އެމްސީ ހަމީދަށް އޭސީޕީކަމުގެ މަގާމުގެ ލިޔުން ޕޮލިސް ކޮމިޝަނަރު ހަމްދޫން މިއަދު ހަވާލުކުރައްވަނީ.---ފޮޓޯ: ޕޮލިސް
04 ޑިސެމްބަރ 2018 - 16:02
އަލުން ވަޒީފާ ދިނުމަށް ސުޕްރީމް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ހުކުމް ކުރި، ފުލުހުންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު (އެމްސީ ހަމީދު)، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް މިއަދު ޕްރޮމޯޓް ކޮށްފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޅިޔަނު އެމްސީ ހަމީދު ފުލުހުންގެ ވަޒީފާއާ މިއަދު އަލުން ގުޅިވަޑައިގަތުމުން ޕްރޮމޯޝަން ދެއްވައި އިންޓެލިޖެންސްގެ އިސް ވެރިޔާގެ މަގާމަށް ވަނީ އައްޔަން ކުރައްވައިފަ އެވެ. އޭނާ އަށް މަގާމުގެ ލިޔުން ދެއްވީ ކޮމިޝަނާ އޮފް ޕޮލިސް ހަމްދޫން ރަޝީދެވެ.
ހަމީދަށް އަލުން ވަޒީފާ ދިނުމަށް ސުޕްރީމް ކޯޓުން އަމުރު ކުރިއިރު، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އޭނާ އައްޔަން ކުރަން އުޅޭ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ ރޭންކަށް ނުވަތަ ޑަބަލް ޕްރޮމޯޝަނަކާ އެކު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ ރޭންކަށް ޕްރޮމޯޓް ކުރުމަށް ފަހު، ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރެވޭނެ އެވެ.
ސުޕްރީމް ކޯޓުން ހުކުމް ކުރީ އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް އަލުން ދިނުމަށެވެ. ޗީފް ސުޕްރިޓެންޑެންޓްގެ ރޭންކްގައި ހުއްޓައި އޮގަސްޓް، 2012 ގައި ހަމީދު ވަޒީފާއިން ވަކިކުރީ ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ލީކު ކުރިކަމުގެ ތުހުމަތުކޮށެވެ.
ސިއްރު މައުލޫމާތު ލީކު ކުރުމުގެ ތުހުމަތުގައި ހަމީދު 2012 ގައި ހައްޔަރުކުރި އެވެ. އެކަމަކު އޭނާގެ މައްޗަށް އެ މައްސަލާގައި ދައުވާއެއް ނުކުރެ އެވެ.
ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި ހަމީދުގެ އަނބިކަނބަލުން ނަޒީހާ އަހްމަދަކީ އެއްބަނޑު އެއްބަފާ ދެބެންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިންގައި އިސްކޮށް ހަމީދު އުޅުއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެލިބަސްތާ
12 December 2018
އުސޫލެއްގެ ގޮތުން ރައީސްގެ އާއިލީ ގުޅުން އޮތް ބޭފުޅެއް އެ މަގާމަށް ލުން މަ ގަބޫލެއް ނުކުރަން. އެކަމަކު މިވަގުތު ރާއްޖޭގެ ހާލަތަށް ބަލާފަ އަދި ހާއްސަކަށް ފުލުސް އޮފީހުގެ ހާލަތަށް ބަލާފަ ރައީސަށް އެމަގާމުގަ ހުންނަން އެންމެ އިތުބާރު ކުރެވޭ ބޭފުޅަކާ އާއިލީ ގުޅުން އޮތްކަމަށްވިއަސް މިފަހަރަށް އޯކޭ. ފުލުސް އޮފީސް އޮތީ ވަރަށް ބޮޑަށް ފެއިލްވެފަ. އެތާގަ އުޅެނީ އެ ކުރާ ކަމަކަށް ލޯބިޖެހިފަ ތިބި މަދު ބައެއް. ވަރަށް ފަރުވާ ކުޑަ.
