ރިސޯޓުގެ ހިއްސާ މުވައްޒަފުންނަށް ދޭނެ ކަމަށް ރައީސް ވެ ވަޑައިގެންނެވި ވައުދު، 2013 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނުގައި ޕީޕީއެމުން ބޭނުންކޮށްފައި-- ފޮޓޯ: ސޯޝަލް މީޑިއާ
02 އޯގަސްޓް 2018 - 12:33
ވެރިކަމަށް ވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމީން 2013 ވަނަ އަހަރު ކެމްޕޭން ކުރެއްވި އިރު، ވެވަޑައިގެން އެންމެ ބޮޑު އެއް ވައުދަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންނަށް، އެ ރިސޯޓެއްގެ ހިއްސާ ލިބޭނެ ގޮތް ހަމަޖައްސައިދިނުމެވެ. އެކަމަކު ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، އެކަމާ ގުޅޭގޮތުން މިހާތަނަށް އުފާވެރި ހަބަރެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް އަނެއްކާ ވެސް ރައީސް މި ވަނީ ހަމަ މި މުވައްޒަފުންނަށް އިތުރު ވައުދެއް ވެ ވަޑައިގެންފަ އެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި އެޅި 50 ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވުމަށް ރޭ ދަރުބާރު ގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރިސޯޓު މުވައްޒަފުންނަށް 100 މިލިޔަން ރުފިޔާގެ "އެމްޕްލޯއިމަންޓް ބެނެފިޓް ސްކީމް"އެއް ތައާރަފްކުރަން ނިންމައި، މުވައްޒަފުންގެ ދިރިއުޅުމުގެ ބޮޑެތި ބޭނުންތައް އެ ސްކީމުގެ ދަށުން ފުއްދައިދޭނެ ކަމަށެވެ. ރިސޯޓްތަކާއި މުވައްޒަފުން ޝައުގުވެރިކަން ހުރެއްޖެ ނަމަ އެ ސްކީމް، 500 މިލިޔަން ރުފިޔާ އަށް ބޮޑުކުރަން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަކު ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވީ، އެ މަނިކުފާނުގެ ފުރަތަމަ ވައުދު ނުފުއްދަވައި، ދެ ވަނަ ވައުދެއް ވެ ވަޑައިގަތުމުންނެވެ.
ކެމްޕޭން ދަތުރެއްގައި 2013 ވަނަ އަހަރު ފުވައްމުލަކަށް ވަޑައިގެން ރައީސް ވިދާޅުވެފައިވަނީ ރިސޯޓުތަކުން ލިބޭ ފައިދާގެ ކޮންމެވެސް މިންވަރެއްގައި މުވައްޒަފުން ބައިވެރިކުރަން ޖެހޭ ކަމަށެވެ. އެހެންވެ، އެ ފައިދާ ހޯދައިދިނުމަށް، ރިސޯޓުތަކުގެ ހިއްސާ މުވައްޒަފުންނަށް ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންނެވި އެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި އަޅާފައިވާ 50 ފުޓްސަލް ދަނޑު، ރައީސް ޔާމީން ރަސްމީކޮށް ހުޅުވައި ދެއްވާއިރު އަރިހުގައި ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް(ވ).- ފޮޓޯ: އަހުމަދު ނިޝްއަތު /މިހާރު
ހިއްސާ ވިއްކަން އެއްބަސްވާ ރިސޯޓުތަކުގެ މުއްދަތު އިތުރު ކުރުން ފަދަ "ބޮޑެތި އިނާޔަތްތައް" ރިސޯޓުތަކަށް ދެއްވާނެ ކަމަށް ވެސް އޭރު ރައީސް ޔާމީން ވިދާޅުވެފައި ވެ އެވެ. ޕީޕީއެމްގެ ކެމްޕޭންގައި ދެމި ފޮތިގަނޑުުތަކުގައި ވެސް އެ ވައުދު ފާހަގަކޮށްފައި ވެ އެވެ.
