މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުގެ އެއްވަނައިގައި ހިމެނުނު ބައެއް ދަރިވަރުން އެވޯޑާއެކު ސްޓޭޖުގައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
31 ޑިސެމްބަރ 2018 - 18:37
އޭ ލެވެލް އިމްތިހާނުން ރާއްޖެއިން ދެ ވަނަ ލިބޭ ދަރިވަރުންނަށް ދެމުން އަންނަ ހައި އެޗީވާސް ސްކޮލަޝިޕުގައި އޯއީސީޑީ ގައުމުތަކުން ވެސް ކިޔެވޭ ގޮތަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބަދަލުކޮށްފި އެވެ.
ފަސް މާއްދާއިން އޭ ފާސް ހޯދާ ދަރިވަރުންނަށް މިދިޔަ އަހަރުން ފެށިގެން ދެމުން އަންނަ އެ ސްކޮލަޝިޕުގައި ކުރިން ކިޔެވެނީ ސާކް ގައުމުތަކުގެ އިތުރުން މެލޭޝިޔާ އާއި ތައިލެންޑާއި ޕިލިޕީންސް އަދި ޗައިނާ އިންނެވެ. ނަމަވެސް އެ ގައުމުތަކުގައި ދަރިވަރަކު ކިޔަވަން ބޭނުންްވާ ކޯހެއް ނުހިންގާ ނަމަ އެހެން ގައުމަކުން ވެސް މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ލިބެ އެވެ. އެކަމަކު އެއީ މަތީ ތައުލީމުގެ ކަންތައްތައް ބަލަހައްޓަމުން އޭރު އައި ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަންގެ ލިސްޓުގައި ހިމެނޭ ގައުމުތަކަށް ވުރެ އަގު ހެޔޮ ނުވަތަ އެއްވަރުގެ ހަރަދުތަކެއް ހިނގާ ނަމަ އެވެ.
މިނިސްޓަރު ވިދާޅުވީ ހައި އެޗީވާސް ސްކޮލަޝިޕް ލިބޭ މޮޅު ދަރިވަރުންނަކީ ދުނިޔޭގެ ބޮޑެތި ޔުނިވާސިޓީތަކުން ތައުލީމް ހާސިލްކުރަން ބޭނުންވާ ދަރިވަރުން ކަމަށެވެ. އެހެންވެ އަލަށް ގެނައި ބަދަލުގައި ހިމެނިފައިވަނީ އެ ދަރިވަރުން އެންމެ ދާން ބޭނުންވާ ގައުމުތައް ކަމަށް ވިދާޅުވި އެވެ.
އޯއީސީޑީ ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ، އިނގިރޭސިވިލާތް، ނިއުޒިލެންޑް އަދި ފިންލެންޑް ފަދަ ތައުލީމީ ގޮތުން ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތައް ހިމެނެ އެވެ.
ހައި އެޗީވާސް ސްކޮލަޝިޕަށް ޝަރުތު ހަމަވިއަސް އެ ފުރުސަތުގައި ކިޔެވޭނީ، ސްކޮލަޝިޕުގައި ކިޔެވުމަށް މިނިސްޓްރީން ހުޅުވާލާ މުއްދަތުގައި ކުރިމަތިލާ ދަރިވަރުންނަށް އެކަންޏަށެވެ.
މިިދިޔަ އަހަރުން ފެށިގެން ސަރުކާރުން އަންނަނީ އޭ ލެވެލް އިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް ދެ ސްކޮލަޝިޕެއް ދެމުންނެވެ. އެއީ ހައި އެޗީވާސްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕެވެ. ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ކިޔެވޭ ގޮތަށް އޮންނަ ރައީސްގެ ސްކޮލަޝިޕް މިދިޔަ އަހަރުން ފެށިގެން ދެމުން އަންނަނީ ފަސް މާއްދާ އިން އޭ ސްޓާ ހޯދާ ދަރިވަރުންނަށެވެ.
