މާލެ އިން ހުޅުމާލެ އަށް ދާން އެމްޕީއެލް ބަހަކަށް ބަޔަކު އަރަނީ: ޔުނިފޯމުގައި ދަތުރުކުރާ ކުދިންގެ އަތުން ފީއެއް ނުނަގާނެ. --ފޮޓޯ/މިހާރު
01 ޖެނުއަރީ 2019 - 20:35
މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ބަސް ދަތުރުތަކަށް މިއަދު ފީ ނަގަން ފެށި ނަމަވެސް ދެ އަހަރުން ދަށުގެ ކުދިންނަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިރޭ ބުނެފި އެވެ.
ބްރިޖުގެ ބަސް ދަތުރުތަކުގައި ކޮޅަކަށް ނަގަނީ 10ރ. އެވެ.
އެމްޕީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދެ އަހަރުން ދަށުގެ ކުދިންގެ އިތުރުން ސްކޫލް ޔުނިފޯމުގައި ދަތުރުކުރާ ދަރިވަރުންގެ އަތުން ވެސް ފީ ނުނަގާނެ ކަމަށެވެ. އެކަމަކު ދެ އަހަރުން މަތީގެ ކުދިން ކުލަ ހެދުމުގައި ދަތުރުކުރާ ނަމަ ފީ ދައްކަން ޖެހެ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބްރިޖު ހުޅުވާލި ނަމަވެސް އިއްޔެގެ ނިޔަލަށް ބަސް ދަތުރުތަކުން ފީއެއް ނުނަގަ އެވެ. އެކަމަކު އެއީ، ދެކޮޅު ޖެހޭނެ ގޮތަކަށް ނުވާނެތީ، ބަސް ދަތުރުތަކުން ފީ ނަގަން ނިންމައި، ޚާއްސަ ކާޑެއް ވަނީ ތައާރަފްކޮށްފަ އެވެ. ކާޑެއްގެ އަގަކީ 20ރ. އެވެ.
އެ ކާޑު، މާލޭގައި ހުންނަ ހުޅުމާލެ ބަސް ޓާމިނަލުންނާއި ހުޅުމާލޭގެ މައި ބަސް ޓާމިނަލުން އަދި ސްޓެލްކޯ ކައިރީގައި ހުންނަ ބަސް ސްޓޮޕުން ވިއްކާނެ އެވެ. ކާޑު ވިއްކާ ތަންތަނުން ކާޑަށް ފައިސާ އެޅޭއިރު އެއް ކާޑުން ކިތަންމެ ގިނަ މީހުންނަކަށް ވެސް ދަތުރު ކުރެވޭނެ އެވެ.
ބަހުގައި ބޭނުންކުރާ ކާޑަށް ޚާއްސަ މެޝިންތައް، ބަސް ޓާމިނަލާއި ބަހުގެ އެތެރޭގައި ވެސް ހުންނާނެ އެވެ. އެ މެޝިނަށް ކާޑު ދިއްކޮށްލުމުން، ދަތުރަށްވާ ފައިސާ އުނިވާނެ އެވެ.
މާލެ/ހުޅުމާލެ ދަތުރުތަކަށް ކާޑު ބޭނުންކުރި ކަމުގައި ވިޔަސް ހުޅުމާލެ/އެއާޕޯޓް ދަތުރުތަކުގައި ޓިކެޓް ގަނެގެން ދަތުރުކުރެވޭނެ އެވެ.
ސިނަމާލެ ބްރިޖުގައި ބަހުގެ ހިދުމަތް ދޭން އެމްޕީއެލްއާ ކުރީގެ ސަރުކާރުން ހަވާލުކުރުމުން އެކަމަށް މުޅިން އާ ބަސްތައް ގެންނަން 100 މިލިއަނެއްހާ ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮކަޑިމޭން
02 January 2019
ބްރިޖް އަޅަން ނެގި ފައިސާ އަދި އެހެން ދަރަނިތައްވެސް ދައްކާނީ ރައްޔިތުން މިގޮތައް ފެލައިގެން ލިބޭ ލާރިއަކުން ނޫން، ރައްޔިތުން އަތުން ނަގާ ޓެކްސް ފައިސާއަކީ މިޤައުމުގެ ބައިތުލްމާލަށް ވަންނަ ރުފިޔާ އާ އަޅާބަލާއިރު ހައްޕުނޑު، މިރާއްޖޭގެ 5ތަރީގެ ރިސޯޓަކަށް ދުވާލެއްގެ މައްޗަށް އެތައް ހާސް ޑޮލަރެއް ވަދޭ، ރާއްޖެއަކީ މިތާ އުޅޭ ބުރުމާ، އުއްޗު، ޔުނިވާސަލް އަދިވެސް އެހެން ހައެކަ މަހުޖަނުން މުށުތެރެއަށްލާ ފިތާލާފަ އޮތް ބައިތުލް މާލެއް އޮންނަގައުމެއް. ވިސްނާ
ގުޑް
02 January 2019
ރަގަޅު ކަމެއް. އެކަމު 10 ރުފިޔާ 6 ރުފިޔާއަށް ނަމަވެސް ކުޑަކޮށްދެއްވާ.
