މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ސްޕޯޓްސް ފެސްޓިވަލުގައި ގާތްގަނޑަކަށް 5000 މީހުން ބައިވެރިވާނެ ކަމަށް ބެލެވޭ -- ފޮޓޯ / އަލީ ސޯލިހު
06 ނޮވެމްބަރ 2018 - 11:54
"ދުޅަހެޔޮ ހަށިހެޔޮ އީދު"ގެ ނަމުގައި، އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ އިސްނެންގެވުމަކަށް މާލޭގައި ކުޅިވަރު ފެސްޓިވަލެއް ބާއްވަން ނިންމައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ނޮވެމްބަރު 18ގައި، ބާއްވާ ސްޕޯޓްސް ފެސްޓިވަލް މާލޭގެ އެކި ސަރަހައްދުތަކުގައި މެންދުރު 2:00 ން ފެށިގެން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:00 ން ފެށިގެން 11:00 އަށް ކުރި އަށް ދާނެ ކަމަށެވެ.
"މި ކުޅިވަރު ފެސްޓިވަލުގެ މަގްސަދަކީ ހުރިހާ އުމުރުފުރައެއް ޝާމިލްވާ ގޮތަށް ދުޅަހެޔޮ ހަށިހެޔޮ މުޖްތަމައެއް ބިނާ ކުރުމަށް ހިތްވަރު ދިނުން،" އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވި އެވެ.
އޭގެ އިތުރުން މުޖްތަމައުގައި ދިރިއުޅޭ މީހުންގެ މެދުގައި އެކުވެރިކަން އާލާ ކުރުމަކީ ވެސް މި ފެސްޓިވަލް ބޭއްވުމުގެ މަގްސަދެއް ކަމަށް ނިޔާޒް ވިދާޅުވި އެވެ.
"ކުޅިވަރު ޕްރޮމޯޓް ކުރުމާއި މުޖްތަމައުގެ މީހުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާ ކުރުމާއި ކުޅިވަރަށް އޮންނަ ޝައުގުވެރިކަން އިތުރު ކުރުން. އަދި ކުޅިވަރުގެ މުހިންމުކަން އަންގައިދީ ހޭލުންތެރި ކުރުވުން، ކުޅިވަރުގެ އަހުލާގުގެ ތެރެއިން ދިރިއުޅުމުގެ ރީތި އާދަތައް ހަރުލެއްވުމާއި ހަރުދަނާ މުޖްތަމައެއް ބިނާ ކުރުމަށް ބާރުއެޅުން. އަދި އެކުވެރިކަމާއި އެއްބައިވަންތަކަން ދިރުވައި އާލާ ކުރުން،" އޭނާ ވިދާޅުވި އެވެ.
އެ ކުޅިވަރު ފެސްޓިވަލުގައި 17 އެސޯސިއޭޝަނަކުން ބައިވެރިވުމަށް ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން 15 އެންޖީއޯއަކުން ވެސް ބައިވެރިވާނެ އެވެ. އަދި ގާތްގަނޑަކަށް 5،000 އެއްހާ މީހުންގެ ބައިވެރިވުން ކުޅިވަރު ފެސްޓިވަލަށް ލިބޭނެ ކަމަށް ބެލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިޔާސީ ސީ
06 November 2018
މަޖުލިސް އިންތިހާބަށްޖަހާ މަޅިމަޅި. މާއްޓޭމެންކަހަލަ ކުޅިވަރުގައުޅޭމީހުން މިކަހަލަ ސިޔާސީ މޭޒުންފެނުމުން ކުޅިވަރު ސިޔާސީވެފައޮތްވަރު ހިތަންއަރަނީ. މަހީކުރީ އަޑުބަރޭ މުޒާހަރާއަށް ނުކުންނަނީ އޭނަގެ ކުޅިވަރުގެ އަހުލާގުގެ މައްސަލައަކުންކަމަށް އެހެނެނޫންދޯ މިވަނީ މިއީ ރާވާއިގެން މިފަދަމީހުން ކުރާކަންތައްތަދޯ ދެންބުނޭ ފުޓްބޯޅަބަލަން ދަނޑަން މީހުންނުވަންނަ ވާހަކަ ކުޅިވަރުނުކުޅެ ސިޔާސީވެތިބޭ ދަނޑު ހުސްކޮއްފަ ގޯތިދީބަލަ.
ތިމާ
06 November 2018
ހުރިހާ ކަމެއް މާލޭގައި ދެއްތޯ؟ ކީ ލެން ފަރިސްސައް ބަދަލް ވެއްޖެ ދެއްތޯ؟މީ މިމީހުންގެ ހާލް
ހުސެއިން
06 November 2018
ރާޒުވަޔާ ކެރަމް ކުޅުމަކީވެސް ސިއްހަތު ހާދަހާ ދުޅަހެޔޮ ކޮށްދޭ ކަމެކޭ....
ކުޅޭނެ
06 November 2018
ރައީސް ކަމުގެ ހުވާކުރުމުން އެކަމުގެ އުފާ ފާޅުކުރުމުގެ ގޮތުން 18 އަދި 19 ބަންދު ކުރުން ރަނގަޅު..އޭރުން ވީހައިވެސް ގިނަ ބަޔަކަށް ބައިވެރިވެވޭނީ
ބްރޯ
06 November 2018
ތާއީދު ތާއީދު
ބަޑި ބެރު
06 November 2018
16:00 އާ ހަމަޔަށް ޕެންޝަން އޮފީހުގައި މަސައްކަތްކުރަންޖެހޭ ދެން ކިހިނެއް ދާނީ
އިލްހާމް
06 November 2018
އަޅުގަނޑު ވަރަށް ދާ ހިތްވޭ އެހެންނަމަވެސް އޮފީސް ނިމޭ ގަޑިއަށް ތިޔޮތީ ފެސްޓިވަލް ރާވާފައި )':
އައިޝޫ
06 November 2018
ރައީސް އިބޫ ނޮވެންބަރު 18 ބަންދު ކޮށް ދީބަލަ ޕްލީސް!!!!