ސްނައިޕާ އެއް ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ މަޑޫޝަންކާއާ ބެހޭ ރިޕޯޓުގައި އެމްނެސްޓީ އިންޓަނޭޝަނަލް އިން ޖަހާފައިވާ ކުރެހުމެއް
30 އޮކްޓޯބަރ 2018 - 13:31
ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަވަހާރަ ކޮށްލަން ރާއްޖެ އައުމުގެ ތުހުމަތުގައި ބަންދު ކޮށްފައިވާ ލަހިރު މަޑޫޝަންކަރު ނަމަކަށް ކިޔާ ސްރީލަންކާ މީހާ އަށް ރާއްޖޭގައި ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ތުހުމަތު ކޮށްފި އެވެ.
"ޕްރިޒަނާ އިން ޕެރަޑައިސް" ގެ ނަމުގައި އެމްނެސްޓީން އާންމުކޮށްފައިވާ ރިޕޯޓެއްގައި ތުހުމަތުކޮށްފައިވާ ގޮތުގައި ތަހުގީގުގައި ދިން އަނިތާތަކެއްގެ ސަބަބުން މަޑޫޝަންކަރުގެ އެއް ކަންފަތުގެ އަޑުއިވުން ވެސް ވަގުތީ ގޮތުން ގެއްލުނެވެ. އޭނާގެ ވަކީލާއި އާއިލާ އިން ދިން މައުލޫމާތުގެ މައްޗަށް އެކުލަވާލާފައިވާ އެ ރިޕޯޓުގައި ބުނެފައި ވަނީ އޭނާ ހައްޔަރުކުރިތާ ފަސް ދުވަސް ފަހުން ފުލުހުންގެ މައި މަރުކަޒަށް ގެންގޮސް، ހޭ ނެތެންދެން އޭނާގެ ގައިގައި ތެޅި ކަމަށެވެ. ތަހުގީގުގައި އޭނާގެ ގައިގައި ކޭބަލަކުން ތެޅި ކަމަށާއި މޫނަށް ޕިންތަކެއް ހެރި ކަމަށް ވެސް ރިޕޯޓުގައި ތުހުމަތު ކޮށްފައިވެ އެވެ.
މަޑޫޝަންކަރަށް ފުލުހުން ދިން ކަމަށް އާއިލާ އިން ތުހުމަތުކުރާ އަނިޔާތަކުގެ ތަފުސީލަށް ފަހު ރިޕޯޓުގައި ބުނެފައި ވަނީ އެ ކަންތައްްތަކާ މެދު އެމްނެސްޓީން ކަންބޮޑުވާ ކަމަށެެވެ.
އިންސާނީ ހައްގުތައް ލިބިދޭ ގޮތަށް މަޑޫޝަންކަރުގެ ބަންދުގެ ހާލަތު ބަދަލު ކޮށްދިނުމަށް އެމްނެސްޓީން ވަނީ ފުލުހުންނަށާއި ކަރެކްޝަނަލް ސާވިސް އަށް ގޮވާލައިފަ އެވެ. އަދި އޭނާ އަށް އިންސާފުވެރި ޝަރީއަތެއް ލިބިދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށާއި ކްރިމިނަލް ކޯޓަށާއި ޖުޑިޝަލް ސާވިސް ކޮމިޝަނަށް ވެސް ގޮވާލާފައިވެ އެވެ.
"މި ތުހުމަތުތައް ތަހުގީގުކުރުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ދިވެހި ސަރުކާރަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އަށް ގޮވާލަމެވެ،" ރިޕޯޓުގައިވެ އެވެ.
އެމްނެސްޓީގެ މި ރިޕޯޓާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިލިސް
30 October 2018
ކޮންމެ ޤައުމެއްގެ މީހަކާއިމެދުވެސް ޢަމަލުކުރަންޖެހޭނީ އިްނސާފާއި ހަމަތަކުގެ މަތިން. ޝަރީޢަތްކުރުމެއްނެތި އަދަބުދީ އަނިޔާކުރުމަކީ ގޯހެއް.
ޙަލީމު
30 October 2018
އޭނައަށްވެސް އިންސަފުން ނޫން ގޮތަކަށް އެއްވެސް އަދަބެއް ލިބިގެން ނުވާނެ އަދި އަމުދުން އެއްވެސް ބާވަތެއްގެ އަނިޔާއެއް ދެވިގެން ނުވާނެ. އެހެންނަމަވެސް ފުލުހުންގެ މައިމަރުކަޒުގެ ތެރޭގައި ކޭބަލަކުން ތެޅިވާހަކަ އަކީ ގަބޫލު ކުރަން ފަސޭހަ ވާހަކައެއް ނޫން. އެހާ ފާޅުގަ އެކަހަލަ ގޮތަކަށް އަނިޔާދޭ ނަމަ އެމީހާގެ އަޑުގެ ނެތްކޮޅަށް ރޮއެ ހަޅޭ ލަވާނެ. ފުލުހުންގެ މައި މަރުކަޒުގައި އެހާ ފާޅުގައި..... ދެން ތިވާހަކަ އޭނަގެ ވަކީލުވެސް މިއަދާއި ހަމަޔަށް ނުދައްކާ.
