އިބޫ: އެމަނިކުފާނުގެ ކެބިނެޓު އެކުލަވާލާނެ ގޮތަކާ ގުޅޭ ގޮތުން އެކި ގޮތްގޮތަށް އަންނަނީ ހިޔާލުފާޅުކުރަމުން. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
28 އޮކްޓޯބަރ 2018 - 11:52
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، ހުވާކުރައްވަން ދެން އޮތީ ދެ ހަފުތާއެއްހާ ދުވަހެވެ. އެހެންވެ، އެމަނިކުފާނުގެ ކެބިނެޓަށް އާއްމުންގެ ބޮޑު ސަމާލުކަމެއް މިވަނީ ހުއްޓިފަ އެވެ. ކޯލިޝަން ސަރުކާރުގެ ކެބިނެޓް އެކުލަވާލާނެ ގޮތަކާ މެދު ސަޕޯޓަރުންގެ ނުތަނަވަސްކަން އެބަހުއްޓެވެ. އެކަމާ ގުޅޭ ގޮތުން ސޯޝަލްމީޑިއާގައި ދަނީ ހޫނު ބަހުސްތަކެއް ވެސް ކުރަމުންނެވެ.
އެންމެ ގިނަ މީހުންނަށް އޮތީ، ގާބިލް ނޫން ބޭފުޅުންތަކަކަށް އިބޫގެ ވަޒީރުންގެ މަޖިލީހުން ފުރުސަތު ލިބުމުގެ ބިރެވެ. އެ ނުތަނަވަސްކަމުގައި، ކޯލިޝަން ސަރުކާރުގެ ސަޕޯޓަރުން ދަނީ އެއް ބަޔަކު އަނެއް ބަޔަކަށް ބަހުގެ ހޫނު ހަމަލާތައް ވެސް ބަދަލުކުރަމުންނެވެ.
މި ބަހުސް ފެށުނީ، ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާނެ ކަމަށް ފެތުރުނު ވާހަކަ އަކުންނެވެ. އޭނާ އަށް އަމާޒުވި ފާޑުކިއުންތައް ބޮޑުވެ، ހައްލުކުރަން ޖެހުނީ ކޯލިޝަންގެ ލީޑަރުންނާ ހިސާބުންނެވެ. އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ސަޕޯޓަރުންގެ ބަހުގެ ހަމަލާތައް ހުއްޓުވަން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ޖެހިވަޑައިގަތީ، ނަހުލާގެ ދިފާއުގައި ނުކުންނަވާށެވެ.
އިދިކޮޅު ޕާލަމެންޓްރީ ގުރޫޕުގެ ބައްދަލުވުން، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ ހަފުތާގައި ކުރިއަށް ގެންދަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
އެ މައްސަލަ ފިނިވެފައި އޮއްވައި، ކެބިނެޓާ މެދު އުފެދުނު ހިތްހަމަނުޖެހުން ދެން ބޮޑުވީ، އިކޮނޮމިކް މިނިސްޓަރު ކަމަށް އަބްދުﷲ ޖާބިރު ޝައުގުވެރިކަން ފާޅުކުރެއްވުމުންނެވެ. އޭނާ އެ މަގާމަށް ވަޑައިގަތުމަށް އެއް ބަޔަކު ދަނީ ފާޅުގައި އިންކާރު ކުރަމުންނެވެ.
Will not accept jabir as minister or for any other government post. @MariyaDidi @ibusolih make sure that seats of government is given to well deserving educated ,productive reputable citizens.
— Aishath liusha (@LiushaAishath) October 20, 2018
Or else dream of jazeera raaje will become failure from start.
އިކޮނޮމިކް މިނިސްޓަރު ކަން ޖާބިރަށް ދޭން ދެކޮޅު ހަދައި މީހަކު ކޮށްފައިވާ ޓުވީޓެއް.
Roiheyrigen minister Kan libey usooleh oveybaa.? Coalition form kuree leadership ge hissa ovegen cabinet hovun. Qabil cabinet in natheeja neragen gaumu 5 yrs ah tharahgee vaanee. IBU ah hallu ingeyne.
— king of Maldives (@Zooman02) October 25, 2018
ކެބިނެޓު އެކުލަވާލުމާ ގުޅޭ ގޮތުން އިބޫގެ ސަޕޯޓަރަކު ކުރި ޓުވީޓެއް.
