ޚަބަރު / ރައީސް މައުމޫން އަބްދުލްގައްޔޫމް

ޖަލުގައި މައުމޫންގެ ލޮލުގެ ފަރުވާއަށް ޑރ. ޖުނައިދުގެ ތައުރީފް

ޑރ. ޖުނައިދު (ކ) އަދި މައުމޫން: މާފުށީ ޖަލުގައި މައުމޫނަށް ދެއްވި ފަރުވާއަށް ޑރ. ޖުނައިދު ތައުރީފް ކުރެއްވި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް މާފުށީ ޖަލުގައި ލޮލުގެ ފަރުވާ ދިނުމަށް، ކަރެކްޝަނަލް ސާވިސް އިން ފޯރުކޮށްދިން ހިދުމަތްތަކަށް ލޮލުގެ ހާއްސަ ޑޮކްޓަރު އަބްދުﷲ ޖުނައިދު ވަރަަށް ބޮޑަށް ތައުރީފް ކުރައްވައިފި އެވެ.

އެކަމަކު މައުމޫނަށް ކުރިމަތިވެވަޑައިގެންފައިވާ ސިއްހީ އެހެން މައްސަލަތަކަށް މި ވަގުތަށް ބޭނުންވާ އިންތިޒާމްތައް ހަމަޖައްސައިނުދިނުމަކީ، ޑރ. ޖުނައިދު ވިދާޅުވާ ވާހަކައާ މުޅިން ތަފާތު ދެ ކަމެއް ކަމަށް، މައުމޫންގެ ވަކީލުން ވިދާޅުވެ އެވެ. އެހެންކަމުން ވަކީލުން ދެކެވަޑައިގަންނަވާ ގޮތުގައި މި ދަނޑިވަޅު އޭނާ އެ ވިދާޅުވި ވާހަކަ އިން ހަގީގަތް ފޮރުވެ އެވެ.

މައުމޫންގެ ސިއްހީ ކަންކަމަށް، އިހުމާލުނުވާ ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނި ކަމަށް "މިހާރު"ގައި ޖެހި ހަބަރު ޝެއާކުރައްވަމުން ފޭސްބުކްގައި ޑރ. ޖުނައިދު ވިދާޅުވީ މައުމޫންގެ ޕާސަނަލް ޑޮކްޓަރެއްގެ ގޮތުގައި 11 އަހަރަށް ވުރެ ގިނަ ދުވަހު އޭނާ ހިދުމަތް ކުރައްވާފައިވާ ކަމަށެވެ. އަދި އެ މަނިކުފާނަށް ވަރަށް ބޮޑަށް އިހްތިރާމް ކުރައްވާ ކަމަށާއި މައުމޫން ޖަލުގައި އޮންނަވަން ޖެހިވަޑައިގެންނެވުމުން އެކަމާ ހިތާމަކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެ އެވެ.

"އެކަމަކު އެމަނިކުފާނުގެ ނަމުގައި، އެއްވެސް މީހަކު ހަގީގަތް އޮޅޭ ފަދަ، ދޮގު ޕްރޮޕެގެންޑާ ފަތުރައިގެން ނުވާނެ އެވެ،" ފޭސްބުކްގައި ޑރ. ޖުނައިދު ލިޔުއްވި އެވެ.

