ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް. --ފޮޓޯ:މިހާރު
09 ޑިސެމްބަރ 2018 - 21:42
ކޮރަޕްޝަންގެ ނުބައި އަމަލު ރާއްޖޭގައި ފެތުރެމުންދާ ސަބަބުތައް ދެނެގަނެ، އެކަންކަން ހައްލު ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެންޓި ކޮރަޕްޝަން ދުވަހާ ގުޅިގެން ގާސިމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ދިވެހި މުޖުތަމައު އިން ކޮރަޕްޝަންގެ ވަބާ ފޮހެލުމަކީ ނުވަތަ ކޮރަޕްޝަންގެ މައްސަލަތައް މަދު ކުރެވިފައިވާ މުޖުތަމައުއަކަށް ހެދުމަކީ ކަނޑައަޅަން ޖެހޭ މުހިންމު ގައުމީ ލަނޑުދަނޑިއެއް ކަމަށެވެ.
ގާސިމް ވިދާޅުވި ގޮތުގައި، ދައުލަތުން ހިދުމަތް ފޯރުކޮށްދިނުމުގައި ވެސް، ދެ ފުށް ފެންނަ، ރައްޔިތުންނަށް ކަމުގެ ސައްހަ މައުލޫމާތު އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދީގެން ކަންކަން ކުރިއަށް ދިއުމަކީ އެފަދަ ކަންތައްތަކުގެ ތެރެއިން ކޮރަޕްޝަން އަމަލުތައް މަދުވެ، ރައްޔިތުންގެ އިތުބާރު ލިބިގެންދާނެ ކަމެކެވެ.
"އެހެން ގައުމުތަކެކޭ އެއްފަދައިން، ރާއްޖޭގެ ތަރައްގީއަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ކޮރަޕްޝަންގެ ނުބައި އަމަލު. ގައުމުގެ ފުދުންތެރިކަން ހަމަހަމަ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށް ނުދެވޭ މައިގަނޑުގެ އަސްލަކީ ވެސް އަޅުގަނޑުމެންގެ ތެރޭގައި ކޮރަޕްޝަންގެ މި ނުބައި ވަބާ ފެތުރިފައިވާލެއް ބޮޑުކަމެވެ،" މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ނެރުއްވި ބަޔާނުގައިވެ އެވެ.
ކޮރަޕްޝަން ހިންގާ މީހުންނާއި މިކަމަށް އެއްބާރުލުންދޭ ފަރާތްތަކުގެ މައްސަލަތައް އެއްވެސް އިސްތިސްނާއެއް ނެތި ބަލައި ތަހުގީގު ކުރަން ޖެހޭ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި އެ މީހުންނަށް ގާނޫނީ ފިޔަވަޅު އަޅައި ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކޮށް ހައްގު އަދަބު ދޭން ޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލި
10 December 2018
ޢަމިއްލަ ނަފްސު ސަބަބު 1
ސިރުކާރު
10 December 2018
ތިކަންފެތުރެނީ ތިކަހަލަ މުއްސަންތިންނާ ހެދި.
Fisaarikanbaleh
10 December 2018
އެހެންޖެއްޖިއްޔާ މަނިކުފާނުގެ އރިހުގައި ގެންގުޅޭ ކޮރަޕްޓް މީހުން ބޭރުކޮށް އާޖީލަކަށް ސިޔާސީ ދާއިރާއާއި މަޖިލީހުން ފުރުސަތު ދެއްވާ،
ސޭކުބެ
10 December 2018
މީހުން ކަރަޕްޓްވަނީ ކަރަޕްޓްކުރެވޭފަދަ ތަނަވަސްވެރިން މީހުން ކަރަޕްޓްކުރާތީއެވެ. މަނިކުފާނު ކަރަޕްޝަން ފައިސާގައި ނުހިފާކަން ޔަގީނެވެ. އެހެނަސް މިގައުމުގެ އެންމެ ގިނަ މީހުން ކަރަޕްޓްކުރިމީހަކީ މަނިކުފާނެވެ.
ފަޅުވެރިން
10 December 2018
އެންމެ ބޮޑު ސަބަބު ތިހުރީ ދިމާއަށް ފެންނާކަށްނު؟ އެއީ ތިޔަމީހާގެ ވުޖޫދެއްނު!!
ަފާތުމަ
10 December 2018
ހައްލަކީ ހުރިހާ ފައިސާ ވެރިން ހިފާ ހައްޔަރު ކުރުން. ގާސިމް ވެސް
ޕަކާސް
10 December 2018
ދެންމަހީހީ... ކޮސްގޮވޭހެން ހީވާން ފަށައިފި.
މާކަނާކަލޯ
10 December 2018
ސަބަބު: މަހުޖަނުން އަމިއްލަ އެދުމާގެން ފައިސާ ބަހާތީ ހައްލު: މަހުޖަނުން ފައިސާބެހުން ހުއްޓާލާ
ދާދޭ
10 December 2018
ސޭޓޫ. ސޭޓު މަޖިލީހުގައި އިނދެ ހުށަހެޅި ހުށަހެޅުމަކަށް ނޫންތޯ މަޖިލީހުގެ މެމްބަރުންގެ މުސާރަ އަމިއްލައަށް 65000ރުފިޔާއަށް ބޮޑުކުރީ މަޖްލީހުގެ މެމްބަރުން ކޮރަޕްޝަނާ ދުރުކުރަން. އޭގެ ފަހުން އެމީހުން ކޮރަޕްޝަނުގެ ފައިސާނަގަނީ ވަކިސުމާރެއްނެތި. އެއީ މަނިކުފާނު މިގައުމަށް ދިން ފުރަތަމަ ގެއްލުން. ދެވަނަ ގެއްލުމަކީ ސިއްރު ހެކި އުފައްދަން ދަސްކޮށްދީ ރައީސް ނަޝީދުގެ ވެރިކަން ބަޣާވާތަކުން ވައްޓާލުން.
ރަބަރު
10 December 2018
މާ ބޮޑު ދިރާސާތަކެއް ކުރަންޖެހޭކަމެއްނޫނެވެ. އެކިއެކި ފެންވަރުގެ ވެރިންގެ އަމިއްލައެދުން ބޮޑުވީމަ ވާކަމެކެވެ.