ކަރާ
02 January 2019
ކޮޅަކަށް ދިހަރުފިޔާ މާބޮޑު. ރައްޔިތުންގެ ޖީބަށް ލުއިކުރަންޏާ 5 ރުފިޔާއަށް ހަދާފަ ދަތުރު އަވަސްކުރަން ފުރަތަމަ ފެށިއިރު އޮތްގޮތަށް ބަދަލުކޮށް، ހުޅުމާލޭގަ އެމްޓީސީސީން ދަތުރުކުރާގޮތަށް އަވަހަށް ބަަދަލުކުރަން ފެނޭ. ޓްވީޓަކުން ކޮމެންޓަކުން ބަދަލުތައް ގެންނަން އާދަކުރޭ. މިއަދުވެސް ބަދަލުކުރަންވީ. ބަހަށް އަރާ މީހުންވެސް ގިނަވާނެ. ދަތުރުވެސް އަވަސްވާނެ.
ގޮރުނުދޯރު
02 January 2019
ބަންދު ދުވަސްތައް ހިލޭ..ސަރުކާރު ގުނަނީ ބަންދު ދުވަސްތައް ނުހިމަނާ.. އިބޫ ސަރުކާރައް 5 އަހަރުވާ ދުވަސް ކުއްޖަކު ބުނެލަ ދީބަލަ..
އަންްނި
02 January 2019
އެކުދިންނާ މަޝްވަރާކޮށްފަތަ ތިގޮތަށް ނިންމީ؟
ހުޅުމާލޭ ބޮޑުމީހާ
02 January 2019
މި ގައުމުގަ ވަޒީފާގަ އުޅޭ ގިނަ މީހުންގެ އަސާސީ މުސާރަ 4000 ރުފިޔާގަ އުޅޭއިރު މަހެއްގެ މައްޗަށް ބަސް ދަތުރަށް މުސާރައިގެ 15 އިން ސައްތަ ޖެހޭ ދުވާލަކު އެއްފަހަރު މާލެ ގޮސްލިޔަސް. މިއީ އަސާސީ ޚިދުމަތް ރައްޔިތުންނަށް ދޭންވީ ގޮތެއް ނޫން. ހުޅުމާލެ މާލެ ދަތުރު ފަތުރަކީ އަސާސީ ޚިދުމަތެއް. ޢާއްމު ރައްޔިތުންގެ މަތިން ހަނދާންވަނީ ވޯޓަށް ވީމަ އެކަނި. ބަސްދަތުރު 3 ރުފިޔާއަށް ކުޑަ ނުކޮށްފިނަމަ ހުޅުމާލެއިން މި ސަރުކާރާއި ކޯލިޝަން ކެންޑިޑޭޓުންނަށް ނޫނެކޭ ބުނަމާ
ނީން
02 January 2019
ކޮބާ ޓްރާންސްޕޯޓް މިނިސްޓަރ ލަފަޔަކީ؟10ރ....މިފަހަރު އަގަޔަކުންނުބުނޭ.
މަރޭމިތުރާ
02 January 2019
[[ކުދިންނަށް ކުޑަ ބަސްދަތުރު ހިލޭ ދިނުމީ ހެޔޮކަމެކޭ! ކުދިންނަށް ކުޑަ އޯގާތެރިވާކަން އަންގައިދޭ ނިއްމުމެކޭ!]]...... ރަނގަޅު ހެޔޮ ނިއްމުމެއް ކުޑަކުދިންނަށް ހާއްސަގޮތެއް ބެހެއްޓުމަކީ ގައުމަކުން ބަޔަކަށް ކޮށްދޭނެ ހެޔޮނިއްމުމެއް ކަމުގައި އަޅުގަނޑު ދެކެނީ. އަދި ވަރަށް ރަނގަޅުވާނެ މުސްކުޅި އުމުރުގެ މީހުންނަށް ހާއްސަ ގޮނޑިތަކެއް ބެހެއްޓުން.
މާސްޓަރ
02 January 2019
ކުރިންދުވަހު ސުރުޚީތަކުގައި ހުރީ 10 އަހަރުން ދަށް ކަމަށް. ތިޔަޢުމުރު ބަޑުގައޮންނަ ކުދިންނަށް ބަދަލުނުވެއްޖެއްޔާ ވަރަށްރަގަޅު. ސަރުކާރުގެ ހުރިހާކަމެއްވެސް މިދުވަސްކޮޅުމިދަނީ ހަމަމިހެން.
އެންދެރި
02 January 2019
ބަނޑު ގަ އޮންނަ ކުއްޖާ އަށް ވެސް ބަސް ދަތުރު ހިލެއެވެ. މިއީ ވެސް ރަނގަޅު ސުރުހިއެކެވެ.