އިބޫ، އާ ޕޮލިސް ކޮމިޝަނަރު ހަމްދޫންއާ ބައްދަލު ކުރައްވަނީ. --ފޮޓޯ/އެމްޑީޕީ
07 އޮކްޓޯބަރ 2018 - 11:42
އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، ޕޮލިސް ކޮމިޝަނަރު ހަމްދޫން ރަޝީދާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
ފުލުހުންގެ މައި މަރުކަޒުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ފުލުހުންގެ ކުރީގެ އިންޓެލިޖެންސްގެ ވެރިޔާ މުހައްމަދު ހަމީދު (އެމްސީ) ބައިވެރިވެވަޑައިގަތެވެ. މި ބައްދަލުވުމުގައި ދެކެވުނު ވާހަކަތައް އިބޫގެ އޮފީހުން އަދި އާއްމެއް ނުކުރެ އެވެ.
އިބޫ، އިންތިޚާބު ކާމިޔާބު ކުރެއްވި އިރު އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް ހުންނެވީ އަބްދުﷲ ނަވާޒެވެ. އިބޫ، އޭނާއާ ބައްދަލުކުރައްވާފައި ވަނިކޮށް، ނަވާޒު މަގާމުން ވަކިކުރައްވައި އެންވަޔަރްމެންޓް މިނިސްޓްރީިގެ ޑެޕިއުޓީ މިނިސްޓަރަކަށް ވަނީ ހަމަޖައްސަވައިފަ އެވެ.
ރައީސް ޔާމީނަށް ކުރިމަތިވެވަޑައިގަތް ނާކާމިޔާބީއާ އެކު، ވެރިކަން ބަދަލު ކުރުމުގެ މަރުހަލާ ހިނގަމުން ދަނިކޮށް، އެ މަނިކުފާނު ބޭނުންފުޅުވާ ބޭފުޅަކު ޕޮލިސް ކޮމިޝަނަރަކަށް އައްޔަން ކުރެއްވުމުން އިބޫ ފާޑުވިދާޅުވި އެވެ. ދައުލަތުގެ މުއައްސަސާތަކަށް ބަދަލު ނުގެނައުމަށް ރައީސް ޔާމީންގެ ސަރުކާރަށް އެކިފަހަރު މަތިން ތަކުރާރުކޮށް އިލްތިމާސްކޮށްފައި ވަނިކޮށް، ބަދަލުތައް ގެނައުން ބަލައިނުގަނެވޭ ކަމަށް އިބޫ ވަނީ ވިދާޅުވެފަ އެވެ.
އިބޫ އާއި ޕޮލިސް ކޮމިޝަނަރު ހަމްދޫން، ބައްދަލު ކުރައްވާއިރު، ރިޔާޒާއި އެމްސީ ހަމީދު އަރިހުގައި. --ފޮޓޯ/އެމްޑީޕީ
އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި، ފުލުހުންގެ މުއައްސަސާ އަށް ގެނައި ކުއްލި ބަދަލަކީ، ރައީސް ޔާމީން ބޭނުންފުޅުވާ ކަންތައްތަކެއް ނުފޫޒުގެ ބޭނުން ކުރައްވައިގެން އެ މުއައްސަސާގެ ތެރެއިން ކުރެއްވުމަށް ކުރެއްވި ކަމެކެވެ. އޭގެ ތެރޭގައި، އެ މަނިކުފާނުގެ މައްޗަށް ކުރެވޭ ބޮޑެތި ތުހުމަތުތަކުން ރެކިވަޑައިގަތުމަށް މަސައްކަތްޕުޅު ކުރެއްވުން ހިމެނޭ ކަމަށް ވެސް ތުހުމަތު ކުރެ އެވެ.
ފުލުހުންގެ މުއައްސަސާ ހިންގެވުން ނަވާޒްއާ ހަވާލުކުރެއްވީ، ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ސަރުކާރުގެ ނިންމުމަށް އެއްބާރުލުން ދެއްވަން އޭރުގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފް ދެކޮޅު ހެއްދެވި ކަމަށް ތުހުމަތުކޮށް، އޭނާ މަގާމުން ވަކި ކުރެއްވުމަށް ފަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަހާމް
07 October 2018
އިބޫ ހާޒިރު ކުރުވީތޯ އަނެއްކާ މިތަނަށް.
