މަހްލޫފް، އެމްޑީޕީއަށް މިރޭ ސޮއިކުރެއްވުމަށް ފަހު އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ފޯމު ހަވާލުކުރައްވަނީ.
12 ނޮވެމްބަރ 2018 - 23:18
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް، އިދިކޮޅު އެމްޑީޕީއަށް މިރޭ ސޮއިކުރައްވައިފި އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީއަށް ސޮއިކުރެއްވުމަށް ފަހު މަހްލޫފް ވަނީ އޭނާގެ ފޯމު، އިންތިޚާބީ ރައީސް އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާ ހަވާލު ކުރައްވައިފަ އެވެ. މިކަން އޮތީ އިބޫގެ ގެކޮޅުގަ އެވެ.
އެމްޑީޕީއަށް ސޮއިކުރެއްވުމަށް ފަހު، ކުރެއްވި ޓުވީޓެއްގައި މަހްލޫފް ވިދާޅުވީ އޭނާ އަކީ މިހާރު ރަސްމީކޮށް "ކުލަ ޔެލޯ" ނުވަތަ އެމްޑީޕީގެ ބޭފުޅެއް ކަމަށެވެ. އަދި ވިދާޅުވީ އިބޫ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ގާތުން މަސައްކަތް ކުރެއްވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"އެމްޑީޕީގެ މީހަކަށް ވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް،" މިހާތަނަށް މުޅިން ވެސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަހަތްޕުޅުގައި މަސައްކަތް ކުރެއްވި މަހްލޫފްގެ ޓުވީޓުގައި ވެ އެވެ.
Little surprise. I’m officially kula yellow. Looking forward to work closely with President-elect Hon. @ibusolih & President @MohamedNasheed. Very happy to be part of MDP family. 💛@MDPSecretariat #HithaaHithugeGulhumeh #JazeeraRaajje pic.twitter.com/fUgMfPFMRw
— Ahmed Mahloof (@AhmedMahloof) November 12, 2018
މަހްލޫފްގެ ޓުވީޓު
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ހިންގި ސިޔާސީ މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެން އަދި އޭގެ ނަތީޖާއެއްގެ ގޮތުން ޖަލުގެ ކުޑަގޮޅީގެ އަނިޔާ ވެސް ތަހައްމަލް ކޮށްފައިވާ މަހްލޫފް އެމްޑީޕީއަށް ސޮއިކުރެއްވިއިރު، އިބޫގެ ސަރުކާރުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަން އޭނާއަށް ދެއްވާނެ ކަމުގެ އަޑު ވަނީ ފެތުރިފަ އެވެ. އަދި މަހްލޫފަކީ ވެރިކަމުގެ ބާރުތައް ބަދަލުކުރުމާ ގުޅޭ ކަންކަން ކުރުމަށް އިބޫ އުފައްދަވާފައިވާ، ޒުވާނުންނާއި ކުޅިވަރާ ބެހޭ ކޮމެޓީގެ އިސް މެމްބަރެއް ވެސް މެ އެވެ.
މަހްލޫފް އެމްޑީޕީއަށް ސޮއިކުރެއްވިއިރު، އޭނާ އަކީ ސިޔާސީ ހަރަކާތްތަކުގެ ތެރެއިން އެ ޕާޓީގެ ގިނަ އަދަދެއްގެ ޒުވާނުންނާއި ލީޑަޝިޕާ ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ދެހާސް ތޭރަވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ބޭއްވި ޕްރައިމަރީގެ ތެރޭގައި މަހްލޫފް "ކުއްލިގޮތަކަށް" ކުރީގެ ރައީސް ނަޝީދާ ބައްދަލުކުރައްވައި ފިކުރު ބަދަލުކުރެއްވުމާ ގުޅޭ މަޝްވަރާތަކެއް ކުރެއްވި ކަމަށް އަޑުއެރި އެވެ. އެ ފަހަރު މަހްލޫފް "ހަމައަކަށް އެޅުވީ" ޕީޕީއެމްގެ އިސް މެމްބަރުންތަކެއް އޭނާ ދިރިއުޅުއްވާ ގެއަށް ވަޑައިގެން ނަސޭހަތް ދެއްވައިގެން ކަމަށް ވެ އެވެ.
