އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިނިވަންވުމާ އެކު މިއަދު ހަވީރު، ކުރީގެ ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް އާޓިފިޝަލް ބީޗުގައި. -- ފޮޓޯ: ނިޝާން އަލީ/މިހާރު
01 ނޮވެމްބަރ 2018 - 22:48
ގުޅިފައިވާ ޕާޓީތަކުން އުފައްދާ ކޯލިޝަން ސަރުކާރު ފަސް އަހަރަށް ނުދަމަހައްޓައިފި ނަމަ، އެ ކޯލިޝަނަށް ވޯޓު ދިން ރައްޔިތުން މާފު ނުކުރާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބުދުﷲ މިރޭ ވިދާޅުވެއްޖެއެވެ.
މެއި 1، 2015 ގައި ބޭއްވި މޭޑޭ މުޒާހަރާގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ޓެރަރިޒަމްގެ ދައުވާކޮށް 12 އަަހަރަށް ޖަލަށް ލާފައި ވަނިކޮށް ސުޕްރީމް ކޯޓުން މިއަދު ވަނީ އިމްރާންގެ ހުކުމް ތަންފީޒުކުރުން ފަސްކޮށް އޭނާ މިނިވަންކުރަން ވަގުތީ އަމުރެއް ނެރެފަ އެވެ.
މިނިވަން ވުމަށް ފަހު، އަދާލަތު ޕާޓީގެ އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސްގައި އިމްރާން ވިދާޅުވީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިރުވެރިކަމުން އަރައިގަނެވުނަސް އެކަމުގެ ފޮނިމީރުކަން އަދި އޮތީ ކުރިއަށް ކަމަށެވެ.
"އެހެންވީމާ ކުރިއަށް އޮތް ތަނުގައި އިތުރަށް ޕާޓީތައް ގުޅުން ވަރުގަދަކޮށް އެކަންކަމައިގެން ކުރިއަށް ދިއުން އެއީ ރައްޔިތުން، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ނުވަތަ މިހާރު އަޅުގަނޑު ވަރަށް ހަމަ ހިތުގެ އަޑިން ގަބޫލުކުރާ ކަމެއް. އަޅުގަނޑުމެން މިހާރު މި ގުޅިފައިވާ ކޯލިޝަން ސަރުކާރު ބަދަހިގޮތުގައި ފަސް އަހަރަށް ނުދަމަހައްޓައިފި ނަމަ އަޅުގަނޑުމެނަށް ވޯޓުލީ ބޭފުޅުން އަޅުގަނޑުމެނަށް މާފެއް ނުކުރާނެ،" އިމްރާން ވިދާޅުވި އެވެ.
އިމްރާން މިހެން ވިދާޅުވީ ރައީސް ޔާމީނު ވެރިކަން ކުރެއްވި ގޮތަކީ ޕާޓީތައް ގުޅުނު ސަބަބު ކަމަށް ވާއިރު އެ ސަބަބު ނެތި ދިއުމުން ކޯލިޝަން ބަދަހިކޮށް އޮންނާނެ ކަމުގެ ޔަގީންކަން އޮތީ ކިހާވަރަކަށްތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އޭނާ ވިދާޅުވީ ބިރުވެރިކަން ފިލައި ދިޔަ ކަމުގައި ވިޔަސް، ކޯލިޝަން ހެދ ސަބަބާ ދުރަށް ދާން ނުޖެހޭ ކަމަށެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައި ގާނޫނާ ހިލާފަށް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަންކަން ބަލަން މަސައްކަތްކުރައްވާނަންތޯ ސުވާލުކުރުމުން ވިދާޅުވީ ގާނޫނުން އެއްވެސް މީހަކު އިސްތިސްނާ ނުވާނެ ކަމަށެވެ.
އިމްރާން ވިދާލުވި ގޮތުގައި އަދާލަތު ޕާޓީގެ ކަންކަމުގައި ހަރަކާތްތެރި ވެވަޑައި ނުގެންނެވުމުގެ ސަބަބުން ޕާޓީއަށް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް ވަނީ އައިސްފަ އެވެ. އެހެންވެ ޕާޓީ ވަރުގަދަކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިރޭ އަދާލަތު ޕާޓީގެ އޮފީހަށް ވަޑައިގަތުމުން އޭނާއާ އެކު މީހުން ފޮޓޯ ނަގަނީ. -- ފޮޓޯ: އަދާލަތު ޕާޓީ
އިމްރާން މިނިވަންކުރަން ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ އިމްރާންގެ ފަރާތުން އެ ކޯޓަށް ހުށައަޅާފައިވާ މަައްސަލަ ބަލައި، ގޮތެއް ނިމެންދެން، އޭނާގެ ހުކުމް ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގާ އަމުރުކުރާ ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް މިހާތަނަށް ބޭއްވި އެންމެ ބޮޑު މުޒާހަރާ ކަމަށްވާ މޭ 1 ގެ އެއްވުމުގައި އިސްކޮށް އުޅުއްވުމުން، ޓެރަރިޒަމްގެ ދައުވާކޮށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ 2015 ގަ އެވެ. އަދި އެ ހުކުމަށް 2016 ގައި ހައި ކޯޓުން ވެސް ތާއީދުކުރި އެވެ.
