ރިލްވާން އަށް ވީ ގޮތެއް ހޯދަން ހިންގާ ކެމްޕޭންގެ ޕޯސްޓަރެއް
08 އޯގަސްޓް 2016 - 13:48
މަރުގެ އިންޒާރުތަކަކަށް ފަހު، މިނިވަން ނޫހުގެ ނޫސްވެރިޔާ "ވަގަށް ނެގީ" އޭނާ ދިރިއުޅޭ އެޕާޓްމެންޓުންނެވެ. ރާއްޖޭގައި މިހާތަނަށް ހިންގި އެފަދަ އެންމެ ނުރައްކާތެރި ހާދިސާ އަށް މިއަދު ދެ އަހަރު ފުރުނުއިރު ވެސް އެ މައްސަލަ ކޮޅެއްގައި ނުޖެހެ އެވެ. ރިލްވާނަށް ވީ ގޮތެއް، ވަގަށް ނެގީ ކޮން ބަޔަކު ކަމެއް، ދުނިޔޭގައި ހުރި ކަމެއް ނުވަތަ އޭނާ ވަގަށް ނެގީ ކޮން ސަބަބަކާ ހެދި ކަމެއް މިހާތަނަށް ހޯދިފައެއް ނުވެ އެވެ. މިއީ، ހައްތާ ވެސް ފުނިޖެހިފައި ހުރި ސުވާލުތަކެވެ.
ލަސް ސްޕީޑެއްގައި ފުލުހުން ތަހުގީގު ކުރިއަށް ގެންދާއިރު، ދިވެހި ރައްޔިތަކު ގެއްލުވާލުން ސަރުކާރަށް މާ ބޮޑު މައްސަލައަކަށް ވެގެން އުޅޭ މަންޒަރެއް ވެސް ނުފެނެ އެވެ. އެކަމަކު މި މައްސަލައިގެ ކަންބޮޑުވުން ރިލްވާންގެ އާއިލާ އާއި ނޫސްވެރިންގެ ތެރޭގައި އިންތިހާ އަށް އެބަ އޮތެވެ. ރިލްވާނަށް ވީ ގޮތް ހޯދަން ސަރުކާރުން މާ ބޮޑު ސަމާލުކަމެއް ނުދިނަސް އޭނާ ވީ ގޮތެއް ނޭނގި ހޭދަވާ ކޮންމެ ދުވަހަކު ނޫސްވެރިންގެ ބިރުވެރިކަން ބޮޑުވެ އެވެ.
ރިލްވާން ގެއްލުވާލުން، ނޫސްވެރިން ސިފަކުރަނީ "ނޫސްވެރިންނާއި މީޑިއާތަކަށް ދިން ވަރުގަދަ އިންޒާރެއް"ގެ ގޮތަށެވެ. އެ އިންޒާރަށް ފަހު ފިޔަވަޅުތައް އަޅަމުން ގޮސް ހިޔާލުފާޅުކުރުން ހުއްޓުވުމުގެ ބިލާ އެކު "ނޫސްވެރިކަމުގައި ތަޅުއަޅުވަން" ސަރުކާރުން ތައްޔާރުވެފައިވާ ކަމަށް ނޫސްވެރިން ދެކެ އެވެ.
ރިލްވާންގެ ޕޯސްޓަރެއް ހިފައިގެން އޭނާގެ މަންމަ (ކ) އާއި ދައްތަ.
ރިލްވާންގެ ތަހުގީގާ ގުޅޭ ގޮތުން ސަރުކާރާއި ފުލުހުންގެ ޖަވާބުތަކާ މެދު ނޫސްވެރިން ހިތްހަމައެއް ނުޖެހެ އެވެ. ތަހުގީގާ ބެހޭ ގޮތުން ފުލުހުން ދައްކާ ވާހަކަ ދިމާނުވުމަކީ ވެސް ތަހުގީގާ ދޭތެރޭ ސުވާލު އުފައްދާ ކަމެކެވެ.
