މިއަދުގެ ނިއުސް ކޮންފަރެންސްގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
08 ނޮވެމްބަރ 2018 - 17:02
މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ބޭނުން ކުރި ވޯޓު ކަރުދާސްތައް އިލެކްޝަންސް ކޮމިޝަނުން ނައްތައިލި މައްސަލައިގައި، ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ފުލުހުން މިއަދު ކުށްވެރިކޮށްފި އެވެ.
ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ވޯޓާ ގުޅިގެން، ޕީޕީއެމުން ހުށަހަޅާފައިވާ މައްސަލަތައް ތަހުގީގު ކުރުމަށް ދައުލަތުގެ އިދާރާތައް އޮތީ ނުކުޅެދިފައި ކަމަށެވެ.
"މިއަދު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ ދައުލަތުގެ ބައެއް މުއައްސަސާތަކުން މިފަދަ ކަންކަން ބެލުމަށް ނުކުޅެދިފައި އޮތް ތަން،" ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވި އެވެ.
ވޯޓު ކަރުދާސްތައް ރައްކާކޮށްފައި ހުރީ ފުލުހުންނާއި އިލެކްޝަންސް ކޮމިޝަނުގެ ބެލުމުގައިކަން ފާހަގަ ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، އެ ކަރުދާސްތައް ނައްތައިލި ގޮތް ކިޔައި ދިނުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށެވެ.
"މިކަމާ ގުޅުން ހުރި ހުރި ކޮންމެ މުއައްސަސާއެއް ޝާމިލްވާ ގޮތަށް [ނުކުޅެދިފައި އޮތީ]. މިހެން މި ދަންނަވާލަންޖެހޭ ސަބަބަކީ ވޯޓު ކަރުދާސް އަޅުގަނޑުމެންނަށް އެނގިފައި އޮތް ގޮތުން ނަމަ ރައްކާ ކުރެވިފައި ހުންނާނީ ފުލުހުންނާއި އިލެކްޝަންސް ކޮމިޝަނުގެ ބެލުމުގެ ދަށުގައި. ހުއްޓައި ފުލުހުން މައްސަލައެއް ތަހުގީގު ކުރަމުން ދަނިކޮށް، އެ މައްސަލައާ ގުޅުން ހުރި އެއްޗެއް ނައްތައިލެވިގެން ދާއިރު ނައްތައިލެވިގެން ދިޔައީ ކީއްވެގެންކަން އެންމެ ކުޑަމިނުން ރައްޔިތުންނަށް އެބަޖެހޭ ކަމާބެހޭ މުއައްސަސާއަކުން ހާމަކޮށްދޭން،" އޭނާ ވިދާޅުވި އެވެ.
މިއަދުގެ ނިއުސް ކޮންފަރެންސްގައި ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމަށްވާ މުހައްމަދު ސައީދާއި އަބްދުއްރަހީމް އަދި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު ނިހާން މަޝްވަރާ ކުރައްވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
ވޯޓު ކަރުދާސް ނައްތައިލުމުގެ މާނަ އަކީ ޕީޕީއެމުން ތަހުގީގު ކުރުމަށް ހުށަހަޅާފައި އޮތް މައްސަލައިގެ ހެކި ނައްތައިލުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
"ވޯޓު ކަރުދާސްތައް ހުރީ ފުލުހުންނާއި އިލެކްޝަންސް ކޮމިޝަނުގެ ބެލުމުގެ ދަށުގައި. އަޅުގަނޑުމެން ހުށަހެޅި މައްސަލަ ބަލަންޖެހޭ ފަރާތަކީ ފުލުހުން. އެހެންކަމަށް ވާ ނަމަ އިލެކްޝަންސް އަށް އެނގިވަޑައިގަތަސް ނުގަތަސް ހަމަ ގައިމު ވެސް ފުލުހުންނަށް އެނގިވަޑައިގަންނަވާނެ ޕީޕީއެމުން މައްސަލައެއް ހުށަހަޅާފައި އޮތްކަން އަދި އެ މައްސަލައާ ގުޅުން ހުރި އެއްޗެއްކަން ވޯޓު ކަރުދާހަކީ. އެހެންވެއްޖިއްޔާ އެބޭފުޅުން ވެސް ޝާމިލްވާ ގޮތަށް ރައްކާކޮށްފައި ހުރި އެއްޗެއް. އެއީ އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި ހުށަހަޅާފައި އޮތް މައްސަލައިގެ ހެކި ނައްތައިލުމަށް ކުރި ކަމެއް. އެކަން ކުރާއިރު އެކަން ކުރި ސަބަބު ވިދާޅުވެލައްވަން ޖެހޭނެ މޯލްޑިވްސް ޕޮލިސް ސާވިސް އިން،" އޭނާ ވިދާޅުވި އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވިގޮތުގައި، ވޯޓު ކަރުދާސްތައް ނައްތައިލުމުގެ ސަބަބުން، އެ ޕާޓީން ހުށަހެޅި މައްސަލަ ތަހުގީގު ކުރެވިދާނެ ކަމާމެދު ސުވާލު އުފެދެ އެވެ.
