ޚަބަރު / ވާރޭ

ފެންބޮޑުވުމާ ގުޅިގެން 160 އާއިލާ އަކަށް ވަނީ އަސަރުކޮށްފައި: ރައީސް

އައިޖީއެމްއެޗް ކައިރީގައި ޕާކްކޮށްފައިވާ ސައިކަލްތަކުގެ މައްޗާ ހަމައަށް ފެންބޮޑުވެފައިވާއިރު، މީހަކު ސައިކަލެއް ނަގަނީ.

05 ޑިސެމްބަރ 2018 - 13:55

119 comments
05 ޑިސެމްބަރ 22:47

ފެންބޮޑުވެފައިވާ މަގަކުން މީހަކު ހުރަސް ކުރަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

05 ޑިސެމްބަރ 22:46

ފެން ވަނަ ނުދިނުމަށްޓަކައި ފިހާރައެއްގެ ކައިރީގައި މިރޭ ވެލިބަސްތާ ޖަހަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

05 ޑިސެމްބަރ 22:45

މާލޭގެ މަގަކުން ފެން ހިންދުމުގެ މަސައްކަތް ކުރަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

05 ޑިސެމްބަރ 22:24

އެމްއެންޑީއެފުން ބުނީ، އިތުރަށް މިރޭ ވާރޭ ނުވެހޭ ނަމަ، ފެން ހިންދުމުގެ އޮޕަރޭޝަން ދެ ގަޑިއިރުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށް.

05 ޑިސެމްބަރ 22:09

ފެންބޮޑުވެ، ގެތަކަށް ލިބުނު ގެއްލުމުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން ބުނޭ.

05 ޑިސެމްބަރ 22:08

ޑިޒާސްޓަ މެނޭޖަމަންޓް ސެންޓަރުން ބުނީ، ހާލުގައި ޖެހިފައިވާ ދެ އާއިލާއެއް ކަލާފާނު ސްކޫލަށް މިހާރު ބަދަލުކޮށްފައިވާ ކަމަށް.

05 ޑިސެމްބަރ 22:02

އެމްއެންޑީއެފްގެ ކާނަލް ޒުހުރީ: ކުރިއަށް އޮތް 30 މިނިޓުގެ ތެރޭގައި، މަގުތަކުގައި ބޮޑުވެފައިވާ ފެންގަނޑު ހިންދައި އާންމު ހާލަތަކަށް ގެނެވޭނެ. މިހާރު ފެންގަނޑު އެންމެ ބޮޑީ އައިޖީއެމްއެޗު ސަރަހައްދުގައި.

05 ޑިސެމްބަރ 21:33

ހާލުގައި ޖެހުނު އިތުރު އާއިލާތަކެއްގެ ބަޔަކު ކަލާފާނަށް ގެންގޮސްފި. އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭ. ޑިޒާސްޓަ ސެންޓަރުން ކުރިން ބުނެފައި ވަނީ ކައްކައި، ކައިބޮއެ އުޅެން ދަތިވާ ވަރަށް 20 ގެ އަކަށް ފެން ވަދެފައިވާ ކަމަށް.

05 ޑިސެމްބަރ 20:58

މާލޭގައި އާދަޔާ ޚިލާފަށް ފެންބޮޑުވުމާ ގުޅިގެން، ފެން ހިއްކައި އެހީތެރިކަން ފޯރުކޮށް ދިނުމުގެ ކަންކަން ކުރިއަށް ގެންދާ ގޮތުގެ މައުލޫމާތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އޮޅުން ފިލުއްވަނީ.

05 ޑިސެމްބަރ 20:45

ކަލާފާނު ސްކޫލްގައި ގާއިމް ކޮށްފައިވާ ސެންޓަރުގައި ގާލްގައިޑުގެ އިސްބޭފުޅުންތަކެއް ތައްޔާރީ ހާލަތުގައި.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

05 ޑިސެމްބަރ 20:44

ކަލާފާނު ސްކޫލްގައި ގާއިމް ކޮށްފައިވާ ސެންޓަރުގައި ރެޑް ކްރެސެންޓުގެ އޮފިޝަލުން ތައްޔާރީ ހާލަތުގައި.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

05 ޑިސެމްބަރ 20:42

ޑިޒާސްޓަ ސެންޓަރުން ބުނީ، ކައްކައި، ކައިބޮއެ އުޅެން ދަތިވާ ވަރަށް 20 ގެ އަކަށް ފެން ވަދެފައިވާ ކަމަށް. އެކަމަކު، ކަލާފާނު ސްކޫލަށް ބަދަލުވާކަށް އެ ގެތަކުގެ މީހުން އެއްބަސް ނުވާ ކަމަށް ޑިޒާސްޓަ ސެންޓަރުން ބުނި.

