ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްތަކެއް ގުނުމަށް ބަހައްޓާފައި-- ފޮޓޯ: މިހާރު
22 އޮކްޓޯބަރ 2018 - 14:53
ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސް ޗާޕްކުރަން ބޮޑު އަގެއްގައި އެމް7 އާ ހަވާލުކުރީ ކޮރަޕްޝަން ހިމެނޭ ގޮތަށް ކަމަށް ބުނެ، ރައީސް އޮފީހުންނާއި ފިނޭންސް މިނިސްޓްރީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހަޅައިފި އެވެ.
އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ދެ އޮފީހުން ހުށައެޅުމުގެ ކުރިން، އަމިއްލަ އަށް އިސްނަގައިގެން އޭސީސީން އޮތީ އޭގެ ތަހުގީގު ފަށާފަ އެވެ.
މިދިޔަ މަހު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ބާތިލު ކުރަމަށް ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި އެންމެ ބޮޑަށް ފާހަގަކުރީ ވެސް ވޯޓު ކަރުދާސް ޗާޕް ކުރުމުގެ މަސައްކަތް، ބިޑް ކުރުމެއް ނެތި އެމް7 އާ ހަވާލުކުރީ ގަވާއިދާ ޚިލާފަށް ކަމަށް ބުނެ އެވެ. ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓުން ވަނީ އިންތިޚާބު ބާތިލް ކުރަން ޖެހޭ ވަރުގެ ހެއްކެއް ދެއްކިފައިނުވާ ކަމަށް ބުނެ ރައީސް ޔާމީނާ ދެކޮޅަށް ނިންމައިފަ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ އިންތިހާބުގެ އެއްވެސް ކަމެއްގައި ކޮރަޕްޝަންގެ އަމަލެއް ނުވަތަ ޖިނާއީ މައްސަލައެއް އުޅޭ ނަމަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅޭނެ ކަމަށެވެ.
ވޯޓު ކަރުދާސް ޗާޕު ކުރަން ދިނީ ކޮރަޕްޝަން ހިމެނޭ ގޮތަށް ކަމަށް ބުނާ ބުނުމަށް ރައްދު ދެއްވައި އިލެކްޝަންސް ކޮމިޝަންގެ ވަކީލް ހުސައިން ޝަމީމް ސުޕްރީމް ކޯޓުގައި ވިދާޅުވެފައި ވަނީ އެކަން ކޮށްފައި ވަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ފިނޭންސް މިނިސްޓަރުގެ ހުއްދަ ވެސް ލިބިގެން ކަމަށެވެ.
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވެފައިވާ ގޮތުގައި އެ މަސައްކަތް އެމް7 އާ ހަވާލު ކުރުމުގައި އީސީން މާލިއްޔަތު ގަވައިދުގެ ތެރެއިން ނާޖައިޒު ފައިދާތަކެއް ނަގައި ވަކި ބަޔަކަށް މަގުފަހިކޮށްދޭން މަސައްކަތް ކުރި އެވެ.
މިނިސްޓަރުގެ ހައިސިއްޔަތުން އެކަމަށް ހުއްދަ ދެއްވީ އިންތިހާބަކީ ރައްޔިތުންނާ ގުޅުން ބޮޑު ކަމަކަށް ވާތީ އާއި އިންތިޚާބު ލަސްކުރެވެން ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ވޯޓު ކަރުދާސް ޗާޕުކުރީ އެކަމަށް ކުރިމަތިލި ދެ ވަނަ ޗާޕުހާނާ އިން ހުށައެޅި އަގަށް ވުރެ ތިން މިލިއަން ރުފިޔާ ބޮޑުކޮށެވެ. ކުޑަ އަގެއް ހުށަހެޅީ ނޮވެލްޓީންނެވެ. ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ބޮޑު ޗާޕުޚާނާ އިން ހުށަހެޅީ 25 ވޯޓު ކަރުދާސް ހިމެނޭ ފޮތެއް ޗާޕުކުރަން 63.80ރ. އެވެ. އެކަމަކު 25 ކަރުދާސް ހިމެނޭ ފޮތެއް ޗާޕްކުރެވޭނެ އަގަކަށް އެމް7 އިން ހުށަހެޅީ 345.85ރ. އެވެ.