އޭރު މަހްލޫފް ވިދާޅުވެފައި ވަނީ "އަޅުގަނޑު އެމްޑީޕީ އަށް ސޮއިކުރާނީ މައުމޫން އަބްދުލްގައްޔޫމް އެމްޑީޕީ އަށް ސޮއިކުރެއްވުމަށް ފަހު" ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންކަލޯ
13 November 2018
އަލީ ވަހީދަށް މިކަލޭގެ ގޮވި އެއްޗިސްމަތިން މަހަނދާވެ ހާދަ ހިނިއާދެއޭ އެބަ.
މޯޑް
13 November 2018
މަހުލޫފަށް މަރުހަބާ... ނަމަވެސް އެމް.ޑީ.ޕީ. އާ ގުޅިފަ އިބޫއަށް ފޯމް ހަވާލުކުރުން އެހާ ކަމަކުނުދޭ... އިބޫއަކީ ޕާޓީގެ ރައީސްއަށްވެސް ވީބާ... ޕާޓީއާ ގުޅިފަ ފޯމް ހަވާލުކުރަން ޖެހޭނީ ޕާޓީގެ އިސް މީހާއާ... އިބޫގެ ކެބިނެޓާ ގުޅިފަ އިބޫއަށް ފޯމް ހަވާލުކުރުން އޯކޭ... އުސޫލުން ބޭރުން ކަންތައްތައް ކުރަން ހަދައިގެން ޕީޕީއެމް ޔަމީންގެ އަތްދަށަށް ދިޔައީވެސް... ހެހެހެހެހ
އުމަރުބެ
13 November 2018
އިބޫ އެގެންދަވަނީ އެއްކޮޅުން ޕާޓީއަށް މީހުން ވައްދަމުން، އަނެއްކޮޅުން ނަޝީދު އެގެންދަނީ މަޖިލިހަށް މެންބަރުން ކުރިމަތިލައްވަމުން
އަހުމަދު އަސްލު ނަމެއްނޫން
13 November 2018
ހިތާއި ހިތުން ލޯވިވާ އަޅުގަނޑު ފަދަ ރާއްޖެތެރެއަށް ނިސްބައްވާ ރައީސު އިބޫއާއި ރައީސު ނަޝީދުއަށް، އަޅުގަނޑު ޔޫ ކޭ އިން އެމް ޓެކު / މެކޭނިކަލް އިންޖިނިއަރިން ނިންމުނަށްފަހު ރާއްޖެއައިސް ވަޒީފާ އަދާކުރަމުން ދިތައީ ދައުލަތުގެ %100 ކުންފުންޏެއްގެ ޓެކުނިކަލް ޑިރެކުޓަރެއްގެ ގޮތުގައި، 7 ފެބުރުއަރީ 2012 ގައި ވެގެން އުޅޭ ގޮތެއްނޭނގިގެން ޖުމުހުރީ މައިދާނަށް ގޮސް އެތަނުގައި ދުރުގައި ހުއްޓާ ވަނީ ބޮޑެތި އަނިޔާތައްދީފައި، އަޅުގަނޑު ބާޢީންނައް ނަފުރަތުކުރަން..؟
ބޮސް
13 November 2018
ދެން ރައީސް ޔާމިނާ ދިމާލަށް ގިނައިން ބެވިވަރަކަށް ގިނައިން ކާން ލިބޭނެ
ހެހެ
13 November 2018
ހާދަ ލަހުން ތި ސޮއިކުރީ. މާކުރިންވެސް ކުލަ ޔެލޯވެފަ ހުރީ.
މީމަ
13 November 2018
ދެންވެސް ހޮވާނެ. ދިވެހިންނަކީ ކޮން ބައެއް.
އަބޫދާބީ
13 November 2018
މި މޫސުމުގަ މިކަހަލަ ކިތަންމެ މީހަކު ޕާޓީތަކަށް ސޮއި ކުރާނެ. ނިހާނު ޖޭޕީ އަށް. ފަޒާދު، ދިއްދޫ ލަތީފު އަދި ތިނަދޫ އަބުޅޯއާއި މުސްތަފާބެވެސް އެމް ޑީ ޕީ އަށް ސޮއި ކުރާނެ 2018 ނިމުމުގެ ކުރިން.
ވަގު ކަލޭގެ
13 November 2018
މިހާރު ތިޔަ ތެޅެނީ މަޖިލީހައް ވަންނަންވެގެން،،، މިކަހަލަ ކޮރަޕްޓް ފިތުނަފަސާދަ މީހުންނަށް ވޯޓު ނުދެމާ... މަވެސް ނުދޭނަން
އިލްހާމް
13 November 2018
މަރްހަބާ ރީލޯޑް