ރައީސް އަބްދުﷲ ޔާމީން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: މިހާރު
13 ނޮވެމްބަރ 2018 - 12:43
ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ބޭނުންފުޅުވާ ގޮތަށް ތައްޔާރު ކޮށްފައިވާ 29.6 ބިލިއަން ރުފިޔާގެ ބަޖެޓާ ބެހޭ ގޮތުން ޕީޕީއެމްގެ ރަސްމީ ސްޓޭންޑެއް އޮންނަންވާނެ ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެ އެކަމާ ބެހޭ ގޮތުން ޕީޕީއެމް ކައުންސިލްގެ ވައިބަ ގްރޫޕެއްގައި މެންބަރުން ވާހަކަ ދައްކަވަން ފެއްޓެވުމުންނެވެ.
ވައިބަ ގްރޫޕްގައި ދެކެވުނު ވާހަކަތައް އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވީ، މުންދުގެ އިސްނެންގެވުމަށް ތައުރީފު ކުރައްވައި ބައެއް މެންބަރުން ވާހަކަ ދެއްކެވި ކަމަށާއި ބަޖެޓާ ބެހޭ ގޮތުން ޕްރެސް ކޮންފަރެންސެއް ބާއްވައި، ޕާޓީގެ ސްޓޭންޑް ހާމަކުރުމަށް މުންދު ޚިޔާލު ދެއްވި ކަމަށެވެ. އެގޮތުން، ޔޫތު އެންޑް އިކޮނޮމިކް ކައުންސިލް (އީވައިސީ)ގެ ބޭފުޅުންނާއި ޕީޕީއެމްގެ ނައިބު ލީޑަރުންނާއި ޕާލިމެންޓްރީ ގްރޫޕްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާ ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް މުންދު ހުށަހެޅުއްވި އެވެ.
ނަމަވެސް، މި ވާހަކަތަކަށް އެއްޗެއް ވިދާޅުވުމުގެ ބަދަލުގައި ރައީސް ޔާމީން، އެންޓި ޑިފެކްޝަން ގާނޫނު އުވައިލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ތަސްދީގު ކުރައްވައި ކަމަށް ވިދާޅުވެ މެސެޖެއް ފޮނުއްވި އެވެ. އަދި ފަހުން ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ.
"އަންނަ އަހަރަށް ލަފާކުރާ ބަޖެޓާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް. އެ ބަޖެޓަށް އަޅުގަނޑުގެ އެއްވެސް ކޮންޓްރިބިއުޝަނެއް ނުދެން. އަޅުގަނޑުގެ ތަސައްވުރެއް އެ ބަޖެޓަކުން ނުފެންނާނެ،" އިނގިރޭސި ބަހުން ރައީސް ފޮނުއްވި މެސެޖުގައިވެ އެވެ.
ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު މިއަދު މަޖިލީހަށް ހުށަހެޅުއްވި ބަޖެޓަކީ އަންނަ ހޮނިހިރު ދުވަހު ރައީސްކަމާ ހަވާލުވެ ވަޑައިގަންނަވާ އިބޫގެ ސަރުކާރުން ބޭނުންވާ ގޮތަށް ތައްޔާރުކޮށްފައިވާ ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީން ވަނީ އެ ވާހަކަ ދޮގުކޮށްފަ އެވެ.