05 ޑިސެމްބަރ 20:36

ސްކައުޓް ކޯޑިނޭޓަރު: ކަލާފާނު ސްކޫލްގައި މިހާރު ބަލަހައްޓަމުންދާ އާއިލާގެ އެންމެންގެ ހާލު ވެސް ރަނގަޅު. އެ މީހުންނަށް ބޭނުންވާ ހުރިހާ ކަމެއް ވެސް މިހާރު ވަނީ ހަމަޖައްސައި ދީފައި.

05 ޑިސެމްބަރ 20:33

ކަލާފާނު ސްކޫލްގައި ގާއިމް ކޮށްފައިވާ، ޑިޒާސްޓާ ސެންޓަރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވަޑައިގެން މައުލޫމާތު އޮޅުން ފިލުއްވަނީ.

05 ޑިސެމްބަރ 20:21

ގޭގެއިން ފެން ހިއްކުމުގެ މަސައްކަތުގައި ސިފައިންނާއި ފުލުހުންގެ އިތުރުން ސްކައުންޓުންނާއި ގާލްގައިޑުންނާއި ރެޑް ކްރެސެންޓުގެ އޮފިޝަލުން އަންނަނީ ހަރަކާތްތެރިވަމުން.

05 ޑިސެމްބަރ 20:20

ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން ބުނީ 138 ގެ އަކަށް ފެން ވަދެފައިވާ ކަމަށާއި އެ ގެ ތަކުން ފެން ހިއްކުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށް. ހަތްދިހަ ފަސް ގެ އަކުން ކަރަންޓު ކަނޑައިގެން ގޮސްފައިވާއިރު، އޭގެ ތެރެއިން 34 ގެ އެއްގެ ކަރަންޓުގެ މައްސަލަ ހައްލު ކޮށްފައިވާ ކަމަށް ޑިޒާސްޓަ ސެންޓަރުން ބުނީ. ބާކީ ގެތަކުގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް އަންނަނީ މަސައްކަތް ކުރަމުން.

05 ޑިސެމްބަރ 20:18

ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުގެ ޑިރެކްޓަ ހިސާން ހުސައިން ވިދާޅުވީ، ހާލުގައި ޖެހުމުގެ ސަބަބުން ސަރުކާރުން މިހާރު ބަލަހައްޓަނީ އެއް އާއިލާ ކަމަށް. ހަތަރު މީހުންގެ އާއިލާ ބަލަހައްޓަމުން އަންނަނީ ކަލާފާނު ސްކޫލެއްގެ ކްލާސްރޫމެއްގައި. އެއީ ތިން ކުޑަކުއްޖަކާއި ބޮޑު އަންހެނެއް ކަމަށް ހިސާން ވިދާޅުވި.

05 ޑިސެމްބަރ 20:15

މާލޭގައި ފެންބޮޑުވެ، 160 އާއިލާ އަކަށް އޭގެ އަސަރު ކުރުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ބަޔާނުގައި ވިދާޅުވީ، އެކަމާ ހިތާމަކުރައްވާ ކަމަށާއި އެ އާއިލާތަކަށް ހަމްދަރުދީވެވަޑައިގަންނަވާ ކަމަށް. އަދި ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރާއި ސިފައިންނާއި ފުލުހުން އަދި ސަރުކާރުގެ އެހެނިހެން އިދާރާތަކާއި މޯލްޑިވިއަން ރެޑްކްރެސެންޓާއި އާންމު ފަރުދުން ދަނީ މަގުތަކުގައި ދަތުރު ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައި، ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީ ފޯރުކޮށްދެމުން ކަމަށް ރައީސް ވިދާޅުވި.

05 ޑިސެމްބަރ 20:10

މި ކާރިސާގެ ކަންކަމަށް ވަގުތުން އެޓެންޑު ވުމަށް ކަލާފާނު ސްކޫލްގައި ގާއިމް ކޮށްފައިވާ ސެންޓަރަށް ވަޑައިގެން ރައީސް މީޑިއާގައި ވިދާޅުވީ، ސިފައިންނާއި ފުލުހުން އަދި ވަޒީރުން ވެސް ސަމާލުވެ، ކަންކަން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް. އަދި ވިދާޅުވީ، ވާރޭ ނުވެހި ދެ ގަޑިއިރެއްހާއިރު ވެއްޖެ ނަމަ މަގުތަކުން ފެން ހިއްކައި ލެވޭނެ ކަމަށް އެމްއެންޑީއެފުން ބުނެފައިވާ ކަމަށް.