ބޭނުމެއް ނެތް
07 October 2018
ޢިބޫގެ ސަރުކާރުން ސިފައިންނާ ފުލުހުންގެ ބޭނުން ވީހާ ކުޑަކުރާނެކަމަށް ގަބޫލު ކުރެވޭ. ދިވެހިރާއްޖެއަށް ހަތިޔާރު ގެ ބޭނުމެއް ނެތް. ދިވެހިރާއްޖެއަށް މުހިއްމު ބަޔަކަށް ނުވާތީ އެތަނަކީ ސިޔާސީ ހަތިޔާރަކަށް ވެފާވަނީ. ރާއްޖޭގެ ސުލްހަ މަސްލައަށް އޮތް އެންމެ ބޮޑު ހުރަހަކީ ސިފައިންނާ ފުލުހުން. ޜާއްޖޭގެ މަސްލަހަތަށް ބޭނުންވަނީ އޯގާތެރި ވެލްފެއާ ސަރުކާރެއް. ޙަތިޔާރާ ދަޑިބުރި ބޭނުން ކޮށްގެން އަނިޔާ ކުރަން ޖެހޭ އެއްވެސް ފަރާތެއް ރާއްޖެއަކު ނެތް.
އަބްދުﷲ
07 October 2018
ވެރިކަމުގަ ހުރިމީހަކު ބޭނުންވީމަ ބަދަލު ގެންނާނެ. ދެން އަންނަމީހަކުވެސް ބަދަލުގެންނާނެ. މައްސަލައަކީ ކޮބާ؟
ނުރަބޯ
07 October 2018
ތިޔަތާގއަި އަބްދުއްﷲ ރިޔާޒް އިނީމާ ސުވާލު އުފެދޭ. އޭނާ ފުލުހުންގެ އެކިރޭންތަކުގެ މީހުނަށް ވައިބަރ ކޮށް އޭނާގެ މަސްލަހަގު ހުރި މައްސަލަތަކުގެ މައުލޫމާތު ހޯދިމައްސަލާއި އެއްބަޔަކު ކަނޑާ އަދި އިބޫހޮވުނު ދުވހުގެ އަނެއް ދުވަހު އެމައްސަލާގައި ކަނޑާލަން ނިންމި މީހަކު އަނބުރާ ވަޒީފާއަށް ނެރުނީމާ އިންސާފުގެ ވާހަކަ ނުދައްކާ.
ސައްޕެބާއި
07 October 2018
އިބޫ.... ވަރަށް ރައީސް އިބްރާހީމް ސޯލޚް އާއި ގާތްގޮތެއް ހުންނަން ފަށައިފި....
އަލީ މޫސަ
07 October 2018
ފޮޓޯއިގައި ތިއްބެފި ބޭފުޅުންގެ ފޭސް ރީޑު ކުރީމަ ވަރަށް ގިނަ ވާހަކަ އެބަ ކިޔާލެވޭ. ހޮވިވަޑައިގެން ހުންނެވި ބޭފުޅާގެ މޫނުމަތިން ފެންނަ ވާހަކަތަކާއި އެކު ކޮމިޝަނަރުގެ މޫނުމަތިން ފެންނަ ގިލްޓް ވަރަށް ރަގަޅަށް ފެނޭ. އުއްމީދުކުރަނީ ކޮމިޝަނަރު ބުއްދިވެރި ފިޔަވަޅުތަކެއް އަޅުއްވާ އެބޭފުޅާގެ އިންޓެގްރިޓި ހަލާކު ކޮށް ނުލައްވާ އިހުތިރާމާއި އެކު މިބޭފުޅުން ދެއްކެވި ވާހަކަ އެކްސެޕްޓް ކުރައްވާނެ ކަމުގަ. އެންމެ ބެސްޓް ޕްރެކްޓިސް ގެންގުޅުއްވީމަ ރަގަޅުވާނެ.
މޫޑް އޮފްވެއްޖެ
07 October 2018
އިބޫގެ ރަސްމީ ބައްދަލުވުންތަކުގައި ބައިވެރި ކުރަންޖޭނީ އިންޓެގްރިޓީ ހިފަހައްޓާ މީހުން. މި މީޓިންގ އިން ޒިޔާޒް ފެނުމުން މޫޑް އޮފްވެއްޖެ. ވަރަށްދެރަ!