ކެބިނެޓުގައި ތިއްބަވަން ޖެހިވަޑައިގަންނަވާނީ، ތައުލީމާއި ތަޖުރިބާގެ ގޮތުން ގާބިލް، އިޚްލާސްތެރި ބޭފުޅުންނެވެ. ބޭނުން ބަޔަކަށް ކެބިނެޓުގެ މަގާމްތައް ބަހާލަން، ނަޒާހަތްތެރި ކެބިނެޓަކަށް، ކެމްޕޭން ކުރާ ސަޕޯޓަރުން ދެކޮޅެވެ. ކެމްޕޭންގައި އުޅުނީތީ "ހަދިޔާއަކަށް" ކެބިނެޓުގެ މަގާމެއް ދިނުން ވެސް އެ މީހުން ދެކޮޅެވެ.
ހަމައެއާއެކު އިބޫގެ ކެބިނެޓަށް ޕާޓީތަކުގެ ލީޑަރުންގެ ބާރާއި ނުފޫޒު ގަދަކުރުމާ ދެކޮޅަށް ވެސް އެކި މީހުން ދަނީ ހިޔާލުފާޅުކުރަމުންނެވެ. ވަޒީރުންގެ މަޖިލީސް އެކުލަވާލުމުގެ ހުރިހާ ބާރަކާއި އިޚްތިޔާރެއް ގާނޫނުއަސާސީން ދީފައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.
Yamin ge aniyaaveri verikan nimumakah genevunee varah gina baegge nudhinu bura masakkathun. Gurubaanee thakevves vegen. Ekan aharemen vaahaka kuran. Namaves PE Ibu ge cabinet adhi is magaamu thakugai ilmuveri, gaabilu meehun thibee noony gaumuge kankan faraatheh nukurevayne.
— Nasih (@Nasih1969) October 23, 2018
އިބޫގެ ކެބިނެޓު އެކުލަވާލަން ޚިޔާލެއް ދީ މީހަކު ކޮށްފައިވާ ޓުވީޓެއް.
Dhan ihah maithiri vegen thibe bala. Ibu ah aharemen vote lee ibu ah cabinet ekulavaalumuge furihama ikhthiyaaru dheefa ey. Komme meehaku raees akah vejjeyyaa mikameh nuvaane.
— Ashraf Nooman Arraa (@AshrafNooman) October 23, 2018
ކެބިނެޓު އެކުލަވާލުމުގެ ފުރިހަމަ އިޚްތިޔާރު އިބޫ އަށް އޮންނަން ޖެހޭ ކަމަށް ބުނެ މީހަކު ކުރި ޓުވީޓެއް.
ކޯލިޝަން ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ކަމަށް ވަޑައިގެންނެވި އިބޫ، އެމަނިކުފާނުގެ ކެބިނެޓާ ގުޅޭ ގޮތުން މާބޮޑު ތަފްސީލުތަކެއް ހާމައެއް ނުކުރައްވަ އެވެ.
މިހާތަނަށް ވިދާޅުވެފައި ވަނީ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާނީ ތައުލީމީ، ގާބިލް، އަމާނާތްތެރި، އިޚްލާސްތެރި ބޭފުޅުން ކަމަށެވެ. ކެބިނެޓަށް ވަޒީރުން އައްޔަން ކުރައްވާނީ އަމިއްލަފުޅަށް ކަމެއް ނުވަތަ، ޕާޓީތަކަށް ކަނޑައަޅާ ސްލޮޓްތަކެއްގައި ވަޒީރުން ކަނޑައެޅުމުގެ އިޚްތިޔާރު އެ ޕާޓީތަކަށް ދޫކޮށްލާނީ ކަމެއް ވެސް ވިދާޅެއް ނުވެ އެވެ.
އިބޫ، ކެމްޕޭންގައި ރަށަކަށް ވަޑައިގެން އުނދޯއްޔެއްގައި އިށީނދެވަޑައިގެން. - ފޮޓޯ: އެމްޑީޕީ
In USA, probably the only country with a successful presidential system, the cabinet posts are not decided by parties, but solely by the president. Why can't we let Ibu get his cabinet posts without sharing the cake between parties, activists and businessmen.
