ށ. ފުނަދޫގައި ހުންނަ "ފަތްމިނި ކޯނަރު" ފިހާރައިގެ ބިއްލޫރިތައް ތަޅާލައިފައި.
07 ޖެނުއަރީ 2019 - 19:45
ށ. ފުނަދޫގެ ތިން ފިހާރައަކަށް ރޭ ގެއްލުންދީ، އެ ފިހާރަތަކުން ވައްކަން ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި ތިން ފިހާރައަކަށް ގެއްލުންދިން ނަމަވެސް، ވައްކަން ކޮށްފައި ވަނީ ދެ ފިހާރައަކުން ނެވެ. މީގެ އިތުރުން އެ ރަށުގެ ގެއަކުން ވެސް ވަނީ ވައްކަން ކޮށްފަ އެވެ. އެ ގެއިން ނަގާފައި ވަނީ ވޮލެޓަކާއި މޯބައިލް ފޯނެކެވެ.
އެ ރަށުގެ އެއް ފިހާރަ ފަޅާލައި ވަނީ އަތަރު ފުޅިތަކަކާއި ގަމީސްތަކެއް ވަގަށް ނަގައިފަ އެވެ. އަދި ފޮޓޯ ކޮޕީ ނަގާ ތަނަކުން ވަނީ 1،000ރ. ވަގަށް ނަގައިފަ އެވެ.
ފުނަދޫގެ ފިހާރައެއްގެ ތަޅު ހަލާކުކޮށްލައި، ގެއްލުންދީފައި.
ފުލުހުން ބުނީ ވައްކަމުގެ މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައީދުތުރީ
08 January 2019
ތިވާނީ ފަތްބޯ މީހުން ނޫޅޭ ރަށަކަށް އެހއން ނޫނީ ތިކަހަލަ ކަންތައް ތަކެއް ނުހިގާނެ ލަދުން ބޯހަލާކް މިޔޮއް ގައެމެއްދޯ ސަހަރޯ އިންސާފް ނެތްތަންތާގައި ވާނެ ހައެތި ތިވަނީ އެރަށު މީހުން ކިޔާއަޑު އިވޭ ރޯމަރު ދުވާލް ފާޑްފާޑްގެ ކުދި ޕެކެޓް ވިއްކާ މީހުން އުޅޭވާހަކަ އިވޭ ރަށުން ބޭރުން އަންނަ މީހުން ކުލީ ކޮޓަރި ހިފައިގެން މިމަސަތްކަތް ކުރާ ވާހަކަ ރަށުތެރޭ ގައި ދެކެވޭ
ލައްބާ
07 January 2019
ފުނަދޫގައި ތިއްބަވާނީ ޕޮލިސް ބޭކަލުން. ފޯނުން ގޭމުކުޅުމާއި ހަޥީރު ބުރުޖެހުން ނޫން ކަމެއް ނޯންނާނެ.