމިތުރާ
29 July 2018
[[އިތުރު އެކުރީ އިތުރު ގޮތެއް ހެދެން ނެތިގެން.. އިތުރު މަކަރެއް ހަދާނެ ފުރުސަތު ލިބެންނެތިގެން]]
އަދުލު
29 July 2018
ފޮއްޓެއް އިތުރުވީ ރިސޯޓުތަކާއި މީހުން އިތުރުވި ނިސްބަތުން ފޮށި އިތުރުވީމާ އިތުރުވުމަކަށް ވާނީ
ޖަހޯބަރާ
29 July 2018
މީ ހަމަ ސްޕްރީމް ކޯޓުގެ ހުކުމް ތައް ކަހަލަ ކަމެއް. ބަހައްޓާނަން. ނުބަހައްޓާނަން. ހުކުމް ކޮށްފި. ބާތިލް ކޮށްފި. މައްސަލަ ބޭރު ކޮށްފި. މުއަށްސަސާތަށް މިނިވަން ވީމަ ވާކަންތައް.
މޫސަ123
29 July 2018
މިއިލެކުސަނުން މިކުޅެނީ ވަރަށް މަޖާ ގޭމެއް އެއީ ބަތް ކައްކާކުޅުން ހަމަ ކުއްޖަކު ރޯންފެށީމަ ފަހަރަކު އެތިކޮޅެއް ދެން އެހެންކަމަކާ އުޅޭނެ ވަގުތެއް ނުދައްކާ
ޣަދުރޭ (ޕުއްޕު)
29 July 2018
ސަރީފު ކިހިނެތް ތިޔަ ހަދަނީ
ގަހާފޮޑިދޮންތިފޭދޫ
29 July 2018
ކުރީގެ އިންތިޚާބުގައި ރިސޯރޓު ތައްހުރި އަދަދަށްތުރެން އިތުރުވެއްޖެ ގާތް ގަނޑަކަށް 79 ވަރަކަށް އެހެން ވިމާ ގިނަ ފޮށިބެހެއްޓުމަކީ ގޯހެއްނޫން...
މަރޭމިތުރާ
29 July 2018
[[އިތުރުކުރުމީ ލިބުނު މޮޅު ފާއިދާއެކޭ! މިތުރުނަށް ވޯޓްލާންވީ ފަސޭހައެކޭ]]
މިހާފީ
29 July 2018
އިލެކްޝަން ކޮމިޝަންގެ މައްޗަށް ރައްޔިތުން އެދަނީ ކާމިޔާބު ހޯދަމުންނެވެ. މީގެ ދުވަސްކޮޅެއްކުރިން ގަދަފައި ވިއްދައި ރިސޯޓުތަކުގައި ވޯޓު ފޮށި ނުބަހައްޓަން ނިންމި ނިންމުމުގެ ނަތީޖާއަކީ އިލެކްޝަން ކޮމިޝަން ކުރާ އިތުބާރު ކުޑަވުމެވެ.
ސަގަރު
29 July 2018
ރިޒޯޓް ވެސް ކުރީ ފަހަރަށް ވުރެ މާ އިތުރު ވެއްޖެއެވެ.އަލަށް 50 ރިޒޯޓް ހުޅުވި ވާހަކަ ދައްކަނީ ވެސް ތި މީހުން ނޫން ތޯއެވެ