— Justice For Maldives (@MDVJustice) October 23, 2018
ކެބިނެޓު އެކުލަވާލުމުގެ އިޚްތިޔާރު އިބޫ އަށް އޮންނަން ޖެހޭ ކަމަށް މީހަކު ކޮށްފައިވާ ޓުވީޓެއް.
ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ކުރިން، ކޯލިޝަން ސަރުކާރާ ގުޅޭ ގޮތުން ވަނީ އެއްބަސްވުމެއް އެކުލަވާލައިފަ އެވެ. އެ އެއްބަސްވުމުގައި، ކޯލިޝަން ސަރުކާރުގައި ޕާޓީތަކުގެ ހިއްސާ އޮންނާނެ މިންވަރު ވެސް އޮތީ ކަނޑައަޅައިފަ އެވެ.
އެ އެއްބަސްވުން ވެސް ކޯލިޝަން ޕާޓީތަކުން އަދި އާއްމެއް ނުކުރެ އެވެ.
އެކަމަކު، "މިހާރު" އަށް އެނގިފައިވާ ގޮތުގައި އިބޫ ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީ އަށް ދޭން ނިންމާފައި ވަނީ ސަރުކާރުގެ 40 ޕަސެންޓެވެ. ސަރުކާރުގައި ޖުމްހޫރީ ޕާޓީ އަށް 25 ޕަސެންޓް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 20 ޕަސެންޓް އަދި އަދާލަތު ޕާޓީ އަށް 15 ޕަސެންޓް ދޭން ނިންމާފައި އޮތް ކަމަށް ވެ އެވެ.
ކެބިނެޓުގައި ވަޒީރުން ތަމްސީލްކުރައްވާނީ މި ނިސްބަތުން ކަމަށް ވުން އެކަށީގެންވެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 15 މިނިސްޓްރީ އުފެއްދި އެވެ. އެކަމަކު ފަހުން ޓްރާންސްޕޯޓް މިނިސްޓްރީ އުވާލުމާއެކު ވަޒީރުންގެ އަދަދަކީ 14 އެވެ. މި އަދަދަށް ވުރެ، އިބޫގެ ސަރުކާރުގެ މިނިސްޓްރީތައް އިތުރުވެދާނެ ކަމަށް ވެސް ދަނީ ވާހަކަ ދައްކަމުންނެވެ.
އެކަމަކު، ކެބިނެޓާ މެދު އިބޫ އާއި ކޯލިޝަން ސަރުކާރުގެ ވިސްނުން ރައްޔިތުންނަށް ސާފުވާނީ އެ ތަފްސީލުތައް ހާމަކޮށްގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޯލިޝަން4
30 October 2018
21 ނުވަތަ 22 ވުޒާރާ އުފެދިގެން ދާނެކަމަށް ބެލެވޭ. ފުރަތަމަ ފަށައިގަންނަ އިރު ސިޔާސީ މަޤާމު ތައް މާގިނަ ނުވިޔަސް 21 ދުވަސް ހަމަ ވުމުން ސިޔާސީ މަޤާމުތަކަށް މީހުން އައްޔަން ކުރަން ފަށާ، ރިޔާސީ ދައުރުގެ ފުރަތަމަ އަހަރު ދެބައިވާ އިރު ސިޔާސީ މަޤާމު ތަކުގައި އައްޔަން ކުރެވޭމީހުންގެ އަދަދު 500 އަށް ވުރެ މަތިވާނެކަމަށް ލަފާ ކުރެވޭ. އަދި ފުރުތަމަ އަހަރު ނިމޭ އިރު މިއަދަދު 900 އާއި 1200 އާ ދެމެދު ގެ އަދަދަކަށް އިތުރު ވުމަކީ އެކަށީގެންވާ ކަމެކެވެ.
ލާރި ލާރި
29 October 2018
ކެބިނެޓްގަތިބެންޖެހޭނީ ކެބިނެޓް ފެންވަރު މީހުން. ލާރި ލާރި ނޫން ?
