ވިލުފުށީގައި ހުންނަ ޕީޕީއެމްގެ ޖަގަހައިގައި މިރޭ ރޯވެ އަނދަނީ.
07 އޯގަސްޓް 2016 - 21:27
ތ. ވިލުފުށީގައި ހުންނަ ޕީޕީއެމްގެ ޖަގަހައިގައި މިރޭ ރޯވެ އެއްކޮށް އަނދައި ހުލިވެއްޖެ އެވެ.
ވިލުފުށީ ކައުންސިލް މެމްބަރަކު ވިދާޅުވި ގޮތުގައި މިރޭ ނުވައެއް ޖަހަން އުޅެނިކޮށް ހިނގި މި ހާދިސާގައި، އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. ނަމަވެސް ޖަގަހައިގައި ހުރި ތަކެތި އެއްކޮށް އަނދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ޖަގަހައާ އިންވެގެން ނޫނީ އެތަނުގެ ކައިރީގައި ގެތަކެއް ނުހުންނާނެ. އެހެންވެ އެހެން ގެއްލުމެއް ނުވޭ،" ކައުންސިލްގެ މެމްބަރު ވިދާޅުވި އެވެ.
ރަށުގެ އިރު އުތުރު ފަރާތުން ބޮޑުމަގަށް ވާ ގޮތަށް ހުންނަ ޖަގަހައިގައި ރޯވި އަލިފާންގަނޑު ނިއްވާލީ ފުލުހުންނާއި ރައްޔިތުން ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ށިއާ
08 August 2016
ލޯންގް ވޭ އެބަ ދައްކާލަން ޖެހޭ ވަން ސެންސް މަދު މީހުން.ޗަކޮއި ނިކަން އާދެބަލަ.
މުހަންމަދު
08 August 2016
ތިތަންހުރީ އިންޝުވަރކޮށްފަބާ؟ ރިޔާޒު ރަޝީދާއިގުޅޭ ޖަގަހައެއްބާ؟
ހުސްނުހީނާ
08 August 2016
ރޯވާނެ ރޯވާނެ އަދި ތިޕާޓީގައިވެސް ރޯވާނެ ތިއުޅެވެނީ ރޯނުވާގޮތަކަށް ނޫންވީޔާ!!
އަބޫ
08 August 2016
ކޮބާ ރިޔާޒު ރަޝީދު. ތާއީދު އޮތްވަރު ބަލާލަން އަލުން އަރާބަލަ.
މެންޓަލިސްޓް
07 August 2016
ތިޔައޮތީ ސަރުކާރަށް ކުޅެލާނެ ރަގަޅުބޯޅައެއް ލިބިފައެއްނު ، ހަދަންވީގޮތަކީ ތިޔަކަން އިދިކޮޅުއިއްތިހާދުގެ ބޮަލަށް ކަނޑާލައި ބޭނުންވާމީހުން ކޯޓްއަމުރުދަށުން ހައްޔަރުކޮށް ފޯންތަށް އަތުލާނީ ، ދެން ފުލުހުންގެ އިންޓަލްރިޕޯޓަކާއި ފޮރެންސިކް އިން ބުނާނީ ފޯންތަކުގައި މެސެޖްތަކާޢި އަލިފާންޖެހުމަށް އަންގާފައިހުރިކަމަށް ، ދެން ރާއްޖޭގެ އޮންނަގޮތުން ފުލުހުންގެ އިންޓަލްރިޕޯޓާއި ފޮރެންސިކް 2 ވަނަ ފަރާތަކުން ކިރޮސްޗެކްކުރެވޭގޮތެއްނޯންނާނެ ، އެހެންވީމަ ގާޒީންނަށް އެގަބޫލްކޮށް ބޭނުން ހުކުމެށް ކޮއްލެވޭނެ ، ދެން ބުނާނީ މީ އިސްލާމީ ޝަރީއަތޭ ،،،، ވާހަކަ ނިމުނީ ،،، ވަރަށް ސަލާމް
އަލިދީދީއައްޑޫސިޓީ
07 August 2016
މިހާރު ޖައްވުގައި އެނބުރެމުންދާ "ސިޔާސީ ގޭސް" ގަނޑުގެ އަސަރު ކުރީ ނޫންބާ؟
ލޯންގްވޭ
07 August 2016
ރޯވީތަ ނުވަތަ ކްރިޓިކްސް އިން ރޯ ކޮށްލީތަ. އައި ޑޯން ނޯ ވަޓް ޓު ސޭ. ކަންޓްރީ ސައިޑް މީހުން ގެ ތިއަރީ އަކީ އެއީ ޓާކުރު ތިއަރީ އެވެ. ޑިމޮކްރަސީ އަކީ އެމީހުން ހީކުރަނީ އެއީ ގަހުގައި އަޅާ އެއްޗަކަށް ކިޔާ ނަމެއް ކަމަށް. ވަން ސެންސް ލެސް އިން ކަންޓްރީ ސައިޑް. ލޯންގް ވޭ ޓު ގޯ..
ރޭސިސްޓު
08 August 2016
ފުރަަތަމަ ކަމަކަށް އަހަންނަށް އެނގޭ ކޯޑިނޭޓަރު އެކަން އަޅުވާނީ އިދިކޮޅު މީހުންގެ ބޮލުގަކަން. ދެވަނަ ކަމަކަށް ކަންޓުރީސައިޑޭ ކިޔަން މި ކާކު؟ މަތިން ވަޑައިގެންނެވި ބައެއްތަ؟ ކަންޓުރީސައިޑޭ ކިޔާފަ ވޯޓުހޯދަން ނާންނައްޗޭ. ސޭ ނޯ ޓު ރޭސިޒަމް
ޢަބްދުﷲނާފިޒު
08 August 2016
ވޯޓު ހޯދަންވީމަ ދެފައުކުރިއަށް ބާރުލާފަ ހާދަވަރަކަށް ވަން ސެންސް ލެސް މީހުން ގާތަށް ދުވެޔޭ އުތަ، ދެން ވޯޓު ހޯދަން އަތުވެއްޖެއްޔާ ކުޅިވަރު ދައްކާލާނަން، އހ.
ޝޯޓްވޭ
08 August 2016
"ކްރިޓިކްސް" އިން ރޮލެެއްނުކުރާނެ ރޯ ކުރާނީ "އާސަނިސްޓް" އިން. "ސިޓީސައިޑު"ގަ އުޅުއްވާ ބޭފުޅުންގެ ދިވެހި އަދި އިގިރޭސި ފެންވަރު ދައްވާނެ. ލިޔާ އެއްޗެހިން ދިވެހިބަހަށް ދެރަވާގޮތް ހެދީމާ އޮންނާނީ ޖޫރިމަނާވެފަ. ނަސީބަކުން އަބުރުގެ ބިލް ވުޖޫދަށް އަދި ނާދޭ. އެހެންނޫންނަމަ އޭގެ ދަށުންވެސް ކުއްވެރިވާނެ. ސިކުނޑީގައި އެއްވެސް ތެއްކަމެއް ނެތީ އުތަ؟