އޭނާ ވިދާޅުވީ މައުމޫންގެ ލޯ ޗެކް ކުރެއްވުމަށް ޖަލަށް ވަޑައިގެންނެވި ކަމަށާއި އެމަނިކުފާނާ މެދު (ކަރެކްޝަނަލް) އިން އަމަލު ކުރަނީ އިހްތިރާމާ އެކު ކަމަށެވެ. އަދި ސިއްހީ ހާލުކޮޅު އަބަދު ވެސް މޮނީޓާ ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ޖުނައިދު ވިދާޅުވީ މައުމޫންގެ ލޯ ޗެކް ކުރުމަށް ކަރެކްޝަނަލް އިން އެދުމުން އޭނާ އެދިވަޑައިގަތީ އެކަމަށް ބޭނުންވާ ސާމާނު ހުންނަން ޖެހޭނެ ކަމަށެވެ. އަދި އޭގެ ތެރޭގައި ވަރަށް އަގުބޮޑު އެއްޗެހި ވެސް ހުންނާނެ ކަމަށް ކަރެކްޝަނަށް އެންގެވި ކަމަށް ވިދާޅުވި އެވެ. އެކަމަކު ކަރެކްޝަންސުން ބުނީ، ޖުނައިދު ވިދާޅުވި ގޮތުގައި، މާފުށީ ޖަލުގައި އެފަދަ ސާމާނު ނުހުންނާނެ ކަމަށެވެ.

އޭގެ 24 ގަޑިއިރު ފަހުން ކަރެކްޝަނުން އެދުނީ މާފުށީ ޖަލަށް ވަޑައިގަތުމަށް ކަމަށާއި އޭރު އެތަނުގައި ބަލިމީހުން ބަލާ އެއް ކޮޓަރި ވަނީ "ފުރިހަމަ ލޮލުގެ ކުލިނިކަކަށް" ބަދަލުކޮށްފައި ކަމަށް ޑރ. ޖުނައިދު ވިދާޅުވި އެވެ.

އޭނާ ލިއުއްވި ގޮތުގައި "މިއީ އެންމެ ބަލިމީހެއް ބަލަން ޖަލުގައި ހެދި ލޮލުގެ ފުރަތަމަ ކްލިނިކް" އެވެ.

މައުމޫން ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމަށް ވަޑައިގަތުމަށް ލޯންޗުން ފައިބައިވަޑައިގަންނަވަނީ. --ފޮޓޯ: މިހާރު/ ހުސެއިން ވަހީދު

"މިއީ އާދައިގެ ޕޭޝަންޓެއް ނޫން ކަމަށް ގަބޫލުކުރަމެވެ. އެކަމަކު އެމަނިކުފާނާ މެދު ޖަލުގައި އަޅާނުލާ ނަމަ، މި ގޮތަށް އަމަލު ކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟" ޖުނައިދު ވިދާޅުވި އެވެ.

އޭނާގެ ޕޯސްޓް ނިންމާލެވީ "ނޭނގޭ ކަންކަމުގެ ވާހަކަ ދައްކައި، ކޮމެންޓްކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް" ވިދާޅުވެ އެވެ.

އެކަމަކު ޖުނައިދުގެ އެ ވާހަކަ، މައުމޫންގެ ސިއްހީ ހުރިހާ މައްސަލައަކަށް ނުފެތޭ ކަމަށް ވަކީލުން ގަބޫލުކުރައްވަ އެވެ.

މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ޑރ. ޖުނައިދަކީ މޮޅު ޑޮކްޓަރެއް ކަމަށާއި އެކަމަކު ވަކީލުންގެ ކަންބޮޑުވުން އޮތީ، އޭނާ އެ ދެއްކެވި މިސާލު ނޫން އެހެން ކަމެއްގައި ކަމަށެވެ. އެއީ ރައީސް މައުމޫންގެ ހާލުކޮޅު ހުރި ގޮތުން، އެމަނިކުފާނު ވެއްޓި ގެއްލުމެއް ވެދާނެ ކަމުގެ ބިރު އޮތް ކަމަށް ޑޮކްޓަރުން ދީފައިވާ ލަފަ އެވެ.

"ވެއްޓި ގެއްލުމެއް ވެއްޖެ ނަމަ ކަރެކްޝަނަލް އިން ފަރުވާދޭނެ. އެކަމަކާ އަޅުގަނޑުމެން ދެބަހެއް ނުވަން. އެކަމަކު އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ އެމަނިކުފާނު ވެއްޓިދާނެ ކަމުގެ ބިރު އޮތުން،" ޝަމީމް ވިދާޅުވި އެވެ.

