ހުޅުމާލޭ ގެސްޓްހައުސެއްގެ ބޭރުގައި ސައިކަލް ބަގީތަކެއް ޕާކް ކޮށްފައި
03 އޯގަސްޓް 2016 - 14:00
ހަތަރު ފުރޮޅުލީ ބައިސްކަލް (ސައިކަލް ބަގީ)، ހުޅުމާލޭގައި ދުއްވުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަނާކޮށްފި އެވެ.
އެ ކޯޕަރޭޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އިންޖީނުލީ އުޅަނދުފަހަރު ދުއްވާ މަގުތަކުގައި ހަތަރު ފުރޮޅުލީ ބައިސްކަލާއި އެ ޒާތުގެ އުޅަނދުތައް ދުއްވުމަކީ ރައްކާތެރި ކަމެއް ނޫންކަމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ލަފާދީފައިވާ ކަމަށެވެ.
އެހެންވެ ހަތަރު ފުރޮޅުލީ ބައިސްކަލް ދުއްވުން އިއްޔެ އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.
ހުޅުމާލޭ މަތިން ނަގާފައިވާ ފޮޓޯއެއް: ހަތަރު ފުރޮޅުލީ ބައިސްކަލް ދުއްވުން ވަނީ މަނާކޮށްފައި. --ފޮޓޯ:އެޗްޑީސީ
"ވީމާ މި ތަކެތި ހުޅުމާލޭގެ މަގުތަކުގައި ދުއްވުމަކީ އެ ތަކެތި ބޭނުންކުރާ ފަރާތްތަކަށާއި މަގުމަތި ބޭނުންކުރާ އެހެން ފަރާތްތަކަށް ރައްކާތެރި ކަމަކަށް ނުފެންނާތީވެ ހަތަރު ފުރޮޅުލީ ބައިސްކަލް އަދި މި ނޫން ވެސް މިޒާތުގެ އުޅަނދު ހުޅުމާލޭގައި ދުއްވުމާއި އަދި މިތަކެތި ބެހެއްޓުމަށް ހުޅުމާލޭގެ އެއްވެސް އާއްމު ސަރަހައްދެއްގެ ބޭނުން ކުރުމަކީ މަނާކަމެއް ކަމުގައި އަންގައި އިއުލާނު ކުރަމެވެ،" އެޗްޑީސީގެ ބަޔާނުގައި ވެ އެވެ.
ހަތަރު ފުރޮޅުލީ ބައިސްކަލް ދުއްވުން މަނާ ކޮށްފައިވާ އިރު ހުޅުމާލޭގައި ހުންނަ ބައެއް ގެސްޓް ހައުސްތަކުން އަންނަނީ އެ އުޅަނދުތައް ކުއްޔަށް ދޫކޮށްގެން އާމްދަނީ ހޯދަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފީ
05 August 2016
ގައިމު ރަނގަޅުތާ.. ހުޅުމާލޭގަ ގެސްޓުން ވެސް އެވަރަށް ދުއްވާ މި ބައިސްކަލް.. ޔާމީނު ތިޔަ ހިންގަނީ "މަނާ" ކިޔާ ވެރިކަމެއްތަ.. ދިވެހިންގެ އެކުވެރިއަކަށް ވެބަލަ..
މަންސޫރު
04 August 2016
ހަ ފުރޮޅު ބައިސްކަލު އަދިވެސް ދުއްވޭނެތާ! ފުރޮޅު މަދީ ކަމަށް ވަނީ!
ނުރަބޯ
04 August 2016
އެއީ ތެދެއް ތިމާވެއްޓަށް އެއެއްޗަކުން އެއްވެސް ގެއްލުމެއް ނުފޯރާ އެއްޗެހި ބޭނުންކުރުން މަނާ ކޮށްފަ، ތިމާވެށި ޚަރާބުކުރާ ހުރިހާކަމެއް ހުއްދަކުރަންވާނެ. ނޫނޭވާ ތިއޮތީ އެޗްޑީސީ އެއް.