"އެކަމަކު މިއީ މިނިވަން ގައުމެއްގެ ގޮތުގައި ދެމި އޮތްހާ ދުވަހަކު ދިވެހި ރައްޔިތުން އެ ސުވާލު ކުރާނެ،" އޭނާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ވޯޓު ކަރުދާސްތައް ނައްތައިލާފައި ވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ މައްސަލައިގައި، އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައި ވަނީ ވޯޓު ކަރުދާސް ނައްތަނުލާން ފުލުހުން އަންގާފައި ނުވާ ކަމަށެވެ. އަދި އެފަދަ މައްސަލައެއް ބަލަމުންދާ ކަމަށް ވެސް ބުނެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ވޯޓު ކަރުދާސްތައް ނައްތައިލިކަން ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަނުން ހާމަކުރުމުން، އެ ދުވަހު ކޮމިޝަނުގެ ރައީސް ޝަރީފް ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. ކޮމިޝަނުން ބުނެފައި ވަނީ ހާޒިރު ކުރީ މައްސަލައެއް ބަލަން ނޫން ކަމަށާއި ވޯޓު ކަރުދާސްތައް ނައްތައިލުމުގެ ކަންކަން ހިނގައިދިޔަ ގޮތް ބަލަން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާނިޔަތު
09 November 2018
ތާސްބައިގެ ބުދު އަތްބައި ޖަގަހަ ރުމާލު -2 ގައި އަނދުރޭމެން އެންދީ ކޮން ކިޔުންތަކެއްތޯ އެވެ
___ ޕޮއްޕަޓު ލާލު
09 November 2018
ނިމެނީ! ލާސްޓް އެންމެ ވީކެއް އޮތީ
ޣދދގގ
09 November 2018
ހަހހަަހހަ ކަލޭމެންގެ ސަރުކާރެއްނުދޯ އަދިވެސް އޮތީ
އޮޅުންބޮޅުން
09 November 2018
މިދިޔަދިގުމުއްދަތުގައި އަދުރޭމެންހިންގި ހުރިހައިޖަރީމާތަކުން ހިމާޔަތްކޮށްދިން މީހުންމިހާރު ނުބައިހިސާބަކުން ތިޔަޖުމުލަކުރެއްވޭ. އެއްއިރެއްގައިވެސް ފުލުހުންނަކީ އަދުރޭބޭނުންގޮތަކަށް ރަގަޅުވާންޖެހޭބައެއްނޫން. ވަގުތުކޮޅެއްދިޔައެއްކަމަކު މޫސުންރަގަޅުކޮށް ވިއްސާރަވިލާތައް ބޯމަތިން ހުސްވެމިދަނީ ދެނެއް އަދުރޭއަކަށް ރަގަޅު އެއްކަމެއްވެސް ނުފެންނާނެ.
އިބަ
09 November 2018
މީގެކުރިންވެސް ވަރަށްގިނަ މައްސަލަތައް މުއައްސަސާތަކުން ބެލުމަށް ނުކުޅެދިފަ އޮތްކަން އިބަ މިހާރު ހަނދާނެއް ނެތް ދޯ؟ ޢެއް މިސާލު: މިލިއަން ޑޮލަރު ޖަމާވުމާއި، ރުފިޔާ ގޯންޏާ ޙަލާލު ނޫން ފައިސާ އާއި ޓިނުނެގުމާއި މިހެން ގޮސް ކިތަންމެ ކަމެއް
އެކަލޯ
08 November 2018
އިއްޔެ އެއީ ވަރަށް ޕްރޮފެޝަނަލް ބައެއްކޭ، ފުލުހުން ގޯހެއް ނަހަދާނޭ ކީ އަނގައިން، ހާދަ އަވަހަކަށް ފުލުހުން ތި ކުށްވެރި ކުރަނީ.
އޯ ޕްލީސް
08 November 2018
އަދުރޭ ކޮޅުބަދަލު ކޮށްލަނީ ކޮންއިރަކުންތޯ؟
ގަލަންވެރިޔާ
08 November 2018
ބަޔަކު އަޖައިބެއް ނުވާނެތަ؟ ސިޔާސީ ފަރާތްތަކުން ފުލުހުން ކުއްވެރިކޮށް މީޑިއާގެ ބަސްބުނުމަކީ އެ މުއައްސަސާގެ އަގު ވައްޓާލުން - މިކަން ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ގޮވާލަން!
އަލީ މުނީރު
08 November 2018
ލައްކަދުވަހު ޕޮލިހަށް ކޮމާންޑް ކުރެވިއްޖެ އެއްނުން .. ދެން އޮތީ މިނިވަންކަމާއެކު, އެ މުޢައްސަސާ, މުޢައްސަސާއެއްގެ ގޮތުގައި ހިންގުމުގެ 5 އަހަރު .. އިންޝާ ﷲ, ޙައްޤަށް އަބަދުވެސް ނަސްރުލިބޭނެ ...
ޝްރެޑަރ
08 November 2018
ދަރިފުޅާ އަދުރޭ. ހާސް ކަނޑާލާ. ހެކިނައްތައެއް ނުލެވުނޭ. ހުރިހާ ފާހަގަތަށް އެބަހުރި ޝްރެޑަރގެ އެތެރެއަށް ވެއްޓިފަ.