04 ނޮވެމްބަރ 2018 - 22:39
ނ. މާފަރުގައި ހަދާފައިވާ އިންޓަނޭޝަނަލް އެއާޕޯޓާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ބަލަމުންދާތީ ރީޖަނަލް އެއާޕޯޓްސްގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަހުމަދު މަހްރީން ސަސްޕެންޑު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދެފި އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ "މިހާރު" އަށް ވިދާޅުވީ މަހްރީން ސަސްޕެންޑް ކުރުމަށް އެދިފައިވަނީ މާފަރު އެއާޕޯޓާ ގުޅިގެން ލިބުނު ޝަކުވާގެ މައްސަލައެއް ބަލަމުންދާތީ ކަމަށެވެ.
ކޮރަޕްޝަންގެ މައްސަލައެއް ބަލަމުންދާ ކަމަށް ވިދާޅުވި ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ލުތުފީ ނުދެއްވަ އެވެ.
މަހްރީން ސަސްޕެންޑުކުރަން އެދިފައި ވިޔަސް މިހާތަނަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އޭނާ ސަސްޕެންޑް ކުރިކަމެއް އެނގިފައެއް ނެތެވެ. ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ މަހްރީން ސަސްޕެންޑްކޮށްފައިވާކަން މިވަގުތު ޔަގީންކޮށްދެވެން ނެތް ކަމަށެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހަދަނީ ޓަފް އިންފްރާ ޕްރައިވެޓް ލިމިޓެޑުންނެވެ. މި އެއާޕޯޓް ހަދަނީ ޔޫއޭއީގެ އަބޫދާބީ ފަންޑުން ސަރުކާރަށް ދިން 60 މިލިއަން ޑޮލަރު (927 މިލިއަން ރުފިޔާ) އިންނެވެ.
މާފަރު އެއާޕޯޓު ތަރައްގީ ކުރަން ނިންމާފައި ވަނީ ޓްރާންސިޓް ހޮޓަލަކާއި ރިސޯޓެއް ވެސް ހިމެނޭ ގޮތަކަށެވެ. އަދި އެއާޕޯޓަށް އެއްފަހަރާ ހަ ޖެޓަށް ހިދުމަތް ދެވޭ އިރު އެންމެ ޒަމާނީ ވަސީލަތްތައް ހުންނާނެ އެވެ. މާފަރު އެއާޕޯޓަށް މިދިޔަ އޯގަސްޓް، 14ގައި، ވަނީ ޓެސްޓް ފްލައިޓު ޖައްސައިފަ އެވެ. އަދި މިއަހަރު ފަހު ކޮޅު މާފަރަށް ޝެޑިއުލް ފްލައިޓްތައް ފަށާނެ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދުލް އިންސާފް
05 November 2018
މީހަކު އިހުލާސްތެރި ކަމާއެކު މަސައްކަތް ކުރަންޔާ އެމީހަކު ދުއްވެވޭތޯ ބަލާތި. މަހުރީނަކީ ވަރަށް އިހުލާސްތެރި ކަމާއިއެކު ޤައުމަށް ގިނަގުނަ ހިދުމަތްތަކެއް ކުރެއްވި އަދި ކުރައްވަމުން ގެންދަވާ ބޭފުޅެއް.
އައްޑޫ ރަދުން
05 November 2018
މިހާރު ދެން ރަނގަޅުވާނީ ލުތުފީ ތިކަންކަމާ ނޫޅުނިއްޔާމުން.ވޭތުވެ ދިޔަ ފަސްއަހަރު ލުތުފީގެ ބައިވެރި ވުމާއެކު ތިހުރިހާކަމެއް ނުރަސްމީކޮށް ހިންގަން ފުރސަތުދީ ހުރެ މިހާރު ޖާނުސަލާމަތްކުރަން ބުމަރެއްހެން އެނބުރުމުގެ ބޭނުމެއް ނެތް.ކުރިއެކޭ އެއްގޮތަށް ދެލޯމަރައިގެން ތިއަރާމު ގޮނޑީގަ ހުރޭ 17 އަށް ފަހު ލުތުފީ ދޭނެބަޔާނަކާ ދޭތެރޭ ވިސްނާ..
ހަކީމް
05 November 2018
އޭސީސީ ރަނގަޅު ގޮތުގައި މަސަތްކަތް ކުރި ނަމަ އަދި ކުރާ ނަމަ ކޮރަޕްޝަންގެ އަމަލު ހިންގަން މީހުން ޖެހިލުންވާނެ. ލުތުފީ އާއި ތިޓީމް ރީތި ގޮތުގައި އިސްތިއުފާ ދީ ....
އަހުމަދު އިބްރާހިމް
05 November 2018
ކޮބާ.އަދި ލިޔެލަބަލަ މިއީ ރާއްޖޭގެ ކޮން ވިޔަފާރިވެރިޔަކާއި ގުޅުންހުރި އެއަރޕޯޓެއްތޯ.އަދި ދައުލަތުގެ ކިތައްވެރިން އެމީހުންގެ އަމިއްލަގާތަށް ބޮޑުވާގޮތަށް ކޮރަޕްޝަނަށް ކިހާފައިސާއެއް ހިނގާފައިވޭތޯ.
ކައުންސެލަރު
05 November 2018
ރެހެންދި ފުލެޓް ލިބުނުގޮތުގައި ކޮރަޕްޝަނެއްނެތް؟ މީ ލައްކަ ވާހަކަ
ބިލިއަނަރ
14 November 2018
ރެހެންދި ފުލެޓް އެއީ ކޮރަޕްޝަނުނގެ އަމަލަކުން ލިބިފަ އިން ތަނެއް ނޫން ، އެގިގެން ވާހަކަ ދައްކާ. އެފް ޑަބްލިއު ކޮންސޓްރެކްޝަންގައި ކޮރަޕްޝަނަކަށް ޖާގައެއް ނުދޭނަން
ވާނުވާ
05 November 2018
ރައްޔިތުން ނަށް ވާނުވާ އެގެން ޖެހޭ ޝަރިއަތް ތަށް އޮންނާނީ ޖުމްހޫރީ މައިދާނުގައެވެ. ރައްޔިތުން ނަށް ހުރިހާ ކަމެއްގެ ވާނުވާ އެގެން ޖެހޭނީ ވަކި ވަރަކަށެވ3
ޙހގފ
05 November 2018
ދެން މި މައްސަލައިގައި ވާނުވާއެއް ރައްޔިތުންނަށްނޭގޭނެ.
މެހެރީން
04 November 2018
ޙަޤީޤީ މިނިވަންކަމަކީ އެންމެ ޕްރެޝަރުގައި ތިބޭ ވަގުތުވެސް މިނިވަންކަމާއި މުސްތަޤިއްލުކަން ދަމަހައްޓައި، ވަކި ނުފޫޒަކަށް ބޯ ނުލަބައި މަސައްކަތް ކުރުން. އޭސީސީ އާއި ޝަރުޢީ ދާއިރާއަށް ވަރަށް ވެދުން.