"ރިލްވާން ގެއްލުނު ހާދިސާ ކަވަރުކުރަން އުޅުނު ނޫސްވެރިއެއްގެ ގޮތުން އަޅުގަނޑަށް ފެނޭ މި ތަހުގީގުގައި ފުލުހުންގެ އިހުމާލު، ދައުލަތުގެ އިހުމާލު. ރިލްވާން ގޭ ކައިރިން ކާރަކަށް އަރުވައިގެން އޭނާ ވަގަށް ގެންދިއަ ކަން ބުނެދޭން ފުލުހުންނަށް ދެ އަހަރު ނެގި،" ރާއްޖެ ޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް ވިދާޅުވި އެވެ.
"ކާރަށް އެރުވީ ރިލްވާން ނޫން ކަމަށް ފުލުހުން ބުނަމުން ދިޔައިރު، އެ ކާރަށް އަރުވައިގެން ގެންދިޔައީ ކާކުތޯ ހޯދަން ޖެހޭ. އެ ހިސާބުން ތަހުގީގު އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިޔަ ނަމަ ރިލްވާނަށް ވީ ގޮތެއް ހޯދޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން."
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން: އޭނާ ގެއްލުވާލި މައްސަލަ އދ.ގެ ވޯކިން ގްރޫޕުން އަންނަނީ ބަލަމުން. --ފޮޓޯ: މިހާރު
މިހާރު ހުއްޓާލާފައިވާ ސީއެންއެމްގެ ޑެޕިއުޓީ އެޑިޓަރު މިސްބާހު އައްބާސް ވިދާޅުވީ ރިލްވާންގެ ތަހުގީގުގައި ގަސްތުގައި އިހުމާލުވެފައިވާ ކަމަށް ބުނެވޭނެ އެތައް ކަމެއް ހިނގާފައިވާ ކަމަށެވެ. ވަރަށް ފަހުން ދެ މީހަކު ހައްޔަރުކުރީ، އޭނާ ތުހުމަތުކުރި ގޮތުގައި، ރިލްވާންގެ މައްސަލާގައި އދ. އަށް ޖަވާބުދާރީވާން ސަރުކާރަށް އެންގުމުން، އެ މައްސަލަ ތަހުގީގުކުރާ ކަން ދެއްކުމުގެ ގޮތުންނެވެ. އެ ދެ މީހުން ވެސް މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
"ރިލްވާން އެރުވި ކަމަށް ބުނާ ކާރުގެ ވެރިމީހާ ވެސް އެހެރީ ދޫކޮށްލާފައި. ދިވެހި ރައްތިޔަކު ގެއްލިގެން ސުވާލުކުރީމާ ދައުލަތުން މިބުނަނީ ހޯދަން ޖެހޭ ފަރާތްތަކުން ހޯދާނެތާއޭ. އެހާ ލުއިކޮށް ދޫކޮށްލުން އެއީ ދައުލަތުން އިހުމާލުވުން،" މިސްބާހު ވިދާޅުވި އެވެ.
އޭނާގެ ވާހަކަ އަށް ތާއީދުކުރައްވަމުން "މިހާރު"ގެ އެސިސްޓެންޓް އެޑިޓަރު އަލީ ނާފިޒް ވިދާޅުވީ ރިލްވާންގެ ތަހުގީގާއި އޭނާ ހޯދުމުގައި ދައުލަތުން އިހުމާލުވުމަކީ ވެސް ދިވެހި ރައްޔިތުންނަށް ނުރައްކާތެރި މެސެޖެއް ލިބޭ ކަމެއް ކަމަށެވެ. އޭގެ މާނައަކީ، ނާފިޒް ވިދާޅުވި ގޮތުގައި، އެއްވެސް ރައްޔިތަކަށް ސަލާމަތްތެރިކަމެއް ނެތް ކަމަށް ދައުލަތުން ސާފުކޮށް ބުނުމެވެ.
ފިޔާޒް ވިދާޅުވީ ރިލްވާން ގެއްލުވާލުމަށް ފަހު ނޫސްވެރިކަމަށް ސިލްސިލާކޮށް ހުރަސްތަކެއް ކުރިމަތިކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖެ ޓީވީ އަށް ހުރަސްތައް ކުރިމަތިކުރުމާއި މީޑިއާތައް ބަންދުކުރުމާއި ނޫސްވެރިންނަށް މައުލޫމާތު ހޯދުމުގެ މަގު ބަންދުކޮށް ނޫސްވެރިކަން އޮބިއަޅުވަން ބިލެއް ހުށަހެޅުން އޭނާ ފާހަގަކުރައްވަ އެވެ.