05 ޑިސެމްބަރ 20:04

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެންމެ މީޑިއާގައި ވިދާޅުވީ، މާލޭގައި ފެންބޮޑުވުމުގެ މައްސަލަ މިއަދު ހައްލުކުރަން އެންމެ ބޮޑަށް ދަތިވީ، ފެން ހިއްކުމަށް ބޭނުންކުރާ މެކޭނިކަލް ޕަމްޕުތައް ހަލާުކުވެފައި ހުރުމުން ކަމަށް ސިފައިންގެ ފަރާތުން މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް. އެކަމަކު، މިހާރު 14 ތަނެއްގައި ޕަމްޕުތައް ބަހައްޓައިގެން، ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި. އެމަނިކުފާނު ވިދާޅުވިގޮތުގައި ފެން ބޮޑުވުމާ ގުޅިގެން 160 އާއިލާ އަކަށް އަސަރު ކޮށްފައިވާ ކަމަށް މިހާތަނަށް ވަނީ އެނގިވަޑައިގެންފައި. އޭގެ ތެރެއިން އެއް އާއިލާ ސަރުކާރުން އަންނަނީ ބަލަހައްޓަމުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ގެއްލުންވި އާއިލާތަކަށް އެހީތެރިވުމުގެ މަސައްކަތް ކުރާ ކަމަށް ރައީސް ވިދާޅުވި. "މެޓުން މައުލޫމާތު ދޭ ގޮތުގައި މިރޭ ގާތްގަނޑަކަށް 10 ޖަހާކަންހާއިރު އަނެއްކާ ވެސް ވާރޭ ވެހެނޭ ކަމަށް އަންދާޒާ ކުރޭ. ހަމަ އެއާ އެކު ދަންވަރު 2-6 އާ ދެމެދުގައި ވެސް ވާރޭ ވެހޭނެ ކަމަށް ފޯކާސްޓުން ދައްކާ. އެހެންވީމާ އެ އަށް ސަމާލުވުމަކީ މުހިންމު ކަމެއް،" ރައީސް ވިދާޅުވި.

05 ޑިސެމްބަރ 19:20

މާލެއަށް މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހި، މުޅި ސިޓީގައި އާދަޔާ ޚިލާފަށް ފެންބޮޑުވެ، ބައެއް ތަންތަނަށް ގެއްލުން ވެފައިވާތީ، އެކަމުގެ މައުލޫމާތު އޮޅުން ފިލުއްވުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކަލާފާނު ސްކޫލްގައި ގާއިމްކޮށްފައިވާ ސެންޓަރަށް ވަޑައިގެންފި. ބައެއް ވަޒީރުންނާއި މާލެ ސިޓީ ކައުންސިލްގެ ބައެއް މެމްބަރުން ވެސް އެ ސެންޓަރުގައި މިހާރު ގެންދަވަނީ ރައީސަށް މައުލޫމާތުތައް އަރުވަމުން.

05 ޑިސެމްބަރ 18:05

މާލެގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ކުރަނީ.

05 ޑިސެމްބަރ 17:43

އައިޖީއެމްއެޗް ސަރަހައްދުގައި ބޮޑުވެފައިވާ ފެންގަނޑުގައި ކަރަންޓުގެ އަސަރު ހުރި ކަމަށް ލިބެމުންދާ ރިޕޯޓުތަކާ ގުޅުގިގެން، ސްޓެލްކޯއިން ދެންމެ ބުނީ، އެ ސަރަހައްދުގައި ކަރަންޓުގެ ލީކެއް ނޫޅޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށް.

05 ޑިސެމްބަރ 17:26

އަމީނީމަގާއި ކަނބާއައިސާރަނި ހިންގުމުގައި (އައިޖީއެމްއެޗް ސަރަހައްދު) ވަރަށް ބޮޑަށް ފެން ބޮޑުވެފައިވާއިރު، އެ ސަރަހައްދުން ބާރަށް ދުއްވުމުން، ޕާކިން ޒޯނުގައި ހުންނަ ވެހިކަތައް ވެއްޓޭތީ އެކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައި.

05 ޑިސެމްބަރ 17:22

މާފަންނު ސަރަހައްދުން ފެން ހިއްކުމުގެ މަސައްކަތް ސިފައިން ކުރަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

05 ޑިސެމްބަރ 17:15

މާލޭގެ މަގެއްގައި ފެންބޮޑުވެ، ސައިކަލެއް ވެއްޓިފައި.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

05 ޑިސެމްބަރ 17:14

އައިޖީއެމްއެޗް ކައިރީގައި ފެންބޮޑުވެފައިވާއިރު، ތަންތަނަށް ނުދެވިފައި ތިބި ބަޔަކު ޕިކަޕަކަށް އަރަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

05 ޑިސެމްބަރ 17:07

މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ސިފައިން ކުރަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

05 ޑިސެމްބަރ 17:07

ފެންބޮޑުވެފައިވާ މަގެއްގައި، ދިރާގުގެ މުވައްޒަފުންތަކެއް ހިނގާފައި ދަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

05 ޑިސެމްބަރ 17:03

ފުލުހުންގެ މެސެޖް: މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މަގުތަކުގައި ހެދިފައިވާ ފެންގަނޑުގައި ކަރަންޓުގެ އަސަރު ހުރި ކަމުގެ ރިޕޯޓުތައް ލިބެމުންދާތީ، އެކަން ބަލަމުންދާ ވާހަކަ ދަންނަވަން. އަދި މިކަމަށް ސަމާލުވުމަށާއި މިފަދަ ކަމެއް ފާހަގަ ކުރެވޭ ނަމަ ސްޓެލްކޯގެ 104 އަށް ރިޕޯޓު ކުރުމަށް ދަންނަވަން.