އެމް7ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބްދުއްސައްތާރު ވިދާޅުވެފައިވާ ގޮތުގައި ވޯޓު ކަރުދާސް ޗާޕްކުރުމުގެ އަގު ބޮޑުވީ ސެކިއުރިޓީ ފީޗާސްތައް ހިމެނުމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިމޮކްރަސީ
23 October 2018
ތީގަ ގޯސްހެދީ ފިނޭންސް މިނިސްޓަރ އޭރު ތި އެންމެންވެސް ބޭނުންވީ އެމް 7 އިން ކުރަން އެއީ އެމީހުން ގަނެލައިގެންވެސް ކަމެއް ކޮށްލެވޭތޯބެލީ
ނޫސް ބަލާމީހާ
23 October 2018
އެންމެ މުހިންމީ ތިޔަލީ ފީޗަރއަކުން ކުރެވެނީ ކޮންކަމެއްތޯ ބެލުން . ފީޗަރއޭ ކިޔާފައި ކެމިކަލެއް ހާކަފައި ކޮންމެވެސް ވައްތަރެއްގެ މައުދަނެއް ހާކައިގެން ކަރުދާސް ޗާޕުކުރުމަކީ ސަކިއުރިޓީ ފީޗަރ ހެދުމެއްނޫން . އަދި އެބުނާކަހަލަ ފާހަގަފުރުޅޭ ކެމިކަލެއް ހުރިތޯވެސް އެލިބުނީ ކޮންތަކުންތޯވެސް ބަލަންޖެހޭނެ. މިނިސްޓަރ ކައިރީ އަހާލަން ބެނުންވަނީ ޔާމީން ހޮވުނުނަމަވެސް މިބޮޑު އަގުގެމައްސަލަ އެންޓި ކޮރަޕްޝަންއަށް ހުށަހަޅާނަންތޯ ؟
ބަންޑާރީ
23 October 2018
އެހެންތަ ؟ މަގޭ ކަރުދާހުގައި މީގެފަހުން ފީޗަރ ގިނަނުކުރާތި. އެއްފީޗަރއެއްނުލިޔަސް މަގޭވޯޓުމަލާނީ މަގޭއަތަށްދިން ކަރުދާހެއްގައި. މަށަށް ރަނގަޅީވެސް ތިޔަކަހަލަފީޗަރނުލާ ކަރުދާސްދިނީމާ. މީކީ އެކަކުއަތުން އަނެކަކުއަތަށް ބަދަލުކުރަންދޭ ރުފިޔާއެއްނޫން. އެންމެންގެކުރިމަތީ ކަރުދާސްދީ އެންމެންގެކުރިމަތީ ހުރިތަނަކަށްވަދެފާހަގަޖެހީ އެންމެންގެ ކުރިމަތީހުރި ފޮށްޓަކަށް ކަރުދާސްލީ އެންމެންގެ ކުރިމަތީ މިއެތި ބަލާ ޗެކް ކުރީ އެންމެންގެ ކުރިމަތީ ގުނާ ހިސާބުކުރީ .
ހަސަންސް
23 October 2018
ފިނޭންސް މިނިސްޓަރު ގޯސްހެދިކަމަށް ފެންނަނީ... މީގާ ވާނެ ގޮތަކީ މިނިސްތަރު އަމުރު ކުރެއްވި ގޮތަކަށް ކަން ކުރަންޖެހޭނީ... މި ކަމުގާ މީހަކު ޖަލަށް ލާން ޖެހޭނަމަ މިނިސްޓަރު ޖަލަށް ލާ.. މަށަށް ވަރިހަމަ..
