އާ ރަންވޭ: އެތަން ބޭނުންކުރަން އަންނަ މަހުގެ ފަހުކޮޅު ފަށާނެ.--ފޮޓޯ: އެމްއޭސީއެލް
15 ނޮވެމްބަރ 2018 - 12:49
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ރަންވޭ އަންނަ އަހަރު ބޭނުންކުރަން ފެށޭނެ ކަމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.
އެއާޕޯޓުގެ ތާރީޚުގައި މިހާތަނަށް ހިންގި އެންމެ ބޮޑު މަޝްރޫއުގެ ތެރޭގައި ހިމެނޭ އާ ރަންވޭއަށް މިދިޔަ ސެޕްޓެމްބަރު 18 ގައި ވަނީ ޓެސްޓް ފްލައިޓް ޖައްސައިފަ އެވެ. ނަމަވެސް އެތަނުގެ މަސައްކަތްތައް އެއްކޮށް ނިންމައި ނުލެވޭތީ ބޭނުންކުރެވޭ ވަރެއް އަދި ނުވެ އެވެ.
ވީއައިއޭ ހިންގާ އެމްއޭސީއެލްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު ހަސަން އަރީފް ވިދާޅުވީ، އާ ރަންވޭގެ ކޮންސްޓްރަކްޝަން މަސައްކަތްތައް މިހާރު ނިންމާފައިވާ ކަމަށެވެ. މިހާރު ކުރަމުން އަންނަނީ ޓެކްސީވޭ އާއި ނެވިގޭޝަން ލައިޓިންގެ މަސައްކަތްތަކާއި ވިނަ އިންދުމުގެ މަސައްކަތުގެ އިތުރުން ބިން އެއްވަރު ކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.
މަތިންދާބޯޓުތައް ޕާކު ކުރުމަށް ބޭނުންކުރާ އޭޕްރަން ބޮޑު ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. އެގޮތުން، ރަންވޭގެ އިރުމަތިން އޮންނަ އޭޕްރަންގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާތްގަނޑަކަށް 86،000 އަކަމީޓަރު ހުންނަ އޭޕްރަން ބޮޑުކޮށް ނިމޭއިރު 212،000 އަކަމީޓަށް އޭޕްރަން ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަސަން ވިދާޅުވިގޮތުގައި، ކުރިއަށް އޮތް ޓޫރިޒަމް ސީޒަނާ ދިމާކޮށް ރާއްޖެ އަށް ގާތްގަނޑަކަށް ބައިނަލްއަގްވާމީ 40 އެއާލައިނަކުން ދަތުރުތައް ކުރެ އެވެ. އަދި ޓޫރިޒަމް ސީޒަނަށް މުޅި އެއާޕޯޓު ވެސް ވަނީ ތައްޔާރުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ސީޒަނަކީ އަބަދު ވެސް އޮޕަރޭޝަނަލް އެކްޓިވިޓީ ހައިވެގެންދާނެ ދުވަސްކޮޅެއް. އަޅުގަނޑުމެން ވެސް ކަނޑައަޅައިގެން އޮޕަރޭޝަނަލީ ރެޑީވެގެން މި ތިބީ ސީޒަނަށް،" ހަސަން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
15 November 2018
އިންޑިޔާއަ ބަރޯސާވެގެން އަޅުވެތިވެގެން މިރާއްޖެ އެމީހުންގެ މުށުތެރެޔައް ދާނީ.
ޢަޒްޕަޒް
15 November 2018
ޢަންނަމަހު ނިމޭމެތަ ހަސަނާ
ޢައްޔު
15 November 2018
ޝުކުރިއްޔާ ރައީސް ޔާމިން..
2018-2013 އިކުތިސާދީ ޗޯރ
15 November 2018
މަރްހަބާ...!
މި ރައީސް
15 November 2018
2 ރަންވޭގެ އަގަށް 1 ރަންވޭ!
2018-2013 އިކުތިސާދީ ޗޯރ
15 November 2018
ނުނިމެނިސްދޯ މަށަށް ރަންވޭ މިހުޅުވުނީ... އުންމީދު ކުރަން ރައީސް އިބޫ ތިތަން ރަސްމީކޮށް ހުޅުވާނެކަމަށް .
ޢަލީ ރާޖާ
15 November 2018
މިފަހަކުން ހުރިހާ ރައީސުން ވެސް ޖަހައިގެން ފާސްކުރާ ބަޖެޓު އެއްވަރެއްގައި މިއުޅެނީ، އެކަމަކު ރައީސް ޔާމީނު ނޫނީ ކަމަކަށްވާ ކަމެއް ކުރި މީހަކު ނެތް. ދެން ބުނާނެ ދެގުނަ ޚަރަދު ބޮޑު ކޮށޭ ހެދީ.
2018-2013 އިކުތިސާދީ ޗޯރ
15 November 2018
ޢަލީ ރާޖާ ހިނގާދޯ މަހަށްދާން އަހަރުމެން މިތިބީ ފެއިލް ވެފަ....
ރާއްޖެ
15 November 2018
މަހަށް ދިޔުމަކީ ދަށް މަސައްކަތެއް ނޫން.