"ރިލްވާން ގެއްލުވާލުމަކީ ފެށުން، އޭގެ ފަހުން ނިޒާމުގެ ތެރެއިން ނޫސްވެރިންނަށް ބިރުދައްކައި ނޫސްވެރިކަން އޮބިއަޅުވަން ސިލްސިލާ ކަންތައްތަކެއް ކުރަމުން މިދަނީ،" ފިޔާޒް ވިދާޅުވި އެވެ.
ރިލްވާން: އޭނާ ވަގަށް ނެގީ ދިރިއުޅޭ އެޕާޓްމެންޓް ކައިރިން.
އޭނާ ވިދާޅުވި ގޮތުގައި ރިލްވާން ހޯދަން ފުލުހުންނަށް ފުރުސަތު ލިބުނެވެ. އޭނާ ވަގަށް ނެގުމާ ގުޅޭ ހުރިހާ ސުވާލުތަކެއްގެ ޖަވާބު ވެސް ފުލުހުންނަށް ދެވެން އޮތެވެ. އެކަމަކު ގަސްތުގައި އެކަމަށް އިހުމާލުވުމުން އެކަމުގެ ހިތްދަތިކަން ރިލްވާންގެ އާއިލާ އާއި ނޫސްވެރިން ތަހައްމަލްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ފިޔާޒްގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ހިޔާލުފާޅުކުރުމުގެ ބިލާ އެކު، ރިލްވާން އަށް ވީ ކިހިނެއްހޭ އަހާ މީހާ ވެސް ކުޑަގޮޅީގައި އޮންނަން ޖެހޭ ގޮތަށް ސަރުކާރުން އަމާޒު ހިފާފައި ވުމެވެ.
ރިލްވާން ވަގަށް ނެގުމުގެ ފަހަތުގައި ވަނީ ކޮން ކަންތައްތަކެއް ކަމެއް ސާފު ނުވިއަސް އޭނާ ގެއްލުވާލީ ފާރަލުމަށް ފަހު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭނާ ގެއްލުމުގައި ގޭންގްތަކާ ގުޅުން އޮތް ކަމަށް ބުނެ ބަޔަކު ހައްޔަރު ވެސް ކުރި އެވެ. އެކަމަކު އެއްވެސް ހެއްކެއް ނެތް ކަމަށް ބުނެ، އެ އެންމެން ވެސް ވަނީ ދޫކޮށްލައިފަ އެވެ.
ސުވާލުތައް ހުރީ ހުރި ތަނުގަ އެވެ. ޖަވާބު ލިބޭނެ ގޮތެއް އަދިވެސް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންޓަލިސްޓް
11 August 2016
ތިޔަކަމާއި ކަންބޮޑުވެގެން އުޅެނީ އެންމެބައެއް ، ރާއްޖޭގެ އެހެންނޫސްތަކުން ތިޔަމާއިކަންބޮޑުވެގެން ކުރިއެއްވެސް ކަމެށް އޮތްކަމެއްފެންނާކަށް ނެތް ، ފުލުހުންނާޢި ތިޔަކަމާއި ސުވާލުކޮށް ހަދަނީ ކިތަށް ނޫސްވެރިންބާ ؟ މިނިވަންނޫސްގެ އޮފީހުގެ ދޮރަށް ކަތިވަޅިއެއް ޖެހި ބޭފުޅާއާއި ރިލްވާން ގެއްލުމާއި އޮތީ ކޮންގުޅުމެއްތޯ ސުވާލުކުރީ ކިތައް ނޫހުގެ ރިޕޯޓަރުންބާ ؟ ކުރީގެ ސީޕީހުސެންވަހީދުއަށް އެނގެނީ ކިހާވަރެއްކަން ސުވާލުކުރީ ކޮންބައެއްތޯ ؟ ނޫސްވެރިޔަކު ވަގަށްނަގައިގެން އުޅޭއިރު ރާއްޖޭގެ ހުރިހާނޫސްވެރިންތަށް ފުރަތަމަ ތިޔަކަމާއި އެންމެބާރަށް އުޅެންވާނެ ، އެކަމުއެޒިންމާ އަދާކުރެވިފަކައިނެތޭ ދެންނެވޭނީ ،، ވަރަށް ސަލާމް ،
އަހްމަދު
11 August 2016
މީހަކުގެއްލިގެން ވަގު ވިޔަފާރިކޮށްގެން ވަގަށްނަގއިގެން އެއްގޮތަކަށްވެސް ކަންބޮޑުނުވާނަމަ ކްންބޮޑުވާނެ ކަމެއް ނެތް އެއްކަމެއްގއިވެސް. ހުރިހާކަމެއްވެސް ފުރީ ހިޔާލި ފާޅުކުރުން ސިޔާސަތާއި ނުބެހުން ވެރިކަމާއި ނުތޮޅުން މިކަންތައްތަކާްއި ނުބއހެންޏާއި އެންމެ ރަގަޅު.