މި ސަރުކާރުގެ މެނިފެސްޓޯގައި ވެސް ހިމަނާފައިވާ މި ވައުދާ ގުޅޭގޮތުން އެންމެ ފަހުން ވާހަކަ ދައްކަވާފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގައި، އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެވެ. އޭރު އޭނާ ވިދާޅުވި ގޮތުގައި ހިއްސާ ވިއްކުން ލަސްވެފައި ވަނީ އެކަމަށް އެކަށީގެންވާ މޮޑެލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާތީ އެވެ. އަދި އެކަން ފައިނަލްކޮށް، އަހަރު ނިމުމުގެ ކުރިން އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"މިއީ ޕީޕީއެމްގެ މެނިފެސްޓޯގައި ހިމެނޭ ކަމެއް ނަމަވެސް، މި ފަދަ ކަމެއް ފަށަން ޖެހޭނީ ވަރަށް ބޮޑަށް ދިރާސާ ކުރުމަށް ފަހު. ނޫނީ އެކަމުގެ ނުރަނގަޅު އަސަރު ކުރާނެ. އެހެންވެ، ބޭރު ގައުމުތަކުގައި މި ފަދަ ކަންކަން ކުރަމުންދާ ގޮތް ބެލުމަށް ފަހު، ވަރަށް އަވަހަށް އަޅުގަނޑުމެން އިއުލާން ކުރާނަން،" ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭރު އަދީބު ވިދާޅުވެފައި ވެ އެވެ.
dhauru hamavegen aneh dhaurah kurimathilaigen campaign kuraairuves furatha.a vaudhu vee resort hissaa muvazzafunnah libeyne kamah bune vee vaudhu adhives nufuddhaa..
— shaam🎈 (@shaam1356) August 1, 2018
އެކަމަކު އޭގެ ފަހުން، ސަރުކާރުގެ އެއްވެސް ބޭފުޅަކު މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވައިފައެއް ނުވެ އެވެ.
އެހެންވެ، ރިސޯޓު މުވައްޒަފުންނަށް އެ މަނިކުފާނު ވެ ވަޑައިގެންނެވި މި ވައުދު، ގިނަ ބަޔަކު ބަލައިގަތް ތަނެއް ނުފެނެ އެވެ. އާއްމުންގެ ވާހަކަތަކާއި ސޯޝަލް މީޑިއާ އަށް ބެލިކަމުގައި ވެސް މިކަމާ ގުޅޭގޮތުން ހުރީ ހުސް ފާޑުކިޔުންތަކެވެ. ގިނަ ބަޔަކު ސުވާލު ކުރީ، "ރިސޯޓު ހިއްސާ ކޮބައިތޯ؟" ނޫނީ "ރިސޯޓު ހިއްސާ ބަހާ ނިމުނީތޯ؟" އެވެ.
"އެންމެ ފުރަތަމަ ވެ ވަޑައިގެން ވައުދު ނުފުއްދާ، ދެ ވަނަ ވައުދެއް ތި ވަޑައިގެންނެވީ ރިސޯޓު މުވައްޒަފުންނަކީ މޮޔައިން ކަމަށްތޯ ދެކެވަޑައިގެންތޯ؟ ފަހަރަކު މަޅިއެއް ރިސޯޓް މުވައްޒަފުންގެ ކަރަށް ތިމަހަނީ ކީއްވެތޯ؟" ފޭސްބުކްގައި މީހަކު ކޮމެންޓުކޮށްފައި ވެ އެވެ.
ރައީސްގެ ވާހަކަފުޅަށް ރައްދު ދީ، ޖަދޫގެ ނަމުގައި ޓްވީޓް ކުރި މީހަކު ބުނިގޮތުގައި އެހެން ވައުދުތައް ވެ ވަޑައިގަތުމުގެ ކުރިން، އެންމެ ފުރަތަމަ ފުއްދަވަންވީ ފަސް އަހަރު ކުރިން އެ މަނިކުފާނު ވެ ވަޑައިގެންފައިވާ ވައުދެވެ. އަދި 2013 އަހަރު ވައުދުވެ ވަޑައިގެން، ރިސޯޓު މުވައްޒަފުންގެ ހިއްސާ ކޮބައިތޯ އޭނާ ވެސް ސުވާލު ކުރި އެވެ.