މަނާމު
04 August 2016
ދިވެހިރާއްޖޭގެ މޫނުމައްޗަކީ ފުރަމާލެއެވެ. ފުރަ މާލޭ މަގުމަތި މިވަނީ ޞިއްޙަތަށް ރައްކާތެރިކަމެއް ނެތި ނިވާ ކަމެއްގެ ކަންފުޅެއް ވެސް ނުލާ ކުނި އުފުލާ ބައިސްކަލުތަކުން ތަޣައްޔަރު ވެފައެވެ. މިއީ އެހެންޏާ މީގެ ޒަމާންތަކެއް ކުރީން މި އުސް ޢިމާރާތްތަކާއި ބިއްލޫރީގެ ފިހާރަތައް ނެތް މާލޭ މަގުމަތީން ފެނުނު މަންޒަރުތަކެއް ނޫނެވެ. ތިޔަ ފުރޮޅު ފުރޮޅުލީ ބައިސިކަލު ދުއްވުން ތިޔަ ތާގައި މަނާކުރުމަށް ވުރެ މާލޭ މަގުމަތީ ކުނިވަސްބުރުވަމުން ބަންގާޅީން ދުއްވާ ކުނިބައިސިކަލުތައް ދުއްވުން މަނާކުރުން އައުލާކަން މާ ބޮޑެވެ. ހިންގާ ބިނގާވާ މީހުންނަށާއި ދުއްވާ އެއްޗިއްސަށް ވެސް ސަލާމަތްތެރިކަން ބޮޑެވެ. އަދި މަންޒަރު ޞިއްޙަތަށް ރައްކާތެރިކަން ލިބުމާއެކު ލޮލަށް ވެސް ފަސޭހަވާނެއެވެ.
ދޮން އާމިރު
04 August 2016
ހުޅުމާލެ އަކީ ކުންފުންޏެއްގެ އެސެޓެއްތޯ...
މަރީ
04 August 2016
އަޅޭ ެމމެން ތިޔާ ކަހަލަ ވާހަކަ ނުދައްކަބަލަ. ވިސްނާލަބަލަ. އެކަތަކެތީގެ ސަބަބުން ވާ ުދަނގޫ މާލެ އަށް ތިޔަބުނާ މީހިން އޭތި ދުއްވަން ގެންދަންވީނު. އަހުން އަޑުއެހިން އެ ތަކެތި ގެނނަނަނީ ޖަރުމަނު ވިލާތުންނޭ. އަމިއްލައަށް އުފައްދަނީކީނޫނޭ. ނިކަމެއްޗަކަށް އެވަރު ކަމއް ކުރެވޭނެތަ. އެކާހެދި ބަސްތަކާއި ދުއްވާ ތަކެއްޗަށް އުދަގޫވޭ. އަދި ގިނައިން އެޔަށް އަރަނީ ދުއްވަން ނުފަރިތަ މީހުން. މިހާރު ބައިސްކަލް ދުއްވަން އެގޭ މީހުން މަދުވާނެ. އެ އީވެސް ބަންގާޅީންގެ ވަޒީފާ ހޯހޯ އަބަދު އެމީހުން ގެ ޖޮބް ވިސްނާލާ ގައުމާމެދު
އަޙްމަދު
04 August 2016
މީހަކު އަޖައިބު ނުވާނެތަ! މަނާކޮށްފަ ނުކުރާނެ ކަމެއް ނޭނގިގެންތަ މި އުޅެނީ މި މީހުންނަށް؟ ހިނގާފައި އުޅުންވެސް މަނާކުރަންވީނޫން.
އިދުރީސް ދޮންބެ
04 August 2016
ހަމަ ދޮގު ނަހަދާ މި ބުނަނީ ދެނެއް މަށެއް މި ޔާމީނަކަށް ވޯޓެއް ނުދޭނަން. އެހެންޏަފަހެ އަހަރުމެންނަކީ ތިޔަބުނާހާ ބައިވަރު ފައިސާތަކެއް ލިބޭބައެއްނޫން، ޗުއްޓީއަކަށްވެސް ޖައްސާލެވެނީ ހުޅުމާލެއަށް. ގޮސް މަޖާކޮށްލުމުގެގޮތުން ކުރާކަމެއް އެ ހުއްޓުވީ ހަމަ އެއްވެސް ކަމަކާނުލާ. މާލެ ކައިރީގަ ޖައްސާލާނެ ފަޅުރައްގަނޑެއްހާހިސާބުވެސް ނެތް. އަހަރުމެންނަކަށް ރިސޯޓުތަކައް ޗުއްޓީހަދާލަން ދެވޭވަރަކަށް ފައިސާއެއްނުލިބޭ! އެއްވެސް ކަމެއްގަ ނިކަމެތިންނަށް އަޅާލާތަނެއް މިސަރުކާރަކު ނުފެނޭ!
އާމިނަތު ޢަލީ
04 August 2016
އަސްލު ވާގޮތަކީ ޓެކްސީ ކުރާމީހުންނަށް ދަތުރު ނުލިބެނީ ކަންނޭންގެ، އެހެންވެ ކޮންމެސް މީހަކު ކުޓުވާލީ، މިއޮތީ ވާ ގަވްމެއް،
ދޮން އާމިރު
04 August 2016
މިސަރުކާރުގައި ހުއްދަ މިބަހަކީދެން ހަމަ ނެތްބަހެއް...