ރިޔާސީ އިންތިޚާބުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގަތީ އިންތިޚާބުގައި މަކަރު ހެދުމުގެ ސަބަބުން ކަމަށް ތުހުމަތުކުރައްވައި ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެ މަނިކުފާނާ ދެކޮޅަށް ނިންނި ފަހުން ގައުމީ އެއްވެސް ކަމެއްގައި ވެސް ރައީސް ވާހަކަފުޅެއް ނުދައްކަވަ އެވެ. އަދި، ޕީޕީއެމްގެ ހަރަކާތްތައް ވެސް އޮތީ ހުއްޓުމަކަށް އައިސްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާބަންބަންބަން
15 November 2018
ރައްޔިތުންގެ ގައިގަ ކޭތެން ފެށީމާ ރައްޔިތުން އެވަނީ ޔާމީނު ރަނގަޅަށް ފޮޅާ އެއްލައިލައިފަ މާދުރަށް އަދި ދެން ދުވަހަކުވެސް އިންތިޚާބީ އެއްވެސް މަޤާމަކަށް ކުރިމަތި ކީއްކުރަންތޯ ފުރަގަސްވެސް ދޭން ނުކެރޭވަރުކޮށްލާފަ އެވަނީ،
ރ. އަލިފުޅު
14 November 2018
މުންދު އަދިވެސް ރައީސް ނަޝީދު ހައްޔަރުކުރަން ލަންކާ އަށް ވަޑައިގަންނަވާކަށް ނޫޅުއްވަންތޯ؟
ޤައުމީ ބަޠަލް
14 November 2018
ތާހިރެއްު. ބޮޑަކަމުގެ ވެސް ހައްދެއް އޮންނާނެ. ދެކިބަލަ ޤައުމެއް މި ފާހަގަ ކުރަނީ ޖުމްހޫރިއްޔަތުގެ 50 އަހަރު. ވެރިކަމުގަ މިހުރީ ރައްޔުތިންގެ މުސާރަނަގައިގެން ޔާމީނު. އަޅެ ނުކެރުނޭ ކަލޯމެންނޭ މިއަދަކީ ޖުމްހޫރިއްޔަތުގެ 50 ވަނަ އަހަރީ ދުވަހޭ އެކަމަކު ކަލޯމެން އަހަރެންނަށް ވޯޓް ނުދިނީތީ މިފަހަރު ޖުމްހޫރީ ބައިގަރުނުގެ ވާހަކައަހަރެއް ދައްކާކަށް ނޫޅެމޭ ބުނެ މިވަރުވެސް ކޮށްލާކަށް. ބޮޑާކަމާ ކިބުރުވެރިކަމުގައި އަރާހުރި
ފާނަދަލޭކަ
14 November 2018
ޔާމީނު އަބަދުވެސް ބޮޑާކަމާ ކިބުރުވެރިކަން މަތީ ގޮތްދޫކުރޭ
ކަރޯ
13 November 2018
އެންޓި ޑިފެކްޝަން ބިލް ތަސްދީގު ނުކުރުމަށް ރައީސް ޔާމީނަށް ގޮވާލަން
ފުރޮޅޭ
14 November 2018
ތިޔަ ބިލެއް ރައީސް އޮފީހަށް ގެނައިތަނުން ސޮއިކޮށް ނިމިއްޖެ!
ޅިޔަނާ
13 November 2018
މަ ކުރިން ހީކުރިން މުންދު ތަންކޮޅެއް ހަމަޖެހޭނެ ކަމަށް! މިހާރު އުމުރުން ވެސް މަތިވެލީމަ! 2019 ވަނަ އަހަރަކީ އިބޫގެ އަހަރެވެ. އެ ބަޖެޓަކީ އިބޫގެ ބަޖެޓެކެވެ. އެއަށް ޔާމީނު ދައްކާނެ ވާހަކައެއް އޮވެގެން ނުވާނެއެވެ. މުންދުއަށް ސަލާން
ބަނާނާ
13 November 2018
ބަޖެޓްވާހަކަ ދައްކާނެ ޖާގައެއް ރޔ އަކަށް ނެތް. އެއީހަމަތެދެއް. ވެރިކަމަށް އައުމަށްވީ އެންމެ ބޮޑު ވައުދު ބޯހިޔާ ވަހިކަން ދިނުން. ނިމުނުފަސްއަހަރު ފެއްޓި އެއްވެސް މަޝްރޫއެއް ނުނިންމުނު. ފަސްއަހަރުތެރޭ އަރަނި ބަޖެޓެއް ދައްކާނެ ކަމަށްވީވައުދު ދިމާއިދިކޮޅަށް މިއެބުރުނީ. ދަރަނިވީ ދެގުނަ. އަދިވެސް ވާހަކަދައްކަން ޖެހޭތޯ؟ މިވަރުންވެސް ނުހޮވުނު ސަބަބު ނޭގިގެން އެއުޅެނީ.
ރޯނާ
13 November 2018
ވޯޓުންބަލިވީމަ އަންހެނުންނަށް ދައްކާނީ ކޮން މޫނެއްހޯ..
ޑާޑާޑާޑާޑާ
13 November 2018
މުންދުއަށް ނޭގުނަސް ޔާމީނަށް އެގޭނެ ދިވެހި ރައްޔިތުން ތިމަންނަމެން ދައްކާ ވާހަކައެއް އަޑުއަހަން ބޭނުމެއް ނުވާނެކަން! މިތިބީ ފޫކޮޅުގައި ސައްޕެއް ޖަހާ ބޭރުކޮއްފައިކަން! އަނގަތެޅި ވަރަކަށް ގޮވޭނީ ކޮސްކަން!
ތަކިހަ
13 November 2018
ނުޖެހޭ ވާހަކަ ދައްކާކަށް ހިކުމަތްތެރި ރައީސަށް ސާބަސް ދެން އަންނަ ސަރުކާރަށް ރަޢީސް ޔާމީން ގެނެސެ ދެއްވި ތަރައްޤީ ގެނެސް ދެއްވު އެދެން