"ޑޮކްޓަރުން ވެސް ލަފާ ދެނީ މައުމޫން ގެއަށް ބަދަލުކުރަން ނުވަތަ އެކަށީގެންވާ ފަރުވާ ދެވޭ ތަނަކަށް ބަދަލުކުރަން. އެގޮތަށް އަމަލު ނުކުރުމަކީ އިހުމާލެކޭ އަޅުގަނޑުމެން މި ބުނަނީ."

ވަކީލު ހުސެއިން ޝަމީމް: މައުމޫންގެ ހާލާ މެދު ކަންބޮޑުވުން ފާޅުކުރައްވާ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އޭނާ ވިދާޅުވީ މައުމޫނަށް މިހާރު ދިމާވެފައިވާ ސިއްހީ އެހެން މައްސަލަތަކާ ހެދި އެމަނިކުފާނަށް އޮތް ބިރު ބޮޑުކަމުން ޑރ. ޖުނައިދުގެ އެ ވާހަކައިން ހަގީގަތް އޮޅޭ ކަމަށެވެ.

ޑރ. ޖުނައިދު މާފުށީ ޖަލަށް ވަޑައިގެން، މައުމޫންގެ ލޮލަށް ފަރުވާ ދެއްވި ކަމަށް ވިދާޅުވި ނަމަވެސް ޝަމީމް ވިދާޅުވި ގޮތުގައި އޭނާއަށް އެނގިވަޑައިގެންފައި އޮތީ ލޮލުގެ ފަރުވާއަށް މައުމޫން މާލެ ގެންނެވި ކަމެވެ.

"އޭގެ ސަބަބެއް އަޅުގަނޑުމެންނަކަށް ނޭނގޭ. އަދި މާލެ ގެންނެވީ، ޑރ. ޖުނައިދު ހިދުމަތް ދެއްވަނިކޮށް ކަމެއް ވެސް ނޭނގޭ. އެކަމަކު އަޅުގަނޑުމެން މި ދައްކަނީ، މައުމޫންގެ ހާލާ ގުޅޭ ގޮތުން ޑޮކްޓަރުން ދެއްވާ އިރުޝާދަށް އަމަލު ނުކުރެވުމުގެ ވާހަކަ،" ޝަމީމް ވިދާޅުވި އެވެ.

މައުމޫންގެ ހާލަތާ މެދު ވަކީލުން ކަންބޮޑުވުން ފާޅުކޮށް ދެއްކި ވާހަކައަށް ރައްދުދީ، ކަރެކްޝަންސުން ރޭ ނެރުނު ބަޔާނެއްގައި ބުނީ މައުމޫން މާފުށީ ޖަލަށް ގެންދިއުމާ އެކު އެމަނިކުފާނަށް ޚާއްސަ އުސޫލުތަކެއް ހަމަޖައްސައިދީފައިވާ ކަމަށެވެ. އެ ގޮތުން އެމަނިކުފާނު ހުންނަވަނީ ދަތިކަމެއް ނެތި އުޅެވޭ ގޮތަށް ވަކިން ހުންނަ ތަނެއްގައި ކަމަށާއި ހާލުކޮޅު ބައްލަވަން ކޮންމެ ދުވަހަކު ޖަލަށް ވަޑައިގަތުމުގެ ފުރުސަތު އަނބިކަނބަލުން ނަސްރީނާ އިބްރާހިމަށް ދީފައި އޮންނަ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި މައުމޫންގެ ކަންކަން ބަލަން އަބަދުވެސް މީހަކު ބަހައްޓާފައި ހުންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