ދުނިޔޭގެ ކޮންމެ ގައުމަކުން ކިޔެވުނަސް ރައީސްގެ ސްކޮލަޝިޕްގައި މީގެ ކުރިން ކިޔެވެނީ ސްކިލް ޝޯޓޭޖް ލިސްޓުގައި ހިމެނޭ ދާއިރާތަކުގެ ތެރެއިންނެވެ. ނަމަވެސް އެކަން ބަދަލުކޮށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ދަރިވަރަކު ބޭނުންވާ ދާއިރާއަކުން، ދުނިޔޭގެ ކޮންމެ ތަނަކުން ވެސް ކިޔެވޭނެ ފުރުސަތު ދީފަ އެވެ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިޝަތު ހައްމިނާ
02 January 2019
މިއީ ދައުލަތުގެ ބަޖެޓުން ފޯރާ މީހުންގެ ދަރިންނަށް ދުނިޔޭގެ ބޮޑެތި އުނިވަރސިޓީ ތަކުން ހިލޭ ކިއެވުމުގެ ފުރުސަތު ހޯދުމަށްކުރާ ކަމެއް. މިގޮތައް ފޮނުވާ ގިނަކުދިން އެނބުރި ދިވެހި ގައުމަށް ހިދުމަތްކުރާކަށް ނާދޭ. އަންނަނަމަ ބައްޕަގެ ނުވަތަ ތިމާގެ އަމިއްލަ ވިޔަފާރި ކުރިއަރުވަން އުޅެނީ. އެހެންވީމާ މިފަދަ މީހުންނަށް ދައުލަތުގެ ބަޖެޓުން ގައުމީ ޔުނިޕާސިޓީގެ ބަޖެޓްގެ 2 ބައިކުޅަަ އެއްބަޔާ އެއްވަރުގެ ހަރަދެއް ކޮށްގެން ފޫނެއްފަޔަށް ފެންއަޅަނ
hasanu
02 January 2019
ރައީސް އިބޫ ވިދާޅުވި ނޫންތޯ 2017 އަދި 2018 އިގައި އޭލެވެލް ނިންމި ކުދިން ނަށް ދޭން ޖެހޭ ސްކޮލަޝިޕް ޔާމީން ސަރުކާރުން ހަމަ އެކަނި އަވައްޓެރި ގައުމު ތަކުން ކިޔެވޭ ގޮތަށް ހަދާފއި އޮތް ވާހަކަ. އަދި ތިމަންނަގެ ސަރުކާރުގައި މި ހައި އެޗީވާސް ސްކޮލަ ޝިޕް އަށް ގެން ނަ ބަދަލުގެ ތެރެއަށް މިކުދިން ވެސް ވައްދާބެކަމަށް. ނޫސްވެރިން މި ސުވާލު މިނިސްޓަރާކުރައްވާ ދެއްވާ
ޑރ ސަންގު
01 January 2019
ހައިއެޗީވާސް ސްކޮލަރޝިޕް ލިިބިގެން އޯއިީސީޑީ ގައަުމުތަކަށް ދާ ގިނަކުދިން ގައުމަށް އެނބުރި ނާދޭ. އަދި އަޔަސް ސަރުކާރަށް ނުވަތަ ރައްޔިތުންނަށް ފައިދާ ހުރި ޚިދްމަތެއް ނުކޮށް އަމިއްލަ އެދުން ކުރިއަށް ނެރެނީ. މަހުޖަނުގެ ދަރިއަށް 5 އޭ ލިބުމުން ދައުލަތުގެ ޚަރަދުގައި އެމެރިކާއިން ކިޔަވާދިނުމަކީ ހަމަޖެހޭ ކަމެއް ނޫން.