05 ޑިސެމްބަރ 17:00

ފެންބޮޑުވެފައިވާ މަގަކު ކާރެއް ދުއްވާފައި ދަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

05 ޑިސެމްބަރ 16:55

މާލޭގެ ތަނަކަށް ވަދެފައިވާ ފެން ހިއްކުމުގެ މަސައްކަތް މީހަކު ކުރަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

05 ޑިސެމްބަރ 16:50

ހއ. އާއި ވ. އަތޮޅާ ދެމެދު ރަށްތަކަށް، މޫސުމާ ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފި. މިއަދު ހަވީރު 5:00 އިން މިރޭ 11:00 އަށް އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މެޓުން ބުނޭ.

05 ޑިސެމްބަރ 16:48

ފެންބޮޑުވެފައިވާ މަގަކުން ދެ ފުލުހަކު ސައިކަލްގައި ދަނީ: އާންމުންނަށް އެހީތެރިވުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުން.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

05 ޑިސެމްބަރ 16:45

ވެލިބަސްތާ ބޭނުންވާ މީހުންނަށް ސިފައިން އެ ބަހަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

05 ޑިސެމްބަރ 16:44

05 ޑިސެމްބަރ 16:39

މާލޭގެ ގެއަކަށް ފެން ވަދެފައި.

05 ޑިސެމްބަރ 16:36

ފެންބޮޑުވެފައިވާ މަގެއްގައި ފުލުހުން ހަރަކާތްތެރިވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

05 ޑިސެމްބަރ 16:17

ޑިޒާސްޓާ ސެންޓަރު: ދެ ގެއަކުން މީހުން ނެރެ އެ މީހުން ބަލަހައްޓަމުން އެބަ ގެންދަން. މާލޭގެ އިތުރުން ބައެއް އެހެން ރަށްރަށަށް ވެސް ބޯކޮށް ވާރޭ ވެހޭތީ އެ ރަށްރަށުގެ ހާލަތު ވެސް އަންނަނީ ބަލަހައްޓަމުން.

05 ޑިސެމްބަރ 16:16

އެމްއެންޑީއެފް: ކުރިއަށް އޮތް ގަޑިއެއްހާ އިރުގެ ތެރޭގައި މަގުތަކުން ހިނގާލެވޭ ވަރަށް ފެން ހިއްކޭނެ

05 ޑިސެމްބަރ 16:16

އެމްއެންޑީއެފް: ސިފައިންގެ ހުރިހާ އެންމެން ވެސް މި އޮޕަރޭޝަންގައި ބައިވެރިވޭ. މި ވަގުތު އެންމެ ބޮޑަށް ސިފައިން ހަރަކާތްތެރިވަނީ އަމީނީ މަގުގައި. މީގެ އިތުރުން އައިޖީއެމްއެޗު ސަރަހައްދުގައި ޕަމްޕްތައް ވެސް ވަނީ ޖަހާފައި.

05 ޑިސެމްބަރ 16:15

މާރިޔާ: މާލޭގައި އެމްޑީއެފް އޮތީ ފުލް އެލާޓްގައި

05 ޑިސެމްބަރ 16:14

މާރިޔާ: 149 މިލި މީޓަރުގެ ވާރޭ މިއަދު ވެހިއްޖެ. ޓީވީ މޯލްޑިވްސްގެ މަސައްކަތް ހުއްޓުމަކަށް އައުމުންް އެހީތެރިވެދީފައިވޭ. ފުށް ގުދަން ބަލަހައްޓަމުން އެބަދޭ. ގެއަކުން މީހުން ނެރެން ޖެހޭ ހާލަތަކަށް ވެސް ވަނީ ގޮސްފައި.

05 ޑިސެމްބަރ 16:13

ޑިފެންސް މިނިސްޓަރު މާރިޔާގެ ޕްރެސް ކޮންފަރެންސް: މިއަދު ހެނދުނުން ފެށިގެން އެމްއެންޑީއެފުން އެ ދަނީ ހަރަކާތްތެރި ވަމުން

05 ޑިސެމްބަރ 16:04

ޑިޒާސްޓާ މެނޭޖްމަަންް ސެންޓަރުން ދެންމެ ބުނީ ކޯޑިނޭޝަން ސެންޓަރެއް އުފައްދައިފައިވާ ކަމަށާއި ސަލާމަތީ ބާރުތަކުން ފެން ހިންދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް. އަދި ރައްޔިތުންނަށް ބޭނުންވާ ކަންކަމަކީ ކޮބައިތޯ ބަލަން އެ މައުލޫމާތުތައް ނަގަމުން ގެންދާ ކަމަށް އެތަނުން ބުނި.

