ރަޝިޔާގެ ބޯޓު ވައްޓާލާފައި ވަނީ އިޒްރޭލުން ހަމަލާދީފައި ކަމަށް ވަނީ ތުހުމަތުކޮށްފައި. --ފޮޓޯ: ގެޓީ އިމޭޖަސް
19 ސެޕްޓެމްބަރ 2018 - 11:45
މޮސްކޯ (ސެޕްޓެމްބަރު 19) - ރަޝިޔާގެ ހަނގުރާމަ މަތީ މަތިންދާ ބޯޓެއް ސީރިއާގެ ސަރަހައްދަށް ވައްޓާލީ އިޒްރޭލުން ކަމަށާއި އެކަމުގެ ރައްދު ދޭނެ ކަމަށް ރަޝިޔާގެ ޑިފެންސް މިނިސްޓަރު ސާގީ ޝޮއިގޫ ވިދާޅުވެއްޖެ އެވެ.
"ރަޝިޔާގެ ބޯޓު ވައްޓާލުމާއި އެ ބޯޓުން ދަތުރުކުރި މީހުންގެ މަރުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭ ފަރާތަކީ އިޒްރޭލް،" އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އަވިގްދޯ ލީބަމަންއާ ފޯނުން ގުޅުއްވާ ޝޮއިގޫ ވިދާޅުވި އެވެ. "އިޒްރޭލުގެ އަސްކަރިއްޔާގެ އަމަލުތައް ހުރީ ދެ ގައުމުގެ ޕާޓްނާޝިޕުގެ ރޫހާ ޚިލާފަށް."
ބޯޓު ވައްޓާލާފައި ވަނީ ލަޓަކިއާ ޕްރޮވިންސްގެ ހުޅަނގުން 17 މޭލު ދުރުން މެޑިޓެރޭނިއަންއަށެވެ. ބޯޓުގެ ބައެއް ބައިތަކާއި ބައެއް މީހުންގެ ހަށިތައް ރަޝިޔާގެ ނޭވީން މިހާރު ވަނީ ހޯދައިފަ އެވެ. ބޯޓު ވައްޓާލުމުގެ ހާދިސާގައި 15 މީހުން ވަނީ މަރުވެފަ އެވެ.
ރަޝިޔާ އިން ތުހުމަތު ކުރަނީ އެ ގައުމުގެ ހަނގުރާމަ މަތީ ބޯޓު ވައްޓާލާފައި ވަނީ އިޒްރޭލުގެ އެފް-16 ގެ ޖެޓްތަކުން ހަމަލާދީ ކަމަށެވެ. ރަޝިޔާގެ ބޯޓު ރާޑަރުން ގެއްލިފައި ވަނީ އިޒްރޭލުގެ ޖެޓްތަކުން ލަޓަކިއާ ޕްރޮވިންސަށް ހަމަލާ ދެމުންދިޔަ ވަގުތު އެވެ.
އިޒްރޭލުން ބުނެފައި ވަނީ ރަޝިޔާގެ ބޯޓު ވައްޓާލީ ސީރިއާ އިން ދިން ހަމަލާތަކުގައި ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮކިމަސް
19 September 2018
އިޒްރޭލަށް ހަމަލާދީބަލަ.
އަޝްރަފު
19 September 2018
ސާބަހޭ ރަޝިޔާ، އިޒްރޭލަށް ތިޔަކަމުގެ ބަދަލުގަ ލޮޓިއެއް ދީފިއްޔާމު ސައިދޭނަން!
ކޮލީނާ
19 September 2018
އިޒްރޭލް އަދި ރަޝިޔާއަކީވެސް މުސްލިމުންގެ ހަތުރުން...އެކަމު ބޯޓް ވައްޓާލުމުގެ މައްސަލާގައި ރަޝިޔާއަށް ތާއީދު ކުރަން...
ރަދީފް
19 September 2018
ސައުދީ ކޯލިޝަން އެއީ މުސްލިމުންގެ ރަހްމަތްތެރިން ، އެހެން ނޫން ތޯ؟؟!! ވ.ވެދުން
ޛާނިމް
19 September 2018
ނުކުރެވޭނެ އެއްވެސް ކަމެއް ބަލާތި.
ރަދީފް
19 September 2018
ސާބަހޭ ރަޝިޔާ.މިފަހަރު ވާނެ ނަތަންޔާހޫއަށް ރަނގަޅު ފިލާވަޅެއް ނަގައިދޭން.
މޫސާފުޅު
19 September 2018
ކޮބާ މިފަހަރު ތިޖެހުނީ ބަޔަކާއިނގޭ. ދުނިޔޭގެ އެންމެ ވަރުގަދަ އަޝްކަރީ ބާރާ.
ފުންއަސަރު
19 September 2018
ވަރަށް ވަރަށް އުފާވާނެ ތިބުނާ އިޒްރޭލެއް ހަމަބިމަށް ތިރިކުރެވިއްޖިއްޔާ. އަހަރެންގެ ދުއާއަކީ ތިކަމުގާ ރަޝިޔާއަށް ކާމިޔާބުވުން.