އަށްޑޫ މީހާ
29 October 2018
އަހަރުމެންނަށް ޔަގީންކަން އެބައޮތް އިބޫ ސަރުކާރާމެދުގަ. ކޮންމެ ބަޔަކު މިނިސްޓަރުންނަށް ގެނައިކަމުގަ ވިޔަސް އެގެންނާނީ ގާބިލުބޭފުޅުންނާމެދު ޝައްކެއް ނުކުރަން. ކިޔަވައިގެން ތިބި ތައުލީމީ ބޭފުޅުން މަޖިލީހުން ފާސްކޮށްދެއްވާނީ. އެއިރުން އޯކޭވާނެ. ދެންއޮތީ މަޖިލީސް ދައުރު. ނުކިޔަވާ ތިބި މަގުމަތީގެ ބަސް ބޭނުންކުރާ މީހުން މަޖިލީހުގެ ސްލޮޓް މިފަހަރު ލިބި ގިނަވާނެކަމަށް ބެލެވެމުންދަނީ. ވާއިރު މިކަމުގައި ރައްޔިތުން ވަރަށް ވިސްނަންޖެހޭނެ.
އަހަންމާ.
29 October 2018
މިހާރު ޖޭ.ޕީ. މެމްބަރުން ކަންބޮޑުވަނީ ބޯކިބާބަހައިގެން ޖޭ.ޕީ.އަށް ލިބޭ ފަޅިން ޑޮކްޓަރ ޖަމީލްގެ ފެކްޝަނަށް ބައި އަޅަން ޖެހޭތީ.......
މޙއމދ
29 October 2018
ކޮބާހޭ މަމެން ޕިންކީސްގެ ރެޕަރު މިހާރު؟ ހާދަ ވަޔޭ ދޯ؟
ހޮނޑައިދޫ
29 October 2018
ތީތި ކަޑައޭ.
އަރުވާލި އާދަނުވެ ސިޔާސީ ހާސަރު
29 October 2018
އާ ސަޕޯޓަރުން ކަން ބޮޑުވެ ހާސްވާން ޖެހޭނެ ތާއެވެ. ސަޕޯޓުކުރީ އިބޫ ކެބިނަޓް އާއި އިބޫ ޑްރެސް ކުރައްވާ ގޮތާއި އިބޫ ފަރީއްކުޅުއްވާ ގޮތާއި މިކަން ކަން ޝަރުތު ކޮށްފާ ވީ ތޯއްޗެކެވެ. ލޯބި ކުރަނީ ޑިމޮކްރެސީ އަށޯލައެވެ. ވީމާ ކެބިނަޓް އެޢީ ސަޕޯޓަަރުންގެ ކަމެއް ތޯއްޗެކެވެ.
ރީތި މޫސަ
29 October 2018
މީމާކުރިން ނިމިފައޮތްކަމެއް ފިނޭންސް މިނިސްޓަރުކަން ޖޭޕީގެ އަމީނަށް ހޯމްމިނިސްޓަރުކަން ޖެޕީއަށް ޖެންޑަރ މިނިސްޓަރުކަން ޖޭޕީގެ ނަހުލާއަށް ފޮރިން މިނިސްޓަރުކަން ދުންޔާއަށް އިސްލާމިކް މިނިސްޓަރުކަން ޑރ.ޢިޔާސްއަށް ސްޕޯޓްސް މިނިސްޓަރުކަން ހާމިދު އަބްދުލް ޢަފޫރަށް ޑިފެންސް މިނިސްޓަރުކަން އަމީން ފައިސަލްއަށް އެޓާނީ ޖެނެރަލްކަން ހުސްނުއްސުއޫދަށް ޓުވަރިޒަމް މިނިސްޓަރުކަން ޖޭޕީގެ މައުސޫމަށް
އެސް
28 October 2018
އެއްބަސްވުމެއް ހަދައި ސޮއިކޮށް ގެން ދޯ އިންތިޚާބަށް ނުކުމެ ކާމިޔާބު ކުރީ ، ދެން އެ އެއްބަސްވުމަށް އިޙުތިރާމް ނުކޮށްފިނަމަ އެ ވާނީ ތިސަރުކާރުގެ ނިމުންކަމުގަ ، ރައްޔިތުން އިބޫއަށް ވޯޓްދިނީ ކޯލިޝަންގެ ސަބަބުން
ތަކުރުފާނު.
28 October 2018
ދެބުޅަލުގެ އަރައިރުމުގައި ރާމާ މަކުނު ބޯކިބާބަހައި ދޮން ގޮތް ނުވިނަމަ ރަގަޚު.