ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝަމްއޫން (ވ): އޭނާގެ ބަންދަށް 15 ދުވަސް ވަނީ އިތުރުކޮށްފައި.--ފޮޓޯ:ސޯޝަލް މީޑިއާ
03 އޯގަސްޓް 2016 - 14:14
ފުލުހުންނާއި ސިފައިންނާ މެދު ނަފުރަތު އުފައްދައި ހަމަނުޖެހުން އުފައްދަން އުޅުނު ކަމުގެ ތުހުމަތުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ފުލުހުން ހައްޔަރުކުރި ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކަމަށްވާ ޝަމްއޫން ޖަލީލް (ލޫކަސް ޖަލީލް) ގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްދިނުމުން އެ ނިންމުން މިއަދު ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ޝަމްއޫނުގެ ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިދިޔަ ހޮނިހިރު ދުވަހު ވަނީ 15 ދުވަސް އިތުރުކޮށްދީފަ އެވެ.
ފޭސްބުކާއި ޓްވިޓާގައި ރައީސް އަބްދުﷲ ޔާމިނަށާއި ސަރުކާރުގެ އިސްވެރިންނަށް ފާޅުގައި ފާޑުކިޔަމުން އަންނަ ޝަމްއޫން ހައްޔަރުކުރީ ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި އޭނާ އާއި އިތުރު ބަޔަކު ބައިވެރިވެގެން ރާއްޖޭގެ ދިފާއީ ބާރުތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެދޭ ގޮތަށް ވާހަކަ ދައްކައި މުޖުތަމައުގައި ހަމަނުޖެހުން އުފައްދަން އުޅޭ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގަ އެވެ.
ޝަމްއޫން ހައްޔަރުކުރި އިރު ކުރި ޓްވީޓަކާ ގުޅިގެން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގާފައިވެ އެވެ. އަދި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން އުފައްދާފައިވާ އިއްތިހާދު، މޯލްޑިވްސް ޔުނައިޓެޑް އޮފޮޒިޝަންގައި ހިމެނިވަޑައިގަންނަވާ ތިން ބޭފުޅަކާއި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒު އަބްދުލް ލަތީފު ވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯޯޯލް
08 August 2016
މީހުން ސޯޝަލް މީޑީއާގައި ކުރާކަންކަން ފުލުހުން ކޮންމެހެން ބަލާކަށް ނުޖެހޭ. މަގުމަތީގައި ރޯމާދުވާލު ކުރާ ކުށްތައް ތިޔަ ފުލުހުންނަށް ނުފެނޭ އަދި ނުވެސް ހުއްޓުވޭ، މިއީ މިއަދުގެ ހާ؛ަތަކީ.
ހަރުގެދޮށުން
04 August 2016
ބައެއްގެ ވަސްވާހުގައިޖެހި ލޫކަސް ސައްމޫނު ނޫނަކަސް މިގައުމުގައި އެތައް ޒުވާނުންތަކެއް ހަލާކުވެނިމިދާތީ ހިތާމަކުރަންޖެހޭނީ އެކުދިންގެ މައިންބަފައިން އެކަންޏެއްނޫން !
ކާމް
04 August 2016
ވެރިކަމާ ހެދި ބޫތުކައިގެން އުޅުނު ސަރުކާރު އެއޮތި ވެއްޓިފަ. ދޮން މީހުންގާތަށް ގޮސްގެން އެވެރިން އެތިބީ މިސަރުކާރަކުން ޣައިރު ޤާނޫނީ އަމުރެއް ނުކުރާނެ . ފުލުހުންނަކަށް ޣާޒީން ވަގަށްނަގާކަށް ރައީސް ޔާމީން ނާންގާނެ
ބޯތަލް
04 August 2016
މިކަހަލަ މީހުންނާހެދި ގައުމު ފަސާދަ ވަނީ.
އެފް
03 August 2016
FreeLucas# މިނިވަންކުރޭ!
ސަލަމް
03 August 2016
ވައްކަން ކުރީމަ އެވާހަކަ ދެއްކި ކުއްޖާ ގޯސް. ދުއާ ކުރި މީހުންނަށް ފުލުހުން އަނިޔާ ކުރުމުން އެވާހަކަ ލިޔުނު ކުއްޖާ ކުށްވެރިވާނީ ޒިމްބާބުވޭ އުތުރުކޮރެޔާ ފަދަ ޚުދުމުހުތާރު ޤައުމުތަކުގައި. ތިޔަ ދައުވާ އަނބުރާ ގެނައުމަށް ސަރުކާރަށް ގޮވާލަން.
ހާރު
03 August 2016
ކޯޓަށް ހުށަހެޅިޔަސް ހުކުމް ނެރެނީ ސަރުކާރުން ބޭނުންވާ ގޮތަށް ކަމަށް ވަންޏާ ފާޑު ކިޔާނެ. މި ޑިމޮކްރެޓިކް ޒަމާނުގައި ތިފަދަ ދައުވާއެއް ކުރުމުން ރާއްޖެ މިދަނީ ފަހަތަށް. FreeLucas#
އަހުމަދު
03 August 2016
ސަލާމަތީ ބާރުަތަކާއި ދެކޮޅު ޝުޢޫރު އާއްމުންގެ މެދުގައި އުފެދެނީ އެމީހުން ކަން ކުރާ ގޮތުން. މީހަކު ކޮށްލާ ޓްވީޓަކުންނެއް ނޫން.
ބޯ ކޮބާ
03 August 2016
މިހާރު ފުލުހުންް ތަންކޮޅެ ހަރުދަނާ ވާންޖެހޭ. މީހަކު ކިޔާ އެއްޗަކުން ރިހަ ނުކެއްކޭނެކަން އެނގެން ޖެހޭ އަދި މީހުން ކިޔާ އެއްޗިހީގެ ފަހަތުން ދުވާ ބަޔަކަށް އެހެން ކަމެއް ކުރާނެ ފުރުސަތު ނުލިބޭނެ. 21ވަނަ ގަރުނުގެ މީހުންނަ ވެގެން ނޫނީ މިހާރުގެ މަަސްއަލަތައް ހައްލު ނުކުރެވޭނެ. ރަނޑަ މެދު ޒަމާނުގެ އަންހެނުން ގޮތައް އަރާރުންވެގެން އޮރިޔާން ވުންކަހަލަ ކަމެއް ތީ. ދޮގުވާހަކަ ދައްކާ ހަޅެލަވަމުން ދުވާ މީހުން އެކަން ކުރަނީ އެމީހުންގެ މޮޔަކަމުން. އެވާހަކަތަކުން ފުލުހުން ވާބަދުނާމައްވުރެން ފުލުހުން މީހުންނާ މުއާމަލާތު ކުރާގޮތް މާހުތުރުކޮށް ފެންނަނީ
ފައި
03 August 2016
FreeLucas# ދޫކޮށްލާ.