ހުޅުމާލެ މަގުމައްޗެއް: މޫނަށް ސްޕްރޭ ޖަހައި ފިއުލް ސަޕްލައިގެ ގިނަ އަދަދެއްގެ ފައިސާ ވަނީ ފޭރިގެންފައި.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
20 ޖެނުއަރީ 2019 - 13:06
ހުޅުމާލޭގައި ހިންގާ ފިއުލް ސަޕްލައިގެ އޮފީހުން އިސްލާމިކް ބޭންކަށް ފައިސާ ޖަމާކުރަން ގެންދިޔަ މީހާގެ މޫނަށް ސްޕްރޭ ޖަހައި ގިނަ އަދަދެއްގެ ފައިސާތަކެއް މިއަދު ފޭރިގެންފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހުޅުމާލޭގެ ސެންޓްރަލް މޯލްގައި ހުންނަ އިސާލްމިކް ބޭންކަށް ފައިސާ ޖަމާކުރަން ދިޔަ މީހާގެ މޫނަށް "މޫވް" ސްޕްރޭ ޖަހައި ދެ މީހަކު ފައިސާ ފޭރިގަތް މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން މިހާތަނަށް އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.
އޭނާގެ މޫނަށް ސްޕްރޭ ޖެހީ ސެންޓްރަލް މޯލް ކައިރިން ކަމަށް ފުލުހުން ބުނެ އެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައިގެ އޮފިޝަލަކު ވިދާޅުވީ، ސްޕްރޭ ޖެހުމަށް ފަހު، ފޭރިގަތީ މިދިޔަ ހަފުތާގެ ބަންދުގައި ޕެޓްރޯލް އަޅައިދީގެން ލިބުނު ރުފިޔާ ކަމަށެވެ. ގާތްގަނޑަކަށް 250،000ރ. ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ފައިސާ ޖަމާކުރަން ދާއިރު، އުސޫލުގައި އޮންނަނީ ކާރުގައި ދިއުމަށެވެ. ނަމަވެސް ދިވެހި މުވައްޒަފު މިއަދު ފައިސާ ޖަމާކުރުމަށް ދިޔައީ ކިހިނެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
މިިދިޔަ އަހަރު ވެސް، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސް އެކްސްޕޯޓް ކުރާ އެންސިސް ކުންފުނިން، ހުޅުމާލޭ ސެންޓްރޯ މޯލްގައި ހުންނަ މޮރިޝަސް ބޭންކްގެ ބްރާންޗުން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން ވެހިކަލަށް އަރުވަނިކޮށް ވަނީ ފޭރިގެންފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބޫ
20 January 2019
ޖަޒީރާވަންތަކަން.
ޯކެނަ
20 January 2019
މީ ހަމަ ރާވައިގެން ހިންގާ ޖަރީމާ. ފައިސާ ހިފައިގެން ދާގަޑި ބުނެފަ ރައްޓެހިން ފޮނުވާފަ މިކަމެއް މި ކުރަނީ
ޒަންޖަބީލު
20 January 2019
އިންސައިޑް ޖޮބް އަކާ ވައްތަރީ. ސަބަބު ވަރަށް ގިނަ. އެހާ ގިނަ ފައިސާ ގެންދިޔައިރު ފުލުހުންގެ ރައްކާތެރިކަން ނުހޯދުން.. ހަފްތާ ބަންދުގައި ގިނަ މީހުން މާލެއިންނާއި އެކީ އައިސް ގިނައިން ފައިސާ ގެންދާ ދުވަހަކާ ދިމާވުން.. ފައިސާ ގެންދާ މިހާއާއި ގަޑިޔާއި އެގުން. އެވަރު އަދަދެއް ހިފައިގެންދާ މީހާ ނުދާނެ އެންމެނަށް ދައްކަމުން. އަހަރެމެންވެސް މީ ތިހާ އަދަދުގެ ފައިސާ އުފުލާފައި ހުރި މީހެއް. ރާވައިގެން ކުރިކަމަކާ ވަރަށް ވައްތަރު
ބޭރުމީހާ
20 January 2019
މިފެންނަނީ ގައުމުގެ އަމަން ގެއްލިގެންދާ މިންވަރެވެ. ހީވަނީ ޔާމީންގެ ސަރުކާރު ގޯސްވީ މިފަދަ ކަންކަމަށް ފިޔަވަޅު އަޅާތީއެވެ. ކޮންމެ 24 ގަޑިއެއްގައި ކިތައް މަރު މިގައުމުގަ އެބަހިނގާ ހެއްޔެވެ؟ މިކަމުން އެއްޗެއް ވިސްނުނީ ކާކަށްބާއެވެ؟
ބެރުމީހާގެ ދަރި ޖައިލަމް
21 January 2019
އަޅުގަނޑައް ވިސްނިއްޖެ.