05 ޑިސެމްބަރ 16:00

މާލޭގެ މާފަންނުކޮޅުގައި އާދަޔާ ހިލާފަށް ފެންބޮޑުވެފައިވާ ކަމަށާއި ސަރުކާރުގެ އިދާރާތަކާ ގުޅިގެން، ނެޝެނަލް ޑިޒާސްޓާގައި ހާއްސަ ޑެސްކެއް ހަދައިގެން މަސައްކަތްތައް ކުރަމުންް އަންނަ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި. އެތަނުން ބުނީ އެމްޑަބްލިޔުއެސްސީގެ ހުރިހާ ޕަމްޕުތަކެއް ވެސް ޖައްސައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް. އެހެން ނަމަވެސް ބޯކޮށް ވާރޭ ވެހޭތީ ޕަމްޕްތަކުން ވެސް ހައްލެއް ނުލިބޭ ކަމަށް އެތަނުން ބުނޭ.

05 ޑިސެމްބަރ 15:56

މެދުނުކެނޑި ގާތްގަނޑަކަށް ހަތަރު ގަޑިއިރު ވަންދެން ވާރޭ ވެހުމަށް ފަހު މާލެ އަށް މިހާރު ވަނީ ވާރޭ ތުނިކޮށްލައިފައި.

05 ޑިސެމްބަރ 15:56

މާލޭގެ ގެއަށާއި ފިހާރަތަކަށް ފެންގަނޑު ވަންނާތީ އެ ތަންތަނުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ފުލުހުން ބުނޭ. މި މަސައްކަތުގައި ސިފައިން ވެސް ހަރަކާތްތެރިވަމުން ދޭ.

05 ޑިސެމްބަރ 15:54

ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން އެކަން ވަރަށް ގާތުން ބަލައި، ކަމާ ގުޅުން ހުރި ފަރާތްތަކާ މަޝްވަރާ ކުރަމުން ގެންދާ ކަމަށް ރެޑް ކްރެސެންޓުން ބުނެފި

05 ޑިސެމްބަރ 15:52

ގޭގެ އަށް ފެންގަނޑު ވަންނަމުންދާތީ ވެލިބަސްތާ ޖެހުމުގައި ފުލުހުން ހަރަކާތްތެރިވަނީ.

05 ޑިސެމްބަރ 15:51

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިފައިާ ކަމަށާއި އެކަން ހައްލު ކުރަމުން ގެންދާ ކަމަށް އެ ކުންފުނިން ބުނެފި. ކަރަންޓްގެ ހިދުމަތް ނުލިބޭ ގެއެއް ނަމަ 104 އަށް ގުޅުމުން ގެއަކަށް ގޮސް އެކަން ހައްލު ކޮށްދޭނެ ކަމަށް ވެސް ސްޓެލްކޯ އިން ބުނޭ

05 ޑިސެމްބަރ 15:50

މާރުކޭޓުގެ ސަރަހައްދެއްގައި ފެންބޮޑުވެފައި.

05 ޑިސެމްބަރ 15:47

ފެންބޮޑުވެފައިވާ މަގަކުން ވެހިކަލްތަކެއް ދުއްވާފައި ދަނީ.

05 ޑިސެމްބަރ 15:46
05 ޑިސެމްބަރ 15:40

ބޯކޮށް ވާރޭ ވެހޭތީ، ޓެކްސީތައް ޕާކު ކޮށްފައި ނުބާއްވައި އާންމު ހިދުމަތަށް ނުކުތުމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ގޮވާލައްވައިފި

05 ޑިސެމްބަރ 15:38

ހުޅުލޭ އެއާޕޯޓްގައި ވެސް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައި. އެހެން ނަމަވެސް ޝެޑިއުލް އަށް ބަދަލެއް ނުގެނެސް މެނޭޖް ކުރަމުން އަންނަ ކަމަށް އެމްއޭސީއެލުން ބުނޭ

05 ޑިސެމްބަރ 15:32

ވަޑާންގެއަކަށް ފެން ވަދެފައިވާއިރު، ފެން ހިއްކުމުގެ މަސައްކަތް މީހަކު ކުރަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

05 ޑިސެމްބަރ 15:31

މިހާރު ކުރަމުންދާ ވިއްސާރައިގައި ޕީއެސްއެމްގެ ޓީވީ ޗެނަލްތައް ހިންގާ އިމާރާތްތަކަށް ގެއްލުންތައް ލިބެމުންދާތީ ޓީވީގެ ހިދުމަތް މެދުކަނޑާލަން ޖެހިދާނެ ކަމަށް ޕީއެސްއެމުން ބުނެފި

05 ޑިސެމްބަރ 15:30

ގެ އަކަށް ފެން ވަންނާތީ ވެލިބަސްތާ ޖެހުމުގައި ދެ މީހަކު ހަރަކާތްތެރިވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