މަރިޔަމް
08 August 2016
ރިލްވާންގެ މަންމައަށާއި އާއިލާއަށް މާތްﷲ އިތުރަށް ހިއްވަރާއި ކެތްތެރިކަން ދެއްވާންދެއެވެ! މީ ވިސްނާލަންވެސް ނޭންގޭނެވަރުގެ ބޮޑު ދެރައެއް. މާތްﷲގެ އިރާދަފުޅުން މިކަމުގެ މުޅި ހަޤީގަތް ލަސްނުވެ މުޅި ރާއްޖެއަށް އަދި ހާމަވެގެންދާނެ. ކޮންމެކަމަކަށްވެސް އެއޮންނަ ވަގުތު އައިސްޖެހުނީމާ އެހެން މީހަކަށް ކުރެވޭނެ އިތުރު އެއްވެސް ކަމެއް ހަމަ ނޯންނާނެ.
މުހައްމަދު
08 August 2016
ރިލްވާނުގެ ކުރިން ނައިފަރުން ގެއްލުނު އަލިފުޅު އަދިއަދަށްދާންދެންވެސް ވީނުވީއެއްނޭގުނު. މިވެސް ހަމަ ދިވެހިރައްޔިތެއް. މިވާހަކަވެސް ދައްކަންޖިހޭ .
އަލީ
08 August 2016
ތި ދައްކަނީނުން، ހަމަ ރިލްވާންގެ ވާހަކަ ދައްކާއިރަށް ތި އަލިފުޅޭ އެބަކިޔާ، ކިހާވަރެއް ދޭތޯ ތިގޮތަށް ކޮމެންޓު ކުރަން؟
ޟުހާަ
08 August 2016
ދައްކަންޖެހޭ. ކީއްވެ ނުދައްކާ ތިހުރީ
އޯހޯސް
08 August 2016
ނޫސްވެރިންނަށްވެސް އުނދަގޫ ތަކެއް އަންނަން ފެށީމަ މިހާރު މާ ސަރުކާރު ޖަބާބުދާރީ ކުރުވަން ކަމަށް މިހާވަރަށް ތިޔަ މަސައްކަތް ކުރަނީ. ކުރިއަކުން މިހާ މަސައްކަތެއް ނުކުރޭ. އަދި ކިރިޔާ ތިޔަ ކުރަނީ ކުރަންވާ ގޮތަށް. އަހަރެން ހަދާންވަނީ ޖަރުމަނުގެ ހިޓްލަރާ ދެކޮޅު މާޓިން ނީމޮލާ ކިޔާ މީހަކު ބުނެފައިވާ އެއްޗެއް މަތިން... ފުރަތަމަ އެމީހުން އައީ ކޮމިއުނިސްޓުން ފަހަތުން. އަހަރެން އެއްޗެކޭ ނުބުނީ އަހަންނަކީ ކޮމިއުނިސްޓަކަށް ނުވާތީ. ދެން އެމީހުން އައީ ސޯޝަލިސްޓުންގެ ފަހަތުން. އަހަރެން އެއްޗެކޭ ނުބުނީ އަހަންނަކީ ސޯޝަލިސްޓަކަށް ނުވާތީ. ދެން އެމީހުން އައީ ޓްރޭޑް ޔޫނިއަންތައް ފަހަތުން. އަހަރެން އެއްޗެކޭ ނުބުނީ އަހަރެން ޓްރޭޑް ޔޫނިއަންއެއްގެ މީހަކަށް ނުވާތީ. ދެން އެމީހުން އައީ ޔަހޫދީންގެ ފަހަތުން. އަހަރެން އެއްޗެކޭ ނުބުނީ އަހަންނަކީ ޔަހޫދީއަކަށް ނުވާތީ. ދެން އެމީހުން އައީ މަގޭ ފަހަތުން. އެވަގުތު މަގޭ ދިފާއުގައި މަ ސަލާމަތް ކުރަން އެއްޗެއް ބުނާނެ މީހަކު ނެތް. ވަރަށް ސަލާމް ހުރިހާ ދިވެހިންނަށް.