Kobaahey #ResortHissaa 2013 ge vaudhu adhi nufuhdhey thanuga aneh 100 million ah vaavaruge dhogeh e hedhy. #YameenFail #No2Yameen
— "Jack of all trades" (@shaebaan) August 1, 2018
"އަހަރުމެން ގުނބޯ ހައްދަން ނޫޅޭ. ނުވާނެ ތިކަމެއް. ހޯދައިދޭން ވައުދުވި ރިޒޯޓް ހިއްސާގެ އިންތިޒާރުގައި ހުރި ވާހަކަ ވެސް ބުނެލަން،" ރިސޯޓު މުވައްޒަފުންގެ ސްކީމާ ގުޅޭގޮތުން މިހާރު ނޫހުގައި ޝާއިއު ކުރި ހަބަރަށް ކޮމެންޓް ކުރި މީހަކު ބުނެފައި ވެ އެވެ.
ވައުދު ނުފުއްދެވުމުގެ އިތުރުން އާއްމުން ދެން އެންމެ ބޮޑަށް ޝަކުވާ ކުރީ، މިހާރު ވެސް ރިސޯޓު މުވައްޒަފުންގެ މުސާރައިގެ ހަތް ޕަސެންޓް، ޕެންޝަން ފަންޑަށް ކަނޑާއިރު މި ފަދަ އިތުރު ފަންޑެއް ހުޅުވުމެވެ.
ރައީސްް ވިދާޅުވި ގޮތުން އަލަށް ތައާރަފް ކުރާ ސްކީމަށް މުވައްޒަފުންގެ އަތުން ކަނޑާނީ މުސާރައިގެ ވަރަށް ކުޑަ މިންވަރެކެވެ. އެ މަނިކުފާނުގެ ބަސްފުޅުން ނަމަ، "ތަކުލީފް އުފުލަން ނުޖެހޭވަރުގެ" ވަރަށް ކުޑަ ނިސްބަތެކެވެ. އަދި ހަމަ އެ އަދަދަށް ރިސޯޓުތަކުން ވެސް މުވައްޒަފުގެ ނަމުގައި ފައިސާ ބަހައްޓާނެ އެވެ. މި ފައިސާ، މުވައްޒަފުން ފްލެޓް ގަތުމަށާއި ވިޔަފާރިއެއް ފެށުމަށާއި އިންވެސްޓްކުރުމަށް ބޭނުން ކުރެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
Manikfaan kobaatho 2013 ga vee vaudhu resort thakuge muvazzafunna. Ehen vaudhutha vumuge kurin 5 aharu ve nufudhhi oi vaudhu fudheytho balanvejje ehnu
— jadoo2 (@jadoo26) August 1, 2018
އެކަމަކު މުވައްޒަފުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ދާދި އެއްކަހަލަ ދެ ފަންޑަށް، މުސާރައިން ބައެއް އަޅަން ޖެހުމެވެ. އަދި މިއީ މާބޮޑު އާމްްދަނީއެއް ނުލިބޭ މުވައްޒަފުންނަށް، ވަރަށް ބޮޑު އަދަދަކަށް ވާނެ ކަމަށް އެ މީހުން ދެކެ އެވެ.
"މާނައަކީ މުސާރައިން ބައެއް ސަރުކާރެއް ދޭށޭ. ދެން ލިބޭނީ ސަރުކާރުން ކަނޑައަޅާ އުސޫލަކުން ކަނޑައަޅާ ދުވަހަކުއޭ؟ ބައްލަވާ، ތިކަން މިހާރު ވެސް އެބަ އޮތޭ. އެއަށް ކިޔަނީ ޕެންޝަން ސްކީމް. ވަކި އޮފީހެއް ހަދައިގެން އެކަން އެބަ ކުރޭ. އަނެއްކާ ދެން ދެން ކޮން ކަމެއް؟" އަޖީތުގެ ނަމުގައި ކޮމެންޓް ކުރި މީހަކު ބުނެފައި ވެ އެވެ.