ކުޑައަލީ
20 January 2019
ތިޔަކަން ތަހުގީގުކުރަމުން އެބަދޭ. ނިމުނީ.
ފައިސާ ފައިސާ
20 January 2019
ކުރާ ތަހުގީގު ނުޖެހޭ މީޑިއާއަށް އާއްމުކުރާކަށް. ވާނުވާ ނޭނގިގެން ނޫޅެބަލަ.
އައްލާބެއްޔާ
20 January 2019
ފިއުލް ސަޕްލައިގެ އެތެރެއިން ކޮންމެވެސް މީހަކު މައުލޫމާތު ދިގެން ތިޔަ ކަމެއް ތިޔަ ކުރީ! ދުރާލާ ރާވަން އިގޭނީ މައުލޫމާތު ލިބިގެން!
ޡުލޭ
20 January 2019
ނުަބައި ދަނޑިވަޅެއްގަ ނުބައިކޮށް އައި ނުބައި ސަރުކާރެއްގެ ނުބައި ކަންތައްތަކެއް
ޕޮކަޑިމޭން
20 January 2019
މިއީ ފައިސާ ޖަމާކުރަން ދިޔަ ދިވެހި މުވައްޒަފު ފޭރުނު މީހުންނާ ގުޅިގެން ހިންގި ޖަރީމާއެއް ކަމުގައިވުން ވަރަށް ކައިރި، ފައިސާ ޖަމާކުރަން ވަކި އުސޫލުތަކެއް ކަނޑައަޅާފައި ވަނިކޮށް އެގޮތާ ޚިލާފަށް އަދި މޯލްޑިވްސް ޕޮލިސް ސަރވިސް އިން މަނީ ޓްރާންސްފަރ ކުރުމަށް ސެކިއުރިޓީ ދެމުން ދަނިކޮށް ފުލުހުންނަށްވެސް ނާންގައި މިފަދަ ބޮޑު އަދަދެއްގެ ފައިސާ ހިފައިގެން އެކަނި ދިއުމަކީ ފިއުލް ސަޕްލައި މޯލްޑިވްސްގެ މުވައްޒަފުގެ އިހުލާސްތެރިކަމާ މެދު ސުވާލުއުފެދޭ ކަމެއް
މަރޭމިތުރު
20 January 2019
ފައިސާތައް ނެތިސޭފުޓީ ގެންދަންނުވާނެޔޭ! ފައިސާތައް މީހުން ފޭރޭ ވަގުތައްބަލާނެޔޭ!............................ ފޭރޭމީހުން އެތިބެނީ ވަގުތައް ބަލަބަލާ! އަޅުގަނޑައް ފެންނަފެނުމުގައި ކުންފުންޏަކުން ފައިސާގެންދިޔަސް މަދުވެގެން 3މީހުން ތިބެންޖެހޭނެ. އަދި ފައިސާގެންދާމީހުންގެ އަތުގައި ދިފާއީ ހަތިޔާރެއް އޮންނަންވާނެ. އެއީ އޮނުދަނޑިއެއް ކަމުގަވިޔަސް. އަދި ރައްކާތެރިކަމަށް ބޭނުންވާއެއްޗެއްގެ ހުއްދައަކަށް ދައުލަތުގައި އެދެވިދާނެ!
ނިމާލު
20 January 2019
ހިސާބަށްވުރެ މީހުން ޖާހިލުވީމަ ލައިގެން ހުރި ގަމީސްވެސް ވަގަށް ނަގާނެ!