ހުޅުމާލެގައި ކާރެއް ދުއްވާލާފައި ދަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
17 ޑިސެމްބަރ 2018 - 15:53
ގަރާޖު ނެތި ހަތަރު ފުރޮޅުލީ އުޅަނދެއް ރަޖިސްޓްރީކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޫކުރަމުން އައި ޕާކްކުރުމުގެ ހުއްދަ ދިނުން ވަގުތީ ގޮތުން މަޑުޖައްސާލައިފި އެވެ.
ހުޅުމާލޭގައި އުޅޭ މީހުންނަށް މީގެ ކުރިން އެޗުޑީސީން އެ ހުއްދަ ދޫކުރަނީ އުޅަނދު ގެންނަ މީހުންގެ ގަރާޖެއް ނެތަސް ހުޅުމާލޭގެ ކޮންމެވެސް ތަނެއްގައި ޕާކްކުރެވޭ ގޮތަށެވެ. ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކޮށްދެނީ ގަރާޖެއް ހުރެގެންނެވެ. އެކަމަކު ހުޅުމާލެ ކަހަލަ ޕާކިން ޒޯން ބޮޑު ތަނެއްގައި ޕާކްކުރަން ވަކި ސަރަހައްދެއް ކަނޑައެޅުމުން އެއަށް ބަލައިގެން އުޅަނދުތައް ރަޖިސްޓްރީކޮށްދެ އެވެ.
ހުޅުމާލޭ ޕާކިން ޖާގަތައް ހުސްވީ ސިނަމާލެ ބްރިޖް ހުޅުވުމާ އެކު ހުޅުމާލޭގައި ރަޖިސްޓްރީކުރަން އެތެރެކުރި އުޅަނދުތައް ގިނަވެގެންނެވެ. އެހެންކަމުން މިހާރު ޕާކިން ޖާގަ އިތުރަށް ދެވެން ނެތް ކަމަށް އެޗުޑީސީން ބުނެ އެވެ.
އެ ކުންފުނިން ބުނީ ހުއްދަ ދިނުން މަޑުޖައްސާލީ ޕާކްކުރާނެ އިތުރު ސަރަހައްދުތަކެއް ކަނޑައެޅުމުގެ އިތުރުން ޕާކިން ޖާގަ ދޫކުރުމުގެ އުސޫލެއް ވެސް ހެދެންދެން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާރަނގާ - އައްޑޫ ސިޓީ
17 December 2018
ކަލޭމެން ބޮޑެތި އިޤިރޭސިނަންނަން ކިޔައި ކުންފުނިހަދައިގެންވެސް ތިކުރަނީ ހަމައެއްކަމެއް. * * އެއީ ދައުލަތުގެ މާލިއްޔާ ތިޔަރަށްގަނޑަށާއި ތިރަށުގެ ބިންވެރިންނަށް ބަހާލެވޭނެގޮތެއް. * * ތިރަށުގެ އަމަން ބެލެހެއްޓުމާއި ޝަރީއަތް ކުރުމާއި ހުކުމްތަންފީޒު ކުރުމުގެ އިތުރަށް ތިރަށަށް އަރާ “ދިވެހިން” ނުވަތަ އެއްވަނަ ދަރަޖައިގެ ތިޔަރަށްގަނޑުގެ ބިންވެރިންނޫންމީހުންއަތުން ވީސާފީނަގާނެ އޮފީހެއްވެސް ހަދާލަންފެނޭ.
ކުލްފީ
17 December 2018
މިއީ ދެންކިހާ ދެރަވަރު ކަމެއް... މިވެރިން ދުވަހަކު ތައްޔާރެއް ނުވެވޭނެ ...
ނެރުބައްތި
17 December 2018
މާލޭގެ އެއްއަވަށުގަ ހިނގަނީ އެޗްޑީސީ ކިޔާ ކުންފުންޏެއްގެ ވެރިކަމެވެ. އެހެނަސް ތުރާކުނާއި އައްޑޫ ހިސާބު ދުރުގަ ހުންނަ ރަށްރަށުގަ މަގުބައްތި ބަދަލުކުރަންވެސް ޖެހެނީ މާލޭ ރަސްގެފާނުގެ އަމުރަށް މާލޭގަ ހުންނަ ވަޒީރެވެ.
މޯޑް
17 December 2018
ހުޅުމާލޭގައި ގިނައިން ޕާކްކޮށްފައި ހުންނަނީ މާލޭގަި ގެންގުޅޭ ކާރުތަކެވެ. މީގެ ސަބަބުން ހުޅުމާލޭގެ ޕްލެޓްއަދި ގެތަށް ގަނެގެން އުޅޭ ފަރާތްތަކަށް ކާރު ގެންގުޅުމެގެ ހައްޣުން މަޙްރޫމުވެގެން ދާނެއެވެ. މިގޮތަށް ނިންމުމުގެ ބަދަލުގައި އަގެއް ނަގައިގެން ނަމަވެސް ކާރުގެ ނަމްބަރު ޖަހާފައި ވަކި ޕާކިންގްއޭރިޔާ ތަކެއް ޕްލެޓްތަކަށާއި ގޯތި ހުންނަ ސަރަޙައްދުތަކުން ދިނީމާ ނިމުނީއެވެ.
ފެނޭތޭތޭ
17 December 2018
ކޮބާ ތަމެންނަށް ފެނޭތޭ ބްރިޖް އެޅުމުން މާލެ ސަރަހައްދަށާއި އަދި މުޅި ރާއްޖެ އަށް އަންނަ ތަރައްގީ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..
ހުޅުމާލެމީހާ
17 December 2018
އަޅުގަނޑުމެން ހުޅުމާލޭގައި ވަޒަންވެރިން މިޖެހުނީ ކާރުވެސް ނުގަންނަން. މާލޭގަ އުޅޭމީހުން އައިސް ޕާކްކޮއްލާފަ އެދަނީ ސައިކަލުގަ މާލެއަށް.
ޑާޑާޑާޑާޑާ
18 December 2018
23 ސެޕްޓެމްބަރު ފެނޭތޭ، ފެނޭދޯ، މިހާރު ހުންނާނީ ޕޮއިންޓް ގެޓްވެފަ.