ސިނަމާލެ ބްރިޖާ ގުޅޭ ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައިގެން ހެދި މަގުގައި މީހުން ސައިކަލު ދުއްވަނީ: މިއީ ވައްކަމާއި ފޭރުމުގެ މައްސަލަތައް ގިނަ ދުވަސްވަރެއް.---ފޮޓޯ: އަހުމަދު ނިޝާތު / މިހާރު
15 ސެޕްޓެމްބަރ 2018 - 12:10
މާލޭގެ މޮބައިލް ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ، ވައްކަން ކުރަން އުޅުނު ދެ ވަގަކު، ރޭ ދަންވަރު ހައްޔަރުކޮށްފި އެވެ.
ފުލުުހުން ބުނިގޮތުގައި ޝާރިއު ވަރުދީ މަގުގައި ހުންނަ "މައިބޭ" ފިހާރައިގެ ތަޅު ހަލާކުކޮށްލައިގެން ވަދެ އުޅެނިކޮށް 32 އަހަރާި 39 އަހަރުގެ ދެ ފިރިހެނުން ހައްޔަރުކުރީ ދަންވަރު 3:00 ހާއިރު އެވެ. ވަތްގަނޑުގައި ހުރި ލާރިކޮޅެއް ފިޔަވައި، އެހެން އެއްޗެއް ގެންދިއުމުގެ ކުރިން އެ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
މީގެ ހައެއްކަ މަސް ކުރިން ހުޅުވި މައިބޭ ފިހާރައިން ވާހަކަދެއްކި މީހަކު ބުނީ އެތަން ފަޅާލައިގެން ދެ ވަގުން ވަދެފައި ވަނީ ރޭ ވާރޭވެހެމުން ދިޔަ ވަގުތު ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޥިސްނަ
19 September 2018
މީހަކު ދޭ ފިލާވަޅެއްގެ ޕްރެކްޓިކަްބއި އެކުދީން އެހަދަނީ. ކީކޭ ދެނ ބުނާނީ
ބަބުރު
16 September 2018
އެދެބޭފުޅުންނަށް ވަގުންގެ ގޮތުގައި މުހާތަބު ކޮއްފައިވާތީ އަނެއްކާ އަބުރުގެ ދައުވާކޮށް މިލިއަނުން ޖޫރިމަނާ ކޮއްފާނެ.
އެކަކު
16 September 2018
އެހެން ބުނެގެންނުވާނެ. ނޫސްތަކުގައި ނިޔުޓްރަލް ބަސްކޮށާރު ގެންގުޅެންވާނީ. މީހުންނޭ ބުނަންވާނީ.
ކުނބޯ
15 September 2018
މި ގައުމުގެ އަމާން ކަމާއެވެ. ވަރަށް ސަލާމް..
ކާޖާ
15 September 2018
ޓެގް އަޅުވާނެ ކަމެއް ނެތް. އަމާންވެއްޖެ.
The Strangers
15 September 2018
ސުރުޙީ ކިޔާލާފަ އެންޓް ކަމިންގ ހައްހައްހާ
ޓަނު
15 September 2018
މީގެ ދެ ރޭ ކުރިން ޗާންދަނީމަގު ފިހާރައެއްވެސް ފަޅާލި
ލޫޔާ
15 September 2018
ކުރަނިކޮށް ފެނިގެން ވެއްދިޔަސް އަނެއްދުވަހު އެބަ ދޫކޮށްލައޭ. ހެޔޮނުވާނެ.
ސައިޚް
15 September 2018
ދޫކޮއްލި މީހުންދޯ.
ސުންޕާ
15 September 2018
ވޯޓަށް މިނިވަންކުރި ކުދިންކޮޅަކަށް ވާނީ
ޕެޕާ
15 September 2018
އެއްދޮރުން ވައްދާފަ އަނެއްދޮރުން ނެރޭނެ. ސިޔާސީ ކަމެއްގަ ހައްޔަރު ކުރާމީހެއް ނޫނީ ބަންދަކު ނުތިބޭނެ ރާއްޖެއަކު
ފައިހާރާ
15 September 2018
ހަމަ ތެދައް ތިބުނި، ވެއދީ ހަމަ ނިކުތުން އޮންނާނި، ދަޅަދައްކަން ވައްދާނެ