މިހާރު ހަމަޖައްސާފައި އޮތް ގޮތުން ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 8 ވަނަ ދުވަހާ ހަމައަށް އޮންނާނެ
ފުވައްމުލަކު މަގު ހެދުން އެމްއާރްޑީސީއާ މިދިޔަ އަހަރު ހަވާލުކުރުމުގެ ތެރެއިން: އެ ރަށުގައި މިހާރު އަންނަނީ 200 ފްލެޓް ވެސް އަޅަމުން
20 އޯގަސްޓް 2016 - 17:14
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ފުވައްމުލަކުގައި ހަދާ ފްލެޓްތަކަށް ކުރިމަތިލާން ދިން މުއްދަތު ހައުސިން މިނިސްޓްރީން އިތުރުކޮށްފި އެވެ.
ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ އަންނަ މަހުގެ 8 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ.
ކުރިން ހުޅުވާލި މުއްދަތު މި މަހުގެ 18 އަށް ވަނީ ހަމަވެފަ އެވެ. ފުރުސަތު ހުޅުވާލީ ޖޫން މަހުގެ 5 ވަނަ ދުވަހު އެވެ. ހައުސިން މިނިސްޓްރީން ބުނީ މުއްދަތު އިތުރުކުރީ ގިނަ ބަޔަކު ފޯމް ނެގި ނަމަވެސް މުއްދަތު ހަމަވި އިރު، ފޯމް ހުށަހަޅާފައި ނުވާތީ އިތުރަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
ފުވައްމުލަކު އަތޮޅު ކައުންސިލުން ބުނި ގޮތުގައި ފްލެޓްތަކަށް ހުޅުވާލުމުން 1،000 އަށް ވުރެ ގިނަ ފޯމް ނަގާފައިވެ އެވެ.
ފުވައްމުލަކުގައި 200 ފްލެޓް އަންނަނީ އިމާރާތް ކުރަމުންނެވެ. މީގެ ތެރެއިން 150 ޔުނިޓް ހާއްސަކޮށްފައި ވަނީ އެ ރަށު ރައްޔިތުންނަށެވެ. އަދި 20 ފްލެޓް ފުވައްމުލަކަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްފައިވާ އިރު ބާކީ ހުރި ފްލެޓްތައް ރިއަލް ސްޓޭޓް އުސޫލުން ވިއްކަން ވަނީ ނިންމައިފަ އެވެ. ފުވައްމުލަކުގައި ހަދާ ފްލެޓް ލިބޭ ފަރާތްތަކާ އެ ތަންތަން މި އަހަރު ނިމުމުގެ ކުރިން ހަވާލުކުރަން ހައުސިން މިނިސްޓްރީން ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫ
21 August 2016
ފުވައްމުލަކުން 1000 ފޯމް ނެގުމަށްގަހު މަދު އަދަދެއްގެ ފޯމް ލީމަ އެނގެނީ މި ރަށްރަށުން އެދެނީ އަމިއްލަ ގޯތީގައި ތިބެ ތަނަވަސް އޯޕަން ކޮންސެޕްޓްގެ ބޯހިޔާ ވަހިކެމއްކަން އެކަމު މާލެގަިއ ހެދި ޓާޓާ ފްލެޓަށް އެދިފައި ތިބި ހާހެއްހާ މީހުންންގެ ތެރެއިން އެތަން ލިބޭ ބަުަކަށް އެތަނަށް ވަދެވޭ ގޮތެއް ވަރަށް ހަދާދީބަލަ. ޑެސްޕަރޓޭލީ ނީޑޤ ހައުސިންގް
އާދަން ހުސެން
21 August 2016
މި ހަފުލާގަ ވިޔަސް އެހެން ހަފުލާއެއްގަ ވިޔަސް ސަރުކާރުގެ މުއައްސަސާތަކުން ކުރަންޖެހޭ ކަންކަން ކުރާވާހަކަ ރައްޔިތުންނަށް ކިޔާދޭ ކޮންމެ ފަހަރަކު އެ ދާއިރާއެއްގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އެތާ ހުންނަގޮތަށް މިކަންކުރުން މިއީ ދުނިޔޭގެ ބަޔަކު އަލަށް ކުރަން ފަށައިގެން އުޅޭ ކަމެއް. މިވާހަކަ އެނގިއްޖެނަމަ ގިނަބަޔަކު ހައިރާންވެ އަންތަރީސްވާނެ. މިއޮތީ ކިހާދެރަކަމެއް ދެން ލައިގެންފަ.
އަރާވާ
21 August 2016
ކޮންއިރަކުންތަ ކުޅުދުއްފުށި ފްލެޓްތަކުގެ މަސައްކަތް ނިންމަނީ!
ޢިސްދޫކަޅައިދޫ
21 August 2016
މިހާރު ރަށްރަށުގެ ފުލެޓުތަށްވެސް އަތަށް އޮޅާލީދޮއްތަ؟؟؟!!!! ސާބަހޭ... މަހީކުރީ މާލޭ ކައުންސިލަށް އެކަނިކަމަށް ދުއްތުރާ ކުރަނީ... ރަށެއްގެ ރައްޔިތުންނަށް ބަންޑަރަ ރުކެއްގެ ކޮންޓްރޯލްވެސް ނުދެއްޗޭ... ތިޔައޮތީވާ ހައުސިންގ މިނިސްޓްރީއެއް... ބާރަށް ހިފަހައްޓާ...
ހަބޭސް
20 August 2016
ޑރ. މުއިއްޒޫ ލޮލް! ރައީސް ފަހަތްޕުޅުގަ ސާބިތުވެ ހުންނަވާތި. އެއްގޮތަކަށްވެސް ފަހަށް ނުވިސްނަވަތި. ބޯހަލާކު
ހާދާލު
20 August 2016
ކޮބާ ހަނިމާދޫގަ 2012ވަނަ އަހަރު ނިމިފަ ހުރި ހައުސިން ޔުނިޓްތައް ދެވޭނެ ދުވަހެއް އަންގަވާލަ ދެއްވާ......؟؟؟؟؟ ނިމިފަ ހުންނަތާ 4 އަހަރު ވެއްޖެ...... ގެތައް ބޮލައް ވެއްޓެނީ......
ޒުވާނުން ފޯއްމުލަކު
20 August 2016
ފުލެޓްތައް މިތަނުން އުފުރައިގެން މާލެ އައް ގެންދޭ އަހަރުމެނަކައް ތިޔައީ މާމުހިއްމު އެޗެއްނޫން
ރަށިމީހާ
20 August 2016
މީކޮން ކަމެއް؟
އަލިފުބާ
20 August 2016
ކޮންމެވެސް ނޫސްވެރިއަކު ބަލާލަދީބަލަ މިވީ 3 އަހަރުތެރޭގައި ވަކި ހާއްސަ ބަޔަކަށް (ފުލުސް ޓިޗަރުން ސިފައިން ދައުލަތުގެ ވެރިން) ނުލާ އާންމުކޮށް ހުޅުވާލާގެބް ބޯހިޔާވަހިކަން ދިން އެންމެ ފްލެޓެއްވެސް ހުރިތޯ. އަޅު ގަނޑަށް އެނގިފައިވާގޮތުގައި އަދި އެންމެ ފްލެޓެއްވެސް ނުދޭ.
އަހުމަދު
20 August 2016
ކޮބާ ޓާޓާ ފްލެޓްތައް ؟؟ އަދިވެސް ދޫނުކޮށް ލަސްކުރަނީ ރައްޔިތުންގެ ހަނާވަނީ.