ވެރިލީ
12 December 2018
ރަނގަޅުވާނެ ކަމަށް އުއްމީދުކުރަން.
ޖުހާބެ
05 December 2018
މަރުހަބާ ޅިޔަން ކޮއްކޮ ފަޒޫ މެޑަންގެ ޅިޔަން ކޮއްކޮ. އައްޗީ އައްޗީ
ކޮބާ؟
05 December 2018
ކޮބާ...ހީވޭ ކަމެއްހެން...އެބަ ފެނޭތަ؟
އަހުމަދު އިބްރާހިމް
05 December 2018
ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މައުލޫމާތު ލީކް ކޮށްލި މީހަކު ( އަދި ސާބިތު ނުވިކަމުގައި ވިޔަސް ފުލުހުން ދެކެނީ ލީކް ކުރިކަމަށް) އަނެއްކާވެސް އިންޓެލިޖެންސްގެ ހެޑް އަކަށް ލުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. އިންޓެލިޖެންސް އަކީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އަމިއްލަ ފުރާނަ ރިސްކެއްހގެ ތެރެއަށް ލައިގެން މަސައްކަތްކުރާ ބައެކެވެ. ސިޔާސީ ވިސްނުމެއްގައި ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ.
ތުނިޔަ
05 December 2018
އިބޫގެ ފަހަރީގެ ފިރިމީހާދޯ! ހެހެހެ
ޢަބޭ
05 December 2018
މީވެސް ދެން ބޮޑު ޖޯކެއްދޯ؟؟ މިކަންވެސް މީ ޢޮނަރަބުލް ޔާމީން ކުރިކަމެއް ނަމަ މީސް މީޑިޔާގަ އެމަނިކުފާނަށް ވަރަށް އެއްޗިތި ކިޔައިފަ އޮންނާނެ. ފަސްޓްލޭޑީ ފަޒުނާގެ ކޮށްކޮގެ ހަޒްބެންޑްވީމަދޯ މީނަ މިނިވަންކޮށް މީނައަށް ޕޮލިސް ކަމިޝަނަރުކަން ދިނުމަށް މި ދޮންކުރަނީ؟؟ ބަލަ މިކަންކަން ކަމަށް ކިޔާނެ ރީތި ނަމެއް ނޯވެތޯ؟؟ އާއިލީ ވެރިކަމާއި ރައީސް ނުފޫޒުން ނެރޭ ކޯޓްގެ ހުކުމެއް ކަމަށް ޝައްކުކުރާނެ ޖާގަ ހަމަނެތީތޯ؟؟ ޒުވާނުންނޭ ވިސްނާ.
ޢާސީ
05 December 2018
މީ ކޯޗެއް އަބަދުވެސް މިގޮތައް ދަރިންގެދަރީންނޭ ކިޔާ އަދިވެސް ސޮނިވައްޓާތި
ރަންދެލި
04 December 2018
ޕޮލިސް ކަމިޝަނަރަކަށް ހުންނަން ޖެހޭނީ އެވަގުތަކު ރައީސް ކަމުގެ މަޤާމްުގަ ހުރި މީހަކަށް އެމީހަކާ ދޭތެރޭ 100% އަިތުބާރު އޮތް މީހެއް! ދެވަނަ ފެބް 7 ބޭނުމެއް ނޫން...
މޯލްޑިވިއަން
04 December 2018
ހެހެހެެހެ..ގިނައީ އިބޫގެ އަނބިމީހާގެ އާއިލާއަށް ނިސްބަތްވާ މީހުންނެވެ. ދެންތިީ ނަޝިދުގެ ރަހުމަތްތެރިންނެވެ. މަގުމަތީގައި ތެޅުނުމީހުން ތިބީ ޑަސްބިނުގައެވެ. ވަރަސ ްސަޅި