މައުމޫން ގެޔަށް ބަދަލުކުރަން ޑޮކްޓަރުން ލަފާ ދިން ފަހުން މި ފަހުން ދޫނިދު އަށް ވެސް އެމަނިކުފާނު ބަދަލުކުރި އެވެ. އެކަމަކު 24 ގަޑިއިރު ނުވަނީސް އަނެއްކާ ވަނީ މާފުށީ ޖަލަށް ގެންގޮސްފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ބޭބޭފުޅު ހައްޔަރުކުރީ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެންނެވެ. އަދި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ކުށުގައި އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް މިހާރު ވަނީ އައިސްފަ އެވެ. އޭގެ އިތުރުން އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވެސް ޕީޖީން ވަނީ އުފުލައިފަ އެވެ. އެ ޝަރީއަތްތައް ދަނީ ކުރިއަށެވެ.

ރައީސް ޔާމީނަށް މައުމޫން ކުރެއްވި ތާއީދު މީގެ ދެ އަހަރު ކުރިން އެމަނިކުފާނު ވަނީ އަނބުރައި ގެންދަވައިފަ އެވެ. އޭގެ ފަހުން މައުމޫން ހުންނެވީ އިދިކޮޅު ކޯލިޝަންގެ އެއް ލީޑަރުގެ ގޮތުގަ އެވެ. އެހެންކަމުން މައުމޫންގެ މައްޗަށް ހައްޔަރުކޮށްފައި ވަނީ ސިޔާސީ މަގުސަދެއްގައި ކަމަށް، އެމަނިކުފާނުގެ ވަކީލުންނާއި ސަޕޯޓަރުން ބުނެ އެވެ.

65 ކޮމެންޓް, 651 ރިއެކްޝަންސް

icon happy icon happy 77%
icon sad icon sad 3%
icon angry icon angry 21%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަތްދިހަފަހެއް 2020

28 August 2018

ޑރ. ޖުނައިދުގެ ޕްރޮފެޝަނަލިޒަމް ކޮބާތޯ؟ މަސްހޫރުވާންވެސް ވަކިވަރެއް އޮންނާނެ ބަލިމީހުންނަށް ދޭ ފަރުވާގެ ވާހަކަ ސޯޝަލް މީޑީއާގައި ހާމަކުރުމަކީ އެޗިކުސް އާއި ޚިލާފުކަމެއް ޔާމީންގެ ސަރުކާރުން މަގާމެއް ބޭނުމިއްޔާ ފާޅުގައި ނުކުމެ އެވާހަކަބުނެލާ !

The name is already taken The name is available. Register?

މުނާ

28 August 2018

ޖުނައިދު ދެކެ ފޫހިވެއްޖެ

The name is already taken The name is available. Register?

ފިރުޓޭ

27 August 2018

މި ޖުނޭދަކީ ސިޔާސީ ވާހަކަ ދައްކާ އުޅޭ މީހެއް!

The name is already taken The name is available. Register?

ޅޮހުނު

27 August 2018

ޢަދީބައްވެސް ޖަލުގަ ތިހެދި ލޮލުގަ ކުލުނިކުން ފަރުވާދޭން ވީނުން. ޢޭނަވެސް ލޮލުގެ ޑައްޓަރަކައް ނުދެއްކިގެން އުޅޭތާ މިހާރު އަހަރަކައްވުރެ ގިނަދުވަސްވަނީ.

The name is already taken The name is available. Register?

ޕެޕީ

27 August 2018

އިދިކޮޅުން ގެންގުޅޭ އެންމެ ބޮޑު މާކެޓިންގ އުކުޅަކީ މި ސަރުކާރުގެ އަނިޔާވެރިކަމުގެ ވާހަކަ ދައްކައި މީހުންގެ ހަމްދަރުދީ ހޯދުން. އެކަން ބޭޒާރުކޮށްލުމަކީ ވާނެ ވަރަށް ބޮޑު ގެއްލުމެއް.

The name is already taken The name is available. Register?