05 ޑިސެމްބަރ 15:29

މާލޭގައި ފެން ބޮޑުވެފައިވާ މަގަކުން އަންހެނަކު ކުޑަކުއްޖަކު ގޮވައިގެން ފެންގަނޑު ތެރޭގަިއ ހިނގާފައި ދަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

05 ޑިސެމްބަރ 15:28

ފިހާރަ އަކަށް ފެން ވަންނާތީ ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަނީ.---ފޮޓޯ: ހުސައިން ވަހީދު/ިހާރު

05 ޑިސެމްބަރ 15:26

މިއަދު ބޯކޮށް ވާރޭ ވެހި އެތައް ބަޔަކަށް ލިބުނު ގެއްލުން ބަލަނީ ގައުމީ ކާރިސާއެއްގެ ގޮތުގައި ކަމަށާއި ސިފައިން ނުކުމެ ފެން ހިއްކައި، އާންމުންނަށް އެހީވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދެންމެ ވިދާޅުވެއްޖެ

05 ޑިސެމްބަރ 15:20

އައިޖީއެމްއެޗް ސަރަހައްދުގައި މިއަދު ފެންބޮޑުވެފައި.

05 ޑިސެމްބަރ 15:18

ބައެއް ފިހާރަތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި. އެ ގޮތުން ރެއިންބޯ ޗާންދަނީ މަގާއި އަލިކިލެފާނު މަގުގައި ހުންނަ ފިހާރަ އަށް ފެންގަނޑު ވަދެ ބައެް ފަރުނީޗަަށް ވަނީ ގެއްލުންވެފައި. މީގެ އިތުރުން މަޖީދީ މަގުގައި ހުރި ބައެއް ފިހާރަތަކަށް ވެސް ފެންގަނޑު ވަދެ ވަރަށް ގިނަ އަދަދެެއްގެ މުދަލަށް ގެއްލުން ވެފައިވޭ

05 ޑިސެމްބަރ 15:16

ތިން ވަނަ ޑިވިޝަންގައި މިއަދު ކުޅެން ހަަމަޖެހިފައިވާ ދެ މެޗު، މޫސުން ގޯސްވެގެން ކެންސަލްކޮށްފި

05 ޑިސެމްބަރ 15:14

މެޓުން ބުނާ ގޮތުން ބޯކޮށް ވާރޭ ވެހުނަސް މޫސުން މުޅިން ގޯހެއް ނޫން. އެ ފަރާތުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ގޮތުން މިއަދު ހެނދުނު 8 އިން މެންދުރު ފަހު 2 އާ ހަމައަށް މާލެ އަށް ވެހިފައި ވަނީ 140 މިލި މީޓަރުގެ ވާރޭ. މުޅި ރާއްޖޭގެ ތާރީހަށް ބަލާއިރު މިހާތަނަށް އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ނޮވެމްބަރު 24، 2015 ގައި ސ. ގަމަށް. އެއީ 228 މިލި މީޓަރުގެ ވާރޭ.

05 ޑިސެމްބަރ 15:07

މިއީ ފަހުގެ ތާރީހެއްގައި މިހާ ބޯކޮށް މެދުނުކެނޑި ވާރޭ ވެހުނު ފުރަތަމަ ފަހަރު. މާލޭގެ ހުރިހާ މަގެއްހެން ވަނީ ފެނު އަޑީގައި. ބައެއް ސަރަހައްދުތަކުގައި މިހާރު ތިން ހަތަރު ފޫޓަށް ވަނީ ފެންގަނޑު ބޮޑުވެފައި. އޭގެ ސަބަބުން ބައެއް ގޭގެ އަށާއި ފިހާރަތަކަށް ފެން ވަދެ ބައެއް މުދަަލަށް ވަނީ ގެއްލުން ވެފައި. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކަށް ބަލާއިރު ފެންގަނޑާ އެކު ބައެއް ސައިކަލްތައް ވެސް އޮޔާ ދަމުން.

05 ޑިސެމްބަރ 15:06

މާލޭގައި މިއަދު ފެންބޮޑުވެފައި.

05 ޑިސެމްބަރ 15:04

މާލޭގެ ބައެއް ގޭގެ އަށާއި އޮފީސްތަކަށް ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައި. ރިކޯޑު މިންވަރަކަށް، މެދުކެނޑުމެއް ނެތި މާލެ އަށް ވެހެމުންދާ މި ވާރޭގައި ފެންބޮޑުވެ ބައެއް ޚިދުމަތްތައް ވެސް ވަނީ ހުއްޓިފައި.

05 ޑިސެމްބަރ 15:00

ވީމީޑިއާ ހިންގާ އިމާރާތަށް ފެން ވަދެ، ބައެއް އިކުއިޕްމަންޓްތަކަށް ގެއްލުން ވެފައި ވާތީ، ވީޓީވީ އާއި ވީއެމްގެ ޚިދުމަތް މިވަގުތަށް މެދުކަނޑާލައިފި.

