މާލެ ނާދެވިފައި ތިބި ދިވެހީންގެ ތެރެއިން ބަޔަކު ޓްރިވެންޑްރަމަށް ފޮރިން މިނިސްޓްރީގެ ހަވާލުގައި ގެންގޮސްފައި: ކޮޗިން އެއާޕޯޓު ވަނީ މި މަހުގެ 26 ހަމައަށް ބަންދުކޮށްފައި -- ފޮޓޯ / ފޮރިން މިނިސްޓްރީ
17 އޯގަސްޓް 2018 - 13:49
އިންޑިޔާގެ ކެރަލާ ސްޓޭޓަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން ކޮޗިން އެއާޕޯޓް ބަންދު ކޮށްފައި ވާތީ، ރާއްޖެ ނާދެވިފައި ތިބި ދިވެހި އާއިލާތައް ޓްރިވެންޑްރަމަށް ގެންދިއުމުގެ މަސައްކަތް ރާއްޖޭގެ ފޮރިން މިނިސްޓްރީން ފަށައިފި އެވެ.
ބޯކޮށް ވާރޭހި ލިބުނު ގެއްލުންތަކުގެ ސަބަބުން ކޮޗިން އެއާޕޯޓު ވަނީ މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް ބަންދުކޮށްފަ އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނީ، ކޮޗިންގެ އެއާޕޯޓު ބަންދު ކުރުމުގެ ސަބަބުން، ރާއްޖެ ނާދެވިގެން އުޅޭ 24 އާއިލާއަކަށް މިހާރު އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އެއީ ގާތްގަނޑަކަށް 100 މީހުންނެވެ.
Due to current flooding situation resulting from heavy rain in #Cochin India, Cochin Airport will remain closed till 26 Aug. ⁰@MDVTRV is currently carrying out rescue efforts to safely transport approx 24 stranded Maldivian families (abt 100 ppl) from Cochin to Trivandrum asap.
— MFA Maldives (@MDVForeign) August 16, 2018
ފޮރިން މިނިސްޓްރީން ބުނިގޮތުގައި، ކޮޗިން އިން ޓްރިވެންޑްރަމަށް ދިއުމަށް ބަސްތަކެއް ވަނީ ހަމަޖައްސައިފަ އެވެ.
އެމީހުން ވީހާ ވެސް އަވަހަކަށް ރާއްޖެ ދެވޭނެ ގޮތެއް ސްރީ ލަންކަން އެއާލައިންސާއި މޯލްޑިވިއަންއާ ގުޅިގެން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
ކެރެލާ އަށް ކުރަމުންދާ ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވެ ގިނަ ގެތަކަށާއި ވިޔަފާރިތަކަށް ވަނީ ބޮޑު ގެއްލުމެއް ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހަންމާދީ
18 August 2018
ޢެމީހުން ގެންގޮސް ޓްރިވެންޑްރަމަށް ދޫކޮށްލީ. ބުނީ އަމިއްލައަށޭ ތިބެންޖެހޭނީ. ކާންޖެހޭނީ. ބަހެއްހަމަޖެއްސުން ފިޔަވާ އެހެން އެއްވެސް ކަމެއް ނުކޮށްދޭ.
ސަމްސޫން ޖަނާ
18 August 2018
ޜާއްޖެއިން ކޮންބޭސް ފަރުވާއެއް ނުލިބެނީ ކޮންތައުލީމެއް ނުލިބެނީ..އެއްޗެކޭކިޔައިގެން ފިރިންނާދުރުގަ އުޅެންބޭނުންވާ މީހުނާ މަޖާކުރަން އުޅޭމީހުން ގިނަވާނީ..ހައްސަކޮށް ހުވަދު އަތޮޅުމީހުން މިހާރުވެސް ބަލާ ދިރާސާކުރޭ..
ރިޔާޒު ރަސީދު
17 August 2018
ސުކުރިއްޔާ ރައީސް
ރެފުޖީ
17 August 2018
މިތަނަށް އައިސް މި އުޅެނީ މިނޫން ގޮތެއް ނެތިން. ބޭސްފަރުވާ ކުރުމަށްޓަކައ..ތަންދޮޜު ނޭގުނަސް ޖެހޭތަ ކޮމެންޓް ކަރަން
މަރޭމިތުރާ
17 August 2018
[[އަނިޔާތަކަށް ބޭރުންލިބޭ އަޅާލުންތައް އިތުރުކުރާށޭ! އުނިކަން ފިލުވައި ގައުމުން އެހީތައް އިތުރުކުރާށޭ!]]
މަރޭމިތުރާ
17 August 2018
ބޭރުގައުމުގަ ދިވެހިންނަށް ދިމާވާ އެކި އެކި މައްސަލަ ހައްލުކުރުމަކީ ދިވެހި ގައުމުގެ ވަރަށް ބޮޑު ޒިންމާއެއް! މިކަން ހަނދާން ނައްތާލައިފައި ތިބެނީ ސަރުކާރުތަކުން. މިގޮތުން އެންމެ ބޮޑަށް ފަރުވާކުޑަކޮށްފައިވަނީ ބޭރުގައުމުތަކުގަ ބަންދުގަ ތިބޭމީހުންނަށް!ދިވެއްސަކު ބޭރުގައުމެއްގަ ބަންދުކޮށްފިނަމަ ބަލަންޖެހޭކަނަކަން:1 ބަންދުކުރާކަން އެނގުނުވަގުތު ލަސްނުކޮށް އެމްބަސީން އެމީހަކު ގާތައް ޒިޔާރަތްކުރުން2-އާއިލާއަށް އެކަން އެންގުން3-އޭނާ ބަންދުވާއިރުންފެށިގެން އޭނާ އަށް ކާންލިބެނީ ހަލާރު ހަރާމް ތަކެތިތޯ ބެލުން. ބަލައި އިސްލާމުންނަށް ހަރާމް ތަކެތި ކާންދޭނަމަ މުސްލިމުން ކާތަކެތި ލިބޭނޭގޮތް ހަމަޖައްސައިދިނުން4-އޭނައަށް ނަމާދުކުރެވޭގޮތައް އަތުގައި ތަކެތި ނެތްނަމަ މުންޑު ތާކިހާފަދަ ތަކެތި ހޯދައިދިނުން.
ނަން
17 August 2018
ތިތަނުން އަންނަން އުޅެގަ ދެން. ދިރިއުޅެން ދާނެ ތިނޫން ގައުމުތައްވެސް އެބަހުރި...
ކުރޮޅި
17 August 2018
ދިރިއުޅޭކަށް ނޫން މިތަނަށް އައިސް މިއުޅެނީ. ރާއްޖެއިން ކުރެވެން ނެތް ބޭސްފަރުވާއަށް ކޮޗިންއަށް ދިވެހިން އައިސް އުޅެނީ!
ދިވެއްސެ
17 August 2018
އަހެމެންވެސް މީ ދިވެހިން އެކަމް ތިކަހަލަކަމެއް ނޭގެ!!!
ކިއްލިބާޝާ
17 August 2018
100 ވޯޓް ޔަގީން.