ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް ކުރިމަތިލީ މީހުންނަށް ފޯމު ދޫކުރަނީ-- ފައިލްފޮޓޯ/މިހާރު
16 އޯގަސްޓް 2018 - 15:20
މި ސަރުކާރުން އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓަށް އެދޭ ފޯމު އަންނަ ހައްޖު ދުވަހާއި އަޟްހާ އީދު ދުވަސް އަދި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ބަލައިގަތުމާއި ދޫކުރުން އޮންނާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
"ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރާ ފްލެޓުތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ހުޅުވައިލީ މިދިޔަ ޖޫން މަހުގެ ތިނެއްގަ އެވެ. ފްލެޓަށް ކުރިމަތިލާން ހުޅުވައިލީ 17 ކެޓަގަރީއަކަށް ބަހާލައިގެން ނެވެ.
އެ މިނިސްޓްރީން ބުނީ ހައްޖު ދުވަހާއި އީދު ދުވަހުގެ އިތުރުން ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ވެސް ފޯމު ބަލައިގަންނާނެ ކަމަށެވެ. ފޯމު ބަލައިގަންނާނީ ހެނދުނު 10:00 އިން މެންދުރު 12:00 އަށް، މެންދުރު 2:00 އިން ހަވީރު 4:00 އަށެވެ.
މި އަހަރުގެ ހައްޖު ދުވަހާއި އީދުގެ ބަންދަށް ފަހު ސަރުކާރު ހުޅުވޭނީ މި މަހުގެ ގަ އެވެ.
ހުޅުމާލޭގައި އިމާރާތްކުރާ ފްލެޓްތަކަށް ފުރުސަތު ހުޅުވައިލުމުން ގާތްގަނޑަކަށް 50،000 ފޯމު ވަނީ ނަގައިފަ އެވެ. ފްލެޓަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް އޮންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޮކެޓް ސައިންސް
17 August 2018
ފޯމުނަގާމީހުންގެ އަދަދު 100000 އަރުވާފަ އެތަނުން 50000 މީހުންނަށް ވޯޓުނުލެވޭ ގޮތް ހެދީމާ ކަލޭމެން ބޭނުންވާ ގޮތް ވީއެއްނުން. އެމީހާއަށް ނޭގިވެސް އެމީހާގެ ފޯމުނަގާފަ މާލޭ ދަފްތަރުގަ ވެސް ޖައްސުވާނެ. މިއުޅެނީ ވޯޓާސް ލިސްޓްގައި ފޮޓޯ ނުޖެހުމާއި. ރީރަޖިސްޓްރީވާން ނޭދޭމީހުން ރީރަޖިސްޓްރީ ކުރުމާއި. ދެ އައިޑީ ކާޑުގެ ވެރިން ތިބުމާއި. ސަރުކާރު މުއައްޒިފުންނަށް މަޖުބޫރު ކޮއްގެން ރީރަޖިސްޓްރީ ކުރުމާއި. ވޯޓުލާ ދުވަސް ކައިރިވީމަ ސިފައިންނާއި ފުލުހުންނާއި ސަރުކާރު އޮފީސް ކުންފުނި ތަކުގެ މީހުން ޑިޔުޓީ ޓާމުތަކަށް ދުރު ރައްރަށް ފޮނުވާލުމާއި. ގައުމީ ސަލާމަތަށޭ ކިޔާފަ ވޯޓުފޮށި ގުނަން މާލެގެނަދިޔުން ކަހަލަ ކަންކަމެވެ. މިހެން ގޮސް ކިޔާނެ ކަމެއްނެތެވެ.... ރައްޔިތު މީހާގެ ފަރުދީ ޒިންމާ މިކަހަލަ ކަންތަކުން ސަލާމަތް ވުމަށް އޮންނަންވާނެއެވެ.
އިބްޝާ
16 August 2018
23 ސެޕްޓެމްބަރެފަހުން ތީގެ ހަޤީގަތް ރައްޔިތުންނަށް އެގުނީމަ އިހްސާސް ކުރެވޭނެ ، އެކަކަށްތުރެ ކުރިން އަނެކަކު ތިފޯމު ހޯދަން ، ކައިރީގަ ހުރިމީހާ ކޮއްޕާ ޒުވާބުކޮށް އެއްމެ ގާތް މީހާއާވެސް މޫނުކެޑެން މިޖެހުނީ ބޭކާރު ކަމެއްގަކަން ... ރައްޔިތުންގެ އިތުބާރު މަތިމައްޗަށް ގެއްލިފައިވާ ބަޔަކު ތިފޯމުތައް ބަލައިގަނެ ޕޮއިންޓުދީހެދުމަކީ ބާތިލުކަމެއް ކަމުގައި ނޫނީ ނުދެކެން ..
ފައި
16 August 2018
ވޯޓުގެކުރިންފުލެޓުލިބޭނެކަންޔަގީންވާނެތަ
އުމަރުބެ
16 August 2018
ސަރުކާރުގެ މުއައްޒަފުންނަށް އިތުރު އިނާޔަތްދީގެން ޕީޕީއެމުން ހިންގާ ކެމްޕޭން
ފަލާހް
16 August 2018
ޝުކުރިއްޔާ. ތެދު ނިޔަތުގަ ކުރާ ކަންކަން ހުންނާނީ ތިހެން. ވ ސަޅި
ކިއްލިބާޝާ
16 August 2018
ހިޔާ މެކުހަށް ޖަހާފަދޯ މިއޮތީ.