05 ޑިސެމްބަރ 14:56

މާލޭގައި ހިންގާ ވޯކްޝޮޕަކަށް ފެން ވަދެފައިވާއިރު، މީހަކު ގޮނޑިއެއްގައި އިށީނދެގެން.---ފޮޓޯ: ނިޝާން އަލީ/މިހާރު

05 ޑިސެމްބަރ 14:54

ފުލުހުން ދެންމެ ކުރި ޓުވީޓެއްގައި ބުނީ، މަގުތަކުގައި ފެންބޮޑުވެ، މަގުތަކުގައި ޕާކް ކޮށްފައިވާ ބައެއް ސައިކަލްތައް ވެއްޓިފައިވާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށް.

05 ޑިސެމްބަރ 14:52

ފުލުހުންގެ ޓުވީޓު

05 ޑިސެމްބަރ 14:51

މާލޭގެ ގެއަކަށް ފެން ވަންނާތީ ވެލިބަސްތާ ޖަހާފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

މިއަދު ހެނދުނުއްސުރެ ފެށިގެން މާލެއަށް ވެހެމުންދާ ބޯ ވާރޭގައި، ގިނަ ސަރަހައްދުތަކުގައި އާދަޔާ ޚިލާފަށް ފެން ބޮޑުވެ، ހިނގައިބިނގައި އުޅުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވެއްޖެ އެވެ.

ހެނދުނު 11 ޖަހާކަންހާއިރުން ފެށިގެން މެދުނުކެނޑި ވެހެމުންދާ ވާރޭގަައި އައިޖީއެމްއެޗް ސަރަހައްދާއި އަމީނީމަގު އަދި ހަވީރީހިނގުމުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ. މީގެ އިތުރުން، ބޮޑުތަކުރުފާނުމަގުގައި ތާރު އަޅައިގެން އަލަށް ހެދި ބައިގައި ވެސް ވަނީ ފެން ބޮޑުވެ، އެތައް ބަޔަކަށް ދަތިތަކާ ކުރިމަތިވެފަ އެވެ.

މާލޭގެ ބައެއް ސަރަހައްދުތަކުގައި ދެ ފޫޓެއްހާ ވަރަށް ފެން ވަނީ ބޮޑުވެފަ އެވެ.

މި ވާރޭގައި ފެންބޮޑުވެ، ބައެއް ގޭގެ އަށް ވެސް ފެން ވަދެ ގެއްލުންތަކެއް ވެފައިވާ ކަމަށް އެނގިފައި ވެ އެވެ. އެހެންވެ ބައެއް ގޭގެ އާއި ފިހާރަތަކާއި ހޮޓާތަކުގެ ބޭރުގައި ވަނީ ބަސްތާ ޖަހައި ފެން ނުވަދެވޭ ގޮތަށް ހަދައިފަ އެވެ.

މާލޭގައި ފެންބޮޑުވެފައިވާ މަގަކުން ޓެކްސީއެއް ދުއްވާފައި ދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މަޖީދީމަގުގެ ޒިކުރާ މިސްކިތް ސަރަހައްދު

އެމްއެންޑީއެފުން ބުނީ، މަގުތަކުން ފެން ހިންދުމުގެ މަސަައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފްގެ މީޑީއާ އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ، ފެން ހިއްކުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަނީ ބޮޑުތަކުރުފާނުމަހުގައި ތާރު އެޅި ސަރަހައްދުން ކަމަށެވެ.

"ފެން ހިންދާ ވަޅުގަނޑު ފުރިފައި ހުރީ. އެހެންވެ އަމީނީމަގުން ފެން ހިނދޭނެ ގޮތެއް މިވަގުތަކު ނެތް،" އޭނާ ވިދާޅުވި އެވެ.

މޫސުމާ ބެހޭ އިދާރާއިން ނެރެފައިވާ ޔެލޯ އެލާޓާ ބެހޭ މައުލޫމާތު.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، ގުގުރުމާ އެކު، މާލެ އަށް މިއަދު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތިން ދުވަހު ވެސް މި ސަރަހައްދުގެ މޫސުން ގޯސްވާނެ ކަމަށް މެޓުން ބުންޏެވެ.

މޫސުމާ ބެހޭ އިދާރާއިން މިހާރު ވަނީ ކ. އަތޮޅާއި އ. އަތޮޅާ ދެމެދަށް ޔެލޯ އެލާޓު ނެރެފަ އެެވެ. އަދި ހއ އަތޮޅާއި އ. އަތޮޅުގެ ދެމެދަށް ވައިޓް އެލާޓެއް ވެސް ނެރެފައި ވެ އެވެ.

މާލޭގެ އިތުރުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓީއެމްއޭ ސަރަހައްދުގައި ވެސް ވަނީ ފެންބޮޑުވެފަ އެވެ. އަދި އެއާޕޯޓުގެ ޑިއުޓީ ފްރީ ސަރަހައްދާއި ފުޑް ކޯޓުގެ ބައެއް ހިސާބު ތަކުން ދަނީ ފެން ފައިބަމުންނެވެ. އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލް ސަރަހައްދުގައި ވެސް ވަނީ ފެންބޮޑުވެފަ އެވެ.