މޫސް
08 August 2016
ތިކަން ކުރިބަޔަކު ފުލުހުންނަށް އިގޭނެ. ޢަފުރާޝީމް މެރިބަކުވެސް ފުލުހުންނަށް އިގޭނެ.
އުމަރު
08 August 2016
ރައީސް ޔާމީނު ނޫސް ކޮންފަރެންސްއެއް ނުދެންޏާ ސުވާލެއްވެސް ކޮށްލެވޭކަށެއްނެއް، ދުނިޔޭގެ އެހެން ޤައުމެއްނަމަ ތިޔަ މައްސަލައިގައި މިހާރު ސަރުކާރު އޮންނަންޖެހޭނީ އިސްތިއުފާދީފައި
ވޗދފ
08 August 2016
ދިވެހިރާއްޖޭގެ ޕޮލިހަކީ ސިޔާސީ މީހުންގެ ސިޔާސީ ކަންކަން ކުރަން ތިބޭ ބައެއް ރައްޔިތަކަށް ކަމެއެް ކޮށްދެން ޖެހޭ ތަނެއްނޫން މުޒާހަރާ ހުއްޓުވޭނެ، ސިޔާސީ ހަރަކާތް ހުއްޓުވޭނެ ނުހުއްޓުވެނީ ޑްރަގް ވިއްކުމާ، މީހުން މެރުމާ މީހުން ވަގަށް ނެގުމާއި. މިއޮއް ކުޑަކުޑަ ގައުމުގައި ޒުވާން 3 ފިރިހެން ކުދިން ގެއްލުނަސް ހޯދެނެ އެމީހުންނަކީ ރައްޔިތުންނަށް ހިދުމަތް ދޭ ބައެއްނަމަ. ތިޔަތަން ޖެހޭނީ ދެން ހަވާލުވާ މީހަކު ސުމަކުން ފަށަން. ކޮމެންޓް ޖެހުން އެދެން.
ބޮޑު ހުސޭނު
08 August 2016
ދދ އަށް ބުނެލަން އޮތީ މާ ގަޓް ހުރިމީހަކަށް ހެދިގެން ރިލްވާނު ގެ ކަންތަކުގެ ޖޯކު ނުޖަހާށޭ.. ތިވިސްނަނީ މަގުމަތީގަ އުޅޭ އެންމެ ކަޗޯރުން ގޮތަށް.. ކޮންމެސް މީހަކު ލާރިގަނޑެއް ދިނީމަ ކޮމެންޓެއް ކޮށްލީ އުތާ...
ހަސަންބޭ
08 August 2016
މަގޭ ދުލަށް ތިނޯސް ކިތަންމެވަރަކަށް ހެރިޔަސް މަބުނާނީ ރިލުވާނު ގެއްލުވާލުމުގައި ސަރުކާރުގެ މަތީފަޑީގައިތިބި ބަޔަކުގެ އަތެއްވާނެކަމަށް ތުހުމަތުކުރެވެއޭ ، ސަބަބަކީ އެމީހުންގެ ބާރު އަދި ފުލްކޮންޓްރޯލް ދަށުގައި ހުރިހާ މުވައްސަސާތަކެއް ހުރިއިރު ތަހުގީގު ނުނިންމާ އޮޅޭގޮތައް ނުވަތަ އެއްވެސް ކަމެއް ސާބިތުނުވާކަމަށް ވާހަކަދައްކަތީ އަދި ބަސްމަގާއި ގެންގުޅޭ އުސޫލުތަކުން ސިފަކޮށްދެނީ ބިރުވެރި ބަޔަކު ގައުމު ކޮންޓްރޯލް ކުރަމުންދާކަން...