ދަވޭއޭ
31 December 2018
ހައި އެޗީވާސް ސްކޮލަޝިޕުން އޯއީސީޑީ ގައުމުތަކުން ކިޔެވޭ ގޮތް ހަދައިފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ އެކަމަކު މުޅި ދުނިޔޭގައި ވެސް ހުރިހާ ގައުމު ތަކުގައި އެޑިއުކޭޝަން ސިސްޓަމް ގާއިމް ކޮށްފައިވާ ގޮތަކީ އެއީ އިންސާނުންގެ ކުރިއެރުމަށް ވަރަށް ބޮޑަށް ހުރަސް އަޅާ ކަމެކޭ ސަބަބަކީ ސިންގަޕޯރ އެހާ މުއްސަނދި ވެފައި އަދި އެގައުމުގެ ނޭޝަނަލް ޔުނިވަރސިޓީން ޕްލޭސްމެންޓް ނުލިބިގެން އެގައުމުގެ ކުދިން އުޅޭއިރު އެގައުމުގެ އެޑިއު މިނިސްޓަރު އެކަމާއި ފަޚްރުވެރިއޭ
hasanu
31 December 2018
ކޮބާތޯ 2017 ޖޫން އަދި 2018 އޮކްޓޯބަރ ގަ އޭލެލް ނިންމި ކުދިން ގެ ހައްގު . ޕޮލިސީ ބަދަލުކޮށް ގެން އަނިޔާ ދިން ކުދިން.
މާލީ
31 December 2018
ޔާމީން އެންމެ ފުރަތަމަ ފުލެޓް ބެހި ގޮތްވެސް ބަލަންވާނެ. ހަމައެކަނި ބަލަންވީ ފަހުން ދީފަހުރި ފުލެޓްތައްދިފަ ހުރި ގޮތެއް ނޫން. ނުގަވާއިދުން ދީފަހުރި ތަންތަނުގަ މީހުން ދިރިއުޅުނަސް ނުގަވާއިގުވާނީ ނުގަވާއިދަށް. ވ ސަލާމް
ރާއްޖެ
01 January 2019
އެކޮއި؟ މިތާގަ ވާ އެއްޗެއް އަދި ނުވާ އެއްޗެއް އެބަ އެނގޭތަ؟
ހާދަހާދެރައޭ
31 December 2018
އޯ ލެވެލް އަދި އޭ ލެވެލް އިން ވަނަ ހޮވުން އެއީ ވަރަށް ބޭ އިންސާފުން ކުރެވޭ ކަމެއް. އެކި ބެކްގްރައުންޑް ތަކުން އެކި ފެން ވަރުގެ ޢާއިލާތަކުން އަންނަ ކުދިންގެ ނަތީޖާ އަޅާކިއާތީ. ބައެއް ކުދިންނަކީ ހުރިހާ މާއްދާއިން ޓިއުޝަން ނަގާ ކުދިން. އަނެއްބައި ކުދިންގެ އެހާ މާލީ ފެންވަރެއް ނުހުރޭ. އަނެއް ކޮޅުން އެކި ކުދިން މި ކިޔަވަނީވެސް ތަފާތު ސްޓްރީމްތައް. ބިޒްނެސް މާއްދާތަކުން އޭ ހޯދަން ސައެންސް މާއްދާތަކަށް ވުރެ ފަސޭހަކަން ނަތީޖާ އަށް ބަލަިލީމަވެސް އެގޭނެ.
ބްރަދަރ
31 December 2018
މަރުހަބާ ތި ނިންމުމަށް، ނަމަވެސް މިހާރު ސްޓެމް، އެއީ ސައިންސް ޓެކްނޮލޮޖީ އިންޖިނީރިންގ މެތެމެޓިކްސް، ގެ މާއްދާތަކަށް ބޮޑު އަހަންމިއްޔަތު ކަމެއް ދޭންޖެހޭ. މިހެން ބުނަނީ އެކައުންޓިންގ ފަދަ މާއްދާތަކަކީ ޤައުމަށް ވެލިޔޫ އެއް ގެންނަ އިލްމެޢް ނޫން އަދި ޔޫކޭ އާ މިސާލަކަށް ލަންކާގަ ހެދިޔަސް ބޮޑު ތަފާތެއް އޮންނަ އެއްޗެއް ނޫން ކިޔަވާ އެއްޗެއްގެ ކޮންޓެންޓްއަށް ބަލާނަމަ، އެކަމަކު އަގުގެ ތަފާތު ވަރަށްވެސް ބޮޑު.
އާންމު އާދުމީ
31 December 2018
ރަނގަޅު ވާހަކައެއް. ސައެންސާއި ޓެކްނޮލޮޖީގެ ޢިލްމު އުނގެނި ދިވެހި ރާއްޖޭގަވެސް ސިނާޢީ މަސައްކަތްތައް ކުރިއަރުވަނ އެބަޖެހޭ.