119 ކޮމެންޓް, 160 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 84%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގޮހޮރު

06 December 2018

ބިރުވެރިކަމާ އަމާންކަމާ އެކުވެސް ﷲ ހަނދުމަ ކުރުންމަތީ ތިބުން އެދެނެ. އެއްޗެއް ވިސްނޭނީ އެއްޗެއް ވިސްނޭ ބަޔަކަށް. އިސްލާމުން ނަމާދު ކުރަން ހަދާފައިވާ ތަންތަން ވެސް ތަޅައި ސުންނާފަތި ކުރަނީ. މުޅި ރާއްޖެ އިންޑިޔާގެ އަޅުވެތި އުނގަށް ވެއްޓުނީ. ﷲ ގެ ނިޔާ އަންނާނީ ކިހެނެތްކަމެއް އެކަކަށްވެސް ނޭނގޭނެ. ﷲ ގެ ޤުދްރަތްތެރިކަމާއި ކުޅަދުންވަންތަކަން ހަނދުމަ ކުރުން ބުއްދިވެރި سبحان الله

The name is already taken The name is available. Register?

ތެމާ

06 December 2018

ރެޑް ކްރެސެންޓް ގާރލްގައިޑް ފެނުނީމަވެސް ހިތަށް ފިނިކަން ލިބިއްޖެ އިންސާނީ ޚިދުމަތަށް ސާބަސް

The name is already taken The name is available. Register?

ފޮސްކަލޯ

06 December 2018

ބަލާބެލުމަށް އިބޫގެ ކައިރީގައިވާ އެޑުވައިޒަރުންގެ ތޫނުފިލިކަން ރަގަޅުކަމަށް ފޮސްކަލޯއަށްފެނޭ. ރައީސުގެ ޗީފްއޮފްސްޓާފު ވަރަށް ހިތްވަރުކުރާކަމަށް ބެލެވޭ?

The name is already taken The name is available. Register?

ރޯނުއެދުރު

06 December 2018

އަދިިވެސް މިސްކިތްތަކުގަ މީހުން ނަމާދުކުރަން ޖަހާފަ ހުރިމުށިތައް އަވަސްއަރުވާލައިގެން ނެގޭތޯ ބަލާ

The name is already taken The name is available. Register?

ފިކުރުކުރަމާތޯ

06 December 2018

ގެއްލުން ލިބުނުފަރާތްތަކަށް ދަވްލަތުން ބަދަލެއް ދެއްވުމަކީ އެދެވިގެންވާ ހެއުކަމެކެވެ. އަދި ސޯލިހުގެ ސަރުކާރަށް ތަނަވަސްކަން ލިބުމަށް ލިބޭނެ ހެއުފުރުސަތެކެވެ.

The name is already taken The name is available. Register?

ކަނބިލި

05 December 2018

ޓީމް ވަރކް ރަނގަޅު

The name is already taken The name is available. Register?

ޗަމްޕާމާ

05 December 2018

މަށޭކިޔާތަ

The name is already taken The name is available. Register?

ހާލުގަ ޖެހިފައިވާ މީހެއް

05 December 2018

އޮފީސްތައް މިކަމުގެ ސަބަބުން ލައްޕަން އެދެން

The name is already taken The name is available. Register?

ާސީނާ

05 December 2018

ސަރުކާރު ބަންދު ދުވަހަކަށް މާދަމާ ހަދަން ފެނޭ?

The name is already taken The name is available. Register?

ކެނެޑީ

06 December 2018

އެއީ ކީއްވެ ހާލުގައި ޖެހުނީތޯ؟ ނޫނީ ފެންހިންދާ މަސައްކަތުގައި ބައިވެރިވާންތޯ؟ ނުވަތަ ހޮލިޑޭކޮށްލާ އަރާމްކޮށްލާ ނިދާލަންތޯ ހެހެ

The name is already taken The name is available. Register?

މިވަގުތުގެހާލަތު

05 December 2018

ޢިއްޒަތްތެރި ރައީސް އަޅުގަނޑުމެންބރައްޔިތުންގެ ބަޔަކު މިވަނީ ޙާލުގަ ޖެހިފަ މަނިކުފާނުން އޮފީހުން ކުރައްވާ ޓްވީތުތައް ދިވެހިބަހުން ހުރުން ވަރަށް މުހިންމު މިއީ ގައުމުގަ އިމަޖެންސީ ވަގުތެއް މިފަދަ ވަގުތުގަ ދިވެހި ބަހުންޓްވީތްތައް ކުރަން ދެންނެވުމެއް ނެރެފަ ބާއްވަން ފެނޭ މިހާރު ޓްވީތުތައް އެކި އިދޜާއިން އެކިބަހުން އަދިވެސް މިސްރާބު އެއްދިމާއަކަށް ނުވަނީތޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454