"ގާނޫނެއްގެ ދަށުން ނަގާ ހަތް ޕަސެންޓްގެ ޓެކްސް އަދިވެސް ކުޑައީތޯ. އަނެއްކާ ތި ފަދަ ސްކީމެއްގައި ޖެހިއްޖެ ނަމަ، އަޅުގަނޑުމެން އިތުރަށް ދަރަނިވެރި ވާނީ،" ފޭސްބުކްގައި ހިޔާލުފާޅުކުރި އަލީ ޝަމީމް ނަމަކަށް ކިޔާ މީހަކު ބުންޏެވެ.
@ahmed_nihan fas aharu kurin buni resort in hissaa dheynamey ves. Adhives aneh andhun alhuvanee dho? https://t.co/vN275WthFS
— FaaRazi (@phaarazi) August 2, 2018
ރައީސް ވިދާޅުވި ގޮތުގައި މި ސްކީމްގައި ބައިވެރިވުމަކީ ލާޒިމް ކަމެއް ނޫނެވެ. އެކަމަކު މިއީ ކުރިމަގަށް ބަލާއިރު މުވައްޒަފުންނަށް ވަރަށް މުހިއްމު ސްކީމަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.
ރިސޯޓު ހިއްސާ ދޭނެ ކަމަށް ރައީސް މީގެ ފަސް އަހަރު ކުރިން ވައުދުވެ ވަޑައިގެންނެވީ ވެސް، ޓޫރިޒަމް ދާއިރާގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމުގެ މަގްސަދުގައި ކަމަށް ވިދާޅުވެ އެވެ. އާ ސްކީމްގެ ބޭނުމަކީ ވެސް، ރޭ ރައީސް ވިދާޅުވިގޮތުން ހަމަ އެއީ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަމެ
03 August 2018
ޢާނމުންެ ފާޑުކިއުމެ ކިޔަފަ ހުސް މޑޕ އެކްޓިވިސްޓުންގެ ޓުވިޓަރ ތައް.
އިބްރާ
03 August 2018
50% ވައުދު ފުއްދީމައި ފާސްވާނެ
ރިސޯޓް ވެއިޓަރު
02 August 2018
މިދިޔަ ފަހަރު ހެއްލުނަސް މިފަހަރަކު ނުހެއްލޭނެ.
ލިޕޭ
02 August 2018
ކޮންމެ ފާޑުކިއުމަކީ ކުރިއެރުމެއް
ސަކީނާ
02 August 2018
ހަދީބު ހުރިނަމަ ރިސޯޓް ހިއްސާވެސް ލިބުނީސް
ޅަވިޔަނިނއ
02 August 2018
ވައުދުވެ ވައުދު ނުފުއްދާ ޕާޓީ ޕީޕީއެމް.
ތެމާ
02 August 2018
މަސްވެރިންނަށް ހެދިކަހަލަ ސްކީމެއްދޯ ރަންއިލޮށިން ކަދުރު ހަހަހަހަ ހަމަ ބުނެލީ
ހަލީމް ވެލިދޫ
02 August 2018
ގިރިތީ ލޯބިން ދައްކާ ދަޅައިން ބަލލ ބަލި ހިއްތަށް ބުރުއްސައިފިޔާ. ލައްކަ އަވާމެންދުރު ދައްކައިފި އަދި ދައްކަމުން ދަނީ...
ރިސޯރޓް އޯނަރ
02 August 2018
އަހަރެމެން ހުރިހާ ރިސޯޓް އޯނަރުން އުޅެމާބަހީ ސަރވިސް ޗާޖް ގޮތުގަ ގެސްޓުންއަތުންނަަގާ ހުރިހާ ފައިސާއެއް އަންނަ އަހަރުންފެށިގެން ސްޓާފުންނަށް ދޭންފަށަން މިކަން އަހަރެމެންނަށް ކޮށްދޭންޖެހޭނޭދޯ މަ ތައްޔާރު ތިޔަބޭފުޅުން ތައްޔާރުތޯ
ބޫމް
02 August 2018
ދޮގުހަދައި އޮޅުވާލުމަށް ޕީޕީއެމް ވަރެއް ހަމަ ނެތެވެ.