މޫޑު ރަގަޅުވެއްޖެ
07 October 2018
4 ވަރަކަށް ލައްކަ މީހުންނަށް ބޭނުން 4 ލައްކަ އެއްވެސް ރައީސަކަށް ހެދޭނެބާ. ރިޔާޒަށް ކަމެއް ގޯސްކޮށް ކުރެވިފަ އޮތަސް ތިޔަބޭފުޅާވެސް މައާފު ކުރުން މާ އައުލާކަން ބޮޑެއްނޫންތޯ. އިބޫ ރިޔާޒު އެތަނަށް ގެންދިޔައީ، ރިޔާޒުކިބައިގައި ފުލުސްއޮފީހުގެ ތަޖުރިބާ އިންތިހާޔަށް ހުރުމާއި، ކޯލިޝަންގައި ހިމެނޭ މިހިންމު ޕާރޓީއެއްގެ އެންމެ އިސް އެއްބޭފުޅަކަށްވެސް ވުމާއި ރައްޔިތުންގެ މަޖިލިހުގެ ވެސް މެމްބަރެއްގެ ހައިސިއްޔަތު އޮތުމުންކަމުގައި ދެކެން. ޒާތީވުން ހުއްޓަމާ
އާމިރު
07 October 2018
އެހެންވީމަ ތި ބުނަނީ އެމްސީ ހަމީދަކީ އިންޓެގްރިޓީ ހުރި މީހެކޭތަ؟ އޭނާއަކީ ފުލުހުންގެ އިންޓެލިޖެންސް މައުލޫމާތު ލީކް ކޮށްގެން ވަޒީފާއިން ވަކިކޮށްފައިވާ މީހެއް. ކޮންމެ ސަބަބަކާ ގުޅިގެން ނަމަވެސް، އެފަދަ މައުލޫމާތެއް ލީކްކުރުމަކީ ވަރަށް ބޮޑު ކުށެއް.
ކިއްލިބާޝާ
07 October 2018
މިހާރު އިބޫގެ ހަބަރުތައް ގިނަ ރައީސް ޔަމީގެ ހަބަރުތަކަށްވުރެ. ބޭރުމީހެއް އަޔަސް އިހްތިރާމު އަދާކުރަނީ އިބޫއަށް.
ވާލުސޮރު
07 October 2018
މަށަށް އެންމެ ސަޅިކޮށް ނޫސްވެރިންނަށް މައުލޫމާތު ދީފައޮތީ ފުލުހުން. އެއީ "ސަރުކާރު ބަދަލުވުގެ މަރުހަލާގަ ތަރުތީބުން" ކަންކަން ކުރަމުން ގެންދާނެ ވާހަކަ ޤާނޫނު އަސާސީގެ ތަރުތީބަށް ބަލާއިރުވެސް ޤާނޫނު އަސާސީ ގަ އެހެން ހުރިހާ "ބާރެއް"ގެ މައްޗަށް އިސްކުރެވިފަވަނީ ޤާނުނު އަސާސީގެ 4 ވަނަ މާއްދާގައިވާ "ރައްޔިތުންގެ ބާރު" ދެންހުރި ބާރުތައް ތަރުތީބުވެގެން އަންނަނީ އޭގެ ފަހަތަށް. (5) ގާނޫނު ހެދުމުގެ ބާރު. (6) ވެރިކަން ހިންގުމުގެ ބާރު. (7) އަދުލު އިންސާފު.
ސީނިއަރ އޮފިސަރ
07 October 2018
ދުނިޔޭގެ 2 ވަނައަށް އެއްމެ ބޮޑު ޑިމޮކުރެޓިކު އަދި 3 ވަނައަށް އެއްމެ ބޮޑުއާބާދީ އަދި ދުނިޔޭގެ އެއްމެ ވަރުގަދަ ގައުމު އަދި އެއްމެ މުއްސަނދި ގައުމުކަމަށްވާ ޔޫ އެސް އޭ ގައި ވެސް މިއޮތީ ޕުރެޒިޑެންޝަލް ސިސްޓަމެއް... އާދެ! ބޮޑީ ލޭންގުއޭޖުން ތިފެންނަނީ ރައީސުލް ޖުމުހުރިއްޔާ ކަމައް އިންތިޚާބުވެފައިވާ އެމަނިކުފާނުގެ ސުޕެއަރ ކަމައްވާ ވާ ރާއީސުގެ ނައިބުގެ ބޮޑު އަނގަތަޅަންފެށުމުން ކުރީގެ 2 ޕޮލިސް އޮފިސަރުންވެސް ކޮސްޥެފައި ތިބޭ މަންޒަރު.ބުރުމާ މިސޮރުހަލާކުކުރ