އިމްރާން ސަލާމަތްކުރަން ސުޕްރީމް ކޯޓަށް އިމްރާންގެ ވަކީލުން ހުށަހެޅުމުން އެ ކޯޓުން ނޮވެމްބަރު 22، 2017 ގައި ނިންމީ މައްސަލަ ނުގަތުމަށެވެ. އަލުން އިމްރާންގެ ވަކީލުން މިދިޔަ މަހު 24 ގައި ހުށަހެޅީ، ސުޕްރީމް ކޯޓުގެ އެ ނިންމުން މުރާޖައާކޮށްދިނުމަށެވެ.
ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނާ ދެކޮޅަށް އުފެއްދި އިދިކޮޅު ކޯލިޝަންގެ އެއް ލީޑަރު ކަމަށްވާ އިމްރާންގެ ހުކުމް ތަންފީޒުކުރަން ފަސްކޮށްފައި މި ވަނީ އޭނާ ގޭ ބަންދުގައި ހުންނަވަނިކޮށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާންސީ
02 November 2018
ރައްޔަތުންގެ ވެރިކަން، ނޫނީ ޑިމޮކްރެސީ ބަލިކަށިވާކަހަލަ އަމަލުތައް ތަކުރާރު ނުކުރުން އެދެން.
ހޯރަފުށީ ޗާލުނަޔާ
02 November 2018
އަޅުގަނޑް އަދާލަތުފާޓީ މެންބަރެއްގެ ގޮތުގައި މިއަދާހަމަޔަށް ވެސް ސާބިތުވެ މިހުރީ ސޭހުއިމްރާނަށް ކުރާ އިހުތިރާމާއި ލޯތްބެއްގެ ބޮނޑްކަމުން. ވަކިން ހާއްސަކޮން މޭޑޭގަ ސޭހު އިމްރާނު ހަންޔަރުކޮށް ނުހަންގުން ދިން އަނިޔާތަކުގެ ސަބަބުން އެ ލޯބާތް ގަދަރު އުފުލިގެން ދިޔަ. މިއަދު ވަރަށް އުފާވޭ ސޭހު މިނިވަނެއްގޮތުގައި ފެންނާތީ. އަޅުގަނޑް އަބަދުވެސް އެދެނީ ސޭހު އަށާއި އަދާލަތުފާޓީއަށް އުފާފާގަތި މުސްތަގުބަލަކަށް.
މިޞުރު ބޯކިބާ
02 November 2018
އަޚް އިމްރާން. ރިޔާސީ ނިޒާމެއްގައި ކޯލިޝަން ސަރުކާރެއް ދެމި ނޯންނާނެ. އެހެނީ ވެރިކަމަށް ބޭފުޅަކު ހޮވުމުން ވޯޓުލި މީހުންގެ ބާރު އެނިޒާމުގައި ކެނޑިގެންދާތީ، އެއީ ވަކިވަކި ފަރުދުން ކަމުގައި ވިޔަސް، އަދި ޖަމްއިއްޔާ ޖަމާއަތް ކަމުގައި ވިޔަސް، އަދި ޕާޓީތަކެއް ކަމުގައި ވިޔަސް ކަން އޮތް ގޮތެވެ. ދެން ޖެހޭނީ 5 އަހަރު ނިމެންދެން މަޑުން ތިބުމެވެ. ނޫނީ މަގުމަތިން ވެރިކަން ބަދަލު ކުރުމެވެ، ނޫނީ މަޖުލީހާއި ކޯޓުން ވެރިކަން ނިންމުމެވެ.