މުޙައްމަދު ހާން

27 August 2018

ޝަމީމް ވަކީލަކަށްވީތީ ބަހުގައި ހިފައި ނުދަމާތީ، ސަމީމް ބުނެބަލަ އެހެންވިއްޔާ މައުމޫނުގެ ސީރިއަސްވާ ބައްޔަކީ ކޮބާ ވެއްޓިދާނެތީތަ މައުމޫން މަރުވެދާނެ ކަމަށް ބިރެއް ނުގަނޭތަ، ޖަލުގައި ހުރެވެސް މަރުވެދާނެ އަވަހަށް ދަމާފައި ނެރޭ

The name is already taken The name is available. Register?

ސަންޕަ

27 August 2018

ރައިށް މައުމޫނުގެ ލޯފުޅުގެ ވާހަކައެއް ދެއްކީ ޑރ. ޖުނައިދު އެކަނި. ޕޭޝަންޓުންނަށް ދޭ ފަރުވާގެ ވާހަކަ ތިޔަހެން ދެއްކުމީ ޚާއްޞަކޮން ސޯޝަލް މީޑީއާގައި މޫޅި ދުނިޔެއަށް ހާމަ ކުރުމީ ކިހާ އަންޕްރޮފެޝަނަލް ކަމެއް ކަން ނޭނގޭ ޑޮކްޓަރެއް!!!

The name is already taken The name is available. Register?

އިހުސާން

27 August 2018

މި އުޅޭ ލާދީނީ ފިކުރުގެ މީހުން ބޭނުންވަނީ ޤާނޫނީ ވަކީލުން މެދުވެރިކޮށް ރައީސް ޔާމިންގެ ސަރުކާރު ބަދުނާމުކޮށް ސަރުކާރުގެ އަގުވައްޓާލަންށެވެ. ލާދީނީ ފިކުރުގެ މީހުން ބޭންނުންވަނީ ދިވެހިރާއްޖޭގައި މިއަދުގެ ސަރުކާރުން ހިނގަމުން މިގެންދާ ބޮޑެތި ބިޔަ ޕޮރެޖެކްޓުތައް ހުއްޓުވާލުމުގެ ބޭނުމުގައިއެވެ.

The name is already taken The name is available. Register?

އިސްތަފާ

27 August 2018

ލޮލުގެ ޚާއްސަ ޑޮކްޓަރ ޖުނައިދަކީ އަޅުގަނދުވެސް ވަރަށް ރަނގަޅަށް ދަންނަ ބޭފުޅެއް، މައުމޫނަށް އިޙްތިރާމް ކުރައްވާ ކަމާއި ކުރައްވާ މިންވަރުވެސް އެނގޭ، މައުމޫނަށް ލިބެނީ އަނިޔާ ތޯ އަދަބު ތޯ ކަނޑަ އަޅުއްވާނީ ޑރ. ޖުނައިދެއް ނޫން. ޑޮކްޓަރުގެ ވާހަކަ ކިތަންމެހާވެސް ރަނގަޅު، އާޓިކަލުން އެނގުނު ޚުދު ރައީސް ޔާމީނު މައުމޫނާމެދު ދެކެވަޑައިގަންނަވަނީ ކިހިނަކުންކަން. ޖަލުގައި އެފަދަ ކްލިނިކެއް ކުއްލި ގޮތަކަށް ހެއްދެވުމުން ފުދޭނެ ކަމަށް ޤަބޫލުކުރަން. ޝުކްރިއްޔާ

The name is already taken The name is available. Register?

ފަސީ

27 August 2018

ސިއްހީ ހާލަތު ވަރަށް މޮނިޓަރ ކުރެވޭތީވެއެއްނު އުމުރުން 80 އަހަރުން މަތިވެފައިވާ މީހަކު އެކަނިމާއެކަނި ހުރަގެއެއްްގައި ބަހައްޓައިގެން އެއުޅެނީ. ތީތި ކަޑައޭ ބްރޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454