ހސެން
30 October 2018
ލަންކާ ގެ ރައީސް އަވަހާރަކޮއްލަން ދިވެއްސަކު ލަންކާގައި އުޅުން ނަމަ އެމީހަކު ހޯދާވެސް ނުފެނުނީސް. މަރިޔަމް ރަސީދާ މެންނައް އިންޑިޔާގައި ހެދީކިހިނެއް ޖާސޫސް ކުރިއްޔޭ ކިޔާފަ. ކޮބާ ތިބުނާ އެމް އެން ނެސްޓީ. ތިބުނާ އެމް ނެސްޓީ ކޮބާ އިޒުރޭލް ޖަލުގަ ހުސް ކުޑަކުދިން .ކޮބާ އިރާގު ޖަލުގަ ކުރި އަނިޔާތައް
ސަލީމު އިދުރީސް
30 October 2018
ބަލަ ކަލެއްނޭގޭތަ ލަންމީހުން އަޅުކަންކުރަނީބުދަ މިތާމީހުން ބާލެއްވި ފޮތެއްގަ އޮތްގޮތައް އޫޅޭކަމައް ބުނާބަޔެއް އެފޮތުގަ ތިކަހަލަ ކަންތާކާ ބޭގޮތުން އޮތީކީކޭބާ! ސައުދީ އެންބަސީތެރޭ މީހަކު ކުދިކޮއް ކޮށާ ކޮތަޅަކައް އެޅީމަ އެކަމައް ތާއީދު ކުރަމޭބުނާ ސަރުކާރަކުން ތިފަދަ ކަންތައް އުރުމައް ނާންގާނެ ކަމަކައް ނުބެލެވޭ
ޏަޖީބް
30 October 2018
ކިހިނެއް ޒިންމާވާ ފަރާތް ތަކަޔް ފިޔަވަޅު އަޅަނީ ބަލާލާއިރު އިބޫސޯލިހް އާއި ދެބެންގެދެރި މީހެއް ނުވަތަ އައްނި ނުވަތަ ގާސިމު ނޫނީ މައުމޫން އާއި ތިމާގެ މީހެއްގެ ދަރި އަދި ނުންނަމަ މަޖްލިސް މެމްބަރެއްގެ ފްރެންޑެއް ކީކޭތޯ މިއެއްނޫންތަ ވާގޮތަކީ ދިސް އިޒް ވަޓް ހެޕަން
ޢާސީ
30 October 2018
ތީ އެހާ ބޮޑުކަމެއް ނޫނެއްނު ކޯޓައް ތިމައްސަލަ ލާބަލަ
އަމީލް
30 October 2018
ކޮންމެ ބަޔަކަށްވެސް ވާހަކަ ފެބްރިކޭޓް ކުރެވިދާނެ.
ޑރ. ރާމީ ހަސަން މ.ވައިނުޖެހޭގެ
30 October 2018
މައިސޯބު އެނބުރޭ ގޮތަކަށް ކުދިސޯބު އެނބުރޭނީ.
ވައްލޯ
30 October 2018
މީނާ ވެސް މިނިވަން ކޮއް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދިނުމައް ގޮވާލަން.
ކިއްލިބާޝާ
30 October 2018
އަނިޔާވެސްވެގެން ދޯ ހައްޔަރުކުރެވޭނީ.
ފާތި
30 October 2018
އެއްވެސް ކަހަލަ ހަމައެއް ލަމައެއް ނެތި މިފުލުހުން ހަމަ ހިތު ހުރި ގޮތަކަށް ކަންތައްތައް ކުރަމުން މިއައީ ބަޤާވާތްކުރީއްސުރެއް. ދެން މިކަން ހުއްޓުމަކަށް އަންނާނެ، އަދި މިހުރިހާ އަމަލުތަކެއް ހިންގި މީހުން ހޯދާ އެމީހުން ވަޒީފައިން ވަކިކުރަންޖެހޭނެ. .އަދި ސިލޯން ސަރުކާރުން މިކަމާ މެދު ރާއްޖޭގެ ފުލުހުންނާ ދޭތެރޭ ހަރުކަށި ފިޔަވަޅު އަޅަން އެބަޖެހޭ.