ސޯބިރު
02 November 2018
ކޯލިސަން މެނިފެސްޓޯގަ ކޯލިސަން ގާނޫނުހަދާނެ ކަމައް ވައުދުވެފަ އޮތްކަމެއްނޭންގޭ ތޯ؟
ޢފރު
02 November 2018
މެނިފެސްޓޯ ގައެއް ނޯނާނެ ކޯލިސަން ގާނޫނެއް.. ނިޒާމާނުގުޅޭ އެއްޗެއް ގާނޫނުގަ ލީމަ ރިޔާސީ ނިޡާމެކޭ ނުކިޔޭނެ.. މިރޫޅިދާނެ ޕިޕީސައިޑުން އައްނަ ބޯވާގެ ސަބަބުން....އިންތިހާބުގަ ޖެއްސުންކޮއް ކަޅުތެޔޮ ޖެހިމީހުން ކުލަބަދަލު ކޮއް މަގާމުތަކައް ނަގަންޔާ ކޯލިސަނަކައް ރުޅާލާން ކުރެވުނު ކަންކަން ރައްޔިތުން ކުރާނަން
ކަނބުލޮބޭ
02 November 2018
ކޯލިޝަން ރޫޅޭނެ ރޫޅިނީމާ ރައްޔިތުންނަށް ދެވުނު ބޮޑީގެ ޒިންނަންގަވާ ތިޔަ ބޭކަލުން ސިޔާސީ މަގުފުރެއްދުންތަކުން އިސްތިއުފާދެއްވާތި
އަލީ ނަސީމް
02 November 2018
ރައްޔިތުންގެ ނަމުގައި އެއްވެސް ވާހަކަ އެއް ބުނަން ނުހަދަބަލަ!
ލަންޑަން ނަސީމް
02 November 2018
ރަގަޅު ވާހަކައެއް. ރައްޔިތުންގެ ތެރެއިން ގިނަ މީހުންނަކީ މަގުފުރެދިފަ ތިބި މީހުންވިއްޔާ.
ކަނޑުކޮސް
02 November 2018
އިމްރާން ދެއްކެވި ވާހަކައިގެ މަފްހޫމަށް ތާއީދުކުރަމުން ބުނެލަން ބޭނުންވަނީ ކޯލިޝަން ރޫޅޭނެކަމީ އެއްވެސް ޝައްކެތް ވަސްވާހެއް އޮތްކަމެއްނޫނޭ. ކޯލިޝަން ރޫޅި ބައިބައި ނުވެއްޖެނަމަ އަހަރެން މިގައުމު ދޫކޮށް ހިޖުރަ ކުރާނަން. މިހެން ބުނަންޖެހެނީ ސަބަބުތަކެއް ހުރެގެން.
ކޯލިޝަންނެތް
02 November 2018
ކޯލިށަނެއް ނެތް. ރާއްޖޭގާ ވެރިކަން ކުރަން ވޯޓުދެނީ ކޯލިށަން ސަރުކާރެއް ހޮވާކަށެއް ނުން. ކޯލިށަނަކުން ވަކިމީހަކަށް ރައީސްކަން ހޯދާދިނުމަށް މަސައްކަތް ކުރުމަކީ ކޯލިށަން ސަރުކާރަކަށް ވެވޭނެ ކަމެއްނުން. އިބޫ ނުޖެހޭ އިމރާނު ބުނާގޮތަކަށް ހަދަން އަދި ގާސިމް ބުނާގޮތަކަށް ހަދަން. އިބޫޖެހެނީ ސަރުކާރު ހިންގަން ގާނޫނުގާ ބުނާ އިންތަކުގެ ތެރެއިން މަސައްކަތް ކުރަން. ކޯލިޝަނޭކިޔައިގެން ރާއްޖޭގެ ވެރިކަމުގެ މަފްހޫމު އޮޅުވާލުން ހުއްޓާލުން މާރަނގަޅުވާނެ
ޞޯދުބެ
02 November 2018
ނަންނަމުގައި ށ ބަދަލުގައި ލިޔާނީ ޝ މިއަކުރު. މިސާލަކަށް ކޯލިޝަން. ދެން ފަހަރަކު ހަނދާނުގައި ބަހައްޓައިގެން ލިޔާނީ.
ސޯބިރު
02 November 2018
ބަލަގަ ކޯލިސަން މެނިފެސްޓޯގައި ކޯލިސަން ގާނޫނެއްހަދާނެ ކަމައް ވައުދުވެފަ އޯތީމަ އަޅުގަޑު އިބޫސޯލިހައް ވޯޓު ދިނީ ރައީސް އިބޫ ސޯލިހު އަދި ރައީސް ނަށީދު ވައުދު ފުއްދަވާނެ ޔަގީން
ޅިޔަނާ
02 November 2018
ޖަލުގަ އޮތް އިމުރާނަށް މަރުހަބާ
ވަހީދު
02 November 2018
އިމްރާން ތިޔަ ވިދާޅުވީ ސަތޭކައިގެ ވާހަކައެއް. ކޯލިޝަން ފަނި ކުރަން އުޅޭ އެއްވެސް މީހަކަށް މާފެއް ނުކުރާނަން. އަހަރެމެން ވޯޓުލީ ކޯލިޝަނަށް.
ވަޙީދު
02 November 2018
ވަހީދުގެ ނަމުގައި ކޮމެންޓު ނުކުރުން އެދެން. އަމިއްލަ ނަން ލިޔެބަލަ. މަށޭ ނަން ވަނީ.
ދޮންކަލް
02 November 2018
ރައްޔިތުން ބޮލުގަ ތެތްގޯނި އެޅުވި ކޯލިޝަން