އުނބުށެން
23 October 2018
ކަރުދާސް ޗާޕްކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭތޯ ބަލައި އެކަމުގައި ޝާމިލުވާ ބަޔަކާމެދު ފިޔަވަޅު އަޅަންޖެހޭނެއެވެ. އެކަމަކު އެކަރުދާސް ކިތަންމެ ބޮޑު އަގެއްގައި ޗާޕުކުރިޔަސް ކިތަންމެ ހެޔޮ އަގެއްގައި ސެކިއުރިޓީ ފީޗާސްތަކެއް ނުލާ ޗާޕުކުރިޔަސް އެއީކީ ރައްޔިތުންލީ ވޯޓުގެ ނަތީޖާއަކަށް އެއްވެސް އަސަރެއް ކުރާނެ ކަމެއް ނޫނެވެ. ވޯޓްލާ މަރުކަޒުގައި މިހާރު ޢަމަލުކުރާ އުސޫލުތަކަށް ބަލާއިރު ކަރުދާހާއި ނަތީޖާއާ ގުޅުވަނީ ދެއްކޭނެ ވާހަކައެއް ނެތީމައެވެ.
އުނބުށެން
23 October 2018
ކަރުދާހާއި ވޯޓުގެ ނަތީޖާއާ އަޅުވައިގެން ވާހަކަ ދައްކާތީ ހަމަ ހައިރާންވެއެވެ. ވޯޓުލީ ފޮށްޓެއްގައި އެފޮށްޓަކަށް ވޯޓްލީ މީހުންގެ ޢަދަދަށް ކަރުދާސް ހުރިއްޔާ އޭގައިހުރީ އަސްލު ކަރުދާސްތޯ ފޭކް ކަރުދާސްތޯވެސް ބަލާކަށް ހަގީގަތުގައި ނުޖެހެއެވެ. ފަހަރެއްގައި ފޭކް ކަރުދާސް އަޅައިފިއްޔާ ހިސާބު ދިމައެއް ނުވާނެއެވެ. އެހެން ދިމާވީ ކިތައްފޮށީގަތޯއާއި ދިމާވިނަމަ އެ ފޮށްޓެއްގައި އިތުރަށް އޮތީ ކިތައް ކަރުދާސްތޯ ބަލާށެވެ. އެއަކުން ނަތީޖާ ބަދަލެއް ނުވެއެވެ.
އަންްނި
23 October 2018
ކީއްވެތަ ކޮރަޕްޝަނާ ދެކޮޅަށް އެއްޗެކޭ ބުނާއިރަށް ކޯލިޝަން ކުދިން ތެޅިގަންނަނީ؟ ބަލަ އަހަރެމެން ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގަ ތަމެން ކައިގެން ތިބީމާ މަމެން ތިބެންވީތޯ އެކަން އޯކޭ ވެގެން؟
ޢަލި
23 October 2018
ރައީސް މީހާ ކެއިމަވެސް ކަލޭމެން ތިބީނު އޯކޭ ވެގެން... މިހާރު ދެއްތޯ ރައްޔަތުންގެ ފައިސާކަން އެނގުނީ؟
ކަވަރު
23 October 2018
ޝަރީފުއާއި 4 މެމަބރުން ޖަލަށް....ތިޔަގަތް ގަނޑު ފަޅާއަރާނެކަން ހަނދާން ކުރާތި.އެއްވެސް ކަމެއް ސިއްރެއްނުވާނެ އަބަދަކަށް
އައިސަ
22 October 2018
އަވަހަށް ހުވާކުރޭ އެއިރުން އަވަހަށް ވެއްޓޭނީ
މުނައްވަރު
22 October 2018
ތިވަރު މީހަކު ފިނޭސް މިނިސްޓަރަށް، އިންތިޙާބު ނިމުނީމަ ގޯސް ވީ.